ޚަބަރު / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވޯޓުގެ ކުރިން އެންމެ ބޮޑެތި ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސާނެ: ރައީސް

އެއާބަސް އޭ380: ރިޔާސީ އިންތިޚާބުގެ ވޯޓުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ބޮޑެތި މަތިންދާ ބޯޓު ޖައްސާނެ ކަމަށް ރައީސް ވިދާޅުވި.

މި މަހުު 23 ގައި ނަގާ ރިޔާސީ އިންތިޚާބުގެ ވޯޓު ކުރިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ބޮޑެތި މަތިންދާ ބޯޓު، އޭ380 ޖައްސަން ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އދ. މާމިގިލީގައި ވިދާޅުވެއްޖެ އެވެ.

މާމިގިލީގެ ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްދެއްވަން އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ އެހެން ހަރުފަތަކަށް ރާއްޖެ ގެންދެވިއްޖެ ކަމަށެވެ. އެއް މިސާލުގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނަންގަވައި ވިދާޅުވީ ވޯޓުގެ ކުރިން "އެންމެ ބޮޑެތި މަތިންދާ ބޯޓު ދިވެހިރާއްޖޭގެ އެއާޕޯޓުގައި ޖައްސާނެ" ކަމަށެވެ.

"މިއީ، ކުޑަކުޑަ ގައުމަކުން ރޮކެޓް ހަދައިގެން ހަނދަށް ދިއުން ފަދަ ކަމެއް ނޫންތޯ މީގެ ކުރީގެ ވިސްނުމުގައި ތިބި ނަމަ. އެކަމަކު މިއަދު މިދައްކަނީ އެންމެ ބޮޑު މަތިންދާ ބޯޓު ޖައްސާނެ ވާހަކަ. އެހެންވީމަ ދެން ނެތެއް ނޫންތޯ އިތުރަށް ދައްކާނެ ވާހަކައެއް،" ތަރައްގީގެ މަޝްރޫއުތަކަށް ބާރު ދެއްވަން ވިދާޅުވި އެވެ.

ރައީސް ޔާމީން، ތޮއްޑުއަށް މިއަދު ވަޑައިގަތުމުން މަރުހަބާ ދަންނަވަން އެއްވި މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެންމެ ބޮޑެތި ބޯޓުފަހަރު، އޭ-380 އަކީ ގާތްގަނޑަކަށް އެއްފަހަރާ 700 ފަސެންޖަރުންނެވެ. ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހަރަދުކޮށް، އެއާޕޯޓު ތަރައްގީކުރަމުން އަންނަނީ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ތަރައްގީގެ ވިސްނުމުގަ އެވެ. ދެތިން އެއާޕޯޓާ އެކު ތިބެން ދިވެހިން ބޭނުން ނުވާ ކަމުގެ ހެއްކަކީ، އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން، ސަލާންކުރާ ސަފުގައި ހުންނަ އެންމެ ކުޑަ ކުއްޖާ ވެސް ދެތިން ހަތަރު މަތިންދާ ބޯޓު ކުރަހާފައި އޮންނަ ގަނޑެއް އެމަނިކުފާނަށް ދެއްވުން ކަމަށް ވިދާޅުވި އެވެ.

އެ ވިސްނުން ދޫކޮށްލައި، ބޯދާ ވިސްނުމަށް މިސްރާބު ޖަހައި ޣާފިލް ނުވާން ރައީސް އެދިވަޑައިގަތެވެ. މާމިގިލީ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގަތީ، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު އިތުރު ދައުރަކަށް ހޮއްވަވައި ދެއްވުމަށެވެ.

130 ކޮމެންޓް, 315 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން 18

05 September 2018

މީ މި ބުނާ ތަރައްގީ އަކީ !!! ވިސްނަާ ފިކުރު ކުރޭ ދިވެހި ދިރިންނޭ !!!

The name is already taken The name is available. Register?

އެމްސް

05 September 2018

ރައީސް މިއުޅެނީ ރަޢިއްޔަތުން ގުނބޯހައްދަން ބާ؟

The name is already taken The name is available. Register?

މުރާސިލު

04 September 2018

ރައްޔިތުންނަށް ކަމެއް ކޮށްދެއްވަންޏާ ވޯޓުލާ ދުވަހުގެ ކުރިން ނުނިމުނަކަސް ރަނގަޅު ފެންވަރެއްގައި ކަންކަން ކޮށްދެއްވާށެވެ. އަވަސް އަރުވާލައިގެން ވޯޓުލާދުވަހުގެ ކުރިން ނިންމުމަށް ހަދާ ތަންތަން ދުވަސްކޮޅެއް ނުވަނީސް ހަލާކުވެއްޖެނަމަ އެއީ ދިވެހިރައްޔިތުންގެ ފައިސާއިން ކުރެވުނު ބޭކާރު ޚަރަދަކަށް ވެދާނެއެވެ.

The name is already taken The name is available. Register?

ހަހަ

04 September 2018

ހަހާ ތިގޮތަށް ދައްކާލަން އެމިރޭޓްސް ގެ ބޯޓެއް ޖެއްސި ލަންކާގަވެސް.. އެއީ އެމީހުން ދައްކާލަން ހިލޭކޮށްދޭ ކަމެއް.. ލިންކު ފޮނުވަންވީތަ ؟؟ ހީހީ ހަލާކު

The name is already taken The name is available. Register?

ޑ.ސަމަދު އަހުމަދު

04 September 2018

ދުވަހަކުވެސް މިގައުމު ނުގެނދާ ލެވެލްއަކައް މިގައުމު ހިނގައްޖެކަން މަގަބޫލް ކުރަން، ބުލައިންޑްލީ މީހުންނައް ފޮލޯކުރާ މީހުންނައް މިމަނޒަރު ދައްކަން އުޅުނަސް ނުފެންނާނެ، ދިވެހިން އެބަޖެހޭ އަމިއްލަ ސިކުނޑިން ވިސްނާބައަކައްވާން!

The name is already taken The name is available. Register?

ނާނު

04 September 2018

ކޮންމެ ގައުމެއްގަވެސް ވެރިކަން ކުރާ ރަށާ އެހެންރަށްތައް ތަފާތުވާނެ

The name is already taken The name is available. Register?

ކޮއިލް

04 September 2018

މިސާލަކަށް ކޮން ގައުމެއް؟ އެމެރިކާ އިންޑިއާ، ޖަޕާނު، ޗައިނާ، ޔޫރަޕު، އޮސްޓްރޭލިއާ؟ ނޫނީ އެފުރިކާގެ ޑިކްޓޭޓަރުން އުޅޭ ތަންތަން؟

The name is already taken The name is available. Register?

ޖަހޯބަރާ

04 September 2018

މަނިކުފާނަށްް ހީވަނީ ކުރީގަ ބޮޑު އެއަރޕޯޓެއް އެޅިފަ ނެތީ މަރުހޫމްް އިބްރާހިމް ނާސިރަށް އެކަން ކުރަން ނޭނގިފައި އޮތުމުން ކަމަށްތޯ..! ރައީސް މައުމޫނު ބޮޑުރަށެއް ހިއްކާ ހައުސިން ފްލެޓްތައްއަޅާ އާބާދުުުކުރީީ ބްރިޖް އެއް އަޅަން ނޭނގިގެންކަމަށްތޯ.. ފުރަތަމަ އޮތީ ރަށެއްގެ ތަސައްވުރެއް. ދެން ހިއްކުން.. ދެން ޕްލޭން ކުރުން.. ދެން އާބާދުކުރުން. ދެން މުދާއުފުލޭނެ ގޮތެއް. ދެން މީހުންނަށް ދެވޭނެ ގޮތެއް. ދެން އާދައިގެ ދޯންޏެއްގަ ދަތުރު. ދެންބޮޑުދޯނިތަކެއްގަ ދަތުރު. ދެން އޭސީކުރި ދޯނި. ދެން އެކްސްޕްރެސް.. ދެން ބްރިޖް.. ދެން ގައުމު ކުރިއަރާދާކަމެއް ވަނީނަމަ އިކޮނޮމިސް ބަހެއް ބުނެލާނަން ޑިމާންޑް ބޮޑުވާނަމަ ޖެހޭނީ ބްރިޖް ދަށުން ރޭލްވެސް ދަތުރު ކުރެވޭގޮތްހަދަން އެހިސާބަށް ގައުމު ދާއިރު ހުރިވެރިއަކަށް. އަދި ތިއެއަރޕޯޓްވެސް ކުޑަ ވާނެ.. މަށާ ރައީސް ދުނިޔޭގަ ނުތިބޭނީ.. ދުނިޔޭގަ ތިބި ބައަކަށް ފެންނާނެ..

The name is already taken The name is available. Register?

ސިވިލްބޯއި

04 September 2018

ހުޅުލޭ އެއަރޕޯރޓް 1978 ގައި ބޮޑުކުރަން ހިންގި މަޝްރޫޢުގެ ކޮންސަލްޓަންޓުން (ޖަރުމަނުގެ ކޮކްސް ކޮންސަލްޓަންޓް) ބުނި ހުޅުމާލެ މިހާރު އޮތް ސަރަހައްދަކީ މުސްތަޤްބަލްގައި ބިޔަ އެއަރޕޯރޓެއް ހަދަންވީ ތަނެކޭ.

The name is already taken The name is available. Register?

މަސްދަރު

04 September 2018

ތތިކަން އޮތީ ތިހެން! ދެން ރައީސް ޔާމީން ވަރެއްނެތެނުން އެހެންވީމަ، އޮޅިގެންވެސް އެހެން ތިބުނެވުނީ!

The name is already taken The name is available. Register?

ކެޕްޓަންމޮގެމްބޯ

04 September 2018

ބޮޑު ބޯޓު 23 ވަނަ ދުވަހު އާ ރަންވޭއިން ފުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މަނިކުފާނު ބުކް ކުރެއްވި 2 ސީޓު ވަނީ ކޮންފަރމް ވެފައެވެ. ވީމާ ބުރިޖުމަތިން ދުއްވާލާފާ އައިސް 3 ގަޑި އިރުކުރިން ޗެކިން ވާން ހަނދުމަފުޅު އަރުވަމެވެ. 25% ޔަގީން

The name is already taken The name is available. Register?

ހަހަ

04 September 2018

ހަހަ

The name is already taken The name is available. Register?

ކަރަންވީރް ޑޮގްރާ

04 September 2018

މުސްތަގުބަލުގައި ރާއްޖެ ވާނީ ވަރަށް ތަރައްގީ ބޮޑު ގައުމަކަށް

The name is already taken The name is available. Register?

ބާރޑީނަމްނަމް

04 September 2018

ތަރައްގީ އަކީ ދަރަނި ނަމަ ތިޔަ ބުނީ ތެދެއް.

The name is already taken The name is available. Register?

މުންސިރު ހަސަން

04 September 2018

ދަރަނިދެއްކޭނެ ފެންވަރުގެ މީހެއް އަހަރެމެން ވެރިކަމުގަބަހައްޓާނީ، ރިކަރަންޓް ހަރަދު ފޫނުބެއްދިގެން އިނޑިއާ ސަރުކާރުން 12ޕަސެންޓޫގަ ލޯންނަގައިގެން ދަރަނިވާން މިހާރު ދިވެހިން ބޭނުމެއްނޫން، ލޯންނަގަންވީ ތަރައްގީގެ ކަންކަމައް،އެދަރަނީ އަދާކުރަން ދިވެހިން ތިބީތައްޔާރައް، މިސަރުކާރުން ލޯންނަގައިގެން ކުރިމަސަކަތް ރައްޔިތުންނައްފެންނަން އެބައޮތް، މިސަރުކާރުން ލޯން ނުނަގާ ސަރުކާރު މުވަޒަފުންނައް މުސާރަނުދެވިގެން، ތަންދޮރު އެގެންއެބަޖެހޭ ވާހަކަދައްކާއިރު! ދިވެހިންގަމާރު ހައްދައިގެން އަބަދު ތިހެން ނޫޅެވޭނެ!

The name is already taken The name is available. Register?

ތަސްބެ

04 September 2018

އޭ380 ބޯޓް ޖެއްސިޔަސް އަޅުގަނޑުމެން. ނުދޭނަން ރައީސްއަށް ވޯޓެއް.

The name is already taken The name is available. Register?

އިސްމާއިލު ޒާހިރު

04 September 2018

ރަނަގަޅު ވާހަކައެއް.... ބޯޓު ޖެއްސުމާއި ވޯޓަކާއި ގުޅުމެއްނެތް... އަދި ބޯޓު ޖައްސާތީވެ ރަޢިސުވެސް ވޯޓުދެއްވަން ވިދާލެއްނުވޭ... އެހުންނަނީ އޮންލައިނު ނިއުސްތަކުން ޚަބަރުތައް ގެނަސް ދޭގޮތުން ނުބައި ތަސައްވަރެއްވެފައި... ހިތާއި ރުހުމުން ފެންނަ ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ ކޮންމެ މީހެއްގެ ހައްގެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454