ފުލުހުންތަކެއް ރަސްމިއްޔާތެއްގައި: ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުންނަށް މެޑަލެއް ދޭން ވަނީ ނިންމާފައި --ފޮޓޯ/މިހާރު
08 ނޮވެމްބަރ 2018 - 15:06
ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ކޮންމެ ފުލުހަކަށް މެޑަލެއް ދޭން ނިންމައިފި އެވެ.
ފުލުހުންގެ މަގާމުގެ ކުރިއެރުން ދިނުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ފުލުހުންގެ ވަޒީފާގައި ހުންނަ ކޮންމެ ފުލުހަކަށް ޖުމްހޫރީ 50 ގެ މެޑަލެއް ދޭނެ އެވެ.
މިމަހުގެ 11 ވަނަ ދުވަސް ކަމަށްވާ، އަންނަ އާދިއްތަ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރޭ ދުވަހެވެ.
މީގެ ކުރިން ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބުގައި 2015 ގައި ވެސް މިނިވަން 50 މެޑަލެއް ހުރިހާ ފުލުހުންނަށް ދިނެވެ. އެ މެޑަލް ވެސް ދިނީ 2015 ވަނަ އަހަރުގެ މިނިވަން ދުވަހާ ހަމައަށް ފުލުހުންގެ ވަޒީފާގައި ދެމި ތިބި ފުލުހުންނަށެވެ.
ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުންނަށް ޚާއްސަ މެޑަލެއް ދޭން ނިންމިއިރު، އެ ދުވަހަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނެ ކަމަށް ކުރިން ބެލެވުނު ތާރީޚު ވެސް މެ އެވެ. އެކަމަކު 2013 ގެ ރިޔާސީ އިންތިޚާބު ލަސްވުމުގެ ސަބަބުން މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހުވާ ކުރައްވާފައިވަނީ ނޮވެމްބަރު، 17 ގައި ކަމަށްވާތީ ރައްޔިތުންގެ މަޖިލީހުން ނިންމީ އިބޫ ވެސް ހުވާ ކުރައްވާނީ މިއަހަރުގެ އެ ތާރީޚުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
09 November 2018
ޖުމްހޫރީ ދުވަސް އަންނަނީ ފުލުހުންނަށް އެކަނިތަ. ހުރިހާ ދިވެހިންނަށްވެސް ދޭންވާނެ.
ޝާހީން
08 November 2018
ހުރިހާ ފުލުހަކައް ދެންޏާ އެއީ އެހާ އަގުހުރިއެއްޗަކައް ނުވާނެ.
ފުލުސް
08 November 2018
މިފަދަ މެޑެލަކީ ގައުމީ ފެންވަރުގައި ދޭނަޖެހޭނެ މެޑެލް އެއްކަމަށް ދެކެން. ޖުމްހޫރީ ދުވަހާއި ފުލުހުންނާއި މިމެޑެލް ދިމުމާއި ހުރިގުޅުމަކީ ކޮބާ؟ މެޑަލް ގިނަކުރުން ނޫން އެހެން ކަމެއް ހިމެނޭ ކަމަކަށް ނުފެނޭ!
މަށައް ފެނޭ އެންމެނަށް ދޭން
08 November 2018
ކީއްވެތަ ފުލުހުންނަށް އެކަނި ދޭންވީ؟؟؟؟ ކޮބައިތަ ސިފައިން!! އެމީހުންނަށް ދޭކަށް އެވެރިންގެ ވެރިމީހާއަށް ހަމަ ނުކެރެނީތަ؟؟؟؟ ސާބަސް މުސާރަ ބޮޑުކުރިއަސް ބޮޑުންނަށް އެތާންގަ! މެޑަލް ދިނަސް ކެޕްޓަނުން މައްޗަށް ކަންނެންގެ ދޭނީ!! އެޔޮތީވާ މަތިފަޑިއެއް.....
މެޑެލި
08 November 2018
ސުނާމީގަވެސް މިކުދިން މިހެން މެޑެލްއެއްޖެހި ހަމަ ?
ތަމީމް
08 November 2018
ތިކަހަލަ މެޑަލް ވެސް ދޭންވީ. އަދި އެއާއި އެކު، ފުލުހުންގެ ތެރެއިން ޝަރަފުވެރިކަމާއެކު ވަޒީފާއިން މުސްކުޅި ކުރެވިފައިވާ ބޭކަލުންގެ ތެރެއިން 65 އަހަރު ނުފުރޭ ބޭފުޅުންނަށް، އަލުން ފުލުހުންގެ މުއައްސަސާއިން ވަޒީފާ އިއާދަ ކުރުމަށް އެދެން. އޭރަށް ބޮޑެތި ތަހުގީގުތަކުގެ އިސް ވެރިންނަށް ބައި ތިއްބަންވީ އެފަދަ ބޭފުޅުން. އޭރަށް ތަހުގީގު ރަނގަޅަށް ކުރެވޭނެ ކަމަށް ދެކެން.
ރަޖިސްޓްރަރ
08 November 2018
ފުލުހުނަށްވީމަ މެޑަލް، އެހެނިހެން މީހުންނަށް އިނާޔަތް ބޯނަސް
ރޮކެޓް ސައިންސް
08 November 2018
ރަސްމީ ކޮންމެ ބަންދަކާ ގުޅިގެން ކުލަޔާ މެޑަލް ދެންޏާ މުޅި ޔުނިފޯމްގަ އޮންނާ ނީ ހުސް ކުލަޔާ މެޑަލެއްނުން. އެހެން ވީމަ އެތަނުން އަސްލު މީހާ ދެނެގަންނަން ބައެއްފަހަރަށް އުދަގޫވާނެ.
ތަމީމް
08 November 2018
ތިކަހަލަ މެޑަލް ވެސް ދޭންވީ. އަދި އެއާއި އެކު، ފުލުހުންގެ ތެރެއިން ޝަރަފުވެރިކަމާއެކު ވަޒީފާއިން މުސްކުޅި ކުރެވިފައިވާ ބޭކަލުންގެ ތެރެއިން 65 އަހަރު ނުފުރޭ ބޭފުޅުންނަށް، އަލުން ފުލުހުންގެ މުއައްސަސާއިން ވަޒީފާ އިއާދަ ކުރުމަށް އެދެން. އޭރަށް ބޮޑެތި ތަހުގީގުތަކުގެ އިސް ވެރިންނަށް ބައި ތިއްބަންވީ އެފަދަ ބޭފުޅުން. އޭރަށް ތަހުގީގު ރަނގަޅަށް ކުރެވޭނެ ކަމަށް ދެކެން.
5050
08 November 2018
ފުލުހުންނަށް ކުރެވުނު ކަމެއްބުނެބަލަ. ތި މެޑެލް ހުރިހާ ރައްޔަތުންނަށްވެސް ދޭންވީ. އޭރުންތާ ރައްޔަތުންގެ ފައިސާ ތަޅާބުރުވާލެވޭނީ.