ޚަބަރު / ނަރެންދުރާ މޯދީ

އިންޑިއާގެ ބޮޑުވަޒީރު މޯދީ، ދިވެހި ބަހުން ޓުވީޓެއް ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ: މިއީ ދިވެހި ބަހުން ދުނިޔޭގެ ވެރިއެއް ޓުވީޓެއް ކުރެއްވި ފުރަތަމަ ފަހަރު -- މިހާރު ފައިލް ފޮޓޯ

ސުލްހްވެރިކަމާއެކު އިންޑިއާގެ މިނިވަންކަން ހޯދައިދިނުމުގެ ބާނީ މަހާތުމާ ގާންދީގެ 150 ވަނަ އުފަން ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ދިވެހި ލަވަކިޔުންތެރިންތަކެއް ކިޔާފައިވާ ލަވައެއް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓުވިޓާގައި ޝެއާ ކުރައްވައި ދިވެހި ބަހުން އެ ލަވައިގެ ތަފްސީލު މިއަދު ލިޔުއްވައިފި އެވެ.

ޓުވިޓާގައި މޯދީ ޝެއާ ކުރައްވާފައި ވަނީ ދިވެހި ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާ ހިންދީ ބަހުން ކިޔާފައިވާ "ވައިޝްނަވް ޖާންތޯ" އެވެ.

އެ ލަވަ ޓުވިޓާގައި ޝެއާ ކުރެއްވުމަށް ފަހު މޯދީ ވަނީ އެ ލަވަޔާއި ލަވަ ކިޔުންތެރިންނަށް ތައުރީފް ކުރައްވައިފަ އެވެ. އެ ލަވަ އިން، ގާންދީގެ ސުލްހައިގެ ފަލްސަފާ އާއި ދެމެހެއްޓެނިވި ތަރައްގީ އަދި ސާފުތާހިރުކަމުގެ ހަރަކާތާއި ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށް މޯދީ ވިދާޅުވި އެވެ.

މޯދީ ދިވެހި ބަހުން ކުރައްވާފައިވާ ޓުވީޓު

ޓުވިޓާގައި 44 މިލިއަން މީހުން މޯދީ ފޮލޯ ކުރެ އެވެ. އެމަނިކުފާނު ދިވެހި ބަހުން ޓުވީޓް ކުރައްވައި ވިދާޅުވި އެއްޗެއް ނޭނގިގެން ގިނަ ބަޔަކު ސުވާލުކޮށްފައިވެ އެވެ.

މޯދީގެ ޓުވީޓުން ދިވެހިންނަށް އުފާވެރިކަން ގެނެސްދިންއިރު، އެ ޓުވީޓަށް ގިނަ ބަޔަކު ވަނީ ޖަވާބު ދީފަ އެވެ. އެއާއެކު ދިވެހި ބަހުން ޓުވީޓެއް ކުރެއްވުމުން ބައެއް މީހުން މޯދީ އަށް ޝުކުރު ވެސް އަދާކުރި އެވެ.

76 ކޮމެންޓް, 326 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 4%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯދީ

09 June 2019

ޒަމާނުއްސުރެއް ދިވެހިންނަށް ޓުރެވެންޑުރަމް އެއާޕޯޓުންނާ ވިސާ ޖަހަން ދިޔައިމާ ޕޮލިހުން ކުރާ ޖެއްސުމަށް ފައްފަށުން މަރުޙަބާ.

The name is already taken The name is available. Register?

ޝާއިރާ

22 October 2018

ކަޝްމީރާއި ޖަމްޢުގެ އެތައް މުސްލިމުންނެއް މަރާ ހުސްކުރަން ނުކުމެ ހުރި މީހެއް، ބާބުރީ މިސްކިތްތަޅާލައި އެތައް އިސްލާމުންނެއް އަންދާލި މީހާ. ދިވެހި ބަހުން ޓްވީޓެއް ކުރިޔަސް އަހަރުމެން މިކަންކަން ހަނދާން ނުނެތޭނެ.

The name is already taken The name is available. Register?

ހަގިީގަތް

22 October 2018

އަސްލުވެސް ހާދަ ބޮޑު ތެދެކޭ

The name is already taken The name is available. Register?

ދިވެހިބަސް

21 October 2018

ދިވެހިބަހަކީ އިންޑިޔާގެ ބަހެއް ވެސްމެ. މަލިކަކީ އިންޑިޔާގެ ރަށެއް.

The name is already taken The name is available. Register?

ޭބޒރ

21 October 2018

ވަރަށް މައުލޫމާތު މުއްސަދި ބޭފުޅެއް ހެއްހީވޭ

The name is already taken The name is available. Register?

އަސްރަފް

21 October 2018

މި ރާއްޖޭގެ ދުވަސްދާކަށް މާގިނަ ދުވަހެއްނެތް

The name is already taken The name is available. Register?

އަމީލް

21 October 2018

އަޅުގަނޑުމެން ބޭރުގެ ނުފޫޒުތަކާއި ދެކޮޅު.

The name is already taken The name is available. Register?

އަބްދުއްالله

21 October 2018

ތިޔައީ ދުނިޔޭގެ ވެރިއެއް ނޫން. ތިންވްން ދުނިޔޭގެ ނާތަހުޒީބު ރަށެއްގެ ކަތީބު. ޗާވާލާ ވޭޓަރެއް.

The name is already taken The name is available. Register?

ބަނާނާ

21 October 2018

ތިޓްވީޓް ލިޔުނު އަތުން އެތައް އިސްލާމުންނަކަށް އަނިޔާދީ މަރާ މިސްކިތް ތަޅާ ހަދާފަވާ ވާހަކަ ވެސް އިވޭ.

The name is already taken The name is available. Register?

ލަވައިގެ މާނަ

21 October 2018

ތި ލަވައިގެ ލިރިކްސްގެ މާނަ ބަލާލުމަށްފަހު އުފާފާޅުކުރުން މާ ރަނގަޅުވާނެ. ދިވެހިން ލައްވާ ވިޝްނޫ ކަލާނގެއޭ ރާމްއޭ ކިޔައިގެން ލަވަ ކިޔުއްވާ ދިވެހިންނަށް މި ހިންދީ ދީނުގެ ލަވަ އިއްވަނީ ކީއްވެތޯ؟ ދިވެހި ބަހުން ޓްވީޓްކުރީ ދިވެހިންނަށް ޖެއްސުމަށް. ފުރައްސާރަކުރަން.

The name is already taken The name is available. Register?

ޔއސލޖ

21 October 2018

މޮޑީގެ ދިވެހި އެދުރަކީ ނަޝީދު ދޮތަ

The name is already taken The name is available. Register?

ދިވެހިނޫ

21 October 2018

ރިޔަލީ؟ ހައު ސްޓުޕިޑް ޑޫ ޔޫ ތިންކް ވީ އާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454