އައިޔޫއެމުން ވަގަށް ނެގި ލެޕްޓޮޕްތައް ހޯދާފައި.-- ފޮޓޯ: ޕޮލިސް
04 ނޮވެމްބަރ 2018 - 14:08
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ލެޕްޓޮޕްތަކެއް ވަގަށް ނެގި މައްސަލައާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު އެ ޔުނިވާސިޓީގެ ހަތަރު ވަނަ ބުރިން ވަގަށް ނެގި ލެޕްޓޮޕްތަކާއި ބައެއް އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނުންނާއި ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކުރި ދިވެހިންގެ ތެރެއިން އެކަަކަކީ އައިޔޫއެމްގެ ސެކިއުރިޓީ ބަލަހައްޓަން ހަވާލުކޮށްފައިވާ ކުންފުނީގެ މުވައްޒަފެކެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެހި ތިން ފިރިހެނުންގެ ބަންދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. ހައްޔަރުކުރި ބިދޭސީންނަކީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް އުޅެމުންދާ ބަޔަކަށް ވާތީ އެ މީހުން އިމިގްރޭޝަނާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.
ލެޕްޓޮޕްތައް ވަގަށް ނެގީ އިމްތިހާނުތައް ފެށި ފަހުންނެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން، އިމްތިހާނުގެ ސައްހަ ކަމަށް އަސަރެއް ނުކުރާނެ ކަމަށް އައިޔޫއެމުން ކުރިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޔާމީނު
04 November 2018
ބިދޭސިން ކުރި ވައްކަމަކީ ކުށެއް. ގަވާއިދާއި ޚިލާފަށް އުޅުމަކީ އަނެއް ކުށް. ވައްކަމުގެ މައްސަލާގައި ހައްޔަރު ކުރީ، އެހެންވީމަ ޕީޖީގެ ޒިންމާއެއް ވައްކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ދައުވާ ކުރުމަކީ. ބޮޑު ކެކުރި، ކުޑަ ކެކުރި، މިހާރު ބޭރު ކެކުރި. ކިހާ ދެރަކަމެއް މީ.
އަލިބެއްޔާ
04 November 2018
" ހައްޔަރުކުރި ބިދޭސީންނަކީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް އުޅެމުންދާ ބަޔަކަށް ވާތީ އެ މީހުން އިމިގްރޭޝަނާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ." ދެން އިވޭނީ ރާއްޖެ ނާދެވޭގޮތަށް އެމީހުންގެ ޤައުމަށް ފޮނުވާލާވާހަކަ ކަންނޭނގެ. ބަލަ އެއީ ޤާނޫނާ ޚިލާފަށް އުޅޭ ބައެއް. އެހެން އުޅެމުން ވައްކަންވެސްކުރީ. ދިވެހި ޤާނޫނުގެ ތެރެއިން ލިބެންޖެހޭ އަދަބެއް އެމީހުންނަށް ދޭންޖެހޭނެ.
ކަރީމުއްދީން ބާޝާ
04 November 2018
ބިދޭސީންވެސް މިހާރު 6 ކުޅި ކުރިޔަށް ކުޅެންފެށީދޯ. ބޯހަލާކު.
ދޭސީ
04 November 2018
ބިދޭސީން ގާނޫނާ ހިލާފަށް އުޅޭތީ ހަވާލު ކުރީ އިމިގްރޭޝަނާޔޯލަ. ދެން ދިވެހިންތައް އެމީހުންގެ މައިންބަފައިންނާ ހަވާލު ކުރި ނަމަ. ބަލަ ދޭސީއެއްވިޔަސް ބިދޭސީއެއްވިޔަސް ކުށެއްކުރީމަ އެކުށް ތަހުގީގުކޮށް ދޭންޖެހޭ އަދަބެއް ފުލުހުންވެސް ކޯޓުތަކުވެސް ދޭންޖެހޭނެ. ތިޔަ އިމިގްރޭޝަންގެ ޒިންމާ ނުއުފުލިގެން މިހާދުވަހު ތިޔަ ބަޔަކަށް ރާއްޖޭގަ ގަވައިދާ ހިލާފަށް އުޅެވުނީވެސް. ހަމަ މާދަން ތިބޭނެ ތިޔައެންމެން ޒިކުރާ މިސްކިތް ދޮށުގަ.