ޚަބަރު / ފަޔާ އެންޑް ރެސްކިއު

ހުދުރަންފުށީގެ 8 މިލިއަން ޑޮލަރުގެ މޫދު ރެސްޓޯރަންޓް އަނދާ ހުލިވެއްޖެ

ހުދުރަންފުށި ރިސޯޓުގައި ރޯވެފައި: މި ހާދިސާގައި އެ ރިސޯޓަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައި -- ފޮޓޯ: އެމްއެންޑީއެފް

މާލެ އަތޮޅުގައި ހިންގާ ހުދުރަންފުށި ރިސޯޓުގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި 8 މިލިއަން ޑޮލަރުގެ މޫދު ރެސްޓޯރެންޓާއި ވޯޓާ ވިލާއެއް އަނދާ ހުލިވެއްޖެ އެވެ.

ހުދުރަންފުށީގެ މުވައްޒަފަކު ބުނީ މި ހާދިސާގައި އެނދި ރެސްޓޯރަންޓަކީ ކުރިން ބޭނުންކުރި މޫދު ދެ ކޮޓަރި އެއްކޮށްލައިގެން ހަދާފައި ހުރި ތަނެއް ކަމަށެވެ. ރެސްޓޯރަންޓް ހަދަން އަށް މިލިއަން ޑޮލަރު ހޭދަވި ކަމަށް އޭނާ ބުންޏެވެ.

ރޭ ދަންވަރު ރޯވި އަލިފާންގަނޑު ނިންވާލެވުނީ އެމްއެންޑީއެފާއި ރިސޯޓްގެ މުވައްޒަފުން ދެ ގަޑިއެއްހާ އިރު މަސައްކަތްކޮށްގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މުވައްޒަފު ބުނީ އިތުރު ވޯޓާ ވިލާއެއްގެ ފުރާޅުން ބައެއް ވެސް، މި ހާދިސާގައި، އަނދާފައިވާ ކަމަށެވެ.

ހުދުރަންފުށި ރިސޯޓުގެ އަލިފާނުގެ ހާދިސާގައި ވޯޓާ ވިލާއެއް އަނދާފައި -- ފޮޓޯ: އެމްއެންޑީއެފް

ފުރަތަމަ އަލިފާން ރޯވީ ކޮން ތަނެއްގައި ކަމެއް ރިސޯޓަކުން ނުބުނެ އެވެ. އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އަލިފާން ރޯވިކަން އެތަނަށް އެންގީ ދަންވަރު ދޭއްޖަހާކަންހާ އިރު އެވެ. އަލިފާންގަނޑު ނިންވާލެވުނީ ފަތިހު 4:30 ހާއިރު ކަމަށް ވެސް، އެމްއެންޑީއެފުން ބުނެ އެވެ.

ރިސޯޓްގެ މުވައްޒަފު ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި އިރު އެ ހިސާބުގައި އެއްވެސް މީހަކު ނެތެވެ. އަލިފާން ރޯވެފައި ހުރި ތަން ފުރަތަމަ ފެނުނީ ރިސޯޓްގެ ސެކިއުރިޓީ ގާޑަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

19 ކޮމެންޓް, 132 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 92%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟަނީ

09 October 2018

ރިސޯޓްގެ އަންމު މުވައްޒަފާކައް ތަން ހަދަން ދިޔަ ހަރަދު ބުނަން އެނގޭ ؟؟

The name is already taken The name is available. Register?

ވަހީދު

09 October 2018

8 މިލިޔަން ޑޮލަރެއް ނުދާނެ. މާލޭ ބޮޑުތަކުރުފާނު މަގާއި ހުޅުލެ، ހުޅުމާލެ އާއި ބްރިޖް މަތީގައި ހަދާފައިވާ މަގާއި އެމަގާއި ގުޅިގެން ހަދަން ޖެހުނު ހުރިހާ ކަމަކަށް ޚަރަދުވީ 12 މިލިޔަން ޑޮލަރު، އެއީ އަދި އޭގެ ދެބައިކުޅަ އެއްބައި ރިޝްވަތާއި ކޮރަޕްޝަނަށް ނަގައިގެން. އެހެންވީމަ ތި ރެސްޓޯރަންޓަށް 8 މިލިޔަން ޑޮލަރު ޚަރަދުވާނީ ރަނާއި ޖަވާހިރުން ތިތަން ހެދިއްޔާ.

The name is already taken The name is available. Register?

އުދުހޭ

09 October 2018

8 މިލިޔަން ޑޮލަރު އަރަން އެއީ ރަނުން ހަދާފަހުރި ތަނަކީތޯ؟ ބޮޑުއަގު ކިޔައިގެން އިންސިއުރަންސުން ބޮޑު ލާރިގަނޑެއް ހޯދަން އުޅެނީބާ؟ އަޅުގަނޑަށް ހީވަނީ 5 ވަރަކަށް ލައްކަ ޑޮލަރަށް އެކަހަލަ ރެސްޓޯރެންޓެއް ހެދޭނެހެން.

The name is already taken The name is available. Register?

އަތިކަނި

08 October 2018

ދެންފަހެ، ހުދުރަންފުށި ހިންގަމުންދާ މެނޭޖުމެންޓަކީ މިސަރުކާރުގެ (ނިމެމުންދާ) ވަރަށް އަރިސް މެނޭޖުމެންޓެކެވެ. ނިމެމުންދާހިނދު މިސަރުކާރުގެ "ކޮރަޕުޝަނުގެ" އެހީގައި އެވަރު އަދަދެއް އިންޝުއަރެންސް ކުންފުނިން ހޯދުމަކީ ދެރަވަރު ގޮތެއް ނޫނެވެ. މި ރިސޯޓުގެ މި "އޯޝަން ވިލާ" ތަކުން ކޮޓަރި އަނދައިގެން މީގެ މަދު އަހަރު ކޮޅެއް ކުރިންވެސް އުޅެތެވެ.

The name is already taken The name is available. Register?

ކޮލެޖް ބޯއީ

08 October 2018

ތިޔަ އުޅެނީ އިންޝުަރެންސް ފައިސާކޮޅު ކައްވާލަން. ތިޔަތަން އޮންނާނީ ބޭރު ތިޔަތަން ހެދި ބއިންވެސްތަރުންނާއި ގުޅޭ ތަނަކު އިންޝުއަރ ކޮށްފަ. ބޭރު މީހުން ކޮށްފާނެ ކޮންމެ ކަމެއް ވެސް. އަނބި މީހާ ވެސް އެމަރާލަނީ އިނޝުރެންސް ފައިސާކޮޅު ހޯދަން. ދިވެހިން ވެސް މިހާރުކޮށްފާނެ ކޮންމެ ކަމެއް ވެސް. އިންނާނެކަމަށް ބުނެ ވިލާތު މުސްކުޅިން ގެނެސް ލާރިކޮޅު ކައްވާލަނީ.

The name is already taken The name is available. Register?

ފުކެއްބޮޑުވަރު

08 October 2018

މިޒާތުގެ އަދަދު ބުނީމަ ތަންކޮޅެއް ކުރިން މިގައުމު ގިނަބަޔަކަށް އަންދާސާ ކުރަން ދަތިވެދާނެ. މިހާރު ތިޔަކަހަލަ ފުލޯކު ނުކިޔާ. ދެ ކޮޓަރިވަރު ރެސްޓޯރެންޓެއް ހަދަން 8 މިލިޔަން ޑޮލަރު ހޭދަކުރީ ތިޔަތަނުގެ ތަޅުމުގަ ޖަވާހިރު ޖަހައިގެންބާ. އިންސުރެންސު ކަތިލާން އުޅުނަސް ބޮޑުވަރު.

The name is already taken The name is available. Register?

އައިޖޭ

08 October 2018

މަމެންގެ ހަސަންު މުޅި ރޮސޯޓް ވެސް ހެދީ 30މިލިއަނ ްޑޮލަރަށް.. 120 ކޮޓަރި، ރެސްޓޯރެންޓް، ސްޓްފް ކުއާޓަރ، ރިސެޕޤޝަން އެތަސް ކަމެއް އެންމެ 30 މިލިއަނޤ ޑޮލަރު ދެންކީހިނެއް 8މިލިއަން ޑޯލަރ އެންމެރެސްޓްރާންޓް އަކަށް

The name is already taken The name is available. Register?

މަންސޫރު

08 October 2018

8 މިލައަން ޑޮލަރޭ؟ ފުރަތަމަ ތިޔަ ފައިސާ ހަރަދުކުރި ގޮތެއްނު ބަލަންވީ.

The name is already taken The name is available. Register?

ނާނަ1

08 October 2018

އަޅެފަހެ މަންސޫރު ތަ ހަރަދު ކުރީ

The name is already taken The name is available. Register?

އަހުމަދުބޭ

08 October 2018

ވަރަށް ރަގަނޅު ވާހަކައެއް، ތިޔަބުނީ، އެއްގޮތަކަށްވެސް މިކަން ރަގަނޅު ކުރަނީކީނޫން، މޫދު ދެކޮޓަރި ވަރުއޭރިއާއެއް ހުދުރަންފުށީގައި ރެސްޓޯރެންޓެއް ހަދަން 8 މިލިއަން ޑޮލަރު ޚަރަދުވިއޭ ބުނީމައި ބުއްދި ލުހޭނެއެވެ.

The name is already taken The name is available. Register?

ބޮށްކުރާ

08 October 2018

ފަޔާ އެލާމް ސިސްޓަމްވެސް މަސައްކަތް ނުކުރީތަ؟؟؟؟؟

The name is already taken The name is available. Register?

ަަޮިުައަބްދުުލްގަފުުުޫރު

08 October 2018

ތިޔައިީވަރައްދެރަކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454