ޚަބަރު / ރިޔާސީ އިންތިޚާބު 2018

މާލޭގައި އަމުރުނުކޮށް، އަތޮޅުތަކަށް ހައްގު މިންވަރު ހޯދައިދީ: އަލީ ނިޒާރު

ފޭދު އާއި މަރަދޫފޭދޫ ގުޅޭ ސަރަހައްދު: އަތޮޅުތަކުގެ ރައްޔިތުންނަށް ހައްގު މިންވަރު ނުލިބޭ ކަމަށް އަލީ ނިޒާރު ވިދާޅުވި.

އޭރުވެސް އަދިި މިހާރު ވެސް "ދިވެހިންނަށް ހައްގު މިންވަރެއް" ނުލިބެ އެވެ. މި ހަގީގަތް، ސާބިތު ކޮށްދެއްވަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުުގެ ވާހަކަ ފެއްޓެވީ، މީގެ 60 އަހަރު ކުރިން، އިނގިރޭސީން އަޑީގައި ތިބެގެން ދެކުނުގައި ވަކި ދައުލަތެއް އުފެއްދި ހާދިސާއިންނެވެ.

ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕާޓީތަކުން ކުރި ކެމްޕޭން ނިންމާލަން އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި، އަލީ ނިޒާރު މި ވާހަކަ ދެއްކެވި ދެ ބޭނުމެއް އޮތެވެ. އެއް ކަމަކީ، ދިވެހިން އަދިވެސް ތަހައްމަލްކުރާ ހިތްދަތިކަން ސިފަކޮށްދެއްވުމެވެ. އަނެއް ބޭނުމަކީ، ހައްލެއް ހޯދަން، ގުޅިފައިވާ އިިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހުށަހެޅުއްވުމެވެ.

އަލީ ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ ތިން އަތޮޅެއްގެ ބައިވެރިވުމާ އެކު ދައުލަތެއް އުފެއްދީ ހައްގުތަކެއް ހޯދަމަށެވެ. އެކަމަކު މާލޭގައި ތިބި ބާރުވެރި ފަރާތްތަކުން އެކަމާ ނުރުހި، އެ މިންވަރު ދޭން ދެކޮޅު ހެދީ ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ރައްޔިތުންނަށް ހައްގެއް ހޯދަން އެދޭ ކޮންމެ މީހެއްގެ ހާލަކީ ބިންމަތީގައި ބަނޑުޖައްސައި އަދަބު ދިނުން. --ނިޒާރު

އައްޑޫގައި ވަކި ދައުލަތެއް އުފައްދައި، އިސްކޮށް ހުންނެވި، އަބްދުﷲ އަފީފް މާލެ ވަޑައިގެން ހުށަހެޅުއްވީ މާލެއެކޭ އެއްގޮތަށް، އައްޑޫގައި ވެސް ކައުންސިލެއް އުފައްދައިގެން ޚިދުމަތް ދެވޭނެ ގޮތް މަގުފަހިކޮށްދެއްވާށެވެ. އެކަމަކު އޭރުގެ ދާޚިލީ ވަޒީރު އެކަމާ އިންކާރު ކުރެއްވީ އެވެ.

އިދިކޮޅު ޕާޓީތަކުގެ ކެމްޕޭން ނިންމަން ބޭއްވި ޖަލްސާގައި އަލީ ނިޒާރު ވާހަކަ ދައްކަވަނީ.

އަލީ ނިޒާރު ވިދާޅުވީ އޭގެ ފަހުން ވެސް ސަރުކާރަށް ޑިމާންޑުކުރި ކަންކަމުގެ ތެރޭގައި އެ ނުކުތާ ތަކުރާރު ކުރެއްވުމުން މަޖިލީހުން ނިންމީ އެ ބޭފުޅުން ހައްޔަރުކޮށް ދެވޭ އެންމެ ބޮޑު އަދަބެއް ދޭން ކަމަށެވެ.

އެ އަދަބަކީ، ބަރަހަނާ ހާލުގައި ރާޅުފަށުގައި ބާއްވާފައި ދުއްރާއިން ޖަހާ ކޮންމެ އެތިފަހަރަކުން ހަން ނޮޅޭވަރު ކުރުމެވެ. އައްޑޫން އެ އަދަބު ދިން ސިޔާސީ ބޭފުޅުންގެ ހާލަތު ފެނިވަޑައިގެންނެވި ކަމަށާއި ބައެއް މީހުން އުމުރު ހޭދަކުރެއްވީ ތުރުތުރު އަޅާ ހާލުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަފީފު ވެސް ދުނިޔެ ދޫކުރެއްވީ ވެސް އެ އަދަބުގައި ކެތް ނުވެގެން ކަމަށް އަލީ ނިޒާރު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ރައްޔިތުންގެ ހައްގު ހޯދުމަށް ކުރެވުނު މަސައްކަތްތަކުގައި ރާއްޖޭގެ ސިޔާސީ ނިންމުންތައް ނިމިފައި އޮތީ މިގޮތަށޭ. ހަގީގަތަކީ، މިހާރު ވެސް މިއޮތީ މި ދެންނެވި ހާލަތުގައި. ސިޔާސީ ގޮތުން ރައްޔިތުންނަށް ހައްގެއް ހޯދަން އެދޭ ކޮންމެ މީހެއްގެ ހާލަކީ ބިންމަތީގައި ބަނޑުޖައްސައި އަދަބު ދިނުން،" އަލީ ނިޒާރު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ވިދާޅުވީ، ރައްޔިތުންނަށް ހައްގު ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވި ރާއްޖޭގެ އިިދިކޮޅު ހަތަރު ސިޔާސީ ލީޑަރަކު އޮންނެވީ ޖަލުގައި ބަންދުކޮށްފައި ކަމެވެ. އަދި ވިދާޅުވީ މި ފަހުން، މި ހާލަތަށް ރާއްޖެ ވައްޓާލީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމާ މެދު، އެކަކަށް ވެސް ދެބަސްވެވެން ނޯންނާނެ ކަމަށެވެ.

އަތޮޅުތަކަށް ހައްގުވާ މިންވަރަކީ އަތޮޅުތައް ހިންގުމުގައި އޮތް ހައްލަކީ ގާނޫނުއަސާސީގައިވާ ގޮތަށް ލާމަރުކަޒުކޮށްގެން އަތޮޅުތައް ހިންގުން. -- އަލީ ނިޒާރު

އޭނާ ވިދާޅުވި ގޮތުގައި، ހައްގު ހޯދަން ބަސް ބުނާ ކޮންމެ މީހެއްގެ ގައިގައި މި ސަރުކާރުން ވެސް އަޅުވަނީ ކަސްތޮޅެވެ.

ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެއްވެސް މީހަކާ ބައްދަލު ނުކުރެވި ޖަލުގައި އެއް އަހަރު އޮންނެވުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އެ އިހްސާސްތައް ކުރެވޭނީ އަމިއްލަ އަށް ތަޖުތިބާކުރަން ޖެހުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ބާރާއި އިޚްތިޔާރު އަތޮޅުތަކަށް ދޫކޮށްލާ!

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އުފައްދައި ޒިންމާތަކެއް ގާނޫނުން ކަނޑައަޅާފައިވީ ނަމަވެސް އެ ކައުންސިލްތަކުން އެ ޒިންމާ އަދާކުރަން ފުރުސަތެއް ނުދެ އެވެ. ފަހަތުގައި ވަނީ ސިޔާސީ ސަބަބުތަކެވެ. ސަރުކާރަށް މެޖޯރިޓީ ނެތް ކައުންސިލެއް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން މި ސަރުކާރުގެ ވެސް ޝައުގުވެރިކަމެއް ނެތެވެ.

އަލީ ނިޒާރު ތަކުރާރުކޮށް ރޭ ވިދާޅުވީ، ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަކީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ބާރާއި އިޚްތިޔާރު ރައްޔިތުންނަށް ދޫކޮށްލައިގެން އަތޮޅުތައް ހިންގުން ކަމަށެވެ.

މިއީ، ރައްޔިތުން ބޭނުންވާ އަދި ފައިދާ ހުރި ގޮތް ކަމަށް ވެސް ވިދާޅުވެ އެ މަގަށް އިދިކޮޅު ޕާޓީތަކުގެ ވެރިކަން ހިންގުން ބައްޓަން ކޮށްދެއްވަން އިބޫ އާއި ފައިސަލްގެ އަރިހުގައި އަލީ ނިޒާރު އެދިވަޑައިގަތެވެ. އެއީ ގާނޫނުއަސާސީގައި ލިއެފައި އޮންނަ ކަމަކަށް ވި ނަމަވެސް ތަންފީޒުކުރެވޭނީ ސިޔާސީ ބާރުވެރިންނަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިޚްލާސްތެރިކަމާ އެކު ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށްލަދޭށޭ. ގާނޫނުއަސާސީގައި ވަކި ބާބެއްގެ ގޮތުގައި އެ ބާބު، ބާއްވައިގެން، ރައީސް ޔާމީން އެ ބުނާހެން އެއީ ހައްލެއް ނޫނޭ ބުނުމަކީ ކަނޑައެޅިގެން އިތުރުފުޅެއް،" ނިޒާރު ވިދާޅުވި އެވެ.

"އަތޮޅުތަކަށް ހައްގުވާ މިންވަރަކީ އަތޮޅުތައް ހިންގުމުގައި އޮތް ހައްލަކީ ގާނޫނުއަސާސީގައިވާ ގޮތަށް ލާމަރުކަޒުކޮށްގެން އަތޮޅުތައް ހިންގުން،" އަލީ ނިޒާރު ވިދާޅުވި އެވެ. "އެ މީހުންގެ ސަރަހައްދުތަކުން، އެ ނެގޭ އާމްދަނީގެ ހިއްސާ އެ މީހުންނަށް ދޭން ޖެހޭ، އެ ނޫން ހައްލެއް ނެތް."

ރިއާސީ އިންތިޚާބުގެ ކެމްޕޭން ނިންމައިލުމުގެ ގޮތުން، ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާ.---ފޮޓޯ: އެމްޑީޕީ

އަތޮޅުތަކުގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ނުލިބި، ނަޖިސް ބޮލަށް އަޅައިގެން ދިރިއުޅެން ވޭތުކުރަން ޖެހިފައިވުމަކީ ރާއްޖޭގެ ސިޔާސީ ބާރުވެރިންގެ ތެރެއިން ހައްގުވާ މިންވަރު ނުދޭން މަސައްކަތް ކުރާ މީހުން ލަދުގަންނަން ޖެހޭ މައްސަލަ އެއް ކަމަށް ވިދާޅުވި އެވެ.

"ނިކަން ބައްލަވާ، ސިޔާސީ ހަސަދައިގައި ރައީސް ޔާމީން މި ރަށަށް [ހިތަދު އަށް] ހަދާލި ގޮތް. މިތަނުގައި ބިލިއަނުން އަދަދު ކިޔާލާއިރު ކޮބައިތޯ މި ފަސް އަހަރު ތެރޭގައި ކުރެއްވި އެންމެ ކަމެއް. ކޮބައިތޯ ޚިދުމަތް ފެށި ހޮސްޕިޓަލް. ކޮބައިތޯ ނަރުދަމާ؟،"

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އަށަގަންނުވަންވީ ވައްޓަފާޅިއަކީ، އަތޮޅުތަކުގައި ތިބި ރައްޔިތުންނަށް ހައްގުވާ މިންވަރު ދީގެން ވެރިކަން ކުރުމެވެ. މާލޭގައި ތިބެގެން އަތޮޅުތަކުގެ ރައްޔިތުންގެ މައްޗަށް އަމުރު ހިންގާކަށް ނުޖެހޭ ކަމަށާއި ހައްގުވާ މިންވަރަކީ އެއީ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ބަދަލު އަންނާނީ ފުރުސަތުދީގެން ކަން ވިދާޅުވެ އަތޮޅުތަކަށް ބާރުތައް ދޫކޮށްލައްވަން އަލީ ނިޒާރު ތަކުރާރުކޮށް އެދިވަޑައިގަތެވެ.

20 ކޮމެންޓް, 347 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހ.ދ.

22 September 2018

އައްޑޫ އަށް ކަމެއްނުކޮއްދެޔޯލަ. މި އާޓިކަލްގަ ޖަހާފަ އިން ފޮޓޯ އިން ވެސް ފެންނަނީ ތަރައްގީގެ މަންޒަރެއް. އެކަމަކު އަދިވެސް އައްޑޫ މާލެ އައްޑޫ މާލެ.

The name is already taken The name is available. Register?

މަހުދީ

22 September 2018

ވަކި އަށްޑޫއެއްނޫން. ހުރިހާ އަތޮޅަކަށްވެސް ހަމަހަމަކޮށް ހައްގު މިންވަރު ހޯދަދޭން ޖެހޭ. މެދުރާޢްޖެ ތެރެއަކީ ބަސްއަހައިގެން ތިބޭ ރައްޔިތުންނަށް ވީތީ އެސަރަހައްދުގެ ވާހަަކަ ދައްކާނެ މީހަކުނުވޭ. ވެރިކަމަށް އަންނަން އުޅޭ މީހަކުވެސް. މިކަމަކީވެސް ބަދަލުވާންޖެހޭ ކަމެއް. ރާއްޖެ ތަރައްގީކުރުމުގައި ދިގުމުއްދަތުގެ ޕްލޭނެއް ކޮންމެ އަތޮޅަކަށް ހަދައި އެއަށް ގާނޫނީބާރު ދީގެން ކޮންމެ ސަރުކާރެއް އެގޮތަށް އަމަލުކުރުން ލާޒިމް ކުރުވަންޖެހޭ.

The name is already taken The name is available. Register?

ބޭބެ

22 September 2018

ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️

The name is already taken The name is available. Register?

އުތުރު މީހާ

22 September 2018

ދިވެހިރާއްޖޭގެ އެހެން ހުރިހާ ރަށެއް އޮއްވާ އައްޑޫއަށް ވަކި ހާއްސަ ސަމާލުކަމެއްދީގެން އެއްވެސް ވެރިއަކު އުޅޭކަށެއް ނުޖެހޭ. ކަލޭމެން ތިއުޅެނީ ކޯޗެއް ނުލިބިގެންތަ. މިހާރުވެސް އައްޑޫ އަތޮޅު މިރާއްޖޭގެ އެހެން ރަށްތަކަށް ވުރެ ކަންކަން ރަގަޅުވެފަ ތަރައްގީ. އެންމެ އުތުރާއި މެދު ދެކުނުގެ ރަަށްތައް ތަރައްގީ ކުރުމާއިގެން އުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގަ ވެރިކަމަށް އަންނަން އޮތް ހުރިހާ ވެރިންނަށް އަޅުގަނޑު ގޮވާލަން.

The name is already taken The name is available. Register?

ހޭލާ

22 September 2018

މީނަގެ ވާހަކައިން ދޭހަވަނީ އައްޑޫ އަށް ހަމައެއްވެސް ކަމެއް ނުކޮއްދޭހެން. މީނަގެ ވާހަކަ އަސްލު ކަންވީ ގޮތް އޮޅުވާލައިގެން މާބޮޑުކޮއްފަ މިއޮތީ. ވަރަށް ކެހިވެރި މަކަރުވެރި ވާހަކަ ކޮޅެއް.

The name is already taken The name is available. Register?

ހަޖަމު

22 September 2018

ހިތަދޫ އާއި އައްޑޫ ބަޔެއް މީހުން މާލޭގަ ސެންޓްރަލް ގަވާންމަންޓް އަދި ވެރިކަން ކުރާ ރަށް އޮންނާތީ ހަމަ ހަޖަމު ނުވެގެން ހަސަދަ ވެގެން އުޅެނީ.

The name is already taken The name is available. Register?

Fuletdhonbe

22 September 2018

އަހަރުމެން ތިގޮތަށް ހަސަދަވެރި ވާނަމަ އުތުރު ރަށެއްގެ މީހަކު ވެރިކަމަށް ގެންނަން ފޫގަޅައިގެން ނުތިބޭނަން

The name is already taken The name is available. Register?

އުތުރު މީހާ

22 September 2018

ހަމަ ހަޖަމު ނުވާތި ވެރިކަން ކުރާ ރަށް ދިވެހިރާއްޖޭން ވަކިވެގަނެގެން ހިތަދޫ އަށް ބަދަލު ކުރީ.

The name is already taken The name is available. Register?

އައްޑޫ ދެފުއްދެގޮތް

22 September 2018

ހައްގު މިންވަރޭ. އަހަރުމެން އަތޮޅު ތަކުގެ މީހުން ނަޖިސް ފެނޭ ބޮލައް އަޅަނީ. ދޮގު ހެދިއަސް އިތުރުފުޅު ހެދިއަސް ތަންކޮޅެއް ބޮޑުވަރު. ހުރިހާ ކަމެއްވެސް އަސްލު އޮންނަ ވަރަށްވުރެ ބޮޑުކޮއްގެން ކިޔަނީ. އަހަރުމެން ދުވަހަކުވެސް ނަޖިސް ފެނުން ފެނެއްނުވަރަމު. ބޮނީ ވެސް ހަމަ ސާފު ފެން. އެކަމަކު ރަގަޅު ސިއްހީ ހިދުމަތް އެކަނި ނެތީ. މިހާރުވެސް އަހަރުމެން އަތޮޅު ތަކުގެ އުޅޭ މީހުން މާލޭގަ އުޅޭ މީހުންނަށްވުރެ މާހިތްހަމަޖެހިގެން ހިތްފަސޭހަ ކަމާއި އެކީ މިއުޅެނީ.

The name is already taken The name is available. Register?

falaku ain

22 September 2018

ހަމަ ރަނގަޅަށް ދެފުށް ދެގޮތް މީހަކު ކޮށްފައިވާ ކޮމެންޓެއް. ނަޖިސްފެން ނޭގޭ މީހަކަށް ނޭގޭނޭ އަތްބުރިކޮށްގެންދާއިރުވެސް.

The name is already taken The name is available. Register?

ތނސމމ

22 September 2018

ކިހިނެއް ތި ބާރުތައް ދޫކުރެވޭނީ ވަކި ބަޔަކު ބޭނުމެއް ނުވޭ މާލެ އަށް ވުރެން އަތޮޅުތަަައް ކުރިއަރާ ތަރައްޤީ ވާހަކަށް. ޢެމީހުނަކަށް ނުވިސްނޭ އެތަރައްޤީ އަތުވެއްޖެ ނަމަ އަތޮޅުތަކު މީހުން ކުދި ކުދި ޒަރޫރީ ބޭނުންތަކަށް އިރު އިރު ކޮޅާ މި ތޮއްޖެހިފައިވާ މާލެ އަށް އަންނަން ނުޖެހޭނެ ކަން

The name is already taken The name is available. Register?

މިލިޓަރީ

22 September 2018

ތިގޮތަ ލާމަރުކަޒީ ވަރައްބޮޑަ ތިނިޒާމު ދިންތަނެ ސްޕޭންއަކީ އެޤައުމުގެ ބާސިލޯނާ އެމްމެފަހުން އުޅުނީ ސްޕޭނުން ވަކިވާން. ކޮންހައްގެތަ އެމީހުންނަ ނުދިނީ. ވިސްނާ ފިކުރުކުރާ ބަޔަކަ މިކަންއެގޭނެ.

The name is already taken The name is available. Register?

މަންޑޭލާ

22 September 2018

ކަލޭމެންނަކީ އަބަދުވެސް މިރާއްޖެ ބައިކުރަން އުޅޭބައެއް ލާމަރުކޮޒީ ނިޒަމަކި އެއްބަޔަކު އަނެއްބަޔަކުގެ މައްޗަ ގަދަވެގަތުން. ހައްގޭކިޔާގެން ބައިބައިއުފެއްދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454