ޚަބަރު / ރިޔާސީ އިންތިޚާބު 2018

ތިއިންބޭފުޅެއްގެ އެންމެ ލޯލާރިއެއްގައި ވެސް އަޅުގަނޑު ނުޖެހޭނަން

08 ސެޕްޓެމްބަރ 2018 - 21:22

302 comments
08 ސެޕްޓެމްބަރ 23:13

ފައިސަލް: އަޅުގަނޑުމެން ދޭނެ އެންމެ އުފާވެރި ހަބަރަކީ އިޖުތިމާއީ ރައްކާތެރިކަން އަޅުގަނޑުމެން ހަމަޖެހިގެން ދާނެކަން.

08 ސެޕްޓެމްބަރ 23:10

ފައިސަލް: ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރާނަން. ގާނޫނު އަސާސީ ނަގަހައްޓާނަން.

08 ސެޕްޓެމްބަރ 23:08

ފައިސަލް: ތިޔަބޭފުޅުން މިތަނުން ދައްކާލި މަންޒަރުން ނަތީޖާ ލިބިއްޖެ

08 ސެޕްޓެމްބަރ 23:07

ފައިސަލް: އަޅުގަނޑުމެންގެ ހިނިތުންވުމަކީ އިބޫ ފަދަ ސޯލިހު ބޭފުޅަކު އަޅުގަނޑުމެންނަށް ލިބުން.

08 ސެޕްޓެމްބަރ 23:06

ފައިސަލް: މުޅި ދިވެހި ގައުމު ގޮވަމުން ދަނީ ދިވެހި ރައްޔިތުންނަށް އަމާނާތްތެރިވާނެ ވެރިއަކަށް.

08 ސެޕްޓެމްބަރ 23:04

ފައިސަލް: ގައުމެއްގެ ތަރައްގީ އަކީ ބިރެއް ނެތި އުޅެވުން. ހަމަހަމަކަން އޮތުން.

08 ސެޕްޓެމްބަރ 23:03

މިރޭގެ ޖަލްސާ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 23:02

ރަނިން މޭޓް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ

08 ސެޕްޓެމްބަރ 22:58

އިވާ: ދިވެހިރާއްޖެ އަށް ހަރާންކޯރު ނުވާ ވެރިޔަކު އިންތިހާބު ކުރަން ލިބޭ ފުރުސަތަކީ 23 ސެޕްޓެމްބަރު

08 ސެޕްޓެމްބަރ 22:57

އީވާ: ބިރަށް ވުރެ އަޅުގަނޑުމެންނަށް މުހިންމީ ގައުމުގެ ނަޒާހާތްތެރިކަން: އީވާ

08 ސެޕްޓެމްބަރ 22:53

އީވާ: ބިރުވެރި ކަމުގެ ފަސް އަހަރު ހިނގައްޖެ. އަނިޔާގެ ޝިކާރަ އަކަށްވީ ކޮންމެ މީހަކު ކޮންމެ އާއިލާއެއް އަދިވެސް ތިބި އިންސާފު ނުލިބިފައި.

08 ސެޕްޓެމްބަރ 22:52

އީވާ ވާހަކަ ދައްކަވަނީ

08 ސެޕްޓެމްބަރ 22:42

މިރޭގެ ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 22:41

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވީޑިއޯއެއް އެބަ ދައްކާ. (ޖަލު ހުކުމެއްގައި ހުންނެވުމާ އެކު ގާސިމްގެ ވާހަކަތައް މި ކަވަރޭޖްގައި ގެނެސްދެވޭކަށް ނެތް.)

08 ސެޕްޓެމްބަރ 22:38

މާރިޔާ: 23 ސެޕްޓެމްބަރުގައި އަޅުގަނޑުމެން އެންމެން ނުކުންނަން ޖެހޭ ވޯޓު ލާން. ކެނޑިޑޭޓް ނަންބަރު 2 އަށް ވޯޓުލާން. ވޯޓު ލާފައި ގެއަށް ވަޑައިނުގަންނަވާތި. އަޅުގަނޑުމެން ތިބޭނީ މަގުމަތީގައި. މިކަން ނިންމާލަން ވާނެ.

08 ސެޕްޓެމްބަރ 22:37

މާރިޔާ: ރޭ އަޅުގަނޑު އިނީ ރައީސް ޔާމީން ވެ ވަޑައިގަންނަވާނީ ކޮން ވައުދުތަކެއްތޯ ބަލަން. ބޮޑު ޖަލްސާއެއް ނިމިގެން ދިޔައީ އެއްވެސް ވައުދެއް ނެތް. މި ފަސް އަހަރު ނިމިގެން ދިޔައީ. އެއްވެސް ކަމެއް ކުރީއެއް ނޫން.

08 ސެޕްޓެމްބަރ 22:33

މާރިޔަ: އަޅުގަނޑަށް އެނގޭ މި ކެމްޕޭން ފަސޭހަ ނުވާނެކަން. އަޅުގަނޑުމެންނަށް އެނގޭ މި މާލޭގައި ކެމްޕޭން ކުރާކަށް ފަސޭހައެއް ނުވާނެކަން. އަޅުގަނޑުމެން އޭރު ވެސް ބުނަމުން ދިޔައިން ކުޑަ ފުރުސަތެއް ލިބުނަސް، އެންމެ ގަޑިއިރެއް ދެއްވިޔަސް މީހުން އެއްކޮށްލާނަމޭ.

08 ސެޕްޓެމްބަރ 22:30

މިރޭގެ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 22:30

މާރިޔާ ވާހަކަ ދައްކަވަނީ

08 ސެޕްޓެމްބަރ 22:28

އިބޫގެ ވާހަކަ ނިންމާލައްވައިފި

08 ސެޕްޓެމްބަރ 22:28

އިބޫ: މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކޮށްދެވޭނީ ހަމަ ތިޔަ ބޭފުޅުންނަށް. 23 ސެޕްޓެމްބަރު ވެގެންދާނީ އިރާދަކުރެއްވިއްޔާ ދުނިޔޭގައި އަޅުގަނޑުމެން ބާކީވެފައި ތިބުން ނިމުމަކަށް އަންނާނެ ދުވަހަކަށް. މި ރާއްޖެ އިންސާފުގެ މަގަށް އެޅޭނެ ދުވަހަކަށް.

08 ސެޕްޓެމްބަރ 22:27

މިރޭގެ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 22:26

އިބޫ: އަޅުގަނޑުމެން މި ދައްކަނީ ބަދަލުގެ ވާހަކަ: މިއީ ކޮންމެ ދުވަހަކު ހެނދުނަކު ކޮންމެ ހަވީރަކު ލިބޭނެ ފުރުސަތެއް ނޫން.

08 ސެޕްޓެމްބަރ 22:25

އިބޫ: ރާއްޖެ މި އޮތީ ބައިނަލް އަގުވާމީ ގޮތުން އެކަހެރި ވެފައި. ހާރިޖީ ސިޔާސަތުގައި އަޅުގަނޑުމެން އިސްކުރާނީ ރާއްޖޭގެ މަސްލަހަތުގެ މައްޗަށް. އަވައްޓެރި ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކޮށް އަޅުގަނޑުމެންގެ ރޯލު އަދާކުރާނަން.

08 ސެޕްޓެމްބަރ 22:24

އިބޫ: ސަލާމަތީ ބާރުތަކަށް އޮތް އިތުބާރު މި ސަރުކާރުން ވަނީ ނަގާލައިފައި. އަޅުގަނޑުމެން ސަލާމަތީ ބާރުތަކަށް ޣައިރު ގާނޫނީ އަމުރެއް ނުކުރާނަން.

08 ސެޕްޓެމްބަރ 22:22

އިބޫ: މަޖުބޫރުކޮށްގެން ޖަލްސާ އަށް ގެނެސްފައިވާ އެކަކު ވެސް މިތާނގައި ނުހުންނާނެ. އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ކަމެއް ނޫން. ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އަޅުގަނޑުމެން ބޮޑުކޮށްދޭނަން. އަދި ވަޒީފާގެ ރައްކާތެރިކަން ހޯދައިދޭނަން.

08 ސެޕްޓެމްބަރ 22:21

އިބޫ: ފަހުރުވެރި އާއިލާއެއް ބިނާކޮށްދޭނަން. ގެއްލިފައިވާ މީހުންގެ ތަހުގީގުތައް ފަށާނަން. އަބުރުވެރި ދިރިއުޅުމެއް ހޯދައިދޭނަން.

08 ސެޕްޓެމްބަރ 22:19

އިބޫ: ތަހުގީގު ފުރިހަމަ ނުކުރެވި ހުރި މަރުގެ މައްސަލަ ތަކާއި ގެއްލިފައިވާ މީހުން ހޯދުމުގެ ތަހުގީގުތައް ހާމަކަން ބޮޑު ގޮތެއްގައި ފަށާނަން

08 ސެޕްޓެމްބަރ 22:18

އިބޫ: މުޅި ރާއްޖޭގެ އެންމެ މާލެ އަށް ހިޖުރަ ކުރުވަން މަޖުބޫރު ކުރުވުން ބަދަލު ކުރުވަން ޖެހޭ. އަތްފޯރާ ފަށަށް ބޯހިޔާވަހިކަން އަޅުގަނޑުމެން ގެންނާނަން.

08 ސެޕްޓެމްބަރ 22:17

އިބޫ: އަންހެނުންނަކީ ހަމައެކަނި ގެވެށި އަނިޔާ ނުލިބޭނެ ބަޔެކޭ އެކަނި ބުނެލައިގެން ފުއްދާލުމުގެ ބަދަލުގައި އެކަން ސިޔާސަތުތަކުގައި ހިމަނާނަން،

08 ސެޕްޓެމްބަރ 22:16

އިބޫ: 23 ސެޕްޓެމްބަރުގައި މި ބަދަލު ގެންނާނެ ބަޔަކީ މި ގައުމުގެ ޒުވާނުން.

08 ސެޕްޓެމްބަރ 22:16

އިބޫ: ޒުވާނުންގެ ސަރުކާރަކަށް ވާނެ. ޒުވާނުންގެ ވިޔަފާރީގައި އެހީވެދޭނެ ސަރުކާރަކަށް ވާނެ. ޒުވާނުންނަކީ ހަމައެކަނި ފުޓްސެލް ކުޅޭ ބަޔަކަށް ނުވާނެ.

08 ސެޕްޓެމްބަރ 22:15

މިރޭގެ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 22:13

މިރޭގެ ޖަލްސާގައި އައްބާސް ވާހަކަ ދައްކަވަނީ

08 ސެޕްޓެމްބަރ 22:12

އިބޫ: އަޅުގަނޑުމެންގެ ވެރިކަމެއްގައި ފަތުރުވެރިކަން އުތުރާއި ދެކުނަށް ފެތުރި މުޅި ދުނިޔޭގައި އިޝްތިހާރު ކުރެވޭނެ

08 ސެޕްޓެމްބަރ 22:12

އިބޫ: މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނެ. ދަނޑުވެރިން އުފައްދާ ތަކެތި ނުވި އުކާލާކަށް ނުޖެހޭނެ.

08 ސެޕްޓެމްބަރ 22:11

އިބޫ: އަޅުގަނޑުގެ ސަރުކާރުގެ ތިމާވެށި ހިމާޔަތް ކުރާނީ ފުރިހަމަ ގާނޫނީ ބާރާ އެކު. ތިމާވެށީގެ ކަންތައްތަކުގައި އަޅުގަނޑުމެން އިހުމާލެއް ނުވާނަން. ފަތުރުވެރިކަމަކީ އެންމެ މުހިންމު ސިނާއަތު.

08 ސެޕްޓެމްބަރ 22:10

އިބޫ: އަޅުގަނޑުމެން ގެންނާނީ ރާއްޖޭގެ ދޮންވެލިގަނޑާއި ނާޒުކު ތިމާވެށީގެ އިގްތިސާދު

08 ސެޕްޓެމްބަރ 22:10

އިބޫ: ހުޅުވާލެވިފައިވާ އިންސާފުވެރި ޓެކްސް ނިޒާމެއް އަޅުގަނޑުމެން ގެންނާނަން.

08 ސެޕްޓެމްބަރ 22:09

އިބޫ: ތި ބޭފުޅުންގެ އެންމެ ލޯ ލާރިއެއްގައި ވެސް އަޅުގަނޑު ނުޖެހޭނަން. އަޅުގަނޑުގެ ވެރިކަމެއްގައި އިސްލާމް ދީން ނޫން ދީނެއް ރާއްޖެއަކު ނޯންނާނެ

08 ސެޕްޓެމްބަރ 22:07

އިބޫ: ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް އަޅުގަަނޑު ހަމަ ގައިމު ނުވާނެ

08 ސެޕްޓެމްބަރ 22:07

އިބޫ: ރައީސް ޔާމީން މި ދައްކަވަނީ އެއާޕޯޓާއި ބްރިޖާއި 25 ބުރީގެ އިމާރާތް. އެކަމަކު އެއީ ހެދެން އޮތް އަގުތަކަށް ވުރެ ބޮޑު އަގުތަކުގައި ހަދާފައިވާ ތަންތަން.

08 ސެޕްޓެމްބަރ 22:05

އިބޫ: ރައީސް ޔާމީން ރަށްތައް ވިއްކާފައި ހުރި ކޮން ގައުމަކަށް ކާކަށް ކަން އެނގޭކަށް ނެތް. އަދި ކިތައް މިލިއަނަށް ކަން ވެސް އެނގޭކަށް ނެތް.

08 ސެޕްޓެމްބަރ 22:04

އިބޫ: މި އިންސާފު އަންނާނީ އެންމެ މަތިން ފެށިގެން ބާރުތައް ބަދަލު ކުރެވިގެން.

08 ސެޕްޓެމްބަރ 22:03

އިބޫ: އެއްވެސް މީހެއްގެ ހައްގަކަށް އަރައިގެންފި ނަމަ އޭގެ ބަދަލު ލިބޭނެ. އަޅުގަނޑުމެން އަނިޔާވެރިއެއް ނުވާނަން. މި ދަންނަވާ އިންސާފު ލިބޭނީ ބަދަލުވެގެން.

08 ސެޕްޓެމްބަރ 22:03

އިބޫ: އެ ހަތަރު ލީޑަރުން އަޅުގަނޑުމެންގެ ސަރުކާރުގައި މިނިވަން ވާނެ.

08 ސެޕްޓެމްބަރ 22:01

އިބޫ: ރާއްޖެ ދުށް އެންމެ ވަރުގަދަ ލީޑަރުންގެ މައްޗަށް އިންސާފެއް ނެތް ހުކުމްތަކާ އެކު ރައީސް ޔާމީނަށް މިހާރު ތާއީދެއް ނެތް

08 ސެޕްޓެމްބަރ 21:59

އިބޫ: މާޒީވެގެން މި ދަނީ ރާއްޖެ ދުށް އެންމެ އަނިޔާވެރި 5 އަހަރު. އެންމެ ކޮރަޕްޝަން ފަސް އަހަރު. އެންމެ ހުދުމުހުތާރު ފަސް އަހަރު. އެންމެ ނާ އިންސާފު ފަސް އަހަރު. ރާއްޖެ މި ދަނީ ބަދަލުވާން. އެއްވެސް ކަމެއް އެއްވެސް ގޮތަކަށް ދެމިއެއް ނޯންނާނެ.

08 ސެޕްޓެމްބަރ 21:57

އިބްރާހިމް މުހަންމަދު ސޯލިހު ވާހަކަ ދައްކަވަނީ

08 ސެޕްޓެމްބަރ 21:53

އައްބާސް: މި ދެ ކެންޑިޑޭޓުން ރިޔާސަތަށް އިންތިހާބު ކުރުމަކީ ގައުމީ ވާޖިބެއް

08 ސެޕްޓެމްބަރ 21:52

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 21:51

އައްބާސް: ޒުވާނުންގެ ވާހަކަ އަދި ޖަލުގައި ތިބި މީހުންގެ ވާހަކަ ދައްކާއިރު މިހާރު ޖަލުގައި ހައްޔަރުކޮށްފައި ހުރި އަހުމަދު ފާރިސްގެ ގުރުބާނީ ފާހަގަކޮށްލަން ޖެހޭ. ރައީސް މައުމޫންގެ ވާހަކަ އަޅުގަނޑުމެން އިތުރަށް ދައްކަން ޖެހޭ ވާހަކައެއް ނޫން.

08 ސެޕްޓެމްބަރ 21:50

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 21:46

އައްބާސް: އަޅުގަނޑުމެން ވިސްނަންވީ މިހާރު އަޅުގަނޑުމެން މިތިބީ ޖުމްހޫރީ ވެރިކަމެއްގައިތޯ. ޖުމްހޫރީ ވެރިކަމަކީ ޖުމްހޫރިއްޔަތަކީ ރައްޔިތުން އެ މީހުންގެ ތެރެއިން އެ މީހުންގެ ބަޔަކު ގޮވައިގެން އެ މީހުންނަށް ޓަކައި އުފައްދާ ސަރުކާރެއް.

08 ސެޕްޓެމްބަރ 21:43

އައްބާސް: މީގެ 50 އަހަރު ކުރިން ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވާން އުޅުނު އިރު ހުޅުލެ އާއި ގާދު އާ ދޭތެރޭ ގަލުން ފާލަމެއް އެޅި. އެއީ އެޕްރީލް 1960ގައި. މިއީ އިއްތިފާގެއް ކަން ނޭނގެ. ތަރައްގީއަކީ އޭރު ވެސް އަޅުގަނޑުމެން ދެކެމުން އައި ކަމެއް. އެކަމަކު ދުވަސްކޮޅަކުން ހަނދާނެއް ނުހުރޭ. ތަރައްގީގައި އަޅުގަނޑުމެން ވިސްނަންވީ މީހުން ބައިވެރިވެގެން. ދަރަންޏަށް ފައިސާ ނަގައިގެން ބޭރު ބަޔަކަށް އެ ދީގެން ކުރާ ތަރައްގީއަކީ ތަރައްގީއެއް ނޫން

08 ސެޕްޓެމްބަރ 21:41

އައްބާސް: އަޅުގަނޑު އައިސް މިހިރީ މައުމޫން ރިފޯމް މޫވްމަންޓްގެ ފަރާތުން. އަޅުގަނޑުމެން ތާއީދުކުރަނީ އިބްރާހިމް މުހަންމަދު ސޯލިހަށް

08 ސެޕްޓެމްބަރ 21:40

އައްބާސް އަކީ ރައީސް މައުމޫންގެ ޅިޔަން ބޭފުޅެއް. އަދި މައުމޫންގެ ކެބިނެޓްގައި ގިނަ ދުވަސްތަކެއް ވަންދެން ހިމެނި ވަޑައިގެންނެވި ބޭފުޅެއް.

08 ސެޕްޓެމްބަރ 21:39

ކުރީގެ މިނިސްޓަރު އައްބާސް އިބްރާހިމް ވާހަކަ ދައްކަވަނީ

08 ސެޕްޓެމްބަރ 21:39

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރު އަދި އަނީސާ (ކ) -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 21:38

މިރޭގެ ޖަލްސާގައި ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހާއި ރަނިން މޭޓް ފައިސަލް ނަސީމް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 21:31

މިރޭގެ ޖަލްސާ ފެށިއިރު ވަރަށް ގިނަ ބަޔަކު ވަނީ މި ޖަލްސާ އަށް ގޮސްފައި. ޖަހާފައި ހުރި ހުރިހާ ގޮނޑިއެއް ފުރި، މަގުމަތީގައި އާއި ކައިރީގައި ހުރި ބައެއް ގޭގޭގެ ބެލްކަނިތަކުގައި ވެސް މީހުން ތިބިތަން އެބަ ފެނޭ.

08 ސެޕްޓެމްބަރ 21:29

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 21:27

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 21:25

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

08 ސެޕްޓެމްބަރ 21:25

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ ޖަލްސާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް މާލޭގައި ބާއްވާ އެންމެ ބޮޑު ޖަލްސާ އަލިމަސް ކާނިވަލުގައި ދާދި ދެންމެއަކު ފަށައިފި އެވެ.

މި ޖަލްސާގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހާއި ރަނިންމޭޓް ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަ އެވެ. މީގެ އިތުރުން ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫނަށް ތާއީދުކުރާ ފެކްޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. މީގެ އިތުރުން ރައީސް މައުމޫންގެ ކެބިނެޓްގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އުމަރު ޒާހިރާއި އަނީސާ އަހުމަދު އަދި އަހުމަދު އަބްދުﷲ އާއި އަބްދުﷲ ކަމާލުއްދީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މިރޭ ކާނިވަލުގައި މި ޖަލްސާ ބާއްވަނީ އިދިކޮޅު ޖަލްސާއެއް ބޭއްވުުގެ ހުއްދަ އަށް އެދި، އެއްވެސް ތަނެއް ނުލިބި ތިން އަހަރު ވުމަށް ފަހު ކަމަށް އެމްޑީޕީން ބުނެ އެވެ. އެހެންވެ، މި ޖަލްސާ އަށް ކާނިވަލުގައި ޖަހާފައިވާ ހުރިހާ ގޮނޑިއެއް ފުރި، އެތައް ސަތޭކަ ބަޔަކު ކޮޅަށް ތިބި ތަން ފެނެ އެވެ. އެނގިފައިވާ ގޮތުގައި އަށެއް ޖެހިއިރު ކާނިވާ ސަރަހައްދަށް މީހުން ވަނީ ޖަމާވާން ފަށައިފަ އެވެ.

(އިތުރު ތަފުސީލު އަންނަނީ)

302 ކޮމެންޓް, 1435 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚަޒާނާ1

10 September 2018

އޭނާގެ ޖީބަކަށް ނުލާނެ، ވަށައިގެން އެބުރޭ މެހި ތަކުގެ އެކައުންޓާއި ޖީބުް ތައް ފުރި ބަންޑުންވާނީ......

The name is already taken The name is available. Register?

މިޔާލު

10 September 2018

މާތްކަލާކޯ!!!! ޑޮލަރު ގަނޑެއް ހޯދަން ބޭބެ އޭރު ދުވި ދުވުން އަދި ހަނދާން ނެތޭހާ ދުވަހެއް ނުވޭ!

The name is already taken The name is available. Register?

އަލީ ހަމީދު

10 September 2018

މާކުރިން ތިހެން ގޮވަން ފަށައިފިއްޔާބަލާނެ ކަމެއްވެސްނެއް ވެރިކަން ލިބިއްޖިއްޔާ ތިކަން ނިމޭނީ ޚަޒާނާ ދަވާލައިގެން

The name is already taken The name is available. Register?

އިންސާފް

10 September 2018

އެއް ޕާރޓީ އިން އަނެއް ޕާރޓީއަށް ވަގަށް ގޮވުން ނޫން ކަމެއް އެބަވޭތަ.. މިއީތަ ޑިމޮކްރަސީއަކީ... ނެތޭ ލަދެއް ހަޔާތެއް ހުރި އެކަކުވެސް.

The name is already taken The name is available. Register?

ކުރިމަގު7

10 September 2018

ތިހެން ބުނި މައުމޫނުވެސް.

The name is already taken The name is available. Register?

ްޢައިޝަތު

09 September 2018

3 އަހަރުގެ ވެރިކަންވެސް ދުށީމޭ! ޅޯލާރި އެއްގައިވެސް ނުޖެހޭ ؟؟؟؟؟؟؟ ލަދުކޮބާ!

The name is already taken The name is available. Register?

ހަބޭސް222

09 September 2018

ކިހާ ހިތްގައިމު ވާހަކަފުޅެއްތޯ! އުފާވެރިކަމުގެ ކޮޅެއް ނެތް! އެނގިލައްވާތޯ ވިދާޅެއްނުވޭ ގިނަ ޢަދަދެއްގެ ފައިސާ ހިފައިގެން އައީމަ ގޭގަ އިން އަނބި މީހާވެސް ނާހައޭ ތީ ކޮންތާކުން ގެނައި ފައިސާއެއްހޭ..! ވިދާޅެއް ނުވޭ އެއީ ޠޮބީޢީ ކަމެކޭވެސް! އެ ވިދާޅުވަނީ ރައްޔިތުންގެ އެންމެ ލޯ ލާރިއެއްގައިވެސް ނުޖެހޭނަމޭ! ސާފުވެއްޖެ ތަ!

The name is already taken The name is available. Register?

ރާވެރިބެ

10 September 2018

މިހާރު ނުހުރެޔޯ ލޯލާރިއެއް .. ދަގަނޑު ލާރި ހުންނަނީ

The name is already taken The name is available. Register?

ދޮންތުއްތު

09 September 2018

ރައްޔިތުންގެ އެކައުންޓްތައް ފޭރިގަތް މީހުން އެންމެ ލާރިއަކުވެސް ނުޖެހޭނެ. ވާހ ވާހ ހާދަ މާތް ބައެކޭ މިތިބީ.

The name is already taken The name is available. Register?

ސިޔަރާ

09 September 2018

ޔާމީނުވެސް ލޯލާރިއެއްގައެއް ނުޖެހެޔޭ. ވަޔަރ ޓްރާންސްފަރ.. ޑޮލަރުން، މިލިއަނުން.

The name is already taken The name is available. Register?

ރައްޔިތުން

09 September 2018

ތިމާ އަމިއްލައަށް ތިމާ މާ މޮޅުމީހަކަށް ދައުވާ ކުރާ މީހެއް ތިމާގެ ގާތުގައި ތިބި މީހުން ދިޔައީ ކީއްވެ ކަން ތިމާ ނުދަނޭ ތިމާއަކީ ތިމާވެސް ނުދަންނަ މީހެއް. ބިތު ފަންގި ނަގައި ތިމާ އަމިއްލަ އަށް ބޭޒާރު ވެއްޖެ، ވީމާ ކިހެނެއް ޔާމީނަށް 2 ވަނަ ފަހަރަކަށް ރައްޔިތުން ވޯޓް ދޭނީ. އެކަމެއް ނުކުރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454