ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ޖެހުމުގެ އިތުރަށް އަދީބުގެ ހަށިގަނޑުގައި ވަނީ ސިސްޓެއް އުފެދިފައި -- މިހާރު ފައިލް ފޮޓޯ
24 އޮކްޓޯބަރ 2018 - 21:43
ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
އަދީބު، ޖަލަށް ލާފައިވާތާ ތިން އަހަރު ވެފައިވާކަން ފާހަގަ ކުރައްވަމުން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުރިހާ ގައިދީންނާ މެދު ވެސް އަމަލު ކުރަން ޖެހޭނީ އިންސާނިއްޔަތުކަމާ އެކު ކަމަށެވެ.
"ޑޮކްޓަރުން ލަފާދީފައިވާ ނަމަ ރާއްޖެއިން ބޭސް ފަރުވާ ކުރުމަށް ރާއްޖެއިން [އަދީބަށް] ބޭރަށް ދިއުމުގެ ފުރުސަތު ލިބެން ޖެހޭނެ،" ޖަލުން މިނިވަންވުމާ އެކު، ބޭސްފަރުވާއަށް މެލޭޝިއާ އަށް ވަޑައިގެން ހުންނެވި މައުމޫން ވިދާޅުވި އެވެ.
It is 3 years since former VP Adeeb was jailed. As all prisoners, he must be treated humanely and must be allowed to go abroad for medical treatment as advised by doctors.
— Maumoon Abdul Gayoom (@maumoonagayoom) October 24, 2018
މައުމޫން ކުރައްވާފައިވާ ޓުވީޓު:
އިމެޖެންސީކޮށް އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ބޭނުންވާ ކަމަށް އާއިލާއިން އަންނަނީ ބުނަމުންނެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ އަދި ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލަން އުޅުނު މައްސަލައިގައި 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ގްލުކޯމާ ޖެހުމާއި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުން ހިމެނެ އެވެ.
އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް މައުމޫން ގޮވާލެއްވިއިރު، ގާތްގަނޑަކަށް އަށް މަސް ދުވަސް ޖަލުގައި ހޭދަ ކުރައްވާފައިވާ މައުމޫން ޖަލުގައި ހުންނެވި އިރު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު އެމަނިކުފާނަށް ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.
މި ވަގުތު މައުމޫން ހުންނެވީ މެޑިކަލް ޗެކަޕެއް ހެއްދެވުމަށް މެލޭޝިޔާގެ ކުއާލާލަމްޕޫރުގަ އެވެ. އެމަނިކުފާނު ފުރާވަޑައިގަތީ އިއްޔެ އެވެ.
ބޭސްފަރުވާ ކުރުމުގެ ހިދުމަތް ނުލިބިގެން އެ މައްސަލައިގައި އަދީބު ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ވެސް ކުރައްވައިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޅު
25 October 2018
މައުމޫން ކަލެއާދޭތެރޭ ފަނޑިޔާރުން ކަންތައްކުރަމުންއެގެންދަނީ އެހެންކުއްވެރިންނާ އެއްގޮތަށް ހޭ އެހެންކުއްވެރިން އެތިބީ ޖަލުގަ ކަލޭތިއިނީގޭގަ ގޭގަ އިނދެގެން އަދިވެސް ތިގޮވަނީ ބޮޑެތި މުޖްރިމުން ދޫކޮށްލާށޭ މިއީ ތިރީސްއަހަރުދުވަހުގެ ތަޖްރިބާކާރެކޯ މިކުރަނީ ކޮންކަމެއްކަން އެގިހުރެ ޝަރުޢީނިޒާމް ތިޔަ ފުނޑާލަނީ ރައްޔިތުން ތެރެއިން ހެޔޮ ވިސްނޭމީހުންމަޢާފެއްނުކުރާނެ ހަދާން ކުރާތި
ވަތުބަތާނަ
25 October 2018
ރަނގަޅުވާހަކައެއް މީ ވެރިންގެ ގައުމުވިއްޔާ! ތަމެން ކައިކައިފާ ހުސް އުނބަކަށް ހަދާލާ.
ނުބުނޭ
25 October 2018
" ކޮރަޕްޝަން އާއި ޓެރަރިޒަމް ގެ ކުށް ވަކިމީހަކު ބޭނުން ގޮތަށް ސާބިތު ކޮށް " މިހެން ކިޔަމާ.....
ދީދީ
25 October 2018
ޙާދަ ހީވެޔޭ އަދީބު ވަރައް އަވަހައް ފިލާނޭހެން. ޢަދީބު ފިލައޮފިއްޔާ ރައްޔިތުން އުތުރިއަރާނެ، ސިޔާސީ މިހުން އަދި ރައީސް އިބޫ ސޯލިހު އަދީބު ފިލިޔަ ނުދެއްޗޭ ސަޕޯޓު ގެއްލޭނެ
ވަޙީދު
25 October 2018
30 އަހަރު މަނިކުފާނު ވެރިކަން ކުރެއްވި އިރު ޖަލަށް ލާފައި ތިބި ގައިދީންނަށް ތި ފުރުޞަތު ދޭން ދެކޮޅު ހެއްދެވީ ހަމަވިސްނުން ނެތީމަތޯ؟ މާލގެ ގެނެސް ހޮސްޕިޓަލަށް ވެސް ނުދެއްކި ގިނަ ބަޔަކު ފުރާނަ ދޫކޮށްފައިވޭ.
މަފުން
25 October 2018
ބަލަ މައުމޫނު އަޑީގަ ހުރެގެން ނުން ސިފައިންވެސް ބޭނުންކޮށްގެން ޑުރާމާކުޅެފަ އަދީބު ޖަލައް ފޮނުވާލީ، ނައިބަކަށް ޔާމީނު އަދީބު ގެނައީމަ ހިތްޕުޅާނުވެގެން. އެކަމުގެ ސަބަބުން ކުށެއްނެއް ކިތައްމީހުންތޯ ވަޒީފަތުން ވަކިކޮށް އަނެއްބަޔަކު ޖަލައްލާފަ އެތިބީ. މައޫނު ނިކަން ހުވާކޮށްފަ ބުނެބަލަ އަތެއް ނޯންނާނެއޭ؟ ވެރިކަމާ ބޮޑުވަރު 30 އަހަރުވެސް މަދުވީދޯ؟ ދަރިންގެ ދަރިންނަށް ދަންމަށް މީ ކަލޯގެ މުދާގަޑެއްތަ؟
އިބްރާ
25 October 2018
ވަގުން އިނގޭނީވެސް ވަގުންނަށެވެ. އެހެންކަމުން ޔާމީނު ސަރުކާރުގައި ފައިސާއަށް ޚިޔާނާތްވީ މީހުންނަށް އަދަބުދިނުމަށްޓަކައި މިހާރު ޖަލުތަކުގައިތިބި ބޮޑެތި ވަގުން ދޫކޮށްލަނީއެވެ.
އިބްރާ
25 October 2018
އަދީބުއަށްވެސްވަނީ ރައީސް ނަޝީދެކޭ ހަމަ އެއްވެސް ތަފާތެއްވެސް ނުވާގޮތަށް މައިބަދައަށް ގެއްލުންވެ ދިރި ނޫޅެވޭވަރު ވެފައެވެ. އަދި ފަރުވާ ރާއްޖޭގެ ސަރަޙަށްދުން ނުލިބޭނެކަން ޑަކްޓަރުންވަނީ ކަށަވަރުކޮށްދީފައެވެ.
އަދީބުރޯ
25 October 2018
ލިބެންޖެހޭނެ. އެމަނިކުފާނު އަވަހަށް ދޫކުރޭ
ޓިނު
25 October 2018
އަދީބަށް އެއްވެސްތާކަށް ނުދެވޭނެ. ވަގަށް ނެގި ލާރިގަނޑާއި ވިއްކި ރަށްތައް މަތިން ރައްޔިތުން ހަނދާން ނައްތާލައިގެން ނުވާނެ. ހުރި ލަދުކުޑަކަން!!