ޚަބަރު / އދ. މާމިގިލި

މި ފަހުން ޕީޕީއެމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ މާމިގިލިން: ނިހާން

ރައީސް ޔާމީން މާމިގިއްޔަށް އިއްޔެ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެއްވި ބަޔަކާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

05 ސެޕްޓެމްބަރ 2018 - 19:07

33 comments

ޕީޕީއެމަށް، ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ އުފަން ރަށް އދ. މާމިގިލިން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން އެހެން ވިދާޅުވީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އއ. އާއި އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މާމިގިއްޔަށް އިއްޔެ ވަޑައިގެން، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރައްވާފައި ވަނިކޮށެވެ.

ނިހާން ވިދާޅުވީ، ރައީސް ޔާމީން ގެނެސް ދެއްވާފައިވާ ތަރައްގީ ފެނިގެން، ގިނަ ބަޔަކު ޕީޕީއެމާ ގުޅެމުން އަންނަ ކަމަށެވެ. އެގޮތުން، އެ ޕާޓީއަށް މި ފަހުން ގާތްގަނޑަކަށް 80 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ، އިދިކޮޅު ކޯލިޝަނާ ގުޅިގެން ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ގާސިމްގެ ބާރުވެރިކަން އޮންނަ މާމިގިލިން ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ސިޔާސީ ގޮތުން ގާސިމް އެންގެވި ގޮތް ނޫން އެހެން ގޮތަކަށް މާމިގިލީގައި އުޅޭ "ކުކުޅު ހާ ވެސް ހަރަކާތް ނުކުރާ މިންވަރަށް" މާމިގިލީ ކޮންޓްރޯލް ކޮށްގެން އުޅޭ ކަމަށް ގާސިމްގެ ޓީމުން ބުނާ ކަމަށެވެ. ނަމަވެސް، މިދިޔަ ފަސް އަހަރުގެ ތެރޭގައި މާމިގިލީގެ ތަރައްގީ އަށް ސަރުކާރުން ކޮށްދީފައިވާ ކަންތައްތައް އެ ރަށުގެ ރައްޔިތުން މިހާރު ބަލައިގެންފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

"ފަހުގެ ތާޜީހުގައި ޕީޕީއެމަށް، ގާތްގަނޑަކަށް 80 ޕަސެންޓް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެން ހޯދި ރަށަކީ އދ. މާމިގިލީ ކަމުގައި ދަންނަވަން،" ރައީސް ޔާމީންގެ އަރިހުގައި އިއްޔެ މާމިގިއްޔަށް ވެސް ވަޑައިގެންނެވި ނިހާން ވިދާޅުވި އެވެ.

"އެ ރަށުގައި އުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން ބުއްދި ސަލާމަތުން، ހެޔޮ ވިސްނުމުގައި ތިއްބެވި ދިވެހި ރައްޔިތުން ގަބޫލު ކުރައްވާ ކަން ހާމަވެގެން އެ ދިޔައީ ރައީސް ޔާމީންގެ ތަރައްގީ ވަރަށް ބޮޑު ތަނުން ކުރިއަށް ގޮސްފި ކަމަށާއި އަދި ހުދު މާމިގިއްޔަށް ވެސް މިހާތަނަށް ތަރައްގީގެ ގޮތުން މަޝްރޫއުތައް ގެނެސް ދެއްވުމުގައި ރައީސް ޔާމީންގެ ދައުރު އިންތިހާއަށް އޮތްކަން އެބޭފުޅުން ގަބޫލު ކުރައްވާކަން ހަމަ ގައިމު ވެސް އަޅުގަނޑަށް ފެނިގެންދިޔަ."

މާމިގިލީން ޕީޕީއެމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ނިހާން ވިދާޅުވިއިރު، މާމިގިލީގައި ރައީސް ޔާމީން އިއްޔެ ވަނީ ވަކި ފިކުރެއްގެ މަތީގައި "ގުޑާނުލެވި" އޮތް އަރިއަތޮޅުގެ ރައްޔިތުން ވެސް ތަރައްގީގެ ވިސްނުމާ އެކު ކުރިއަށް ދިއުމަށް ގޮވާލައްވައިފަ އެވެ.

އަރިއަތޮޅުގައި ހިމެނޭ އއ. އަދި އަދ. އަކީ ގާސިމަށް ތާއީދު ބޮޑު ދެ އަތޮޅެވެ. މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި ނަތީޖާ ނެރެދީފައި ވަނީ ވެސް އޭނާގެ ވިސްނުމާ އެއްގޮތަށެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާއިރު އެ ޖަލްސާގައި މެނިފެސްޓޯގެ މުހިއްމު ކަންތައްތައް ހިއްސާކުރެވިގެންދާނެ ކަމަށް ނިހާން ވަނީ މިއަދު ވިދާޅުވެފަ އެވެ.

33 ކޮމެންޓް, 209 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 0%
icon angry icon angry 51%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Citizens

09 September 2018

ޔާމީނަށް ވޯޓް ދޭނެ ކޮންމެ މީހަކު ބުނާކަހަލަ، ގައުމު ތަރައްގި ކޮށްދޭށޭ، އާއިލާ އެއް ކޮއްކޮ އެއް ބޭބެ އެއް މުހިއްމެއް ނޫނޭ، ހަމަޔާ އިންސާފް މުހިއްމެއްް ނޫނޭ، ވައްކަމާ ޖަރީމާ އޯކޭއޭ، ރިޝްވަތާ ފަސާދަ އޯކޭއޭ.

The name is already taken The name is available. Register?

ކާމިޔާބު

06 September 2018

ވަރަށް ބޮޑަށް މަރުހަބާ ރައީސް ޔަމީނު ތި ލިބިވަޑައިގެންނެވި ސަޕޯރޓަށް

The name is already taken The name is available. Register?

އިނޫ

06 September 2018

އިންްްޟާﷲ ރައީސް ޔާމީން

The name is already taken The name is available. Register?

ހޮނޑާފުށީބޮުޑުހުސޭނު

06 September 2018

ލިބުނު ކުރިއެރުމެއް އެގޭނީ 23 ސެޕްޓެމްބަރ ވާދުވަހުގެ އިރުއޮއްސޭ ގަޑިންފެށިގެން

The name is already taken The name is available. Register?

ނުހާ4

06 September 2018

ސާބަހޭ ޕީޕީއެމްގެ މާމިގިލި ރައްޔިތުން..

The name is already taken The name is available. Register?

ތަންމި

06 September 2018

ހެޔޮ ވިސްނޭ ރައްޔިތުން ރައީސް ޔާމީނަށް ވޯޓް ދެއްވާނެ. މުސްތަޤބަލް އުޖާލާ ވާނީ ރައީސް ޔާމީންއާއެކު

The name is already taken The name is available. Register?

މާމިގިލީއިބުރޭ

06 September 2018

އަޅުގަނޑުގެ ޢާއިލާގެ ވޯޓްލެވޭ ޢުމުރުގެ 6 މީހުން ތިޔަތަނަށް ދިޔަ. ތިބޭނީ ވެސް ހެވިފަ. އެކަމަކު މަނިކުފާނަށް އެމީހުންގެ ވޯޓް ޙަރާމްވާނެކަން ޔަޤީން! ދެން ލަލަލާ!

The name is already taken The name is available. Register?

އާދަނު

06 September 2018

ހުރިހާ ކަމެއްގައިވެސް ރައްޔިތުންނަށް އޮޅުވާލުން. ސަޕޯޓްނެތް ރަށްތައް ވެސް ހުންނާނެކަން ގަބޫލުކުރަންވީނު. އަސްލު ސައިޒް މާތް ﷲ 23 ސެޕްޓެމްބަރ ގައި ތިޔަ ބައިގަނދަށް ދައްކަވާށި. އާމީން.

The name is already taken The name is available. Register?

އައިންތް

06 September 2018

ނިހާނޫ ކަލޭ ރަނގަޅު އައިނެއް އަޅައިގެން އައިނަމަ ވަރަށް ރަނގަޅުވީސް

The name is already taken The name is available. Register?

ތެމާ

06 September 2018

ނާހަމަތެދެއް އެކަމަކު މަހީކުރީ ތޮއްޑޫންކަމަށް ތޮއްޑޫގަ ކިޔާތީ އިވޭ ދެނަންބަރު ކެނޑިޑޭޓޭ އެއްނަންބަރު ކެނޑިޑޭޓޭ ތުއްތުކުދިންނޭ ހަހަހހަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454