ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ސަރުކާރު ކޯލިޝަން އެއްބަސްވުމުގައި މައުމޫން އަދި ސޮއި ނުކުރެއްވިއަސް އިބޫ އަށް ފުރިހަމަ އަށް އިތުބާރުކުރައްވާ ކަމަށް ގާތް ބޭފުޅަކު ވިދާޅުވި. -- ފޮޓޯ: އެމްޑީޕީ
12 ނޮވެމްބަރ 2018 - 12:01
އެއްބައިވަންތަ ސަރުކާރެއް ހިންގަން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު ގުޅިފައިވާ ޕާޓީތަކުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސޮއި ނުކުރެއްވުނީ އެ ވަގުތު ޖަލުގައި ހުންނެވުމުން ކަމަށް ކޯލިޝަންގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު، ތަފާތު ފިކުރުގެ ކޯލިޝަނަކުން ކޮންމެ ފަހަރަކު ވެސް ކާމިޔާބުކޮށް، އުފެދެނީ ހިޔާލު ތަފާތުވުން ބޮޑު، ހިންގަން އުނދަގޫ ސަރުކާރަކަށް ވާތީ، މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން ނުކުތީ އެއްބަސްވުމެއް އެކުލަވާލައިގެންނެވެ. އެ އެއްބަސްވުމުގައި ސަރުކާރު ހިންގާނެ ގޮތާއި ސަރުކާރުގައި ޕާޓީތަކުގެ ހިއްސާ އޮންނާނެ މިންވަރު ވެސް އޮތީ ކަނޑައަޅައިފަ އެވެ.
އިދިކޮޅު ޕާޓީތަކުގެ އިސް މަންދޫބުން ހިމެނޭ "އަށާރަ ނަވާރަ" ކޮމެޓީގައި މަޝްވަރާކޮށް އެކުލަވައިލި އެއްބަސްވުމުގައި، އޭރު ކޯލިޝަން ކެންޑިޑޭޓް، އިބޫއާ އެކު، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންގެ ފަރާތްޕުޅުން ކަނޑައެޅި މަންދޫބުން މި އަހަރުގެ ޖުލައި 13 ގައި ވަނީ ސޮއިކޮށްފަ އެވެ. ޕާޓީތަކުން ވަކިވަކިން ސޮއިކުރެއްވި އެއްބަސްވުމުގައި މިހާތަނަށް ވެސް ސޮއި ނުކުރައްވަނީ މައުމޫންގެ ފަރާތްޕުޅުން އެކަންޏެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އަށް ވާހަކަ ދެއްކެވި ކޯލިޝަންގެ އިސް ބޭފުޅަކު ވިދާޅުވީ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީން ފައިސަލް ނަސީމް އައްޔަން ކުރުމުގެ ކުރިން ސޮއި ކުރެއްވި އެއްބަސްވުންތަކުގައި މައުމޫނަށް ސޮއި ނުކުރެއްވުނީ އޭރު ޖަލުގައި ހުންނެވުމުން ކަމަށެވެ. ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި، ހައްޔަރުކޮށް މައުމޫން ހުންނެވީ މާފުށީ ޖަލުގައި ހައްޔަރު ކޮށްފަ އެވެ.
އިންތިޚާބާ ދިމާކޮށް، ކޯލިޝަނުން ނިންމަމުން ދިޔަ ބޮޑެތި ނިންމުންތަކާއި އެ ނޫން ވެސް ކަންކަމާ ގުޅޭ ގޮތުން މައުމޫނާ މަޝްވަރާ ކުރެއްވުނީ ވަރަށް ދަތި ހާލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްބަސްވުމުގައި ސޮއި ނުކުރެއްވިއަސް އޭރު ވެސް އަދި މިހާރު ވެސް އިންތިޚާބީ ރައީސް އިބޫ އަށް މައުމޫން ފުރިހަމަ އަށް އިތުބާރު ކުރައްވާ ކަަމަށް ކޯލިޝަންގެ އެ ބޭފުޅާ ވިދާޅުވި އެވެ.
"އެއްބަސްވުމަކަށް ވުރެން ބޮޑަށް ވެސް ރައީސް މައުމޫންގެ އިތުބާރު އެބައޮތް އިބޫ އަށް. އެއްބަސްވުމުގައި އޭރު ސޮއި ނުކުރެއްވި އޮތީ ޖަލުގައި ހުންނެވުމާއި އެ މަނިކުފާނާ ހަމައަށް ކަންކަން ފޯރުކޮށްދިނުމުގައި ކުރިމަތިވި އުނދަގޫތަކަކާ ހެދި. އެއްގޮތަކަށް ވެސް ސޮއި ނުކުރައްވާކަށް ނޫން،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ކޯލިޝަން ސަރުކާރުގައި ހިޔާލު ތަފާތުވުންތަކެއް ނެތެވެ. ލީޑަރުން އެއްބަސްވި ގޮތަށް ގައުމާއި ރައްޔިތުން ކުރިއަށް ނެރެ މަސައްކަތްޕުޅު ކުރެއްވުމުގައި ރައީސް މައުމޫން ދެމިހުންނަވާނެ ކަމަށާއި އަބަދުވެސް އިސް ކުރައްވާނީީ މަސްލަހަތު ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރުން، އިންތިޚާބީ ރައީސް އިބޫއާ އެކު: އެއްބައިވަންތަ ސަރުކާރެއް ދަމަހައްޓަން ލީޑަރުން ވަނީ އެއްބަސްވެފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
- އެމްޑީޕީ: 40 ޕަސެންޓް
- ޖުމްހޫރީ ޕާޓީ: 25 ޕަސެންޓް
- ކުރީގެ ރައީސް މައުމޫން: 20 ޕަސެންޓް
- އަދާލަތު ޕާޓީ: 15 ޕަސެންޓް
އެއްބައިވަންތަ ސަރުކާރު ހިންގަން އެކުލަވައިލި އެއްބަސްވުން، އިންތިޚާބުގެ ކުރިން އާއްމުކުރަން އަށާރަނަވާރަ ކޮމެޓީގައި މަޝްވަރާ ވެސް ކުރި އެވެ. އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ އެކި ބައްދަލުވުންތަކުގައި ވެސް އެއްބަސްވުން އާއްމުކުރަން ވިދާޅުވެ، ގާނޫނުއަސާސީ އަށް ބަދަލު ގެނެސްގެން އެއްބަސްވުމަށް ގާނޫނީ ހައިސިއްޔަތު ދޭން ނިންމާފައިވާ ކަން ވެސް އިއުލާންކުރި އެވެ.
އެއީ، ކޯލިޝަންގެ ސަރުކާރު ދެމިއޮންނާނެ ގޮތް ގާނޫނަކުން ފާސްކުރުމެވެ.
އިންތިޚާބީ ރައީސް އިބޫ ވެސް ވިދާޅުވެފައިވާ ގޮތުގައި އެއްބަސްވުމުގެ އިތުރުން، ލީޑަރުންގެ މެދުގައި އޮތް އިތުބާރަކީ ވެސް ފަސް އަހަރު ކޯލިޝަން ދެމެހެއްޓޭނެ ސަބަބެކެވެ. އެހެން ނޫން ނަމަ، އިންތިޚާބުގެ ކުރިން ވެސް ގައުމު ހަމަ މަގަށް އަޅުވަން ދެ އަހަރު ވަންދެން އެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާލު
12 November 2018
ސޮއި ކުރި އެއްބަސްވުންތައްވެސް ދިޔައީ ޗޮކުންނޭ. ސޮއި ނުކުރެވުނަސް އަނިޔާވެރި ވެރިކަން ނިމިއަޖެއްނުން ދެން.އިބޫ ރަގަޅަށްވެރިކަން ކޮށްދެއްވާ މި ގައުމަކީ އެއްބަސްވުންހަދައިގެން ބޮޑުންގެ ތަރިކައެއްނޫނެއްނުން އަދުލުވެރިވީމަ އެ ވީ. ފޮތާ ގޮތާ އޮތްބަޔެކޭ ދިވެހިންނަކީ އެއަށްބަލައިގެން ގައުމު ހިންގެންވާނެ ނޫންތޯ.
އައްޑޫ ބެއްޔާ
12 November 2018
މައުމޫނަކީ ބޮލުގެ މީހެއް. ބަލާބަލަ. އެ އެންމެން އެގްރީމަންޓަކުން ބަނދެލާފަ އެސޮރު އެހުންނަނީ ހެވި ދިއްލިފަ. ބުނަން މައުމޫން ތީ މޭން އެއް!
އަދުރޭކްލާހުންފާސްނުވާދަރިވަރު
12 November 2018
ސަރުކާރުގައި ޕާޓީތައް ހިއްސާވާ އިން ސައްތަޔަށް ބަލާއިރު ކޯލިޝަން ސަރުކާރުގައި 22 މިނިސްޓްރީ ނުވަތަ 19 މިނިސްޓްރީ ހުރެގެން ހަމައެއް ނުޖެހެއެވެ. އެންމެ މަދުވެގެން ހުންނަން ޖެހެނީ 20 މިނިސްޓްރީ އެވެ. އެމްޑީޕީ އަށް 8 ޖޭޕީ އަށް 5 މައުމޫނަށް 4 އަދި އަދާލަތަށް 3 އެވެ.
ކްރޯޑް
13 November 2018
މައުމޫނަށް 4ދީފަ އަދާލަތަށް ކީއްކުރަން 3 ދެނީ އަދާލަތުގަ މަޖްލިސްގެ ވެސް 1މެމްބަރެއް އިންނަނީ އަދި މާގިނަ ސަޕޯޓަރުންނެއްވެސް ނުތިބޭނެ މަޖްލިސްއިން ކަމެއް ނިންމަނވިޔަސް މެމްބަރުން ގިނަނަމަ ލިބޭ ވޯޓްވެސް ގިނަވާނެ އަދާލަތަށް 1 މައުމޫނަށް 5 އޯކޭވާނީ
ބާޣީ
12 November 2018
އެއްބަސް ވެފަ ހުރި ކަންތައްތަކާ ދެބަސްވެފަ ހުރި ކަންތައްތައް މާ ލަހެއްނުވެ ފެންނާނެ އިރާދަ ކުރެއްވިއްޔާ. ޢަހަރެެމެން ތިބޭނަން ކުޅިބަލަން.