ޖޭޕީގެ ބާނީ ގާސިމް އިބްރާހިމް، ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
24 އޮކްޓޯބަރ 2018 - 15:55
ރައްޔިތުންގެ މަޖިލީހުގެ އާ ރައީސަކަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހަމަޖެއްސުމަށް އެ ޕާޓީން މަސައްކަތް ފަށައިފި އެވެ.
ގާސިމަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިހާރުގެ ގާނޫނުއަސާސީ ފާސްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ރައީސް ކަން 2004 އިން ފެށިގެން 2008 އަށް އަދާކުރެއްވި މެމްބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަ ކުރުމާ ގުޅޭ ގަރާރު ހުށަހެޅުއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މަޖިލީހުގެ ރައީސް ކަން ގާސިމަށް ލިބިވަޑައިގަތުމަކީ ޖޭޕީން އުފާ ކުރާނެ ކަމެއް ކަމަށެވެ.
"އެ ފުރުސަތު ހޯދައި ދިނުމަށް (މަޖިލިހުގެ ރައީސް ކަން ގާސިމަށް ދިނުމަށް) ޖުމްހޫރީ ޕާޓީން ވަރަށް ބޮޑަށް ތާއީދުކޮށް އެ މަސައްކަތް ކުރާނަން،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކާ މެދު މަޝްވަރާ ކުރުމަށް އިދިކޮޅު ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ނިންމާ ނިންމުންތައް ފަހުން ހާމަ ކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަ މަށް ފާސްކޮށްފި ނަމަ، އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
24 October 2018
ކޮންމެ މީހަކު މަގާމާ ހެދިއެވެ.
އައްސަދު
24 October 2018
ޖޭޕީއަކީ ގާސިމް ރައީސްކަމަށް ގެންނަން ހަދާފައޮތް ޕާޓީއެއް އެހެންވީމަ ގިނަވާނީ ގާސިމް ވެރިކަމާ ވީހާވެސް ކައިރީގަ ބަހައްޓަން ކުރެވޭ މަސައްކަތް. ގާސިމް އުމުރުން 70 ޔާ ކައިރިވަނީ މިހާރު. އަދިވެސް އެކަމުގަ އެއުޅެނީ.
ރޯޒްސް
24 October 2018
އިލެކްޝަން މޮޅޫވުމުގެ ކޭކު ބަހަނީ ދޯ؟
ކާންޓް
24 October 2018
މަޖްލީހުގެ ރައީސް ކަމަށް ގާސިމް ގެނައުން ހަމަ ރަނގަޅު އެކަމަކު ކެނެރީގެ ނަޝީދު ދޫކޮށްލަން މަޖްލީހުގެ ތެރޭން ގަރާރު ތައް ފާސް ކޮށް ގެން މަޖްލީހުގެ މެމްބަރުން ޕްރޮޕެގެންޑާ ފަތުރައިގެން ތިޔާ ކުރާ ކަންކަން އެގޮތަށް ނުކުރެވޭނެއޭ އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނޭ ސްޕްރީމް ކޯޓުން ދަމަހައްޓާފައިވާ ހުކުމެއް އޯވަރނައިޓް އަކުން ބަދަލު ވެގެން ނުވާނެއޭ އެކަން އެގޮތަށް ނުކުރެވޭނެއޭ ޔޫ ކާންޓް ޑޫ އިޓް އޮން ދިސްވޭ ޔޫ ކާންޓް ޑޫ އިޓް އޮން ދިސްވޭ ޔޫ ކާންޓް..
އަމީލް
24 October 2018
ހެ ހެ ހެހެ.
މީވީގޮތޭ
24 October 2018
އެހެރީ ތިޔަ މަގާމަށް ސީދާ ސޭޓު ހިފާފައެވެ. އެހެންވީމާ, އައްސަދުމެން, ރިޔާޒްމެން ތިޔައިގަައި ސޮއި ކުރުމުން އަޖާއިބެއް ނުވަމެވެ. އަދަދުތައް އެގޭ ބަޔަކަށް އެގޭނެއެވެ.
ބޭރުވެލާ
24 October 2018
ޖޭޕީން ބޭނުން ނުވާ އެއްޗެއް ކޮބާ؟ ރާއްޖޭގަ ހުރިއްޔާ ހުރި ފަޅު ރަށްރަށާ، ގިރިޔާ، ފަޅުތަކާއި އަދި ކަނޑު ވެސް ބޭނުންވާނެ.
ޝެލަރީ
24 October 2018
ރަނގަޅު ޤާސިމް އަށް ވެސް ކޮންމެވެސް ތަނެއްގެ ރައީސްކަން ހަވާލު ކުރަންވެއްޖެ ދެއްތޯ ޤާސިމް ހިއެއްނުވެ ވަހީދުގެ ދަރަޖަ އަށް ވެއްޓިދާނެ ހެނެއް. ޢޯކޭ އެއްނު ކުޑަދުވަސް ކޮޅެއްނު ރައީސް ކަންކޮށްލެވޭނީ ޤާސިމްވެސް އުފާވާނެ ދެއްތޯ
ނަހޫ
24 October 2018
ތީއެއްވެސް އިންސާފެއްނޫ ދެން މަޖިލިސްގެ ރައީސްކަން ލިބެންޖެހޭނީ ރައީސް މައުމޫގެ ފަޅިއަށް އަދި ނައިބުރައީސްކަން ލިބެންޖެހޭނީ އަދާލަތަށް އެއީ ގައުމުގެ ރައީސްކަން އެވަނީ އެމްޑީޕީއަށް ނައިބުރައީސްކަން ޖޭޕީއަށް އޭރުން ވަރަށްހަމަހަމަވީ.
މޮޔަ ޔމނ
24 October 2018
ޗީޑި..