12 ނޮވެމްބަރ 2018 - 12:05
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަށް ކުރައްވާ ދަތުރަށް ފަހު، ރާއްޖޭގައި އިންޑިއާއިން ހިންގާ މަޝްރޫއުތައް އަލުން ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް އިންޑިޔާގެ ނޫހަކުން ބުނެފި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ކަންތައްތައް އެނގޭ މަސްދަރަކާ ހަވާލާދީ އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މަގާމުގެ ހުވާކުރެއްވުމަށް ފަހު މަޝްރޫއުތައް އަލުން ފެށުމުގެ ފުރުސަތު ދެއްވާނެކަމުގެ އިޝާރާތެއް ދެއްވާފައިވާ ކަމަށެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރައީސް އަބުދުﷲ ޔާމީނުގެ ވެރިކަމުގައި ހީނަރުވެ، އެ ގައުމުން ރާއްޖޭގައި ފަށާފައިވާ ބައެއް މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއަކީ ސިފައިން ތަމްރީނުކުރާ އެކަޑަމީއެކެވެ. މި މަޝްރޫއު ވެސް އަލުން ފެށުމުގެ އުންމީދު އެބައޮތް ކަމަށް އެ ނޫހުން ބުނެ އެވެ.
އިންޑިއާއިން ޅ. މާފިލާފުށީގައި އަޅައިދޭ ކޮމްޕޮޒިޓް ޓްރެއިނިންް ސެންޓަރުގެ ބިންގާ 2012 ވަނަ އަހަރު ވަނީ އަޅައިފަ އެވެ. އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ އެ ގައުމުގެ އޭރުގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީ ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ. ނަމަވެސް އެ ސެންޓަރުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރީ 2014 ވަނަ އަހަރު އެވެ.
ނޫހުން ބުނީ ޑިފެންސް ސެކްޓާގެ މަޝްރޫއުތަކުގެ އިތުރުން އެހެން ބައެއް މަޝްރޫއުތައް ވެސް އިބޫގެ ވެރިކަމުގައި އަލުން ފަށަން އިންޑިއާއިން އުއްމީދުކުރާ ކަމަށެވެ. އަދި ބުނީ އާ ސަރުކާރުން "އިންޑިއާ ފަސްޓް ޕޮލިސީ" އިއާދަކޮށް އިންޑިއާގެ މަސްލަހަތުތައް ހިމާޔަތްކުރާނެ ކަމުގެ އިޝާރާތެއް އާ ސަރުކާރުން ކޮށްފައިވާ ކަަމަށެވެ. ޗައިނާއިން ރާއްޖޭގައި އަސްކަރީ ބޭހެއް ގާއިމްކުރިޔަ ނުދިނުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ބުންޏެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނި ނަމަވެސް ދެ ސަރުކާރުން ކުރިއްސުރެ ބުނަމުން އައީ ގުޅުން ގޯސްވެފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހހހދ
12 November 2018
އިންޑިޔާއިން ރާއްޖޭގައި ފށާނެ މަޝްރޫޢުއެއް ނޯންނާނެ. ދޭނީ ދޯކާ. ނުލާހިކު ލަސް ބިއުރޯކްރަސީއަކުން ދަޅަ ދެއްކުން ނޫންކަމެއްނުކުރެވޭނެ.
އަހުމަދުބޭ
12 November 2018
ރާއްޖޭގެ ތަރައްގީއަށް އެއްވެސް ވަރެއްގެ ހިއްސާއެއް އިންޑިއާއިން ނުހޯދައިށެވެ، އަޅުގަނޑުމެން މިބޭނުންވާ ތަރައްގީއެއް އިންޑިއާގޮވައިގެން ނުވާނެއެވެ، އަދި ނުވެސް ގެނެވޭނެއެވެ. އެމީހުންގެ އެދުން ބޮޑުވެފައި ތަރައްގީގައި އެމީހުން އުޅޭނީ ސްނެއިލް ސްޕީޑް ގައެވެ، މިއަދު އަޅުގަނޑުމެން ތަރައްގީއަށް ބޭނުން ވަނީ ޖަޕާން، ސިންގަޕޫރު، ޗައިނާ އަދި ޑެންމާކް ފަދަ ގައުމު ތަކުގެ ތަރައްގީއެެވެ.
ޖުހާ 2
12 November 2018
ޙެޔޮ ނުވާނެ. ޢިންޑިއާ ގެ ކިބައިން ރާއްޖެ ސަލާމަތް ކޮއްދީ
ޢާމިރު
13 November 2018
ޢަންނިހުރީ އިންޑިއާއަށް ބޭނުން ކޮންމެކަމެއް ރާއްޖޭގަ ކުރެވޭނެގޮތަށްހަމަޖައްސައިގެން ރާއްޖެއަށްވުރެ މިހާރުވެސް އެތަނުން އައިސްތިބޭ މީހުންގެ ބާރުގަދަ އެހެންވެތާ އެބުނާ މޮހޮނަށް ދޭހެން ދީފައޮތް ހެކޮޕްޓަރުވެސް ނުގެންދިޔައީ އަދި މިތާ މީހަކަސް ދުއްވަން ދަސްވެސް ކޮއްނުދީ އޭތި ބެލެހެއްޓުމުގެ ނަމުގަ ސިފައިންގެ ތެރޭގަ މަސައްކަތްކޮއްފަތިބި 50އަކަށް މީހުން އެތިބެނީ ނުދާން ގަދަ ފައި ވިއްދާފަ އެމީހުންވެސް ފޮނުވައެއް ނުލެވުނު ހެލިކޮޕްޓަރެއްވެސް ނުގެދިޔަ މިތާ
ބޭބެ
12 November 2018
އިންޑިޔާގެ މަސައްކަތްތަކަކީ ވަރަށް ކަސް ފެންވަރު ދަށް މަސައްކަތްތަކެއް!! އެހަރަ އައިޖީއެމްއެޗް ނިމުނުއިރު އޮތީ މަރާމާތުކުރަން އޭރު ޖެހިފަ!! ވަރަށް ދަށްފެންވަރުގެ ތަކެތިން ކަންކަންކުރަނީ!! މިޒަމާނުގެ ތަރައްގީއާއި ތަމައްދުން ބޭނުންވާ ބަޔަކު އިންޑިޔާ ލައްވާ މަސައްކަތްތަކެއް ނުކުރާނެ!!
މަލިކުތަކުރު
12 November 2018
ކޮބާހޭ މަލިކު؟ ބަލަ މަލިކު އަބުރާ ދޭށޭ. އަނެއްކާ މި ރާއްޖެ ހިފަން ރެޑީވަނީތަ؟
އިންޑިޔާ ލާސްޓް
12 November 2018
އިންޑިޔާ އިން ރާއްޖޭގަ ހިންގަން ބޭނުންވަނީ ކޮންކޮން މަޝްރޫއުތަކެއްތޯ. ނިކަން ބުނެދީބަލަ. ކުރީގަ ވެސް ރާޑަރު ހަރުކުރާށޭ ކިޔާފަ އެގުޅާލީ އެމީހުންގެ ޖާސޫސީ ނެޓްވާކާ. ޗައިނާޢޭ ކިޔާފަ ބޭނުންވަނީ އަސްކަރީ ގޮތުން ރާއްޖެ ކޮންޓްރޯލް ކުރަން. ރާއްޖެއަށް ބޭނުންވާ މުހިއްމު އެއްވެސް ބޮޑު ކަމަކަށް ނިކަން %2 އިންޓަރެސްޓްގަ 30 އަހަރުން އަބުރާ ދައްކަން ލޯނެއް ވަރުވެސްދީ ބަލަ. ނުދޭނެ! ހަމަ ހަރާން. ދެން ކީކޭ ކިޔާކަށް!
ރާއްޖެ
12 November 2018
އިންޑިޔާއިން ޗައިނާގެ އަސްކަރިއްޔާގެ ބޭސްއެއް ރާއްޖޭގަ އަޅަން ނޭދޭ ފަދައިން، ރާއްޖޭގަ އިންޑިޔާގެ އަސްކަރިއްޔާގެ ބޭސްއެއް އަޅަން އަހަރެން ނޭދެން. ހީވަނީ މިމީހުން އައްމަ އައްޕަ ތަނެއްހެން ރާއްޖެއަކީ ގޮތް ކިޔަން.
ސުވާލު
12 November 2018
އިންޑިޔާ ބޭނުންވިއަސް، އަމިއްލަ ޤައުމަށް ނުގެނެވުނު ތަރައްޤީއެއް ރާއްޖެއަށް އިންޑިޔާ ގެންނާނީ ކިހިނެއް؟
ޢާމިރު
13 November 2018
ޢެކަމަކު އަންނިއަށް ހީވެޔޭ ފިސާރިޔެކޭ އަންނިގެ ނިންމުމަށް އިބޫއަކަށް ނުކެރޭނެ ދެކޮޅު ހަދާކަށް އިބޫގެ ހުރި ހިތްވަރެއް ބަލަން ތިބެމާ
އުމަރުބެ
12 November 2018
އިންތިހާބީ ރައީސް ހަނދާންކުރާތި، ކެމްޕޭނުގައި ބުނި ދިވެހިންނަށޭ އިސްކަންދޭނީ، އަދިވެސް ހޮވުނުފަހުން ނުވިދާޅުވޭ ދިވެހި ވިޔަފާރިވެރިންނަށް އޮތް ފުރުސަތު، އެކަން ހަނދުމަފުޅުކުރަންވާނެ
ކިއްލިބާޝާ
12 November 2018
އެހެންވީމާ ގައުމުގާ ސޯސްޖަހާ މި ގައުމު ކާލަންތާ މޮޑީ އެވަޑައިގަންނަވަނީ.