މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. އޭނާގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވަނީ ނެރެފައި. - ފޮޓޯ: މަޖިލިސް
15 އޯގަސްޓް 2016 - 12:50
ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމްގެ ނަން އިއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާއިން އޭނާ ބޭރުކޮށްފި އެވެ.
މިއީ މަޖިލީހުގެ ދެވަނަ ދައުރު ފެށުނު ފަހުން މަޖިލީހުގެ މެމްބަރެއްގެ ނަން އިއްވި ފުރަތަމަ ފަހަރެވެ. އާޒިމްގެ ނަން މަޖިލިހުގެ ރިޔާސަތުން އިއްވި ނަމަވެސް މިއަދުގެ ޖަލްސާ މެދުކަނޑާލާފައެއް ނުވެ އެވެ. އާޒިމް ވަނީ އޭނާގެ ނަން އިއްވުމުން އަމިއްލައަށް ޖަލްސާ ދޫކުރައްވައި ވަޑައިގެންފަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މެމްބަރެއްގެ ނަން އިއްވައިފިނަމަ، ޖަލްސާގެ ބާކީ އޮތް ބައިގައި އެ މެމްބަރަކަށް ބައިވެރިއެއް ނުވެވޭނެ އެވެ. އަދި މެމްބަރު ތަޅުމުން ދޫނުކުރައްވައި ވަޑައިނުގެންފިނަމަ، ކޮމެޓީތަކުގެ ހާޒިރީން 55 ޕަސަންޓު އުނިކުރަން ޖެހެ އެވެ. އެއާއެކު ކޮމެޓީ އެލަވަންސުގެ ގޮތުގައި ލިބޭ 20،000ރ. އިން ބައެއް އުނިވާނެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ ހޫނުވީ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީގެ ވާހަކައިގައި، އަލީ އާޒިމް ޑީއާރުޕީގައި ހުންނެވިއިރު، އެމްޑީޕީ މެމްބަރުންނަށް "ވަގަށް" ގޮވި ކަމަށް ތުހުމަތު ކުރެއްވުމުންނެވެ.
މިއަދުގެ ޖަލްސާގައި އާޒިމްގެ ނަން އިއްވިއިރު، ބަހުސް ކުރަމުން ދިޔައީ އެއްވެ އުޅުން ހަނިކުރުމަށް، އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށެވެ.
"މި އިންނެވި އާޒިމްއާ ދިމާލަށް ވެސް [އެމްޑީޕީގެ މެމްބަރުން ކުރިން] ވަގަށް ގޮވި. މިހާރު އާޒިމް ރަނގަޅު. ކުރިން ޑީއާރުޕީގައި ހުންނެވިއިރު، އެމްޑީޕީން ވަގަށް ގޮވި،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ކުރައްވާ ކަންކަން ކަމުނުދާ ކަމަށާއި އެ މެމްބަރުންގެ މަގްސަދަކީ ގައުމު ފަސާދަކުރުން ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަަމަށް ވިދާޅުވެ، އިބްރާހިމް ދީދީ ވަނީ އެމްޑީޕީ މެމްބަރުން ފާޑު ވިދާޅުވެފަ އެވެ.
ނަމަވެސް އެމްޑީޕީ މެމްބަރުންނާއި އާޒިމް ވަނީ އަޑުުގަދަ ކުރައްވައި އިބްރާހިމް ދީދީގެ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އާޒިމަށް ނަސޭހަތްތެރިވެފަ އެވެ. އަދި ތަކުރާރުކޮށް، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުން އެދުމުން ވެސް، އާޒިމް އެގޮތަށް އަމަލު ނުކުރެއްވުމުން އާޒިމްގެ ނަން ރިޔާސަތުން އިއްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުށްގުޑި
15 August 2016
ސާބަހޭ މޫސާ. ގަޓުހުރީ އާޒިމަކުނޫން. ގަޓުހުރީ މޫސަގެ. ގައުމުގެ ވެރިކަންވެސް ހަވާލުކުރަންވީ މޫސައާއި ހަޅޭފަޅޭޖަހާ ބަޔަކު ތިބީވިއްޔާ އުފުރާލާފަވެސް ގައުމާއިގެން ކުރިއަށްދާނެކަން ހަމަޔަގީން.
ޜަމީ
15 August 2016
އަލީ އާޒިމަކީ ގަޓު ހުރި ބޭފުޅެށް
ހަތަރެސްކަން
15 August 2016
ވިޔާނުދާ ހުރިހާގޮތަކަށް މަޖިލިސްމެމްބަރުންއުޅެ ގައުމައް ނަމޫނާ ދެއްކުމުގެ މިނިވަންކަން އޮތުމަށް ހުރިހާ ދިވެހިން ބޭނުންވާނެތޯ....
ޝިފާގު
15 August 2016
މަޖިލީހުގެ ތަޅުމުގައި މެމްބަރުން ހެއްދެވިނެހެއްދެވިޔަށް ގޮވުން ހުއްދަވިޔަސް، ދިވެހިރާއްޖޭގެ މީޑިޔާއަކުން ދައްކާއެއްޗަކުން މީހެއްގެ އަބުރަށް އުނިކަމެއް އަތުވެއްޖެނަމަ ފުލުހަށް ހުށަހަޅައިގެން އެމައްސަލަ ބެލެން ޖެހޭނެއެވެ. އެއީ ރައީސްވެސް ބޭނުންފުޅުވާނެ ގޮތެވެ.