ޚަބަރު / ކުރީގެ ނައިބު ރައީސް އަދީބު

އަދީބު އެޑްމިޓްކޮށް އިމަޖެންސީގައި ފަރުވާދެނީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލު ގޯސްވެ އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

ނަޝްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިޖީއެމްޗްގައި އަދީބު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދީބުގެ ގާތް ބައެއް މީހުން ބުނި ގޮތުގައި، އަދީބަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަތާ ދެ ގަޑިއިރުވެއްޖެ އެވެ.

އަދީބު އައިޖީއެމްއެޗަށް ގެނައީ މިރޭ އަށެއް ޖަހަން އުޅެނިކޮށެވެ. އަދީބު އައިޖީއެމްއެޗަށް ގެނެސްގެން، ފަރުވާ ދެމުން އަންނަކަން އެ ހޮސްޕިޓަލުން ވެސް ކަށަވަރުކޮށްދިނެވެ.ނަމަވެސް އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ނުދެ އެވެ.

އަދީބުގެ އަނބިކަނބަލުން މިރޭ ކުރެއްވި ޓުވީޓު.

މިދިޔަ މަހުގެ ތެރޭގައި އަދީބު ވަނީ ދެ ފަހަރެއްގެ މަތިން މާލެ ގެނެސް، ޔޫރޮލަޖިސްޓަކަށް ދައްކައިފަ އެވެ. އަދި ބައެއް ޓެސްޓުތަކާއި ސްކޭންތައް ހަދާފައިވާ ކަމަށްވެ އެވެ.

އާއިލާ އިން ކުރިން ބުނީ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އަދި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށެވެ. އަދި އަދީބުގެ ލޮލުގެ ހާލަތު ގޯސްވެ ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގޮލޮކޮމާ ޖެހިފައިވާތީ ވީހާވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް އާއިލާ އިން ކުރިން ވަނީ ގޮވާލައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހަރާކޮށްލަން އުޅުޅީ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތެވެ.

51 ކޮމެންޓް, 146 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 34%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިލިއަން80

23 November 2018

މިލިއަން80

މުސްތަގިއްލު

11 November 2018

ޢަދީބު ކާން ދޫކުރި ކިހިނެކުން އަދީބު އަށް އޭގެ ފައިދާކޮށްފިތޯ މިހުރިހާކަމެއް ހަމަ އަދީބުތޯ މީސުވާލު އުފެދޭ ކަމެއް އަދީބުގެ އެކަނި ބޮލައް ކެޑިގެންނެއް ނުވާނެ މީގެ ތެދު ހަގީގަތް އެބަބަލަންޖެހޭ ފައިސާއެކަން އެއް ނޫން އެހެން ކަހަލަ ބޮޑެތި ޖަރީމާ ތައްވެސް މީގެ ތެރޭގެ ހިމެނޭ މީކޮންމެހެންބަލަން ޖެހޭނެ ކަންތައްތައް

ދީދީ

10 November 2018

ހާސަ ކަނޑާލާ.. ނޮވެމްބަރ 18 އަށް ޓިކެޓް ނަގާފަ ބާއްވާ.. ޖާޒީރާ ރާއްޖޭގައި ކުރީ ފަސްއަހަރުގައި ކުރީ 10 އަހަރުގައި ހުރިހާކުށެއް ސާފުވާނެ. ހުދު ފޮތިކޮޅަކަށް ވާނެ. ކޯލިޝަންގެ ތިކަމާބެހޭ އޮފީސް ހުންނާނެ ތީމުގޭގައި.. އެތަނަށް ސިޓީ ވަށްޓާލިނިކޮށް ތި ހުކުން ހުއްޓާލާކަށް ތީ އެއްވެސް ކަމެއް ނޫން.

ބުރޯފޭން

10 November 2018

ބުރޯ ވެސް ދެން ބަޗަންވީ

ޝިޔާޒާ

10 November 2018

އަފްރާސީމް ރިލުވާބް ޔާމީން ގެ މަރުގެ ފުރިހަމަ ތަހުގީގެއް ނުހިންގެނީސް ދޫނުކޮށްލުމަށް ގޮވާލަން އަދި ހިޔާނާތުގެ މައްސަލައިގެ ފުރިހަމަ ރަހުގީގެއް ކުރުމުގެ ކުރިން ދޫނުކުރުމަށް ގޮވާލަން... މީނާގެ އަންހެނުންނަށް ޕުރެޝަރކޮށްގެން ޕުރައިވެޓު އުސޫލުން ޑޮކުޓަރުންނާއި ބައްދަލުކުރާކުރުން ހުއްޓައިލަން ގޮވަން.. ޖަރީމާތައް ހިންގާ މީހުނައް ދުނިޔެމަތީގައި މިފެންނަނީ ރަނގަޅުގޮތް..

އެހުސާނު / ހިތަދޫ / ޔޫ ކޭ

10 November 2018

އަދީބު އަށް ވަރައްބޮޑަށް ފޭވަރކޮށް ކުރީގެ ރައީސު އެކި ފޯރަންތަކުގައި ވާހަކަ އެބަދައްކާ... ރިޠުވާނު ގެއްލުމުގެ ހާދިސާ ހިނގައި ދިޔައިރު ޔާމިނު ހުރީ ޗައިނާގައި، އަދީބު ބާޢީ ލުތުފީ ފިއްލުވައިލިގިތަށް ފިލުވަން ނޫޅުއްވާތި، މިފަދަ އެއްވެސް އަމަލެއް ނަޝީދު އިތުރައް ނުހިންގަވާނެކަމަށް އުއްމީދުކުރަން. އިތުރަށް މިފަދަ ނުރައްކާ މީހަކު ބޭސްފަރުވާށޭ ކިޔައި ފިލުވަން ތިއުޅެނީ އިބޫގެ ވައުދު އުވާލަންތޯ.؟؟؟ ލިމިޓުކުރައްވާ ބައެއްމީހުންގެ އަމަލުތައް.ވޯޓު/ވޯޓުދިނީއިބ

ރުބީނާ

10 November 2018

ފިލަން ޖައްސާ ސްޓަންޓް. މައުމޫނުވެސް މިހާރު މަސައްކަތް ކުރަނީ އެސޮރު ފިލުވަން. ޓްވީޓް ވެސް ކުރިއެއްނު. ހުރިހާ ނުރައްކަލެއް އޮތީ އިބޫ އަށް.

އިބިލީސް

10 November 2018

ދެން އެއްޗެކޭ ކިޔާފަ އޭނާ ނެރޭ ....

ޕަޕެޓު

10 November 2018

އަދީބު ބޭސް ފަރުވާއަށް ފޮނުވާނެ ކަމެއް ނެތް. ރައްޔިތުންގެ ލާރި ވަގަށް ނެގީމާ، ދެން ޖެހޭނީ ރައްޔިތުންގެ ބެލުމުގެ ދަށުގަަ ހުންނަން. ރައްޔިތުން އަދީބަށް ބަލާވަރަށް އެހެން އެކަކުވެސް ނުބަލާނެ. ހުރިހާ ރައްޔިތުން އަދީބަށް ފެން ހަދިޔާކުރަންވީ. އެސޮރު މިޤައުމުން ދިޔަ ދީގެން ނުވާނެ. އެސޮރު އެކަނި އުޅޭނީ ކިހިނެއް؟ ބޭރު ޤައުމަކަށް ގޮއްސަ އަދި ކާލާނީ ކިހާވަރެއް ކަމެއް ނޭނގެ.. ދިވެހިންނަށް އަދީބު ދިން ދޯކާ އެހެން ބަޔަކަށް ލިބޭކަށް އަހަރެން ނޭދެން.

ގައްބަރޭ

10 November 2018

ފޮނުވައިގެން ނުވާނެ!!!

ފަޅުވެރިން

10 November 2018

އެނދުމަތިކޮށްގެން ފަރުވާދޭ މީހަކަށް ރާއްޖޭގައި މިވަގުތު އޮތީ އޭނަ އެކަނިތަ؟؟

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454