އަބުރުގެ ގާނޫނު އުވާލުމުގެ ބިލް ހުށަހަޅަން ޝާހިދު މަޖިލީހުގައި.
25 އޮކްޓޯބަރ 2018 - 12:00
ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި އަބުރުގެ ގާނޫނު އުވާލަން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މީޑިއާތަކަށް އަމާޒުކޮށް، ޕީޕީއެމްގެ މެޖޯރިޓީ ވޯޓުން ފާސްކުރި އަބުރުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ.
މީޑިއާތަކުން ދެކޮޅުހަދަމުން ދަނިކޮށް، އަދި ބިލް ރަނގަޅުކުރަން އެތައް ހިޔާލެއް ދީފައި ވަނިކޮށް، އެއިން އެއްވެސް ކަމަކާ މެދު ވިސްނުމެއް ނެތި، ރައީސް އަބްދުﷲ ޔާމީން އެންގެވި ގޮތަށް ޕީޕީއެމުން އަބުރުގެ ގާނޫނު ފާސްކުރީ އޮގަސްޓް 8، 2016 ގަ އެވެ.
އެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެކަމަކު ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި އެ ހުރިހާ ޖޫރިމަނާއެއް ވެސް އެ ޓީވީން ދައްކާފައިވެ އެވެ.
ބައެއް މީޑިއާތަކުން ސިފަކުރި ގޮތުގައި، އަބުރުގެ ގާނޫނަކީ މިނިވަން ނޫސްވެރިކަމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ. އަދި އެ ގާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރިޔާސީ ވައުދެކެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ބައެއް ހައްގުތަކާއި މިނިވަންކަމަށް އަބުރުގެ ގާނޫނުގެ ސަބަބުން އުނިކަން ލިބިފައިވާ ކަމަށެވެ. އެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ގާނޫނީ ގޮތުން މައްސަލަތަކާ ކުރިމަތިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިލު މަޖިލީހާ ހަވާލު މި ކުރަނީ ރައްޔިތުންގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މަސައްކަތުގައި އެތައް ބޭފުޅުންތަކަކަށް ލިބެމުން ދިޔަ އަނިޔާތަކާއި ދުއްތުރާތަކާއި އެބޭފުޅުންގެ ނިގުޅައިގެންފައިވާ ހައްގުތައް ހަނދާން ކުރަމުން،" ޝާހިދު ވިދާޅުވި އެވެ.
"ބިލް ހުށަހަޅަނީ ޝަހީދުކޮށްލާފައިވާ އަހުމަދު ރިލްވާނާއި ޔާމީން ރަޝީދުގެ މަތިން ހަނދާ ކުރަމުން."
އަބުރުގެ ގާނޫނު އުވާލުމުގެ ސަބަބުން ނޫސްވެރިންނާއި ރައްޔިތުންގެ ގައިގައި އެޅިފައިވާ ކަސްތޮޅު ވެސް ނެއްޓިގެންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މަޖިލިސް ވެގެން ދާނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ މުއައްސަސާއަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
އަބުރުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅި އިރު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށް، ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަނަ ފައިނު
27 October 2018
އިސްލާމް ދީނުގައޮންނަ ގޮތައް ކަންތައްކުރޭ އަހަރެމެން މިދީނުގަ އޮންނަނީކީ މީހުންގެ އަބުރުކަތިލުމެއްނޫން
ދަންނަމީހާ
26 October 2018
ސަޕްރައިޒެއް ނޫން. ޢިއްޒަތްތެރި މެމްބަރުންގެ އާމްދަނީ އަށް ހުރަސްއެޅޭ ޤާނޫނުތައް އުވާލެވެން ޖެހޭނެ. އަނެކާގެ އަބުރު ކަތިލައިގެން ދުވަހުގެ ކޮއްތު ހަމަޖައްސަވާ ބޭފުޅުންނަށް އުފާވެރި ކަން ހުރި.
ޝަހީދު
25 October 2018
ތީ ގޯހެއް، ތި ރިވިއުކުރުން ރަގަޅު، ހުށެއެޅި ބޭފުޅާގެ އަބުރާ ބެހުނީމަ ދެން ވާނީ ކިހިނެއް، އަބުރު ރައްކާތެރި ކުރަން ދީން ވެސް ބާރު އަޅާ،
ޚިޔާލާތޮ
25 October 2018
ޢަބުރަކީވެސް ރައްކާތެރި ކުރަންޖެހޭ އެއްޗެއް. ޢުވާ ނުލައި އިސްލާހު ކުރިނަަމަ މާ ރަނގަޅު
ކައްޕި
25 October 2018
ކޯޅިޝަން ސަރުކާރު ގަޑު ބަޑު ވާން ފެށީމަ އަހަރެމެން ޅައްކަ އެއްޗިހިޅިޔާނަން އަދި ކިޔާނަން ވެސް މެ މި ތިބީ ބަޅަން ފީމުޑިޔާ ބާޣީ ބާޓިނުގެ ބިނާ ވެއްޓި ފުނޑޭނެ ...މި ކޮމެންޓް ޖަހާޅާ ...ދެން ނޫސް ބަޅާނީ އެދުވަސް އައިމަ.....
ބަހާރީ
25 October 2018
މިއީ ޔާމީނު ކައިބޮއި ހަދާ ތަކެތީގެ ވާހަކަ ލިޔާނެތިން ހަދާފަވާ އެއްޗެއް މިއީ އޭނާގެ އެއް އައްޑަނަ ދެވަނައީ ޓެރަރިޒަމް ގާނޫނު
ދޮންބެ މުނިއްކޮ
25 October 2018
އެއްގޮތަކަށްވެސް ތިޔަ ބިލް އުވާލެވިގެން ނުވާނެ. ތިޔަ ބިލަށް އިސްލާހު ތަކެއް ގެނައުން މައްސަލައެއް ނެތް. މިފަދަ ނޭދެވޭ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުންދާ ނަމަ މިސަރުކާރާއި ދެކޮޅަށް ނުކުންނާނެ މީހުން ބައިވަރު އެބަ ތިބި.
އަބްދުއްލާ
25 October 2018
އަބުރުގެ ގާނޫނަކީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ ގާނޫނެއް. މިފަދަ ގާނޫނެއްނެތި ހައްގުތަކާ މިނިވަންކަމެއް ނުނެގެހެއްޓެވޭނެ، ގ.އަސާސިގެ 18 ވަނަ މާއްދާގަ ދަވްލަތުގެމައޗަށް މަތިކޮށްފައިވާ ވާޖިބު ހިމާޔަތް ކުރުމަށް ގާނޫނެއް އޮންނަންޖެހޭ . 27 ފެންނަ އެއްޗެއް ދުލުންނާގަލަމުން ބަޔާން ކުރެވޭއިރު 33 ގަ ބުނާ އަބުރު ރައްކާތެރިކުރާނެގޮތެއްނެތް 21 ވަނަ މާއްދާ ބުނާގޮތުން 16 ވަނަ މާއްދާގެ ދަށުން ގާނޫނެއް ހެދިފާ އޮންނަންޖެހޭ
ރާއްޖެ
25 October 2018
މީތި ރަނގަޅުކޮށްފަ މީގެ ގާނޫނެއް އޮތުން މުހިންމު. ބޭނުންހާއެއްޗެއް ބޭނުންހާ ތުހުމަތެއް ކޮންމެ މީހަކަށް ނުކުރެވޭނެ ދުނިޔޭގެ އެންމެ ކުރިއަރާފައިވާތަންތާވެސް.
ސަމާސާ
25 October 2018
އަބުރު ރައްކާތެރި ކުރުމަކީ އެމީހަކު އަމިއްލައަށް ކުރަންޖެހޭ ކަމެއް. މީހަކު މީހެއްގެ އަބުރާބެހޭ ވާހަކައެއް ދައްކައިފިނަމަ މައުސޫމު މީހެއްކަން ސާބިތުކޮށް ދިނުމަކީ އަބުރާބެހެވުނު މީހާގެ ހައްގެއް . ވަގުން ވައްކަން ކުރީމަ އެނޫންވެސް ކަންތައް ކުރީމަ އެވާހަކަ ދައްކާ މީހާ ކުށްވެރިނުކޮށް ތިމާއަމިއްލައަށް ފަސްބައި ސާފުކޮށްގެން ހުރީމަ އެނިމުނީ.