ރިންގު ރޯޑުގައި ހިނގި އެކްސިޑެންޓު ތަހުގީގު ކުރަން ފުލުހުން ހަރަކާތްތެރިވަނީ.
07 ސެޕްޓެމްބަރ 2018 - 17:14
ސިނަމާލެ ބްރިޖާއި ގުޅިފައިވާ ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގު ރޯޑު، ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދައި ހުޅުވިތާ 24 ގަޑިއިރު ނުވަނީސް މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.
އެ މަގުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އާއްމުވެފައިވާ ފޮޓޯއަކުން ފެންނަނީ، ސައިކަލެއް ވެއްޓިފައި އޮއްވަ އެވެ.
މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބުނެވެ.
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައިވާ އިރު، އެ މަގުގެ އެ ބައި މިހާރު ވަނީ ހަތަރު ލޭން ހިމެނޭ ގޮތަށް 12 މީޓަރަށް ފުޅާކޮށްފަ އެވެ. އެ މަގު ފުޅާކޮށްފައި ވަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.
ކުރިއާ އަޅާބަލާއިރު، އެ މަގުގައި ވެހިކަލް ދުއްވަން މާބޮޑަށް ވެސް ފަސޭހަ އެވެ. ގާއަތުރާފައި އޮތްއިރު ހުންނަ އަޑިގުޑަންތަކެއް ވެސް ނުހުރެ އެވެ. އެކަމަކު، ބްރިޖުގެ ބަސްދަތުރުތަކަށް ވެސް ލޭންތައް ޚާއްސަކޮށްފައިވާ އެ މަގުގައި، ބާރު ސްޕީޑުގައި، ގަވާއިދާ ޚިލާފަށް ދުއްވަން ވެއްޖެ ނަމަ އެކްސިޑެންޓުތައް ގިނަވާނެ އެވެ.
އެކްސިޑެންޓުތައް ހިނގާފާނެތީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އިއްޒުއްދީން މަގުން [ކަޅުތުއްކަލާ ކޮށީގެ ހުޅަނގު ދެކުނު] ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ދެމެދު އެ މަގުގެ އެއްވެސް ތަނެއްގައި ޕާކު ކުރުން ވެސް އޮތީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤައުމު
07 September 2018
އެކްސިޑެންޓާ އެއްޗެހި ނުވިއްޔާ ދެރަ. މި ދިވެހިންނަކީ ގޮތެއްފޮތެއް ހުރި ބައެއް ނޫން. އުޅެނީ އެކަކަށްވުރެ އަނެކަކު ކުރި އަރައިގެން ދެވޭތޯބަލަން. ތިމާމެންނަކީ މާމޮޅު ބަޔަކަށްވެގެން ވާނެ ގެއްލުމަކަށް ނުބަލާ އެހެން މީހުނައް ނުބަލާ އަވަސް އަރުވައިގެން ބާރު ސްޕީޑްގަ ދެވޭތޯ އުޅޭނީ. ރާއްޖެއިން ބޭރު ޤައުމުތަކުގަ މިތަނައްވުރެ މާ އެއްޗެހިގިނަ ވެސް މަގުތައްވެސް މާ ބޮޑެތި. އެކަމަކު އެމީހުން ނޫޅެޔެ ޤަވައިދާ ހިލާފަކަށް. މި ދިވެހިން އެކަނި އުޅެނީ އާކުކުޅަކަށް ގާބިހެއް އެޅިގެން.
ދެކޭމީހާކިޔާމީހާ
07 September 2018
ތާރީޚީފެށުމަކުން ތިއޮތީފެށިފަ. އަދި ދަންވެލީމަ ތަންފުކެއް ފޯރިގަދަވާނެ. މަރުޙޫމް އޮޓޯއާދަންފުޅުގެ ވިސްނުމުގަނޫނީ، ތިމަގަށްއަރަން ހެޔޮވެސްނުވާނެ،
ބާރޑީނަމްނަމް
07 September 2018
މިހާރު 2 އެކްސިޑެންޓް.
އެކްސަން ޖެކްސަން
07 September 2018
ހޭބަލިވެގެން ދުއްވަންނާ ވާނީމަހެން .. ތިމާ ކިތަންމެ ފަރިތަކަމުގާވިޔަސް އަނެކަކާ އެހާ ފަރިތަ ނުވެދާނޭ ކަންދަންނާށެ.
ކެންޑްރިކް
07 September 2018
މަށައް އޭރުވެސް އެނގޭ މިވަރުކަން ވާނީ. ދިވެހިން ފުރަތަމަ ވީ ސައިކަލު ދުއްވަން ދަސްކުރަން. ބޮޑު މަގެއް ހެދިއަަސް ދިވެހިންނައް ދުުއްވަން ނޭގުނީމަ އަދި ތިޔައްވުރެ ނުރަައްކާވެސް ވާނެ.
މަރުހަބާ
07 September 2018
މަރުހަބާ! ތިމާ މެންނަށް ލިބޭ ލުއިފަސޭހަ އާއި ރަނގަޅު ކަންކަން އެ އޮންނަ އުޞޫލުން ބޭނުން ކުރަން ނޭނގެންޏާ ވާނީ ތިޔަހެން. ރިންގް ރޯޑްގައި ފުރަތަމަ އެކްސިޑެންޓްވި ފަރާތަށް ވުމުގެ ނަސީބާއި، ލަޤަބާއި، ޝަރަފު ލިބުނު ދެ ފަރާތަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވަން. އަދި އެކްސިޑެންޓުވި ދެ ސައިކަލަށް އަވަސް ރިޕެއާރިންގް އަކާއި ޝިފާއަކަށް އެދެން.
ސަބާހު
07 September 2018
ފުރަތަމަ ހިނގި އެކްސިޑެންޓް ތާރީޚުގެތެރެއަށް.
ހުދުޔާ
07 September 2018
ދިވެހިރައްޔިތުން ކުށެއް ނުކުރާނެ..އެކަން އެހެން ވަނީ ފުލުހުންނަށް ނުބެލޭތީ.މިހެންބުނެ ހުރިހާ ކަމެއް ނިންމާލާނީ..ކޮންމެ ކަމެއް ވިޔަސް ފުލުހުންނަށް ނުބެލެނީ..ބްރިޖްމަތީ ކުނިފުރާލިއިރުވެސް ހަމައެހެން..އަމިއްލަ ޒިންމާއެއްނެތް..ކުއްކުރާ މީހުން ދިފާއުކޮށް ހުރިހާ ލިޔުމެއް ހުންނާނީ..
ޥައްތީނި
07 September 2018
ގަވާއިދު ތަކަށް ފޮލޯ ނުކުރޭ.ލޭން ވަކި ކުރަން ނޭގޭ.ހޭލުންތެރިކަން އިތުރު ކުރަންޖެހޭ
ތަމީމް
07 September 2018
ރޭވެސް ހިނގި އެހިސާބުގައި އެކްސިޑެންޓެއް. 22:45 ގައި.