14 ސެޕްޓެމްބަރ 2018 - 10:19
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސްގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައިވެރިވެ ވަޑައިނުގެންނެވި ނަމަވެސް ބަހުސް ބާއްވަން ނިންމައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން އެކަނި ބައިވެރިވެ ވަޑައިގަންނަވާ ބަހުސް ބޭއްވުމަށް ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ރޭ 9:00 ގައި ޔުނިވާސިޓީގަ އެވެ. އެ ބަހުސް ޓީވީތަކުން ލައިވް ކުރުމަށް ވަނީ ނިންމާފަ އެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލާ އަލީ ފަވާޒް ޝަރީފް ވިދާޅުވީ އެބޭފުޅުން އުންމީދު ކުރައްވަނީ އިބޫ އަދިވެސް ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. ބަހުސްގެ މައުލޫމާތު އިބޫއަށްވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފޯމެޓް ވާނެ މިހާރު ފޮނުވާފައި. އެބޭފުޅުން[އިދިކޮޅު ކޯލިޝަނުން] ވިދާޅުވި ބަހުސްގައި ބައިވެރި ނުވާން ނިންމާފައިވާ ވާހަކަ. އަޅުގަނޑުމެން އަދިވެސް އުންމީދު ކުރަން ދެ ބޭފުޅުންވެސް ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް،" ފަވާޒް ވިދާޅުވި އެވެ.
ގައުމީ ޔުނިވަސިޓީން، ޕީީއެސްއެމާ ގުޅިގެން ބަހުސް ބާއްވާތީ އިދިކޮޅުގެ ހިތްހަމަނުޖެހުންތައް ވަނީ ފާޅުކޮށްފަ އެވެ. އަދި އިދިކޮޅު ޕާޓީތަކަށް ފުރުސަތު ނުދީ ހަމައެކަނި ރައީސް ޔާމީން ޕްރޮމޯޓްކުރާ ޕީއެސްއެމުން ބާއްވާ ބަހުސެއް ހަމަހަމަކާމާ އެކު ގެންދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ޕާޓީތަކުން ބުނެ އެވެ.
ރިޔާސީ ބަހުސްގައި، ކެންޑިޑޭޓުންނާ ގުޅުން ހުރި މައުލޫމާތާއި ފަސް އަހަރުގެ ދައުރެއްގައި ވެރިކަން ކުރައްވާނެ ގޮތުގެ ތަސައްވަރެއް ރައްޔިތުންނަށް ވިސްނައިދޭ ސުވާލުތައް ހިމެނޭނެ އެވެ. މި ސުވާލުތަކާއި ބަހުސާ ގުޅޭ އެހެން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ޔުނިވާސިޓީން ކަމަށް އެތަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޫސް ބަލާމީހާ
16 September 2018
ބަހުސުގެ ފުރަތަމަ ސުވާލު . ޓީވީ އެމްއަކީ ޤައުމީ ޗެނެއްލްއަލަށް ވާއިރު އަހަރެމެން ޕާޓީގައި ނޫޅޭމީހުންނާ އަހަރެމެންގެ ކިޔަވާ ކުދިން ސިޔާސީ ކުރަން ބޭނުން ނުވާއިރު ޤައުމީ ޓީވީ ޗެނެލުން އަބަދު އަބަދު ސިޔާސީ ވާހަކަދައްކައި ކިޔަވާކުދިން ސިޔާސީ ކުރުވަން މަސައްކަތް ކުރަންޖެހޭތަ. ޖަވާބު ދެއްވަނީ ލައިކު ކުރެއްވުމުން . ޚަލީލުއާއި އިކްރާމު އަދި ޝަހީބު ޖަވާބު ބަލާނެކަމަށް ހީކުރަން .
ނޫސް ބަލާމީހާ
16 September 2018
އެއްކޮޅަށް ކުޅެގެންނެއް ބަހުސެއް ނުކުރެވޭނެ . ބަހުސަކީ ދެކޮޅު ދައްކަން ކުރާކަމެއް . ތިޔަ ބަހުސްގައި ސިޔާސީމީހުންނަށް އަނިޔާ ކުރާ ވާހަކައެއް ނުދައްކާނެ . އަދި ތަރައްޤީ ކުރީ ކޮންދިމާލަކުން ހޯދި ފައިސާއެއްކަންވެސް ހާމައެއް ނުކުރާނެ . މިހާރު ދިވެހި ދައުލަތުގައި ކުއްޔަށް ނުދީއޮތީ ކިތަށް ރައްކަމެއް ކުއްޔަށްދިނީ ކިތައް ރަށްކަމެއްވެސް ހާމައެއް ނުކުރާނެ . ކުރާނެ ކަމަކީ މުސްކުޅިންނަށް ފައިސާ ދޭ ވާހަކަ ގޮވުމާއި "ޒުވާނުން" މިނިވަން ކޮށްދޭ ވާހަކަދެއްކުން.
ނިމާމާ
15 September 2018
ރެޔާދުވާލު ރާއްޖޭގެ އެކި ރަށް ރަށަށް ގޮސް ރައްޔިތުން ދެކެ ރުޅިއައިއްސަ ހުރެގެން އެކުރާ "ބަހުސް" މަދީތަ؟
އަސްލުތަ؟
15 September 2018
ކަލޯމެންނޭ ތިޔަކަށް ބަހުސް އެކޭ ނުކިޔާނެ! ތިޔަށް ކިޔާނީ ބަސްދީ ގަތުން. ދެމީހުން އަރާނަމަތާ ބަހުސް އަކަށް ވާނީ. ވަކިމީހަކު ޕްރޮމޯޓް ކުރަން ބާއްވާ އެއްޗެއްކަމަށް ބޮޑަށްލަފާވަނީ. އެހެންނޫންނަމަ ތި ޖެހޭނޫ ކެންސަލް ކޮށްލަން.
ޒިންދަގީ
15 September 2018
އިބޫ ދާނެކަމެއްނެތް.. ގޮސް ބަހުސްކޮށް ބަލިވާއިރަށް، އަބުރޭ އިއްޒަތޭ ރައިސް ނަޝީދޫއޭކައަކިއާފަ ހައްޔަރުކުރާނީ..
މުރާސިލު
15 September 2018
ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވަން އުޅުނު ބަހުސެއްގައި އެއް ކެންޑިޑޭޓް ބައިވެރިނުވާއިރުވެސް ބަހުސް ބާއްވާތީ ތިޔަކަމުންވެސް އެނގެނީ ބަހުސް ބޭއްވުމުގައިވެސް ހެޔޮ ނިޔަތެއް ނެތްކަމެވެ. ރައްޔިތުންގެ ފައިސާއިން ހިންގާ ޕީ.އެސް.އެމް ގެ ޙާލަތު އަމިއްލަ ޓީވީ ޗެނަލްތަކަށްވުރެެވެސް ދަށްވުމުން ޕީ.އެސް.އެމުން ހަމައެކަނި ބަހުސް ދައްކަނީ ކަމަށްބުންޏަސް، ބަހުސް ކުރިއަށް ދާގޮތަށް އިންސާފުވެރިމާއެކު ލައިވް ކޮށްފާނެކަމާމެދުވެސް ޝައްކެވެ.
އިހުސާން
15 September 2018
ޕީއެސްއެމް އަކުން ނޫނޭ ބަހުސް ބާއްވަނީ. އެއީ ލައިވްކޮށް ދައްކާ ޓީވީ ޗެނަލް އެއް. ކިޔަވަނީ އާރޓިކަލްބާ
މާރިޔާ
15 September 2018
އެއީ ކޮންމެހެން ޕީ.އެސް.އެމް އިން ވަކިބަޔަކު ވަކިމީހަކު ޕޮރޮމޯޓު ކުރާތީއެއްނޫން ރައީސް ޔާމީންއާއި ބަހުސް އަކުން ވާދަކުރަން ބިރުން މޭކަރާތީ ލަދުން ރައީސް ޔާމީން އާއި ފާތްހަމަނުކުރެވޭނެތީ؟؟؟؟؟
ފަޟީޙަތު
15 September 2018
ބައިވެރި ނުވާނެ ކަމަށް އެމް ޑީ ޕީ އިން ބުނެފައި ވަނިކޮށް އެންމެ ފަހު ވަގުތު އިބޫ ވަޑައިގެންފާނެ ކަމަށް ދެކެމޭ ކިޔާ އެކަން ކުރުމަކީ އެކަން ރައްދުވާ ފަރާތުގެ އަގު ވައްޓާލުމަކަށް ނުވޭބާ! މިއީ ޔުނިވަރސިޓީ އަކުން ކުރުން ވަރަށް ދަށު ދަރަޖައިގެ ކަމެއް. މިކަމުން އެނގެނީ ޔުނިވަރސިޓީގެ ނިޔަތް ޚަރާބުކަން. އަދި މީގައި ބައިވެރި ނުވާން ނިންމި ނިންމުމުގެ އަސްލަކީވެސް މިކަންދާނެ ގޮތާއިމެދު ހީކުރެވުނު ގޮތް އެއީ ހަމަ ޙަޤީޤަތުގައިވެސް ރަނގަޅު ހީކުރުމެއްކަން.
ޝައިމްބެ
14 September 2018
ބަހުސް އޮންނާނީ 23 ވަނަ ދުވަހު. ނަތީޖާ ފާޅުކޮށް އުފާކުރުން އެރެއާއި އަނެއް ދުވަހު އޮންނާނެ!