ކެމްޕޭނަށް ޝަހީމް ދ. އަތޮޅަށް ވަޑައިގެންފި

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް ދ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.


މި މަހުގެ 23 ގައި ބާއްވާ އިންތިޚާބުގެ ކެމްޕޭނަށް، ޝަހީމް އެންމެ ފުރަތަމަ ވަޑައިގެންނެވީ ކުޑަހުވަދޫ އަށެވެ.

ރަނިންމޭޓް ކެމްޕެއިން ދަތުރުގެ މެނޭޖަރު އަހުމަދު ފައިސަލް ވިދާޅުވީ ކުޑަހުވަދު އަށް ފަހު ޝަހީމް ދެން ވަޑައިގަންނަވަން ހަމަޖައްސާފައި ވަނީ މީދޫ ދާއިރާގައި ހިމެނޭ މީދޫ އާއި ބަނޑިދޫ އާއި ރިނބުދޫ އަދި ހުޅުދެއްޔަށެވެ.

ޑރ ޝަހީމަށް ކުޑަހުވަދޫ އެއާޕޯޓުން މަރުހަބާ ދަންނަވަނީ: މި ދަތުރުގައި ދ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގަންނަވާނެ.-- ފޮޓޯ: ޕީޕީއެމް

އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދޮރުން ދޮރަށް ވަޑައިގަންނަވަން ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހީމް، ކެމްޕޭނަށް އެންމެ ފަހުން ވަޑައިގަތީ ށ. އަތޮޅަށެވެ. އޭގެ ކުރިން ހދ. އާއި ށ. އަތޮޅުގެ ބައެއް ރަށްތަކަށާއި ލ. އަތޮޅާއި ގއ. ގެ ބައެއް ރަށްތަކަށާއި ގދ. ތިނަދު އަށާއި ފުވައްމުލަކަށް ވަޑައިގެން ކެމްޕެއިން ވަނީ ކުރައްވައިފަ އެވެ.

ޑރ ޝަހީމްގެ ކެމްޕެއިން ޓީމާއެކު ކުޑަހުވަދޫ އެއާޕޯޓުގައި.-- ފޮޓޯ: ޕީޕީއެމް

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 262،135 މީހުންނަށް ލިބޭއިރު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 480 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.