މަޖިލީހުގެ ޖަލްސާއެއްގައި ސައުދު ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލިސް
10 އޯގަސްޓް 2016 - 15:45
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވައިބަ ގްރޫޕުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ނުކުމެއްޖެ އެވެ.
ސައުދު "މިހާރު" އަށް ވިދާޅުވީ ވައިބަ ގްރޫޕުން އޭނާ ނުކުމެވަޑައިގަތީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަޝިޕާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގައި ކަމަށެވެ. އޭގެ ތެރޭގައި އެ ގްރޫޕްގައި މެމްބަރުން ދައްކަވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތައް ލީކުކުރުން ފަދަ ކަންތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެމްބަރުންނާ ހިޔާލު ތަފާތުވުންތައް އުޅުނަސް ރައީސް ޔާމީނާއި ސަރުކާރަކާ އަޅުގަނޑާ ދެމެދު އެއްވެސް މައްސަލައެއް ނެތް،" ސައުދު ވިދާޅުވި އެވެ.
ސައުދު އަމިއްލަ އަށް ވައިބަ ގްރޫޕް ދޫކޮށްލެއްވިއިރު، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގައި އިއްޔެ ވޯޓު ދެއްވި ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާގެ އިތުރުން އެ ވޯޓަށް މަޖިލިހަށް ވަޑައިނުގެންނެވި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) ވެސް ވަނީ ޕީޕީއެމް ޕީޖީ ގުރޫޕުން ބޭރުކޮށްފަ އެވެ. މީގެ ތެރެއިން މުސްތަފާ ވައިބަ ގުރޫޕުން ބޭރުކޮށްލީ ބިލް ފާސްކުރުމުގެ ވޯޓުގެ ކުރިންނެވެ. އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ ދެކޮޅަށް ވައިބަ ގުރޫޕްގައި އޭނާ ވާހަކަ ދައްކަވާތީ އެވެ. މީގެ އިތުރުން ކެބިނެޓުގެ މެމްބަރުން ހިމެނޭ ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ވައިބަ ގްރޫޕުން ވެސް ސަލީމް މިއަދު ވަނީ ނުކުމެފަ އެވެ.
ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ. އެ ބިލް ފާސްކުރަން ނެރުނު ތްރީލައިން ވިޕާ ޕީޕީއެމްގެ ހަތް މެމްބަރަކު ވަނީ ހިލާފުވެފަ އެވެ. އަދި އެ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޑެޕިއުޓީ ޕީޖީ ލީޑަރު ރިޔާޒް ރަޝީދު ވަނީ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނދުވަރީގެ ގއ.ވިލިގިލީ
11 August 2016
ތިޔަ މެންބަރު މައުމޫނާ ދެކޮޅަށް ވޯޓްދެއްވުމަށްފަހު ދެން އަންނަ އިންތިހާބެއްގައި ތިމަންނާއަށް ވޯޓް ދޭނެ ކަމަށް ހިތަށް ނޭރުވުން ރަނގަޅުވާނީ... ތިޔަ މެންބަރު ތިވަނީ މައުމޫނަށް ހަރާންކޯރު ވެފަކަން ހަނދުމަފުޅު ބަހައްޓަވާށެވެ...
ޕައްލަންބެ
11 August 2016
މިމީހުން ވައިބަރ ގުރޫޕަކުން ނިކުތުންވެސް ޚަބަރަކަށްވޭތަ؟ މިއީ އެއްވެސް އިއްޒަތެއް ގަދަރެއް އޮތް ބައެއްނޫން!
ޙާރޫނު
11 August 2016
މިގައުމަށް އެންމެ ބެސްޓީ ރައީސް މައުމޫން
ހަތިހާ
11 August 2016
ތިޔަމީހުންނަކީ ގައުމުގެ ލާރިގަނޑު ބޭކާރަށް ތަޅާ މީހުން، ، ތިަޔަގޮތައް ލާރި ނުތަޅާ ރާއްޖެތެރޭ މީހުންގެ އަސާސީ ޚިދުމަތް ކަށަވަރުކޮށް ދެއްވާ!@
ހަސަން
11 August 2016
ސައުދު އާއެކު ތެއި މީހެނެ މިހިލާނަން ނުފެނެނު އަދި. 2018 ގައި ސައުދު ނެންފެހޭ އަހަންނަން ރަގަޅެވޫ. ސައުދު މިކޮޑާއި ގުޅީގަނެ، ތަން 2019 ގެ ޓިކެޓާ އެމް.ޑީ.ޕީން ދެންނެޔާ... ތާއެކު ތަގެ މެމްބަރުންނާސް ބޭނުމެ...
މުއީދު
11 August 2016
ބަސްނުވިކޭ އޮޑިއެއްގައި ހުންނާނެ ކަމެއް ނެތް. 2018 ގަ ވޯޓުން ތިކަން އަޅުގަނޑުމެން ސާބިތުކުރާނަން. ސައުދު ޙުސައިން އާއެކު ވަރުގަދަ ޓީމެއް އޮތް ކަމީ އުފާވާ ކަމެއް..
ޢަލިހުތާ
11 August 2016
ސައުދުގެ ސަޕޯޓަރުން އަދި ވިލިނގިލީގައި ތިބި ޕީ.ޕީ އެމް ސަޕޯޓަރުންނަށް ސަރުކާރުން ދަނީ އެއްވެސް ބައެއް ނޫން ކަމުގައި ދައްކަމުން. ސައުދު އެމް.ޑީ.ޕީ އަށް ގުޅެންވީ. އޭރުން ސައިޒް ފެނިގެންދާނެ.
އިބޫ
11 August 2016
ސައުދުއަކީ 5000 މީހުންގެ އާބާދީ އެއް ތަމްސީލްކުރައްވާ މެމްބަރެއް. ސައުދާއެކު ޕީ.ޕީ.އެމްގެ ވަރަށް ގިނަ ބަޔަކު ތިބޭނެ ކަމީ ޝައްކެއް ނޫން. ސައުދަށް އަނިޔާކުރުން ހުއްޓާލާ... ސައުދު އެމް.ޑީ.ޕީ އަށް އަވަހަށް ބަދަލުވޭ
އުމަރު
10 August 2016
އަދި މައްސަލަ އުފެދޭނެ، އަދި ރައްޔިތުންގެ ކޮޅަށް އަންނާނެ
ތުއްތު ބޭބެ
10 August 2016
ޢެކިމީހުނަށް ހަދާނީ އެމިގޮތަށް ތިޔައިން އެކަކުވެސް ވަކި ނުކުރެވޭނެ