ޚަބަރު / ރިޔާސީ އިންތިޚާބު 2018

އެއާޕޯޓް ވިއްކާލުމުގައި ރައީސް ނަޝީދު ވަނީ ހިޔާނާތް ވެފައި: ރައީސް

މިރޭގެ ޖަލްސާ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

07 ސެޕްޓެމްބަރ 2018 - 21:18

124 comments
07 ސެޕްޓެމްބަރ 22:58

ރައީސް: މާދަމާ ރޭ އިދިކޮޅުން ބާއްވާ ޖަލްސާ އަށް އަޅުގަނޑު ހިތަށް އަރާ ހުޅުމާލޭގައި ތިބި އެ ފިކުރުގެ މީހުން ވެސް މި ބްރިޖުން އަންނާނެބާއޭ.

07 ސެޕްޓެމްބަރ 22:57

ރައީސް: {ބްރިޖަށް އިޝާރާތް ކުރައްވައި} މިއީ ސަޅި ބްރިޖެއް ނޫންތޯ؟ ރައީސް ނަޝީދޫ. މި ބޭފުޅުން މި ވިދާޅުވަނީ މިއީ ސަޅި ބްރިޖެކޭ. ރައީސް ނަޝީދޫ މި ބޭފުޅުން ދެން މި ބުނަނީ މިއީ އަދި ގޮނޑި ދުއްވަން މާ ސަޅި ބްރިޖެކޭ. -- މިއީ ސަޅި ބްރިޖެއް. ސަޅި ނޫނީ ރައީސް ނަޝީދުގެ ހިޔާލު.

07 ސެޕްޓެމްބަރ 22:56

ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

07 ސެޕްޓެމްބަރ 22:54

ރައީސް: ރައީސް ނަޝީދުގެ ވެރިކަމުގައި އެވްރެޖް ގްރޯތު ހުރީ 3 ޕަސެންޓްގައި. އަޅުގަނޑުމެން ކޮންމެ އަހަރަކު އެ އަދަދު ވަނީ ޑަބްލްކޮށް 6 ޕަސެންޓަށް މަތިވެފައި.

07 ސެޕްޓެމްބަރ 22:52

ރައީސް: ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައި ވަނީ 500 މިލިއަން ރުފިޔާ. މިއީ ދަރަނިވެއްޖެ ނަމަ ނުދެއްކޭ ވަރުގެ ފައިސާއެއް ނޫން.

07 ސެޕްޓެމްބަރ 22:51

ރައީސް: ބަޑިބޭހާ ކުޅެން ނޭނގޭ މީހުން ބަޑިބޭހާ ކައިރިވެގެން ނުވާނެ.

07 ސެޕްޓެމްބަރ 22:48

ރައީސް: އެހެންވީމަ އަޅުގަނޑުމެންގެ ދަރަނި ދައްކަން އަޅުގަނޑަށް ފުރުސަތު ދީ. އަޅުގަނޑު ކަމެއް ކޮށްފައި ނިންމާނީ ވަރަށް ޗާލުކޮށް.

07 ސެޕްޓެމްބަރ 22:47

ރައީސް: މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 46 ބިލިއަން ރުފިޔާގެ ދަރަނި. އެބޭފުޅުންގެ ދަރަނި އަދާކުރަން އަޅުގަނޑުމެން 29 ބިލިއަން ރުފިޔާ ހޭދަކޮށްފިން. އެހެންވެ އެބޭފުޅުންގެ ދަރަނި ކަނޑާލައިފައި ޖީއެމްއާރަށް ދެއްކި 5 ބިލިއަން ކަނޑާލީމަ އަޅުގަނޑުމެންގެ ދަރަނި 5 އަހަރުގެ ތެރޭގައި މި އޮތީ 12 ބިލިއަން ރުފިޔާ. އެއީ ކޮން އެއްޗެއްތޯ.

07 ސެޕްޓެމްބަރ 22:44

ރައީސް: ދިވެހި ދައުލަތާ އަޅުގަނޑުމެން ހަވާލުވި އިރު 29 ބިލިއަން ރުފިޔާގެ ދަރަނި އޮތް

07 ސެޕްޓެމްބަރ 22:41

ރައީސް: އަޅުގަނޑުމެންގެ ސަރުކާރު އައި ފަހުން، މި ހިނގައިދިޔަ ހަތަރު އަހަރަކީ ކޮންމެ އަހަރަކު އެއާޕޯޓް ޓާން އޯވާ 1000 މިލިއަން ދައްކާ ތަނެއް. 2016 ވަނަ އަހަރު 4 ބިލިއަން ލިބިފައިވޭ.

07 ސެޕްޓެމްބަރ 22:39

ރައީސް: ދެން ވެސް ހަރުމުދާ ވިއްކާނަންތޯ އަޅުގަނޑުމެން އިދިކޮޅު ފަރާތްތަކުގެ ކިބައިން އަހަން ޖެހެނީ މި ސަބަބާ ހުރެ.

07 ސެޕްޓެމްބަރ 22:38

ރައީސް: އެއާޕޯޓް އަނބުރާ ހޯދަން އަޅުގަނޑުމެން 320 މިލިއަން ޑޮލަރު ދައްކައިފިން. އަޅުގަނޑުމެން ލޯނު ނެގީ، ލޯނު ދައްކަމުން ވެސް ދަނީ އަޅުގަނޑުމެން.

07 ސެޕްޓެމްބަރ 22:37

ރައީސް: ރައީސް ވަހީދަށް އޭރު ތާއީދު ދީގެން ތިބި ބަޔަކީ ޕީޕީއެމް. އެހެންވެ ރައީސް ވަހީދަށް ވެސް ވިސްނިވަޑައިގަތީ އެއާޕޯޓް އަތުލުން ނޫން ގޮތެއް ނެތްކަން. އަޅުގަނޑުމެން ބޭނުންވާކަން އެއާޕޯޓް ވިއްކާލައިގެން ތިބެން ބޭނުން ނުވާކަން.

07 ސެޕްޓެމްބަރ 22:36

ރައީސް: ތަސްމީން ވެސް ވިދާޅުވީ ތިމަންނާއަކަށް ނުފެނެއޭ އެއާޕޯޓް އަތުލާކަށް

07 ސެޕްޓެމްބަރ 22:35

ރައީސް: ކޮންޓްރެކްޓްގައި ސޮއިކުރި ދުވަހު ވެސް ޖީއެމްއާރުން ސަރުކާރަށް 400،000 ރުފިޔާގެ ހަދިޔާއެއް ދިން.

07 ސެޕްޓެމްބަރ 22:34

ރައީސް: އެއާޕޯޓް އަނބުރާ އަތުލަން ގާސިމް އިބްރާހިމް ތާއީދެއް ނުކުރައްވާ. އޭނާ ވިދާޅުވީ އެހާ ބޮޑު ގެއްލުމެއް ވަންޏާ ތިމަންނާ ތާއީދެއް ނޫނޭ.

07 ސެޕްޓެމްބަރ 22:32

ރައީސް: އެއާޕޯޓް ވިއްކާލުުމުގައި ސަރުކާރަށް ލިބިފައި ވަނީ އެންމެ 15 މިލިއަން ރުފިޔާ. މިއީ އަހަރަކު 150-200 މިލިއަން ރުފިޔާ ދައްކާ ކުންފުންޏެއް.

07 ސެޕްޓެމްބަރ 22:30

ރައީސް: އޭރުގެ ހިސާބުތައް ދައްކާގޮތުން ހަމައެކަނި ޔޫރަޕުން ދަތުރު ކުރާ ފަސިން ޖަރުން 2010 ވަނަ އަހަރު ހުރީ 5 ލައްކައިގައި. މި އަދަދު 26 އަށް ދެ އަހަރު ފަހުން ވެއްޓުނު.

07 ސެޕްޓެމްބަރ 22:29

ރައީސް: އެއާޕޯޓް ލިބުމާ އެކު އިގްތިސާދީ އަދި ވިޔަފާރީގެ ހުރިހާ މުއާމާލާތެއް ޖީއެމްއާރަށް ދޭން ޖެހުނު. ތެލަށް އަގު ޖައްސާނެ މިންވަރަކަށް ޖައްސަން ހުއްދަ ދިން. ތެލުގެ އަގު ފުރަތަމަ ވެސް 46 ޕަސެންޓަށް މައްޗަށް ޖެއްސި. މި ސަރަހައްދުގައި އެންމެ އަގުބޮޑުކޮށް ޖެޓް ފިއުލް ވިއްކާ ގައުމަކަށް ރާއްޖެވި.

07 ސެޕްޓެމްބަރ 22:28

ރައީސް: އެއާޕޯޓް ވިއްކާލުމުން ކުއްޔަށް ހިފި ފަރާތަށް ފައިސާއެއް ނުދެއްކުނު. ރައީސް އެކަމާ ގުޅޭ ގޮތުން މަޖިލީހުން ފާސްކުރި ހަރު މުދާ ވިއްކުމާ ބިލް ތަސްދީގެއް ނުކުރެއްވި. އެއީ ވަރަށް ބޮޑު ހިޔާނާތެއް.

07 ސެޕްޓެމްބަރ 22:26

ރައީސް: އޭރު އެއާޕޯޓަކީ 200 މިލިއަން ރުފިޔާ މަހަކު ފައިދާ އަށް ނަގާ ކުންފުންޏެއް. އެއީ ދައުލަތުގެ ދެ ވަނަ ބޮޑު ކުންފުނި.

07 ސެޕްޓެމްބަރ 22:26

ރައީސް: އެމްޑީޕީގެ ވެރިކަމުގައި އެއާޕޯޓް 25 އަހަރަށް އަދި އޭގެ އިތުރު 10 އަހަރަށް ވިއްކާލި އިރު ވެރިކަމުގެ ބާރެއް ނެތް.

07 ސެޕްޓެމްބަރ 22:22

ރައީސް: ކޮންމެ ދައުލަތަކުން ވެސް ކަންކުރާ ގޮތަށް އަނެއް ދައުލަތުން ކަން ކުރާނެ ކަމަށް ދެކިގެން ނުވާނެ. މިހާރު އެ އިވެނީ އަޅުގަނޑުމެންނަށް ފިޔަވަޅު އަޅާ ވާހަކަ. ފިޔަވަޅު އަޅައިފާނެ. އެކަމާ އަޅުގަނޑުމެެން ދެރަވޭ، ޖެހިލުންވޭ. އެކަމަކު އެކަމާ ދެރަވެ ތިބެން ވެއްޖިއްޔާ އަޅުގަނޑުމެންގެ އިސްތިގުލާލު ގެއްލިގެން ހިނގައިދާނެ. މިއިވޭ އަޑުތަކާ ދޭތެރޭ ކަންބޮޑުވޭ. އެކަމަކު މާޔޫސް ނުވާށޭ އަޅުގަނޑު ދަންނާވާނީ. މިއީ އަޅުގަނޑުގެ އިންތިހާބީ ހައްގަކަށް {ބޭރުން} އަރައިގަތުން.

07 ސެޕްޓެމްބަރ 22:19

ރައީސް: އެ ވެރިކަން ނިމިގެން ދިޔައީމަ އެކަން ބަލަން ވެސް ބައިނަލް އަގުވާމީ ގައުމުތައް އޮތީ ފައިބުޑުގައި. މިހާރު ވެސް މިއޮތީ އަޅުގަނޑުމެންނަށް ބިރު ދެއްކުމާއި އިންޒާރުތައް. އެކަމަކު އަޅުގަނޑު ދަންނަވާނީ ވަގުތުކޮޅެއް ދެއްވާށޭ.

07 ސެޕްޓެމްބަރ 22:16

އަލްހާން ފަހުމީގެ ފޯމާ ރައީސް ހަވާލުވަޑައިގަންނަވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

07 ސެޕްޓެމްބަރ 22:14

ރައީސް: ވެރިކަމަކީ މާލޭގެ ހަތަރު ފާރުގެ ތެރޭގައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ވެއްޖެ.

07 ސެޕްޓެމްބަރ 22:13

ރައީސް: ބޭރުގައުމުތައް ވެސް އެބަޖެހޭ އަޅުގަނޑުމެންނާ ދޭތެރޭ ވިސްނަން. އެހާ ފަސޭހައިން ކަންކަން ނިންމާލުމަކީ ރަނގަޅު ގޮތެއް ނޫން.

07 ސެޕްޓެމްބަރ 22:09

ރައީސް: ވަރަށް އިހުލާސްތެރިކަމާ އެކު ތިއިން ކޮންމެ ބޭފުޅެއްގެ ވޯޓާއި ތިއިން ކޮންމެ ބޭފުޅެއްގެ ވޯޓު ވެސް ދެއްވާށޭ

07 ސެޕްޓެމްބަރ 22:08

ރައީސް ވާހަކަފުޅު ދައްކަވަނީ

07 ސެޕްޓެމްބަރ 22:04

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ޕީޕީއެމާ ގުޅިވަޑައިގެންފިކަން އިއުލާންކޮށްފި

07 ސެޕްޓެމްބަރ 21:57

އަބްދުއްރަހީމް: 23 ސެޕްޓެމްބަރު ވާނީ އިރާދަކުރެއްވިއްޔާ އުފާވެރި ދުވަހަކަށް.

07 ސެޕްޓެމްބަރ 21:56

އަބްދުއްރަހީމް: ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ރޭ އިބޫ އާ ކުރެއްވި ސުވާލުތަކަކަށް ޖަވާބެއް ނުދެއްވެއޭ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ވަގުތު އޮއްވާ އަނބުރާ ނަަން ނަންގަވާށޭ. އިބްރާހިމް މުހަންމަދު ސޯލިހު އަލީ ޕަޕެޓެއް. ޖަލްސާ އަކަށް ގޮވާލަން ވެސް މި އުޅެނީ ކެނެރީގޭ [ކުރީގެ ރައީސް] މުހަންމަދު ނަޝީދު.

07 ސެޕްޓެމްބަރ 21:53

މިރޭގެ ޖަލްސާ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

07 ސެޕްޓެމްބަރ 21:52

ޕީޕީއެމްގެ ޖަލްސާ -- ފޮޓޯ: އަހުމަދު ނިޝާތު

07 ސެޕްޓެމްބަރ 21:51

މިރޭގެ ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

07 ސެޕްޓެމްބަރ 21:50

އަބްދުއްރަހީމް: ނަމަނަމަ އިބްރާހިމް މުހަންމަދު ސޯލިހާއި ފައިސަލް ނަސީމް ދައްކާ ވާހަކަ އަހައިގެން ނުވާނެ. އެމްޑީޕީގެ ވެރިކަމުގައި ނޫންތޯ އިސްލާމް ދީނަށް ފުރައްސާރަ ކުރީ. ބުދު ބެހެެއްޓީ.

07 ސެޕްޓެމްބަރ 21:49

އަބްދުއްރަހީމް: ހަގީގީ ވައްކަން ކުރި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރު. ކުންފުނިތައް ވިއްކާލީ. އެއާޕޯޓް ވިއްކާލީ. އެ ފައިސާތަކަށް ވީ ގޮތް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެދެއްވަން ޖެހޭނެ.

07 ސެޕްޓެމްބަރ 21:48

މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ސަޕޯޓަރުން -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

07 ސެޕްޓެމްބަރ 21:43

އަބްދުއްރަހީމް: މިއީ 21 ވަނަ ގަރުނު. 23 ސެޕްޓެމްބަރުގައި ފިސާރި ކެރިގެން ގޮތް ނިންމަން ވާނެ.

07 ސެޕްޓެމްބަރ 21:43

އަބްދުއްރަހީމް: 23 ސެޕްޓެމްބަރުގައި އަޅުގަނޑުމެން މި ނުކުންނަނީ ގައުމީ ޖިހާދެއް ކުރަން. އެއީ މިނިވަން ކަމާއި ދީނުގެ ހައްގުގައި. މާދަމާގެ މުސްތަގުބަލުގައި. މިއީ އިބްރާހިމް މުހަންމަދު ސޯލިހާއި ރައީސް ޔާމީނާ ދޭތެރޭ ކުރެވޭ ޖިހާދެއް ނޫން. މިއީ ރާއްޖޭގައި އޮންނާނީ ކޮން ދީނެއްތޯ، ރާއްޖޭގެ މިނިވަން ކަމާ އެކު އޮންނާނެތޯ ބެލުމަށް ކުރެވޭ ޖިހާދެއް.

07 ސެޕްޓެމްބަރ 21:41

އަބްދުއްރަހީމް: އިންތިހާބު މިއޮތީ ނިމިފައި. މާލޭގައި ވޯޓުދިނުމުގެ ހައްގު އޮތީ 47000 ވަރަކަށް މީހުން. މިތާނގައި ވެސް އެބަތިބި 30 ހާހަށް ވުރެ ވެސް ގިނަ މީހުން.

07 ސެޕްޓެމްބަރ 21:40

މިރޭގެ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

07 ސެޕްޓެމްބަރ 21:39

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

07 ސެޕްޓެމްބަރ 21:38

މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ސަޕޯޓަރުން ދުއާ ކުރަނީ -- ފޮޓޯ: އަހުމަދު ނިޝާތު

07 ސެޕްޓެމްބަރ 21:35
07 ސެޕްޓެމްބަރ 21:28

ޑރ. ޝަހީމް: ދީނީ ދެ ތިން އިލްމުވެރިން ފިޔަވައި އެހެން އިލްމުވެރިން ވެސް މި ތިއްބެވީ މި ފަޅީގައި. އެ ބޭފުޅުން ވެސް ތިއްބަވަންވީ މި ފަޅީގައި.

07 ސެޕްޓެމްބަރ 21:27

ޑރ. ޝަހީމް: ދިވެހިރާއްޖޭ ތަރައްގީ ކުރެވޭނެ އިލްމާއި ފަލްސަފާ ހުރި ބޭފުޅަކީ ރައީސް ޔާމީން. ރާއްޖެ ބޭނުން ވަނީ ގައުމުގެ ޒައާމަތުގައި ހިތްވަރުގަދަ ތައުލީމީ ޝަހުސިއްޔަތެއް. އެފަދަ ބޭފުޅަކަށް މި ރާއްޖޭގައި ހުރީ ރައީސް ޔާމީން،

07 ސެޕްޓެމްބަރ 21:26

ޑރ. ޝަހީމް: އަޅުގަނޑު ވާނީ ރައީސް ޔާމީން ވަރަށް ލޯބިވާ ނައިބު ރައީސަކަށް. އަޅުގަނޑު ރައީސް ޔާމީނަށް ވަފާތެރި ވާނަން.

07 ސެޕްޓެމްބަރ 21:25

ޑރ. ޝަހީމް: ރައީސް ޔާމީން މި އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ އަޅުގަނޑު ވާނެ ވައުދަކީ ރާއްޖެ އަޅުގަނޑުމެން އެއްބައިވަންތަ ކުރުވާނަމޭ.

07 ސެޕްޓެމްބަރ 21:25

ޑރ. ޝަހީމް: މިއަދު ނިންމާ ނިންމާ މިއީ ރާއްޖޭގެ މުސްތަގުބަލުގައި. ރައީސް ޔާމީނަށް ވޯޓު ދެއްވައިފި ނަމަ އެ ގަބޫލުކުރީ ދީނާއި މި ގެނެސްދޭ ތަރައްގީ. އަނެއްކޮޅަށް ވޯޓު ދެއްވައިފި ނަމަ އެ ގަބޫލު ކުރީ އަރާރުންވުމާއި ތަޅާފޮޅުން.

07 ސެޕްޓެމްބަރ 21:23

ޑރ. ޝަހީމް: ރަނިންމޭޓްކަން މި ގަބޫލު ކުރީ ސަމާސާ ކުރާކަށް ނޫން. މިއީ ދީން ހިމާޔަތް ކުރަން އަޅުގަނޑު ގަބޫލު ކުރި ކުރުމެއް. ދީނާ ދެކޮޅަށް ރައީސް ޔާމީން އެއްވެސް ކަމެއް ކުރައްވާފައެއް ނެތް. އެހެންވެ ދީނާ ދެކޮޅު ކަންކަން ކުރި މީހުންނަށް މިހާރު އަތް ޖަހާކަށް ނުޖެހޭނެ.

07 ސެޕްޓެމްބަރ 21:22

ރަނިންމޭޓް ޑރ. ޝަހީމް ވާހަކަ ދައްކަވަނީ: (އިދިކޮޅު ފަރާތްތަކަށް) މި ނޫނީ އެއް ބަޔަކު އަނެއް ބަޔަކާ އަދާވާތްތެރި ބަޔަކު ކޯލިޝަން ހަދައިފައެއް ނެތް. މިއީ އެންމެ އަވަހަށް ރޫޅިގެން ވެސް ދާނެ ކޯލިޝަން.

ޕީޕީއެމުން ބާއްވާ ބޮޑު ޖަލްސާ ކާނިވާ ސަރަހައްދުގައި ފަށައިފި އެވެ. ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ވެސް ބައިވެރިވެ ވަޑައިގަންނަވާ މި ޖަލްސާގައި ދައުލަތުގެ ވަރަށް ގިނަ އިސް ބޭފުޅުންނާއި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ރައީސް ޔާމީނަށް ތާއީދުކުރާ ވަރަށް ގިނަ ބަޔަކު ބައިވެރިވެ އެވެ.

މި ޖަލްސާގައި ގައުމަށް ވަރަށް ގިނަ އާ އުންމީދުތަކަކާއި އާ ވައުދުތަކެއް ރައީސް މިރޭ ދެއްވާނެ ކަމަށް ޕީޕީއެމުން މިއަދު ބުންޏެވެ.

124 ކޮމެންޓް, 503 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 1%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދީބު

08 September 2018

ވިއްކާލީއޭ ބުނުމުނ އެވަނީ ހަމަ ބުހުތާނު ދޮގަކަށް. އެ ހެޔޮ ކޮންމެ މީހަކު ބުންޏަސް.

The name is already taken The name is available. Register?

ޙިނި

08 September 2018

ޢެހެނެއްނޫން ވަނީކީ މިބާވަތުގެ ސަރުކާރު ކުންފުނި ތަކަކީ ކުންފުނި ހިންގާ ގޮތްގޮތައް ހިންގާ ތަންތަނެއްނޫން، މައިގަންޑު މަގުސަދަކީ ސަރުކާރުގެ ތާއަބަދައް ބޮޑުވަމުންދާ ރިކަރަންޓް ހަރަދު ތަކައް ފައިސާ ކޯދާ އަރުކާޓީ އަކައްވާތީ. ދިވެހި އެކަކުވެސް ބޭނުމެއް ނުވޭ އެޔާޕޯޓު ކަހަލަ މޮނޮޕޮލީއެއް ބޭރުގެ ފަރާތްތަކައް ވިއްކާލަން ނޫނީ ކުއްޔައްދޭކައް. ޢެޔާ ޕޯޓު ރަންގަޅައް ހިންގަންވީ. 1800 ގެ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ކޫރީކޮލު ޖަޕާނުންވެސް ދަރިވަރުންނާ މަސައްކަތްތެރިން އިންޑަސްޓިރިޔަލައިޒް ގައުމުތަކައް ފޮނުވައިގެން ފަންނީ ހުނަރުހޯދީ

The name is already taken The name is available. Register?

45 މިނެޓް.

08 September 2018

ރައީސް ނަޝީދު، ރައީސް ނަޝީދު، ރައީސް ނަޝީދު، ރައީސް ނަޝީދު، ރައީސް ނަޝީދު، ރައީސް ނަޝީދު، ރައީސް ނަޝީދު، ރައީސް ނަޝީދު، މިނޫން އެއްޗެއް ގޮވާބަލަ.

The name is already taken The name is available. Register?

އުނބު

08 September 2018

ރައީސުގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މލިއަން ޑޮލަރާ ބެހޭގޮތުން އެކައްޗެއްވެސް ނުބަނަނީ އަމާނާތްތެރި ނުވާތީ!

The name is already taken The name is available. Register?

ފޫހި

08 September 2018

މިގައުމުގެ އެންމެ ބޮޑު ހަރުމުދަލަކީ ރައްތަކާއި ފަރުތަކާއި ފަޅުތައް. އެ ވިއްކަން ނިންމީ ކޮންބައެއް. އަދި މިހާރުވެސް 99 އަހަރަށް އެބަދޭ. އެކަމަކު 25 އަހަރަށް ދިނުމުން މިގޯސްވީ.

The name is already taken The name is available. Register?

ހަސަދު

08 September 2018

ބައްލަވާ ކުރިމަތި ލައްވައިގެން އުޅުއްވަނީ އިބޫ އާއި ޔާމީނު. ކުރެވޭ ސުވާލަކީ މިދެމީހުންގެ ތެރއިން ކާކުހޭ ރަނގަޅީ. ވީމާ ކުރިމަތި ނުލައްވާ ތިއްބެވި ބޭފޫލުންނަށް މަލާމާތް ކުރެއްވުން އެއީ ރައީސެއްގެ ފެންވްރު ދައްކަމަށް ބެލެވެނީ. ވީމާ ކެންޑިޑޭތް 1 އަކަށް ވޯޓު ދިނުމުގައި ސުވާލު އުފެދޭން ފަށައިފި.

The name is already taken The name is available. Register?

ތެމާ

08 September 2018

އަޅެ އެއާޕޯޓު ޖީއެމްއާރަށް ވިއްކާލީމާ އެފައިގެން ގެންގޮސް ބާއްވާފަ އޮތީ ޖީ.އެމް ރާއޯގޭކުރިމަތީގަ މިހާރަކު އެއާޕޯޓެއްނެތް އޮތީ ރައްޔިތުން ފެލައިގެން ހަދާ ދަރަންޏާހެދި ގުޑިނުލެވިފައޮތް ތަނެއް އެތަން ހަދަނީ ދިވެހިންވެސް ފެލައިގެން

The name is already taken The name is available. Register?

ސައްތާރު / މހއ

08 September 2018

ކުއްޔަށް ދިނުމަކީ ވިއްކުން ކަމުގައިވާނަމަ މަނިކުފާނު ހާދަތަނެއް ވޮއްކައިފިޔޭދޯ؟ މިސާލަކަށް ނަސަންދުރަ ، މާލެއަތޮޅު ހުރިހާ ފަޅަކާއި ގިރިތަކާއި ހާތަށް، ޅ. އަތޮޅުގެ ގިނަ ގިނައަދަދެއްގެ ފަޅުރައްތައް ޗަމްޕާއަށް ރ. އަތޮޅާއި ބ. އަތޮޅުގެ ގިނަރައްތައް ކޮލިގެއަށް އަދި މާފަންނުގައި ފްލެޓް އާޅާ މީހުންނަށް އެބިންތައް. މިހެންގޮސްކިޔާނެކަމެއްނެތް ކުއްޔަށް ދިނުމަކީ ވިއްކުން ކަމުގައިވަނަމަ މަނިކުފާނު ވިއްކިތަންތައް އޭފޯ ސައިޒްގެކަރުދާސް ރީމެެއްގާވެސް ނުލިޔެވޭނެ.

The name is already taken The name is available. Register?

ތަހުތު

08 September 2018

ގުރުއާނުގެ ބަރަކާތުން ފެށި ޖަލުސާއިން މައިގަނޑު ގޮތެއްގަ ފެނިގެން ދިޔައީ ކަލަ ގޮވުން.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

08 September 2018

އެއާޕޯޓް ވިއްކާލުމުގައި ރައީސް ނަޝީދު ވަނީ ހިޔާނާތް ވެފައި: ރައީސް، އެހެންވީމަ މިފަހަރު އިންތިޚާބުގަ ބައިވެރި ނުވެވޭނެ އޯކޭނު، އެކަމަކު އިބުރާހިމް މުހައްމަދު ސާލިހަށް ބައިވެރި ވެވޭނެތާ އެކަމާ އުޅޭ، މިވެރިކަން ނިމުމުން ރައްޔިތުންގެ ތިޖޫރިއަށް އިހުމާލުވެ ޚިޔާނާތްތެރިވީ ކޮންބައެއްކަން ވަރަށް ރަނގަޅަށް ހާމަވެގެން ދާނެ ކަމަށް މިއުއްމީދުކުރަނީ، އަމިއްލަ އެކައުންޓަށް މިލިއަނުން ޑޮލަރު ޖަމާވި މައްސަލަވެސް ބެލޭނެ، އެކަހަލަ އެތައްކަމެއް ހުރީމަ، ބިތުފަންގި ނެގި ކެޔޮކޭވަރު އެނގިދާނެތީވެ ތިވަރަކުން މަރުފަލި ތިޔަ ޖަހަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454