ޚަބަރު / ނަސްރީނާ އިބްރާހީމް

ގައުމު އަނިޔާވެރިކަމުން ސަލާމަތް ކުރުމަށްޓަކައި އިބޫ އަށް ވޯޓު ދިނުމަށް ނަސްރީނާ އެދިވަޑައިގެންފި

މައުމޫން ކޯޓަށް ގެންނެވި ދުވަހަކު ފިރިކަލުން ދެކިލުމަށް ނަސްރީނާ އަދި ދަރިކަލުން ޔުމްނާ މައުމޫން: ނަސްރީނާ އަސަރާއެކު ވިދާޅުވީ، މައުމޫން ގައުމަށް ހިޔާނާތްތެރިވެވަޑައިގެންފާނެ ކަމަށް އެއްވެސް ދިވެއްސަކު ގަބޫލު ނުކުރާނެ ކަމަށް -- މިހާރު ފައިލް ފޮޓޯ

ހައްޔަރު ކޮށްފައިވާ ސިޔާސީ އިދިކޮޅު ލީޑަރުން މިނިވަންވެ، ގައުމު އަނިޔާވެރިކަމުން ސަލާމަތް ވާނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓު ދީގެން ކަމަށާއި އެހެންވެ އެކަން އެގޮތަށް ކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.

އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮށް، ނަސްރީނާ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އެގޮތަށް އެދިވަޑައިގެންނެވިއިރު، އެކަމަނާގެ ފިރިކަލުން މައުމޫން އެއް އަހަރާއި ހަތް މަހުގެ މުއްދަތަށް ޖަލަށް ލުމަށް މިދިޔަ ޖުލައި މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމާ އެއްގޮތަށް މައުމޫން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ފުލުހުން ހިންގި ތަހުގީގަށް އެ މަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވުމުންނެވެ.

މައުމޫންގެ ދިފާއުގައި އަދި އިބޫ އަށް ވޯޓު ދިނުމަށް އެދިވަޑައިގެން ނަސްރީނާ ވިދާޅުވީ، މައުމޫން ގައުމަށް ހިޔާނާތްތެރިވެވަޑައިގެންފާނެ ކަމަށް އެއްވެސް ދިވެއްސަކު ގަބޫލު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް މި ގައުމަށް ހިޔާނާތްތެރިވެވަޑައިގަންފާނެ ކަމަށް ނުވަތަ ކުށެއް ކުރެއްވިކަން ގަބޫލު ކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ،" ވަރަށް އަސަރާ އެކު، ވާހަކަފުޅު ދައްކަވަމުން ނަސްރީނާ ވިދާޅުވި އެވެ.

މައުމޫން ފަދައިން ނުހައްގުން ޖަލަށް ލާފައިވާ ވަރަށް ގިނަ މީހުން އެބަތިބި ކަމަށާއި އެމީހުން އަދި ގައުމު އަނިޔާވެރިކަން ސަލާމަތްވުމަށް ރައްޔިތުންނަށް މި ފަހަރު ފުރުސަތެއް ލިބިފައިވާ ކަމަށް ވެސް ނަސްރީނާ ވިދާޅުވި އެވެ.

"މި ފުރުސަތު ތިބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ މި ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު. ވީމާ އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ އާދޭހަކީ 23 ވަނަ ދުވަހު ވީހާ އަވަހަކަށް ވީހާ ގިނަ ބޭފުޅުން ނުކުމެވަޑައިގެން މި ހުރިހާ ބޭފުޅުން މިނިވަން ކުރުމަށްޓަކައި އަދި މި ގައުމު އަނިޔާވެރިކަމުން ސަލާމަތް ކުރުމަށްޓަކައި އިބްރާހިމް މުހައްމަދު ސޯލިހަށް، ކެންޑިޑޭޓް ނަންބަރު ދޭކަށް ވޯޓު ދެއްވުން،" މައުމޫން ވެރިކަން ކުރެއްވި ދިގު 30 އަހަރުގައި ވެސް އަދި ފަހުން ވެސް މީޑިއާ އާއި ސިޔާސީ ކަންކަމާ ދުރުގައި އުޅުއްވާ ނަސްރީނާ ވިދާޅުވި އެވެ.

ނަސްރީނާ ވަނީ މައުމޫން ޖަލުގައި ހުންނެވީ އާލާސްކަންފުޅާކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ގިނިކަންޏާ ޖަލުގައި ހުންނަވާތާ އަހަރެއްވާން ކައިރިވެފައިވާކަން ވެސް ނަސްރީނާ ފާހަގަ ކުރެއްވި އެވެ.

އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެކެވެ.

މި ބަލީގައި މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން، ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން މާފުށީ ޖަލަށް ޑޮކްޓަރަކު ގެންގޮސްގެން ވެސް ފަރުވާ ދިނެވެ. އަމިއްލަފުޅަށް ތެދުވެވަޑައިގެން، ޒަރޫރީ ބައެއް ކަންކަން ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވާތީ، ޑޮކްޓަރު ލަފާ ދެއްވީ، މައުމޫން ގޭބަންދަށް ބަދަލުކުރާށެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.

54 ކޮމެންޓް, 357 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 6%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުތިލަދުންމަތީ ރައްޔިތުން

21 September 2018

30 އަހަރު ޤައުމުގެ ވެރިކަމުގައި ހުރުމަކީވެސް ޤައުމަށް ހިޔާނާތްތެރިވުން އަދި ރައްޔިތުންނަށް ހިޔާނާތް ތެރިވުން

The name is already taken The name is available. Register?

ކަޅިރަވަ

21 September 2018

ވިސްނާ ފިކުރު ކޮށްލައްވާ. އިރުއަރާ އިރުއޮއްސި އަނެއްކާ އިރުއަރާ ބީދައިން މީސްތަކުންވެސް މަތިފަޑީގައި ތިބެފައި ބަންދުގައި ތިބެންޖެހޭ ދުވަސްތައް ފެންނަމުން މިދަނީ. މިފަދަ ކަންކަމުން ޢިބްރަތެއް ހާސިލުކުރުން މިއީ ބުއްދިވެރިކަމެއް.

The name is already taken The name is available. Register?

ދޮން ތަކުރު

21 September 2018

ކަލޯ ހާދަ ހިތްވަރެއް ޕީޕީ ކޮމެންޓް ޓީމުން އެބަ ކުރެއޭ. ތިހެން ދެން ހިފަހައްޓަން އިންޝާﷲ އޮތީ 2 ދުވަސް ތިޔަ މަޖުބޫރު އަޅުމަސައްކަތުން މިނިވަންވާނެ އިންޝާﷲ.، ތިޔަބޭފުޅުން ގެ ވޯޓާ އެކީ މިއަނިޔާވެރިކަމުން ސަލާމަތްވާނެ އިރާދަ ކުރެއްވިއްޔާ

The name is already taken The name is available. Register?

މަށޭމީ

21 September 2018

މައުމޫނު 2008ން ފެށިގެން ކަންކުރެއްވީ ރަނގަޅަކަށް ނޫން. ވެރިކަން ނަޝީދަށް ވަރަށް ރީތިކޮށް ހަވާލުކުރުމަށް ފަހު، ދުރުން ބައްލަވަން ހުންނެވިނަމައޭ ކިތަންމެ ފަހަރަކު ހިތައްއަރާ. ފިލައިންތްރޮޕިކް މަސައްކަތް ކުރަށްވަން މަޑުކޮށްލެއްވިނަމަ އޭ ހިތައްއަރާ. ދެން ފެނިގެން ދިޔައީ ރާއްޖެ ދުވަހަކުވެސް ނުދެކޭ ފަދަ މައުމޫނެއް. މިހާރު ރާއްޖޭގެ ހާލަތު މިހާ ފިތުނަވެރި ތަނަކަށް ވެއްޓުމުގައި މައުމޫނުގެ ވަރަށް ބޮޑު ހިއްސާއެއް ވާކަން ހިތާމައާ އެކު ގަބޫލު ކުރަން ޖެހޭ.

The name is already taken The name is available. Register?

ޙަފްޞާ / މާލެ

20 September 2018

ހުވަދުއަތޮޅާއި ، އައްޑޫސިޓީގެ ހުރިހާރަށެއް ، މާލެއިން 7 ފްލައިޓްގައި މީހުން ގެންގޮސްގެން އައްޑޫސިޓީގައި ކުރާ ފޮޓޯދައްކާ ޖަލްސާއަށް ނަޞްރީނާ ގެންދިޔައިރު ނަޞްރީނާއަކީ މިމީހުންގެ ކާކުބާ؟

The name is already taken The name is available. Register?

އާދަނު

21 September 2018

ބުހުތާނު ދޮގުނުހައްދަވާ. ތިއީ އަދުރޭމެން ދައްކާކަހަލަ ދޮގުވާހަކަ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

20 September 2018

މައުމޫނަ މިލިބުނީ އަމިލްލައެދުން އިސްކުރީމަ ލިބުނުއަނިޔާ. އަދިކޮބާ ދެންހުރިއަނިޔާތަ.

The name is already taken The name is available. Register?

އަލިކޮއެ2018

20 September 2018

ގާނޫނާ ހިލާފަށް ވިޔަސް ޔާމީނުގެ އަނިޔާ ބޮޑަށްލިބޭ ގިނަ މީހުނަކީ ހަމަ އަނިޔާވެރިންތަކެށް. ދުނިޔެމަތީގަ އަނިޔާވެރިންގެ އަތުން އަނިޔާވެރިންނަށް އުގޫބާތް ދެއްވުމަކީ އާންމު ކަމެއް. އަދި އެއީ މީސްތަކުންނަށް ހުރި ބޮޑު އިބުރަތެއް. މައުމޫނަކީ މާގިނަމީހުނަށް މާބޮޑެތި އަނިޔާ ދެމުން ގެންދިޔަ މީހެއް. މައުމޫނު އެންމެ ކުޑަވެގެން ޕަބްލިކްކޮށް ކުށް ގަބޫލުކޮށް މަޢާފަށް އެދިލާފަވެސް އެބަ އޮތްތަ؟އަލިކޮއެ2018

The name is already taken The name is available. Register?

އައްޑޫ

20 September 2018

މެޑަމް ނަސްރީނާ އެދިވަޑައިގެންނެވި ގޮތަކަށް ވޯޓުލާން ތައްޔާރު. ސިފައިންގެ މީހެއްގެ އަނތްބެއް ނޫން ނަމަ ޖަލްސާއަށްވެސް ދިޔައިމުސް.

The name is already taken The name is available. Register?

އަބޫސަމާސް

20 September 2018

މައުމޫނަށް ދެރަ ބަހެއް ބުނާކަށް ނޫން. ކޮންމެ މީހެއްވެސް އެމީހަކު ކުޅަކަމެއްގެ ޖަޒާ ދުނިޔެއާއި އާހިރަތުގައިވެސް އެމީހަކަށް ދައްކަވާނެ. މައުމޫންގެ އާއިލާއާއި މައުމޫނަށްވެސް އަސްލު ޒާތީ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށް ޔާމީނަށް ވޯޓު ދެއްވުން މާރަނގަޅު. ރައްޔިތުންގެ ހައްގު މަދު ގައިދީންތަކަކަށްވުރެ ގައިމުވެސް ބޮޑުވާނެ.

The name is already taken The name is available. Register?

ވައުދު

20 September 2018

މައުމޫން އަކީ އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ އަދި އަޅުގަނޑު ވަރަށް ސަޕޯޓްކުރާމީހެއް. މައުމޫންއަށް ހެދުނު ގޯހަކީ މައުމޫން އަންނި ފަހަތައްއެރުން. ހިތާމަޔާއެކީ ބުނެލަން ބޭނުންވަނީ އިބޫއަށް ވޯޓް ދެވޭކަށް ނެތޭ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454