މޯލްޑިވް ގޭހުގެ ހުޅުމާލޭ ބްރާންޗް: ފައިސާތައް ފޭރިގަނެފައި ވަނީ ސައިކަލުގައި ފައިސާތައް ބޭންކަށް ޖަމާ ކުރަން ގެންދަނިކޮށް -- ފޮޓޯ / މޯލްޑިވް ގޭސް
23 އޮކްޓޯބަރ 2018 - 16:38
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ބޭންކަށް ޖަމާ ކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ މަގުމަތިން ފޭރިގަނެފައި ވަނީ ދުރާލައި ރާވައިގެން ކަމަށް ބެލެވޭ ކަމަށް އެ ކުންފުނީ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވް ގޭހުން ބޭންކަށް ޖަމާކުރަން ގެންދިޔަ 181،536ރ. ފޭރިގަނެފައި ވަނީ ހުޅުމާލޭ މަގުމަތިންނެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދިޔަ ނަމަވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ބޭންކަށް ޖަމާ ކުރަން ގެންދިޔަ ފައިސާ ފޭރުނު ގޮތާއި ދުވަހަށް ބަލާއިރު އެއީ ދުރާލާ ރާވައިގެން ހިންގި އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
"ހަފްތާ ބަންދު ނިންމާފައި ޖެހިގެން އައި ރަސްމީ ދުވަހު މިކަން ކޮށްފައި މި އޮތީ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މިއީ ދުރާލާ ރާވައިގެން ހިންގާފައި އޮތް އަމަލެއް،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ގޭހުގެ ހެޑް އޮފް ފައިނޭންސް އަހުމަދު ރަމީޒު ވިދާޅުވީ އެ ކުންފުނީގެ ފައިިސާތައް ފޭރިގަނެފައި ވަނީ ސަލަމާތީ ފިޔަވަޅުތައް ވެސް އަޅާފައި ހުއްޓާ ކަމަށެވެ.
"ސައިކަލުގައި ބޭންކަށް ފައިސާ ޖަމާ ކުރަން ދިޔަ މަގުމަތިން ފޭރިފައި ވަނީ. ސައިކަލު ދުއްވަން އިނީ ސެކިއުރިޓީ ޓީމުގައި ހިމެނޭ މީހަކު. ފައިސާ ހިފައިގެން އިން މުވައްޒަފު އިނީ ސައިކަލު ފަހަތުގައި،" އޭނާ ވިދާޅުވި އެވެ.
މިއީ މިފަހުން ހުޅުމާލޭގައި ފޭރުމުގެ ބޮޑު ކުށެއް ހިންގި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ޖުލައި މަހު އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ބޭންކަށް ޖަމާކުރަން ގެންދިޔަ 2.7 މިލިއަން ރުފިޔާ ބަޔަކު ވަނީ މަގުމަތިން ފޭރިގަނެފަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ހައްޔަރު ކުރި އެކެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭރުވެލާ
24 October 2018
މިމީހުންގެ އާރާއި ބާރު ނިމިދާތީ އެމީހަކު އަތު ޖެހުނު ގޮތަކަށް ގައުމުގެ ހަޒާނާ ލޫޓް ވަނީ..ނިމިގެން ދާއިރު މީގައި ޒިންމާވާނެ ބަޔަކުވެސް ނުވާނެ. މިއީ ޕީޕީއެމް މީހުން އެބުނާ ތަރައްޤީ އަކީ....ލަދެއް ހަޔާތެއް ހުރިނަމަ ކޮންމެ ރެއަކު 50 މީހުން ގޮވައިގެން އީސީ ޝަރީފް އިސްތިއުފާއޭ ކިޔާ ހަޅޭއްނުލެވީސް....
ޢަހަންމާ
24 October 2018
ގިނަފަހަރަށް ފައިސާ ހިފައިގެން ދާ މީހުން ރާވައިގެން ތިކަހަލަ ކަންކަން ކުރަނީ. ގިނަފައިސާ ތަކެއް ގެންދަންޏާ ފުލުހުންގެ އެހީއާއި އެކު ކުންފުނިތަކުން ފައިސާ ގެންދަނީ. ޢެކަމު ތިޔަ ފޭރުންތަކުގައި ފުލުހުންގެ ސެކިއުރިޓީ ހޯދިތޯ
ހުސެން
24 October 2018
ހުރިހާކަމެއް މިތަނުގައި ބޮސްސުން ލުމުގެ ހަގީގީ ސަބަބަކީ މިތަނުގެ ފުލުހުންގެ ދޯދިޔާކަން، ވަރަށް ތާކުންތާކުނުޖެހޭ އެއްވެސް ޕުރޮފެޝަނަލްކަމެއް ނެތި ހިނގާ މުއައްސަސާއެއް، ޕޮލިހުންވެސް ހަމަ އެފަދަ، މިހާރުވެސް ބަލާބަލަ ބުރިޖް ހުޅުވިފަހުން ޓުރެފިކް ބަލަހައްޓަނީޔޭ ކިޔާފަ ގަންނަގަނޑު، ބުރިޖުގެ ފެށޭކޮޅުގައި މީހެއް ނިމޭކޮޅުގައި މީހެއް ހުރުމުން އެއީ ޓުރެފިކު ބެލެހެއްޓުނީތަ؟ އަމާބުނީތީ ފަރަށްދާހެން ކޮންމެކަމެއް މިކުރަނީ،
ABDULLLAH JALEEL
23 October 2018
ޔޫތު ސިޓީގެ ޒުވާނުންނަށް ޔާމީނު އަބްދުލް ގައްޔޫމު ކުރިވަސިއްޔަތެއް އޮވޭޭ ބެގް، ބޮރޯ، ސްޓީލް. ތިވާނީ އެވަސިއްޔަތާއި އެއްގޮތަށް އުޅޭ ބަޔަކު ކުރިކަމަކަށް.
ސޭޑް
23 October 2018
މިކަން މިހިންގަނީ އެއްބައެއްތަ. އެހެންނުވާނީ ހައްޔަރު ކުރިއަސް ލަސްތަކެއް ނުވެ ދޫކޮއްލާފަ ހުއްޓާ ފެންނާނީ.
ޙަހާހާ
23 October 2018
ޢެތެރޭގަވެސް ބޭރުގަވެސް ވަގުން
ދީދީ
23 October 2018
މައުމޫން ދެން ގުދޯގުދޯ ގޮވާނެކަމެއް ނެތް
ސޭޓުގެ އަނބިމީހާގެ ފިރިމީހާ
23 October 2018
ތިބާވަތުގެކަންތައް އަބަދުވެސްހިނގާނީ އެތަނެއްގެ މުވައްޒިފުންތަކަކާއިގުޅިގެން. އެކަމާއިމެދު އެއްްވެސް ޝައްކެއްތިކަމުގައިނެތް.