ރައީސް ނަޝީދު ސިލޯނުގައި: ޖަލު ހުކުމް ދެމިއޮތަސް މާލެ ވަޑައިގަންނަވަނީ "ވީ ހާލެއްގައި ވާން" ކަމަށް ނަޝީދު ވިދާޅުވި -- މިހާރު ފައިލް ފޮޓޯ
03 އޮކްޓޯބަރ 2018 - 11:51
ރާއްޖެ ވަޑައިގަތުމުން ކޮންމެ ހާލެއްގައި ޖެހުނަސް، އަންނަ ނޮވެމްބަރު 1 ގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުންނަށް އެމަނިކުފާނު އިއްޔެ ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މައްސަލަ ނުނިމުނު ނަމަވެސް، މާލެ ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.
"އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން. އަޅުގަނޑު ގަސްދުކުރަނީ ނޮވެމްބަރު އެއް ވަނަ ދުވަހު ރާއްޖެ ދާން. އެހާ އިރަށް އަޅުގަނޑުގެ މައްސަލަ ނުނިމުނު ނަމަވެސް އަޅުގަނޑު ގަސްދުކުރަނީ ވީ ހާލެއްގައި ވާން ރާއްޖެ ދިއުމަށް،" ނަޝީދު ފޮނުއްވި މެސެޖުގައިވެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ނަޝީދުގެ މައްޗަށް ސާބިތު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015ގަ އެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ހުކުމް ކުރީ ގަވާއިދާއި އުސޫލުން ބޭރުން ކަމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވަނީ ބުނެފަ އެވެ.
ޖަލުގައި ހުންނަވަނިކޮށް އާލާސްކަންފުޅު ބޮޑުވުމުން، ނަޝީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން 2016 ޖެނުއަރީގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު ދިރިއުޅުއްވަމުން ގެންދަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. އަދި ވަރަށް ގިނައިން އަވައްޓެރި ލަންކާ އަށް ވަޑައިގެން، ރާއްޖޭގެ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަނެ އެވެ.
ރާއްޖެ ވަޑައިގަތުމަށް ނަޝީދު ނިންމެވި އިރު، ޖަލަށް ލާފައި ތިބި އިދިކޮޅު ބައެއް ލީޑަރުން މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. އެ ގޮތުން، ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށް ހުކުމް ކޮށްފައި ހުރި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
އެގާރަ އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ މި ވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ. މީގެ އިތުރުން ޖަލަށް ލާފައި ތިބި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް ވަނީ ޖަލުން މިނިވަންކޮށްފަ އެވެ. އަދި ގޭ ބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހުލޫފް ވެސް ވަނީ މިނިވަން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްއަފްރާދު
03 October 2018
މި ކުށެއްނެތް މަޢްޞޫމް ކުއްޖާއަށް އިރާދަ ކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ
އަހުމަދުބޭ
03 October 2018
މަރުހަމާ ރައީސް ނަސީދު، އަޅުގަނޑުގެ ނަސޭހަތަކީ ކުރެވިފައިވާ ހުކުމަށް ކޮންމެވެސް ގޮތެއްހަދައިގެން އައުން، އެއީ އިބޫ ނޫނީ އެހެން މީހަކު ވެރިކަމުގައި ހުއްޓަސް މިވަގުޖެހި ވަޑައިގަންނަވާނީ އިންސާފުން ވެއްޖިއްޔާ ޖަލަށް، އަދި މިނިކުފާން ގައުމަށް ވަޑައިގެން ވެރިކަމާ ނުތޮޅެ ވާހަކަ ގިނަނުކޮށް އަބުރުވެރި ދިރިއިޅުމެއް މި 5 އަހަރު އުޅުއްވުން، އަޅުގަނޑުގެ އިލްތިމާސްއަކީ ނަމަ އިބޫ އަށް އުދަގޫވާޒާތުގެ ކަންކަން ނުކުރުން، މިވެރިކަމަށް ދެވުނު އެހީތެރިކަމެއް ދިނުން
ލައިޔލަ
03 October 2018
އަޅުގަނޑު ގަސްދުކުރަނީ ވީ ހާލެއްގައި ވާން ރާއްޖެ ދިއުމަށް،" ނަޝީދު ފޮނުއްވި މެސެޖުގައިވެ އެވެ. ޙަހހ
އަނެއް ދިވެހި ރާއްޖެ
03 October 2018
މަމެންގެ ރައީސް ޔާމީނުގެ ވެރިކަމެއްގައި އަންނާނެ ކަމެއް ނެތް މަނިކުފާނު ހިނދުކޮޅުގަ ހުންނަވައިގެން ގައުމު ފަނާކުރަން ބޭނުމެއް ނޫން ގެންނާކައް ، ދޮންމީހުން އުޅޭގޮތައް އުޅެން ޔޫކޭގަ މަޑުކޮއްލާ ، ދެންމަހައްދޭ، ދެންމަހައްދޭ، ދެންމަހައްދޭ،
ކިއްލިބާޝާ
03 October 2018
މަނިކުފާނު "ވީ ހާލެއްގާ" ވާކަށް އަހަރެމެން ދުލެއް ނުކުރާނަން. މަނިކުފާނު އައިމާ ވަޒީފާ ވެސް އޮތީ ހަމަޖެހިފާ. އެއީ ގާޑަން ސާފުކުރުން. ގާސިމްވެސް ހާސްކަނޑާލާ. ފާޚާނާ ސާފްކުރާ މީހުން ސަރުދާރުކަން އޮތީ ގާސިމަށްޓަކާ އެދިއެދި. އެއީކަންނެންގޭ ގާސިމް އެންމެ ބޭނުން ޕޯޓްފޯލިއޯއަކީ.
ޒައީމް
03 October 2018
މަނަވެސް ކަޑަ ވާނެ. ދެން ތިބޭ ފިއްތާލައިގެން
ފޭން
03 October 2018
މި ކޮމެންޓްތައްކިޔާލީމަ ރައީސް ނަޝީދުދެކެ ދިވެހި ރައްޔިތުންވާ ލޯބި ފެނޭ. މަނިކުފާނު ހެޔޮހާލުގައި ލައްވާށި.
ސޭކުބެ
03 October 2018
މީ މިޤައުމުގެ ހަލާކު. މީނާ ކަންކަމާބެހި އިބޫގެ ވެރިކަންވެސް ވައްޓާލާނެ.
ފާސްނުވާ ޑރ
03 October 2018
ވީ ހާލެއްގައި ވާން"، ނޮވެމްބަރު 1 ގައި ރާއްޖެ ދާނަން: ނަޝީދު... ހާސްކަނޑާލާ 150000 ރައްޔަތުން ތިބީ މަނިކުފާނު ދެކިލާހިތުން ކެއްމަދުފެފައި... ފުރިހަމަ އިއްޒައް އަރުވާނަން 17 ގެ ފަހުން....
ޖެކް
03 October 2018
ކާކުތަ ބުނީ ހިންނަވަރު ކުދިންނަށް ދެން ވެރިކަން ކުރެވޭނެހޭ؟ އެކަމަކު ބުނަން އަޔަސް އިބޫއަށް ދުންޕާން ނުކުރައްޗޭ!
ބުޝްހ
03 October 2018
މަރުހަބާ މަރުހަބާ!!! ޖަޒީރާ ރާޢްޖެއަށް މަރުހަބާ!!! މަނިކުފާނަކީ އޯގާތެރި ހިތްހެޔޮ މީހެއްކަން މިހާރު ކުރިން އެކަން ނޭނގޭ މީހުންނަށް ވެސް އެނގިއްޖެ.