ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ސިޔާސީ ލީޑަރުން ބަންދުކުރުން، ނަޝީދުގެ އިސްތަށިފުޅުގައި އަޅުވައިފި!

އިދިކޮޅު ހަރަކާތުގެ އިސް ހަތަރު ލީޑަރުން: ލީޑަރުން ބަންދުކުރުމަކީ ނަޝީދު ބޭނުންފުޅުވި ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އެ އެންމެން ބަންދުކުރީ އެމަނިކުފާނުގެ ސަރުކާރުން. --ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ހަރަކާތްތައް ނުހިންގޭ ގޮތަށް އިދިކޮޅު ލީޑަރުން ބަންދުކުރުމުގެ ޒިންމާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ރައީސް އަބްދުﷲ ޔާމީން މިއަދު އަޅުއްވައިފި އެވެ.

އދ. މަހިބަދޫގެ މަގު ހެދުމުގެ މަޝްރޫއު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވީ އެއްވެސް ހަމައެއް، އުސޫލެއް، ނެތި ޝަރީއަތުން ބޭރުގައި ހުކުމްތައް އިއްވަން ކަމަށެވެ. އެ މަގުން ހިންގަވައި، އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލާން ނަޝީދު ބޭނުންފުޅުވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި ދެންނެވި ސިޔާސީ އެތަކެއް ލީޑަރުން، ސިޔާސީ މަސްރަހުގައި މަސައްކަތް ނުކުރެއްވޭ ގޮތަށް ބަންދުކުރައްވަން [ނަޝީދު] ބޭނުންފުޅުވި. ފާޅުގައި ވިދާޅުވަމުން ގެންދެވި. އެކަން އޭނާ ކާމިޔާބު ކުރައްވައިފި. އޭނާގެ ސަރުކާރުގައި އެކަން ނުވީ ކަންނޭނގެ، އެކަމަކު އޭގެ ތެރެއިން ގިނަ ބޭފުޅުން އެއީ އޭނާގެ ސަރުކާރުގައި ވެސް ޖަލަށް ވަދެފައި ތިބި ބޭފުޅުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

"ދެން ނިހާން [ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން] ވިދާޅުވި ލިސްޓުގައި ހުކުމް އައިސްފައި ތިބި މީހުން، ހުކުމަށް އިންތިޒާރުކުރާ މީހުން އެ ތިބީ ރާއްޖެ އިން ބޭރުގައި. މިއީ އަޅުގަނޑުމެންގެ ހާލު ހުރި ގޮތް."

ސިޔާސީ ލީޑަރުން ޖަލަށް ލުމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާާގެ މެމްބަރު އަބްދުﷲ ރިޔާޒު ޖަލަށް ލީ މި ވެރިކަމުގަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ އެހެން ދެ މެމްބަރެއް ކަމަށްވާ އަބްދުﷲ ސިނާން އާއި އިލްހާމް މުހައްމަދު ވެސް މިހާރު ހުންނެވީ ޖަލުގަ އެވެ.

މީގެ ތެރެއިން ޝަރީއަތާ ކުރިމަތިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވަނީ އެއީ ސިޔާސީ ހުކުމްތަކެއް ކަމަށެވެ. ރައީސް އެދިވަޑައިގަންނަވަނީ އެ ބޭފުޅުންގެ މައުސޫމްކަން ކޯޓުތަކުން ސާބިތުކޮށްދެއްވުމަށެވެ. ހުކުމް އިއްވުމަކީ، އެމަނިކުފާނު ކުރައްވާ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް، ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އދ. މަހިބަދޫގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ:---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީންގެ ކުރިން، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވެސް ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫނާއި ދެން ތިއްބެވި ސިޔާސީ ލީޑަރުން ބަންދުގައި ތިއްބެވުމުގެ ޒިންމާ އުފައްލަވަން ޖެހިވަޑައިގަންނަވާނީ ނަޝީދު ކަމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެއްދެވުމަށް ފަހު ކުރީގެ ރައީސް ނަޝީދުގެ އެންމެ ބޮޑު ވައުދަކީ، މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިންމައި އެމަނިކުފާނު ޖަލަށް ލުމެވެ. އެކަން، ކިތަންމެހާ ވެސް ރަނގަޅަކަށް ނަޝީދު ހާސިލްކުރައްވައިފި ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހިތާމައިގެ ފުންމިން، އެކަމުގައި އެބަ އޮތް. މުޅި ގައުމަށް ޚިދުމަތްތެރިކަމުގެ ރޮނގުން އިންތިހާ އަށް ޚިދުމަތްކޮށްދެއްވި ރައީސަކާ މެދު ކަންވެގެން ދިޔަ ގޮތުން ހިތާމަ އަޅުގަނޑުމެން ކުރަން،" މައުމޫންގެ ނިވަލުގައި ހުންނަވައިގެން ސިޔާސީ ދާއިރާއަށް ނުކުންނެވި ނިހާން ވިދާޅުވި އެވެ.

"ދެން، އޭގެ ފަހަތަށް ތިއްބެވި ބޭފުޅުން ފަހަރަކު މީހަކު ފަހަރަކު މީހަކު ޖަލަށް. ހަމަ މުހައްމަދު ނަޝީގެ ރޭވުން. މުހައްމަދު ނަޝީދާއި އޭނާގެ ޓީމުގައި ހުރި ނުރައްކާތެރި ކުޅިބައިގައި އެ މީހުން ޖެހިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން."

އދ. މަހިބަދޫ: ސެޕްޓެމްބަރު 3، 2018- ރައީސް އަބްދުﷲ ޔާމީން މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ރައީސް އޮފީސް

ފެބުރުއަރީ، 7 ގައި ނަޝީދުގެ ވެރިކަން ނިންމާލި މީހުން ވެސް ޖަލަށް ލާފައި ވަނީ އެމަނިކުފާނުގެ ކެހިވެރި ރޭވުމުން ކަމަށް ނިހާން ވިދާޅުވި އެވެ.

"ބާކީ ހުރި ހަމައެކަނި މީހަކީ އެފްއޭ، [މުހައްމަދު ފަޔާޒް]. އަޅުގަނޑަށް ހީވަނީ ކޮންމެވެސް ގޮތަކުން ހޯއްދަވާނެހެން އެފްއޭ ޖަލަށް ލާނެ ގޮތެއް. އެފްއޭ ނިކަން ވިސްނާލެއްވީމަ އެނގޭނެ ވީ ގޮތް، އިމްރާން އެހެރީ ޖަލުގައި. ނާޒިމް އެހެރީ ޖަލުގައި،" ނިހާން ވިދާޅުވި އެވެ.

"ޖަމީލު [ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް] ހުރި ތަނެއްގައި އަމިއްލަ އަށް އިސްތިއުފާދީގެން ކޮންމެވެސް ކަހަލަ ފަރީއްކޮޅެއް ތައްޔާރުކުރެއްވުމުގެ މަސައްކަތުގައި އާއްމުކޮށް އުޅުއްވަނީ."

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން އިސްލާމީ މަރުކަޒު ދޮށަށް އެއްވެ ދުއާކުރި ގޮތަށް "ހުރިހާ އަނިޔާވެރިން ވަނީ ޖަލުގަ" އެވެ. އެހެންކަމުން، މި ސަރުކާރަށް "އަނިޔާވެރިކަން" ނިސްބަތްކުރާނެ ކަމެއް ނެތް ކަމަށް ނިހާން ވިދާޅުވި އެވެ.

"ނިކަން ބުއްދީގެ ނަޒަރިއްޔާތުން ކިރައި ވިސްނާލައްވާ، އަނިޔާވެރިންތައް ބަރާބަރަށް ޖަލަށް ހަމަ،" ނިހާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގިނަ ބޭފުޅުންތަކެއް ބަންދުކުރުމަކީ އަނިޔާވެރިވުން ކަމަށް އިދިކޮޅުން ބުނެ އެވެ.

އެ ވާހަކަ އަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަނިޔާގެ ވާހަކަ ދައްކާއިރު އަނިޔާވެރިކަން އާއްމުވެފައި އޮތް ނަމަ، ރަށްރަށަށް އެމަނިކުފާނު ވަޑައިގަތުމުން "ހާދަ އަނިޔާއެއް ތިމަންނަމެން ތަހައްމަލްކުރަމޭ" ރައްޔިތުން ބުނާނެ އެވެ. އެކަމަކު ރަށްރަށުން، އެމަނިކުފާނަށް މަރުހަބާ ކިޔަނީ، އަނިޔާވެރިކަން ތަހައްމަލްކުރާ ބައެއް ނޫން ކަމަށް ވިދާޅުވި އެވެ. "މޫނުމަތިން ހިނިތުންވުމެއް އަޅުގަނޑަކަށް ނުފެންނާނެ، ބައްދަލުކުރަން، ސަލާންކުރަން ބަޔަކު ނާންނާނެ، ރަށެއްގައި ގައުމެއްގައި އަނިޔާވެރިކަން އާއްމުވެފައި އޮތިއްޔަކާމުން،" ރައީސް ވިދާޅުވި އެވެ.

134 ކޮމެންޓް, 954 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 22%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާސަޒަން

05 September 2018

ރަށަކަށްއެރިޔަސް އެމީހުނައް ކަމެއްކޮށްދޭން ބުނަނީކީނޫން ތިމާގެ ބޮޑާކަމާ ކިބުރުވެރިކަން ތިމާކުރާކަމެއްކޮށްފަ އެހެންމީހުންގެ ބޮލައްކަން ކަނޑާލަނީ ދެންމީނަޔަށް ކޮންވޯޓެއްތަދޭންވީ! ހުރިހައިމީހުން ނިކުމެ މީނައަށް ނޫނެކޭބުނަންވީ އެންމެނައްވުރެ ގަދައެއްނުވެވޭނެ! އަވަހައްބާލަމާބަހީ...

The name is already taken The name is available. Register?

Aseyla

05 September 2018

*****އެހެންވީމަ ތީ ނަށީދުގެ ޕަޕެޓެއް ދޯ؟****.... ނަޝީދު ބުނެފިއްޔާ އިބޫއަށް ވެރިކަން ދޭނެދޯ؟ ... ކެނެރީ ނަޝީދު ވަރެއްނެތް ދޯ ؟

The name is already taken The name is available. Register?

ހަބޭސް222

04 September 2018

ކެމްޕެއިނުގައި ދައްކާނެ ވާހަކަ ހުސްވީހެން ހީވަނީ: ޤައުމުވެސް ވަރަށް ތަރައްޤީ ވެފަ މިއޮތީ، ބުރިޖުވެސް އެޅިފަ، ދެން ހިގާ ބިތުފަންގި ނަގަމާ ކެޔޮ ކެއިވަރު ބަލާލަން!

The name is already taken The name is available. Register?

Dhaandhoo

04 September 2018

ލީޑަރުން ހައްޔަރު ކުރުމުގެ ޒިއްމާ ނަޝީދުގެ ބޮލަށް ކަނޑާލީ . ނަޝީދު ހައްޔަރު ކުރީ ސީދާ ޔާމީނު ގެ އޯޑަރަށް . މިއީ އެވިދާޅުވާ ވާހަކަފުޅަކީ އެހެންނޫންތޯ ؟

The name is already taken The name is available. Register?

ހެޔޮއެދޭ ގާތް ރައްޓެއްސެއް

04 September 2018

ތިމާކުރާކަމެއްގެ ޒިންމާ އެހެން މީހަކު ނަގަންޖެހޭޏެކަން އޮތީ ކޮްނފޮތެއްގައިތޯ. ހަތް އުޑުމަތިން ބާވަާލައްވާފައިވާ ކީރިތި ގުރުއާނު ގެ ތަރުޖަމާ ބައްލަވާ. އެމީހަކު ކުރި ކަމކަށް އެމީހަކަު ޒިންމާވާޏްޖެހޭނީ .އަނެކާޢާ އެކަމާގުޅޭގޮތުން ސުވާލެއްނުކުރެވޭނ. ﷲ ގެ ހަޒްރަތުގައި އެމީހަކު ކުރިކަމަކށް އެމީހަކު ޖަވާބުދާރިވާންޖެހޭނެ. ދުނިޔޭގައި ކިތަންމެ ޝަރަފްވެރިކޮށް އުޅުއްވިޔަސް. ނުދާށޭ ހެއްލިންގެ ދުނިޔޭގެ ޒީަނތުގައި. މީމިލިޔަން ވާހަކަ.

The name is already taken The name is available. Register?

ދަރަނިބޯ

04 September 2018

ކަލޯ ނަޝީދު ހިނގާ މަގަކުން ހިނގަންވެސް އަދި 100 އަހަރު ބޭނުންވާނެ ހަގީގީ ލީޑަރުންނަކީ ލީޑަރޝިޕް ކޮލިޓީ ދައްކަން ޖެހޭ ވަގުތުގައި ދައްކާމީހުން ބާރުއޮތްދުވަހު ރައްޔިތުން ބޮލަށް ބަޑިޖެހިނަމަ ނަޝީދަކަށްވެސް އާންމު މީހަކު އުޅޭހެން މަގުމަތީގައި ހިންގަވާފައެއް ނޫޅެވުނީސް އަކަމަކު އަދިވެސް އެހުރީ ހަމަގަދަކޮށް ރައްޔިތުންގެ ލޯބިން ޒައްރެއްގެ މިންވަރުވެސް އުންޏެއްނުވި ނުވެސްވާނެ އެއީ ލީޑަރުންނަކީ ނޭންގެންޏާ ފޮތްކިޔައިގެން ނަމަވެސް ދަސްކުރައްވާ

The name is already taken The name is available. Register?

ކަޅުސޮރު

04 September 2018

ރައްޔިތުން ބޮލައް ބަޑި ނުޖެހީ ސިފައިން ނަސީދު އެގޮތް ބޭނުންވި އެކަމަކު އެހެންނުވީ ސިފައިން ބޭނުންނުވުމުން...އެކަމަކު ރީދޫ ޗިޕް ބޮލުން ނަގާފަ ވިސްނާލީމަ މިބުނި އެއްޗެއް ފަހުމް ވާނީ..

The name is already taken The name is available. Register?

ޚުނި

04 September 2018

ނަޝީދަށް ލަނޑުދޭން އުޅުނުއެންމެންނަށް ލަނޑު ދިނީ މަނިކުފާނު އެމީސްމީހުން މިހާރު ކޮބައިހޭ ހީހީފަ ކިޔާތީވެސް އިވޭ އެކަމަކު މިހާރު މޫނުމަތީގެ ހިނި ކެނޑިއްޖެހެން ވަރަށް ހީވޭ

The name is already taken The name is available. Register?

ހަނާ

04 September 2018

ތެދެއް ނަޝީދަށް ލަނޑުދޭން ތި ހުރިހާކަމެއްކުރި އެކަމަކު އާޚިރުގައި ލަނޑުލިބުނީ ތިމާއަށް ދޯ މާތްﷲ އަނިޔާވެރިންގެ ކަންކަން މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާންގެ ކަންކަން ފަސްކުރައްވަތެވެ. އެހެން ނަމަވެސް ހަނދުމަނެތި ނުކުރައްވާނެތެވެ.

The name is already taken The name is available. Register?

ހުނި

04 September 2018

އެކަމަކުދޯ ނުރުހޭމީހުން ޖަލަށްލަމުންލަމުންގޮސް ބައްޕައެއްފަދަ ބޭބެ ޖަލަށްލެވުނުއިރުވެސް ނޭންގޭ ދެން މީނާއާށް ބާރެއްލިބުނަސް އަރުވާލާނެވަރު ވިސްނާ

The name is already taken The name is available. Register?

އެމްސް

04 September 2018

ނަސީބެއް މުހައްމަދު އަމީން ބޮލުގަ ތިކަންކަން ނޭޅުވިކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454