ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް (ވ-2) އަދި ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންތަކެއް މަޖިލީހުގެ ގޯތިރޭގައި މަޑުކޮށްލައިގެން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
25 އޮކްޓޯބަރ 2018 - 08:44
އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.
މަޖިލީހަށް މެމްބަރުން އިންތިޚާބުވި އިރު ތިއްބެވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން އިސްވެ މަޖިލިހުން ފާސް ކުރި ގާނޫނު އުވައިލަން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
އެންޓި ޑިފެކްޝަން ބިލް އުވައިލުމަށް ރިޔާޒް ހުށަހެޅުއްވިއިރު، އޭނާ އާއި ރައީސް ޔާމީން އަދި ޕީޕީއެމްގެ ލީޑަޝިޕާ މެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ދުރުކުރަން އިިދިކޮޅު ކޯލިޝަނުން މަޖިލީހަށް އިއްޔެ ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ވެސް ރިޔާޒް ވަނީ ސޮއިކުރައްވައިފަ އެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ރިޔާޒް ވިދާޅުވީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ދަތިތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ އާއި ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މެމްބަރުންނަށް ހުރަހަކަށް ވާތީ ކަމަށެވެ.
މީގެ އިތުރުން، އެންޓި ޑިފެކްޝަން ގާނޫނަކީ ބަރުލަމާނީ ސިފަތައް އެކުލެވިގެންވާ ގާނޫނަކަށްވެފައި، މި ގާނޫނުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށާއި ގާނޫނު އެކުލަވާލާފައި ވަނީ މާޒީއަށް އަމަލު ކުރެވޭ ގޮތަށް ކަމުގައިވާތީ ގާނޫނު އެކުލަވާލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން މަޖިލީހަށް ލާޒިމް ވެސް ކުރި އެވެ.
ސުޕްރީމް ކޯޓުގެ އެ ހުކުމަށް ރިއާޔަތްކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ޕީޕީއެމް ދޫކޮށް، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިފަ އެވެ.
ނަމަވެސް، އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، ބާކީ ތިއްބެވި އަށް މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ.
އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކޮށްފައިވަނިކޮށް، އެ ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އެ ގާނޫނަކީ ބާތިލް ގާނޫނެއްގެ ގޮތުގައި ކަނޑައަޅަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގަ އެވެ.
އިންތިހާބީ ރައީސް އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ފާސްކޮށްފައި ހުރި އެހެން ގާނޫނުތައް އުވާލުން ހިމެނެ އެވެ. އޭގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލުމަކީ ވެސް އިބޫގެ ވައުދެކެވެ.
އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ފުރަތަމަ 100 ދުވަހުގެ ވެރިކަމުގެ ޕްލޭން ހަދަމުން އަންނައިރު، ބަދަލު ކުރަން ޖެހޭ ގާނޫނުތަކާއި އުވާލަން ޖެހޭ ގާނޫނުތައް ހިމަނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެން ނަހަދާތި
26 October 2018
މައުމޫން ޕާޓީ އަތުލާފަ ޕާޓީން އެމީހުން ބޭރުކޮށް ގޮނޑި ގެއްލުވާލާފާނެތީ ނުވަތަ މައުމޫން ޕާޓީ އަތުލުމުން މިހާރު ޕީޕީއެމްގަ ތިބި މީހުންނަށް ގޮސް އާ ޕާޓީއެއް ހަދާ(ނޫނީ ޕީއޭ އަލުން ނަގާ) އޭގެއާއި ގުޅިގެން އަލުން ދެކޮޅުވާން ވިސްނައިގެން ޔާމީންގެ މަސްވަރާގެ މަތިން ރިޔާޒު ރަޝީދުމެން އިނދިކޮޅާއި ގުޅިގެން ކަމަށް ދައްކައިގެން ޖައްސަން އުޅޭ ގޭމެއްތީ. އެއްގޮތަކަށްވެސް ތިޔަ އެންޓި ޑިފެކްސަން ޤާނޫނު މިވަގުތު އެވާލުމުގެ އެއްވެސް މުހިންމުކަމެއް ނެތް.
މުރީދު
26 October 2018
މިހުރިހާކަމެއްގެ ހައްލަކީ ރަނގަޅު އުސޫލެއްގެ ތެރެއިން ހުރިހާ މެމްބަރުންވެސް އެމީހުންގެ މާލީ ބަޔާން ގަވާއިދުން ހުށަހަޅަމުން ގެންދިޔުމެވެ. އޭރުން ރިސްވަތު ހިފަންޏާ އެކަންކުރާ މެމްބަރުންވެސް އެނގޭނެއެވެ. ހަމަމިގޮތަށް މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ދައުލަތުގެ ވެރިންނާއި ފަނޑިޔާރުންވެސް ހުށަހަޅަން ލާޒިމު ކުރަންވީއެވެ. ކެރެންޏާ މިފަދަ ގާނޫނެއް ރަނގަޅަށް ހަދާ އެކަން ތަންފީޒުކުރަން ލާޒިމު ކުރަންވީނޫންތޯއެވެ. ރައިއްޔަތުން ވަރަށް އުފާވާނެއެވެ!
އަލީގ
25 October 2018
މިގައުމުގަ ކަންތައްތައްހުރިގޮތުން ތީ އެއްގޮތަކައްވެސް މިވަގުތު އުވާލަން ހެޔޮވާވަރުގެ ގާނޫނެއްނޫން. ބަދަލެއްކުރަންޏާ ބަދަލުކުރުން އެންމެ ރަނގަޅު އެކަމަކު މަގުސަދުނުގެއްލޭގޮތައް އަދި އެމަގުސަދަކައްވާންވާނީ އަމިއްލަ ފައިދާއަކައް ޕާޓީބަދަލުކުރުން ނޫނީ ރައްޔިތުންނައް ގެއްލުންވާގޮތައް މަޖިލީހުގާ ވޯޓުދިނުން ހުއްޓުވުން.
ދީދީ
25 October 2018
މިކަމުގައި ހާރާބޮޑު ބަގާވާތެކޭ، ވައްކަމޭ ވަގެކޭ ކިޔައިގެން ޓީވީއައް އަރާ ހަޅޭއްލެވި މެންބަރުން ހިޔާކަކީ ކޮބާތަ. މީސީދާ ރައްޔިތުންނާ ގުޅިފަވާކެއް އަހަރުން ވޯޓު ދިނީމަ މިމީހުން ގޮޑިވިއްކާ ވިޔަފާރިކުރަނީ. ނޫސްތަކުންވެސް މިސުވާލު ކޮއްބަލަ، ތިބޭފުޅުންގެވެސް ޒީންމާއެއް އެއީ،.
ޒަމީރު
25 October 2018
މިގާނޫނު އުވާ ލައިފިއްޔާ ހުރިހާ ރައްޔިތުން ވެސް ދެންވީ ވޯޓު ވިއްކަން، އިބޫ ނުބުނޭތަ ރައްޔިތުންނައް އިންސާފު ގާއިމް ކޮއްދޭނަމެކޭ. ޜައްރިތުންގެ ހާދިމުންނޭކިޔާފަ ކޮން މެންބަރެއްތަ ރައްޔިތެއްގެ ކާރިޔައް ެ އައީ މި ގާނޫނާބެހޭ ގޮތުން ހިޔާލު ފާޅުކޮއްލާ މަޝްވަރާހޯދާލަން
ވޯޜް ފޮށި
25 October 2018
ބަލަ ރައްޔިތުން ވެސް ވޯޓް ވިއްކަނީ އޭ.. ދެން ކީކޭތަ ކިޔަނީ؟
ހުސީނާ
25 October 2018
އެންޓިޑިފެލްޝަން ގާނޫނު މުހިންމު. އެގާނޫނު ހަދަންވީ ދެންހޮވޭ މަޖިލީހަކަށް އަމާޒުވާގޮތަށް. މިފަދަ ގާނޫނެއް ނަހަދައި ތިގާނޫނު އުވާލުމަކީ އަމިއްލައެދުމުން ފޯވެފައިތިބި ބައެއްކަން ދައްކުވައިދޭ ރަނގަޅު މިސާލެއް.
ތޮށަލިތަކުރު
25 October 2018
ދެކޮޅުންކާން ބޭނުންވެފައިތިބި މީހުން އެތިބީ ގޮޑިގެއްލިދާނެތީ ބިރުންނެވެ. ތިޔަ ޤާނޫނު އުވާލީމާ ދެ ގަރާރުގައި ސޮއިކޮށްފައި ތިބި ޕީޕީއެމް މެންބަރުން ތިބީ ރައީސް ޔާމީންގެ ފަހަތުގައިކަން ވަރަށް ރީއްޗަށް އެނގޭނެއެވެ. ތި ޤާނޫނު އޮތްހާ ހިނދަކު އެކަހަލަ ދެފުށްކެހެރިން ތިބޭނީ ފަހަތްޕުޅުގައޭ ކިޔާލަ ކިޔާލައެވެ.
އިބްޝާ
25 October 2018
ތިޤާނޫން އުވާލުން ރަގަޅެއްނޫން .. އިންސާނުންނަށް ގަބޫލްކުރެވޭ އިސްލާހް ތަކަކާއެކު ގާނޫނެއްގޮތަށް އޮތުން ބުއްދިވެރި .. މިހާރުތިއޮތްގޮތުން އަދުރޭމެން ހިތްހަމަ ނުޖެހުނީމަ 5000 ރައްޔިތުންގެ ނިންމުން އެއްޗަކަށް ނުހަދާ ބޮލާލާޖަހަމުން އެދަނީ .. އެއީ ގާނޫން އަސާސީން ރައްޔިތުންނަށް ލިބބފައިވާބާރު ދަމައިގަތުން .. ގާނޫނުއސާސީ އުލުބޭންދުން ..
ތުނޑު ހަސަނު
25 October 2018
ތިޔައީ އުވާލަން ޖެހޭ ޤާނޫނެއް ނޫނެވެ. އެހެދި މަގުޞަދު ނުބައިިވީމާ މުޅި ޤާނޫނު އުވާލުމުގެ ބަދަލުގައި ވީހާ ރަނގަޅަށް އެ ޤާނޫނު އިޞްލާޙުކުރަންވީއެވެ. މިހާރު އޮތް ގޮތުން ﷲ ޤަންދީ ކުރާ ހުވަޔާ އެއްގޮތަށް މެންބަރުންނަށް އެމީހުންގެ ޒިންމާ އަދާކުރުމަކީ ނާދިރު ކަމެކެވެ.