ޚަބަރު / ރިޔާސީ އިންތިޚާބު 2018

އިދިކޮޅުން މިހާރު ތިބީ ނުސީދާކޮށް ބަލި ގަބޫލުކޮށްގެން: ޕީޕީއެމް

ނިހާން: އިދިކޮޅު ކޯލިޝަނުން މިހާރު ތިބީ ނުސީދާކޮށް ބަލި ގަބޫލު ކޮށްގެން ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު

އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުން ބަލިވާނެ ކަން އިދިކޮޅު ކޯލިޝަނުން ނުސީދާކޮށް ގަބޫލު ކޮށްފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުުމަދު ނިހާން ވިދާޅުވީ ކޮންމެ ރަށަކުން ބޮޑު ޕަސެންޓެއް ލިބިއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކި މައުލޫމާތުތައް ފަތުރަނީ އޮޅުވާލަން ކަމަށެވެ. މީހުން ބިރު ގަންނަވައިގެން ވޯޓު ހޯދުމަކީ އިދިކޮޅު ފަރާތްތަކުން އާންމުކޮށް ކުރާ ކަމެއް ކަމަށާއި އެކަންކަން ވެސް ކާމިޔާބު ނުވާ ހިސާބަށް ދިއުމުން އިދިކޮޅު ކޯލިޝަނުން މިހާރު ތިބީ ނުސީދާކޮށް ބަލި ގަބޫލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިހާރު މަސައްކަތް ކުރަނީ އެކި ގޮތްގޮތުން ފިތުނަ އުފައްދަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ވާހަކަތައް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަނީ ތިމާމެން ޖެހި ހިސާބުތަކުން ވަރަށް ސާފުކޮށް އެމްޑީޕީއަށް އެބަ އިނގޭ 32 ޕަސެންޓް ވެސް އެމްޑީޕީއަކަށް ނުލިބޭކަން. އެމްޑީޕީ އެކަންޏެއް ނޫން. އެމްޑީޕީ އާއި އަދާލަތާއި ޖުމްހޫރީ ޕާޓީ އާއި އަދި ނުވެގެން ވިއްޔާ ބާކީ ހުރި ބަޔަކު ވެސް އެއްކޮށްގެން ކޭކު ބަހަން އެއްވި އެންމެންނާއި އަދި މި ދޭތެރެއިން އަޅުގަނޑުމެން ތެރެއިން ދޫކޮށްލާފަ ދިޔަ މީހުންނާ އެންމެން އެއްކުރީމަ ވެސް 32 ޕަސެންޓް ވެސް އެމްޑީޕީއަށް ނުލިބޭކަން އެނގޭ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ފުލުހުންނާ ސިފައިންނާ މެދު ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން އެކި ވާހަކަތައް ދެއްކުމަކީ އިދިކޮޅު ފަރާތްތަކުން ކުރާ ކަމެއް ކަމަށާއި އެކަންކަމާ މެދު ރައްޔިތުން ސަމާލުވާން އެދޭ ކަމަށެވެ. އަދި ވޯޓު އޮޅުވާލާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނާ ބެހޭގޮތުން ވެސް ދޮގު ވާހަކަތައް ދައްކަމުންދަނީ އަބަދުވެސް އިދިކޮޅު ފަރާތްތަކުން އަމަލުކުރާ އުސޫލުން ކަމަށާއި މިފަހަރުގެ އިންތިޚާބު އިންސާފުވެރިވާނެ ކަމާ މެެދު ވެސް އެއްވެސް ޝައްކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެންނަށް ވެސް ހަމަހަމައަށް ޖާގަ ލިބިގެންދާ ފުރިހަމަ އިލެކްޝަނެއް ރާއްޖޭގައި އޮންނާނެ ކަމީ އަޅުގަނޑުމެން ގައިމު ވެސް ޕީޕީއެމް ނިސްބަަތްވާ މި ސަރުކާރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަށަވަރު ކޮށްދެއްވާފައިވާ ކަންތައްތައް" ނިހާން ވިދާޅުވި އެވެ،

އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މި ޕްރެސްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ އެކަން ގަބޫލު ނުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމުން، ބަލި ގަބޫލު ކޮށްފައިވާ ކަން އެނގޭ ކަމަށެވެ. އިދިކޮޅު ކޯލިޝަން މިހާރު ވެސް އޮތީ ފެއިލްވެފައި ކަމަށާއި ބަލިވި ކަމަށް ގަބޫލު ކުރެވުމުން މިހާރު ކުރަމުންދަނީ ބިރު ދެއްކުމުގެ އަމަލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ކުރިއަށް އޮތް 24 ގަޑިއިރު ނުވަތަ 48 ގަޑިިއިރުގެ ތެރޭގައި އެ ބޭފުޅުން ކުރައްވާނެ ކަމަކީ ރައްޔިތުންނަަށް ބިރު ދެއްކުން. އަޅުގަނޑު ދަންނަވާނީ އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހި ވަޑައިގެން ވޯޓު ދެއްވާށޭ. ބިރެއް ވެސް ނުދެއްކޭނެ އެހެން ކަމެއް ވެސް ނުކުރެވޭނެ." ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން ދަތުރުތަކުގައި ވެސް އެނގެނީ އިދިކޮޅަށް ތާއީދު ނެތްކަން ކަމަށާއި އެކި ރަށްރަށުން މީހުން ގެނެސްގެން ވެސް ލިބުނު ތާއީދެއް ނެތް ކަމަށެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓް (އިބޫ) ވެވަޑައިންނަވަމުންދާ ވައުދުތަކުގައި ވެސް އޮށްޓަރު ހުރި ކަމެއް ނެތް ކަމަށާއި އަދި ނަޝީދު ބޭރުގެ މީޑިއާތަކުގައި ދެއްކަވާ ވާހަކަތަކުން ވެސް އެނގެނީ އިދިކޮޅު ކޯލިޝަން ބަލިވެފައިވާ އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ބޮޑުތަނުން ކާމިޔާބު ކުރައްވައި، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި ވެރިކަން ކުރައްވާނީ ރައީސް ޔާމީން ކަމާ މެދު ޝައްކެއް ނެތް." ތޯރިގް ވިދާޅުވި އެވެ.

35 ކޮމެންޓް, 296 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 0%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދީބު

22 September 2018

ސީދާކޮށް ބަލިވާ މީހުން މާދަމާރޭ ފެންނާނެ. ކެތްކޮށްލާ!

The name is already taken The name is available. Register?

ޔަގީނޭ

22 September 2018

ވިލިމާލޭ ގޮޑި އަގަދޮންނަ މީހެއްގެ ކިބައިން ސަލާމަތް ކުރެވޭނެ.

The name is already taken The name is available. Register?

ޛޖޖޖޖ

22 September 2018

ކަލޯ ސަރުކާރު މުވައްޒަފުންގެ ބޮޑުބައެއް ކަލޯމެނަށް މިފަހަރު "ނޯ" ބުނާނެ. ވަޒީފާގެ ބިރަށް ތާއީދުއޮތްކަން ދައްކައިގެންއުޅުނަސް. ޔާމީނުދެކެ ރައްޔިތުން ފޫހިވާ ސަބަބެއް ތިނިހާނަކާ އަދުރޭއަކީވެސް.

The name is already taken The name is available. Register?

ހަހަ

22 September 2018

ތިކަހަލަ ކޮންމެ ވާހަކައެއް ތި ދައްކަނީ ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށް ޓަކައި މިހާރު ވެސް މެޖޯރިޓީ ވަނީ ޔަގީންވެފަ

The name is already taken The name is available. Register?

ތޯބެގޭ

22 September 2018

ތިޔަ ގޮވެލިފަތި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ގޮވި

The name is already taken The name is available. Register?

ކިޔުންތެރިއެއް

22 September 2018

މޮޔަނުގޮވަ އޮށޯވެނިދާބަލަ ތިވަރުވާކަށްނުވާނެ ރީތިބައްޔަކުން ބަލިވާނެ އިންޝާﷲ

The name is already taken The name is available. Register?

ގާސިމް

22 September 2018

މޮޔަފުޅުވީތޯ؟ ނޭނގެ ތިޔާ އެހެން ދުނިޔެއެއްގަ އުޅޭ މީހެއް.

The name is already taken The name is available. Register?

އަހާނ ސަހަނރޯ

22 September 2018

މިކަލޭގެ ބީޕީ ޗެކްޖޮށްލިނަމަ.....

The name is already taken The name is available. Register?

ހައިކޭ ލައިކޭ

22 September 2018

އެއްކަލަ ލައިކޭންތައް ތިހިރީ ނިދާފަދޯ؟ ބަލަ ރައްޔިތުންގެ ކަޅު ކުރިއަރައިގެންގޮސް އޮބާލައިފި، މިނިސްޓަރުނ މާދަމާ ކައެމެން ކަނޑާލާނެ

The name is already taken The name is available. Register?

1819

22 September 2018

ހަޤިޤަތް އޮޅުވާނުލާތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454