ޚަބަރު / އެކްސިޑެންޓް

ހުޅުމާލޭގައި ދުއްވާފައި ދިޔަ ވޭނެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މިރޭ ފުރޮޅައިލި ވޭން ހުޅުމާލޭ ނިރޮޅު މަގު މެދުގައި އަރިއަކަށް ޖެހިފައި.

ހުޅުމާލޭގައި މިރޭ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ފުރޮޅާލައި ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

މަންޒަރު ދުށް މީހުން ބުނީ މީގެ އިރުކޮޅެއް ކުރިން މި އެކްސިޑެންޓް ހިނގީ ބަޔަކު ގޮވައިގެން، ހުޅުމާލޭ ނިރޮޅު މަގުން ރެހެންދި ސްކޫލާ ކައިރި ހިސާބަކުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭން ކޮންޓްރޯލް ނުވެ ދެ ފަރާތަށް ހޫރެމުން ގޮސް ފުރޮޅާލައިގެންނެވެ،

ވޭން ފުރޮޅައިލުމާ އެކު އޭގެ ދޮރުތަކާއި ކުޑަދޮރުތަކުގެ ބިއްލޫރިތައް ހުރީ ފުނޑުފުނޑުވެގެން މަގުމައްޗަށް ފައިބައިފަ އެވެ. އެ ސަރަހައްދުގައި ތިބި މީހުން ވަނީ، ވޭންގައި ތިބި މީހުން އޭގެ ތެރެއިން ނެރެފަ އެވެ، އަދި އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް، މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.

މި ހާދިސާ ހިނގި އިރު އެ ވޭންގައި ތިބީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. ނަމަވެސް ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލަށް ހަތަރު މީހަކު ގެންދިޔަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ގައިގެ ތަަންތަން މަށައިގެން ދިއުން ފަދަ ކުދިކުދި ޒަޚަމްތައް ހުއްޓެވެ.

ހުޅުމާލޭގައި ވޭނެއް ފުރޮޅާލައި ބަޔަކަށް އަނިޔާވިއިރު، ފެރީ ޓާމިނަލްގެ ބަމްބަރެއްގެ މަތިން ދަނިކޮށް ސައިކަލެއް ކަހާލައިގެން ދިއުމުން ވެސް ދެ ޒުވާނަކަށް ވަނީ އަނިޔާވެފަ އެވެ.

76 ކޮމެންޓް, 343 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 76%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުނބުށެން

12 September 2018

ރެއާދުވާލު މިފަދަ އެތައް ކަމެއް ހިނގާއިރުވެސް ބާރަށް ދުއްވާ ބަޔަކު އެއަށްވުރެ މަޑުން ދުއްވާކަށް ހިތަށްވެސް ހަމަ ނާރައެވެ. މިފަދަ މީހުންނާމެދު ބުނެވޭނީ އެހެން މީހުންނާމެދު ކުޑަވެސް ފަރުވާލެއް ނުބަހައްޓާތާ އަމިއްލަ ނަފްސާމެދުވެސް ބަލާލުމެއް ނުހުންނަ ބަޔެއް ކަމުގައެވެ.

The name is already taken The name is available. Register?

ރީތި މޫސަ

12 September 2018

ސްޕީޑް ދައްކުރަންވީ ބްރިޖްގަ ދުއްވަނީވެސްމާބާރަށް މާލޭގަ ތާރުއެޅިމަގުތަކުގަ ދުއްވަނީވެސްމާބާރަށް ހުޅުމާލޭ މަގުތަކުދުއްވަނީވެސް މާބާރަށް މިކަންޙައްކުރެވޭނީ ސްޕީޑުދައްކުރެވިގެން އަދި މީގެ އިތުރުން މިކަންބެލެއްޓުން އިތުރުކޮށް ޖޫރިމަނާކުރެވެން ފެށިދުވަހަކުންނޫނީ ބާރަށްދުއްވުން ނުހުއްޓޫވޭނެ

The name is already taken The name is available. Register?

ލޯގަނުޑު

11 September 2018

ލޯގަނޑު ނެތް ސައިކަލް ތައް ބުރިޖައް އެރުން މަނާ ކުރަބެ... 75% ސައިކަލް ގަ ދެލޯގަނޑު ނަގާ ހޫރާލާފަ.. ހީވަނީ މީ އިތުރު އޮޕްޝަނަލް އެއްޗެއްހެން ހަރުކޮއްފަ އިން؟؟ ދުއްވާމީހާ ބޭނުންވީމަ ހޫރާލަން

The name is already taken The name is available. Register?

ހާމަ

11 September 2018

މިއަދުގެ ދިވެހިން ބޯދާކަމާ ޖާހުލުކަމުން ހައިރާންވާންޖެހޭ މާލޭގަ އޮތް ބަލިގަނޑު ހުޅުމާލެއަށް ސައިކލަކަށްބއެރުނަސް ކާރަކަށް އެރިޔަސް ތިމާ މީހާގެ ފުރާނަޔާ އަނެކާގެ ފުރާނަޔަށްވެސް ރައްކަްުތެރިވާންޖެހޭ

The name is already taken The name is available. Register?

އިބައްޑޭ

11 September 2018

"ހަގީގީ ތަރައްގީ އަކީ އިންސާނާ ތަރައްގީވުން"

The name is already taken The name is available. Register?

ބުއްޅަބޭ

11 September 2018

ފުރަތަމަ ޖެހެނީ މުގުރުބޭނުންކިށްގެންވެސް ގާނޫނާއި ގަވާއިދުތަކަށް މީހުން ހޭލުންތެރިކުރަން! ދިވެހިން ތަރަށްގީވަނީ އެއްމެ ފަހުގެ ޓެކްނިލޮޖީގެ ފޯނުން، ތަޢުލީމެއ ތަރުބިއްޔަތެއްނެތް ! މުޅި ގައުމު ސިޔާސީވެފަ!

The name is already taken The name is available. Register?

ދަލޭކަ

11 September 2018

މިއީ ނޫސް ވެރިންވެސް އާންމުން ހޭލުންތެރިކުރުވަންވީ ވަގުތު... އަދި ބުނަން ރޯޑް ސައިންތައްވެސް ނެތް.. ބަމްޕްތައް އަންނަކަން ދައްކާ ސައިން އަފި ބެންޑްތަށް އަންނަކަން ދައްކާ ސައިން ވަރަށް މުހިއްމު ދޯ.. ސްޕީޑް ލިމިޓް ފެނަންހުރީމަވެސް ވަރަށް ސަޅިވާނެދޯ

The name is already taken The name is available. Register?

ޅަ ވައްތަރުޖަހާ ގެމްބީނޯ

11 September 2018

ދިސް އިސް ދަ މޯޑިސް ...

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

11 September 2018

އަހަރުމެންމީގެކުރިންބުނަމު މިސިޓީގެ “ލިންކްރޯޑްގައިހިގާބޮޑެތި ހުރިހާއެކްސިޑެންޓްތަށްހިގަނީ ބޮޑެތިވަޅުގަނޑާއި، ހަލާކުވެފައިވާބަމްޕަރުގެސަބަބުން“ކަމަށާއި، މަރުވިމީހުންމަރުވީ ސީދާޤާނޫނާއިޤަވާއިދުތަންފީޒުކުރާންޖެހޭ މުއައްސަސާތަކުގެއިހްމާލުން”ކަމަށް. މިހާރު މިވާހަކަ ޤަބޫލު ކުރެވޭތޯ؟ . . ޓްރެފިކްޤަވާއިދާއި ހިލާފްވާފަރާތްތައް ހޯދާ ފިޔަވަޅު އަޅާން “ނިކުމެ ތިބޭ ކުދިންނަށްވެސް ރަނގަޅަށް އެކަންކުރާކަށް ނުވަތަ ތަމްރީނުލިބިފައިނެތް” ކަން އިގެނީ “ގަދަނޫކުލައިގެ ހެދުމުގައި ރިފްލެޖްޓްވާ ޖެކަޓް އަންގި ހެލްމެޓް ބަޓޮންސިގްނަލް ލައިޓް ފަދަ އެއްވެސް އާލާތެއް ނެތި” ސީދާ ތިމާ ނުރައްކަލަށް ހުށަހެޅޭގޮތަށް ނިކުމެތިބޭތީ. . . . . އަދި ދުއްވާމީހުންނަށް ސިހުންލިބި ނުރައްކާތެރި ހާދިސާއެއް ހިގައިފާނެ ގޮތަކަށް “ގަސްތަކުގެ ނިވަލުގައި، ގޯޅިކަންމަތީގަ އާއި ފާރުތަކުގެ ނިވަލުގައި ނުވަތަ އަދިރިތަންތަނުގައި ފިލާތިބެފައި” ދުއްވަމުންދާ ވެގިކަލްގެ ކުރިމައްޗަށް ކުއްލިއަކަށް ނިކުމެ މަޑުކުރާން އިންޒާރުދެނީ ތަމްރީމްކޮށްފައިނެތީމަ.

The name is already taken The name is available. Register?

ޙހދދޒ

11 September 2018

ބޭރު ގައުމުތަކުގައި ހައިވޭ ގައި ދުއްވަނީ ވޭނާ އި ކާރު. އެކަމަކު މި ގައުމުގައި ސައިކަލް އެބަ ދުއްވާ ހައިވޭ ތަކުގައި

The name is already taken The name is available. Register?

އައްމަކަލޯ

11 September 2018

މީބޭރު ގައުމެއް ނޫން

The name is already taken The name is available. Register?

ޒުވާން

11 September 2018

މިއީ ހައިވޭއެއް ނޫން... އަހަރެމެން ބޮޑުވާން އަމިއްލައަށް މީހައިވޭޔޭ ކިޔަނީ.... އައްމަބޭ

The name is already taken The name is available. Register?

ޙޙޙޙދޖޒރ

11 September 2018

ކޮން ބޭރު ގައުމެެއްގައިތޯ؟ ފައިމަގުގަ ހިނގޭ، ބައިސްކަލުގަދުއްވޭ ހައިވޭތަކަކީ ޒަމާނީ ހައިވޭތައް. އެއްވެސް ބަޔަކު ބާކީކުރަން ވިސްނާނީ ބޯދާ ވިސްނުމުގެ މީހުން. އެހެން ނޫނަސް މިގައުމުގަ ހަމައެކަނި ކާރު ދުއްވަން ހަދާ ހައިވޭއެއްގެ ބޭނުމެއް ނޯންނާނެ. ބްރިޖްގެ އިންވެސްޓްމެންޓް ކަވަރ ކުރާނީ ކިހިނެއް؟ ވާހަކަ ދައްކާއިރު އެތަނަކާ ޙާލަތާ ގުޅޭގޮތުން ވާހަކަ ދައްކާ. ބޭރު ގައުމުތަކުގަ ނޫޅޭ ތިހާ ވިސްނުންކޮށި ބައެއްވެސް.

The name is already taken The name is available. Register?

ސުޒޭން

11 September 2018

ހައިވޭއެއް. ފުރަތަމަ ހައިވޭ ގެ ޑެފިނިޝަން ބަލާފަ އާދޭ ކޮމެންޓްކުރަން. ހައިވޭ ކިޔަނީ ކޮންމެހެން ބާރު ސްޕީޑްގަ ދުއްވާތީއެއްނޫން. ތާރު ނާޅާ، ގާ ނާޅާ ހުންނަ ހައިވޭތައްވެސް ހުރޭ. ބައިސްކަލުގަ ދުއްވާ މަގުތައްވެސް. ރަނގަޅު މައުލޫމާތު ހޯދާ

The name is already taken The name is available. Register?

ސަލީމު އިދުރީސް

11 September 2018

ކޮސްނުގޮވާ މިގައުމުގަ ހައިވޭއެއް އެއްވެސް ރަށެއްގަނެއް 13 ވަކައް ކިލޯމީޓަރުގެ މަގު ހައިވޭކަމައް ބަލައިގެން ދުއްވަންޏާ ތިކަހަލަ ހާދިސާ ހިނގާވަރު މަދު

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454