ޚަބަރު / އަހުމަދު ރިލުވާން

މަރުގެ މައްސަލަތަކުގެ އެންމެ ފުނަށް ދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ސުއޫދު

ސުއޫދު މީޑިއާއާ ބައްދަލުކުރައްވަނީ.---ފައިލް ފޮޓޯ: މިހާރު

ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ކުރިއަށް ގެންދާނީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ކަމަށް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވީ، ގެއްލިފައިވާ އަދި މަރުވެފައިވާ މީހުންގެ މައްސަލަތަކަކީ އާންމުންނާ ވަރަށް ގުޅުން ހުރި މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން އާންމުންނަށް މައުލޫމާތު ސިއްރުކޮށްގެން ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ހާމަކަން ބޮޑު ގޮތަކަށް އިންވެސްޓިގޭޝަން ދާ މިންވަރާއި މައުލޫމާތު ރައްޔިތުންނަށް އަޅުގަނޑުމެން ހާމަ ކުރާނަން. މިއީ ރައްޔިތުންނަށް ކޮށްދޭ ކަމެއް. އަދި އަނިޔާ ލިބިފައިވާ އާއިލާތަކަށް ތަސައްލީއެއްގެ ގޮތުން ކޮށްދޭ ކަމެއް. އާންމުންނާ ގުޅޭ މިފަދަ ބޮޑު ކަމެއްވީމަ އަޅުގަނޑުމެން އާންމުންނަށް ގަވާއިދުން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށްދާ ގޮތާއި ލިބޭ މައުލޫމާތު ހާމަ ކުރަމުން ދާނީ،" އޭނާ ވިދާޅުވި އެވެ.

މައްސަލަތައް ތަހުގީގު ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ބައެއް މައްސަލަތަކަށް ގިނަ ދުވަސްވެފައިވުންކަން ސުއޫދު ފާހަގަ ކުރެއްވި އެވެ.

"މަސައްކަތް ފެށީމަ އަސްލު ހުރި ގޮންޖެހުންތައް އެނގޭނީ. އެކަމަކު އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބައެއް މައްސަލަތަކަށް ވަރަށް ދުވަސްވެފައި އޮތުން. ދުވަސްވެފައި ހުރި މައްސަލަތައް ވަރަށް ޗެލެންޖިންވާނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

ގެއްލިފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދާނީ ބޭރުގެ ޖަމިއްޔާތަކާއި ފަންނީ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި އެ މައްސަލަތަކުގެ އެންމެ ފުނަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަމިއްލަ އަމިއްލަ އަށް ނުކުރެވޭނެ މިކަމެއް. ޓެކްނިކަލް ނޮލެޖް ބޭނުންވޭ މިކަމަށް. މަރުތަކުގެ ހަގީގަތް ހޯދޭނެކަން އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް. އަޅުގަނޑުމެން ބޭރުގެ އެކި ފަންނުތަކުގެ ތަޖުރިބާކާރުންގެ އަދި އޯގަނައިޒޭޝަންތަކުގެ އެހީ އެހީތެރިކަން ހޯދާނަން. އަޅުގަނޑަށް ވަރަށް އިތުބާރު އެބަ އޮތް މައްސަލައިގެ އެންމެ ފުނަށް ދެވޭނެ ކަމުގެ،" ސުއޫދު ވިދާޅުވި އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަން އެކުލަވާލެއްވުމަށް ފަހު ސުއޫދުގެ އިތުރުން މެންބަރުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ވަކީލު ފަރީޝާ އަބްދުﷲ އާއި ނޫސްވެރިޔާ މިސްބާހު އައްބާސް އާއި އަބްދުﷲ މުނާޒްގެ އިތުރުން އާދަމް އިބްރާހިމެވެ.

gazette-47-177.pdf

gazette-47-177.pdf

Shared with Dropbox

Dropbox

ކޮމިޝަން އުފެއްދި ގަރާރު:

ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން ހަގީގަތް ނޭންގޭ މަރުތަކަކީ ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ ޔާމީން ރަޝީދުގެ މަރެވެ. އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.

35 ކޮމެންޓް, 74 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮންކީ

20 November 2018

ތިއީ ވަރަށް ފަސޭހަ ކަމެއް ... ރިޔާޒު އެބަބުނޭ ރަނގަޅު ޕުލެޓުފޯމެއްގެ ވާހަކަ.. ޝޭހު އިމުރާނު ބޮޑުމުޒާހަރާގަ ދެއްކި އޭފޯ ރީމެއްގެ ހެކި ... ޝޭހު އިލްޔާސް އެބަބުނޭ 10 މީހެއްގެ ވާހަކަ

ގާބެ

20 November 2018

ކުރީގަ ފުރޮޅި ހުރިހާ ގަލެއް އަލުން ފުރޮޅަން ފަށަނީ : އަމިއްލަ އަންބޮޑި އަށް ބޮޑު ކުރާން ތިއުޅެނީ

ތުނބުޅި

19 November 2018

ފުނައްގޮސް ނޭވާކޮޅަށް ދާންވާއިރަށް މައްޗައްނޭރުމަކީވެސް އެކަށީގެންވާ ކަމެއްކަަން ހަނދާން ކޮއްދެމެވެ.

ބޭބެ

19 November 2018

މާގިނަދުވަސް ތިކަމުގައި ހޭދަ ކުރާނެ ކަމެއްނެތް. ހުރިހާކަމެއްވެސް ޔާމީނުގެބޮލުގައި އެޅުވުމަށްފަހު ހުކުމްކުރީމަ އެލިބުނީ އެއްމެ މަތީ އިންސާފު

ގާދިރު

19 November 2018

އަވަހައް ދާންވީ.. ލަހެއްފަހެއް ކުރާނެ ކަމެއްނެތް..

އަބްދޫ

19 November 2018

ގާނޫނުއަސާސީގެ 52 ވަނަ މާއްދާ މިހާރު އޮތް ގޮތަށް އޮވެގެނެއް މިމައްސަލަތަކުގާ ކުރެވޭނެ ކަމެއްނެތް.ގާޒީގެ ކުރިމަތީގަ ވެވޭ އިއުތިރާފް ފިޔަވައި އެހެންކަމެއްގަބޫލު ނުކުރަން އެމަާއްދާ ގަ ބުނާ އިރު ގާޒީކުރިމަތީ މިވެނިކަމެއްކުރީމޭ ބުނާނީ ކާކު ؟ ސުއޫދު ގާތު ކުރީމޭ ކިޔާފަ ގާޒީ ކުރިމައްޗަށް ދިޔައިމާ ނުދެނަހުރީމޭ ބުނީމަ އެވީ އެހިސާބުން ބަރީއަވީ އެއީގާނޫނުގަ އޮތް ގޮތް ދޯ ސުއީދަކީ ތިޔަވަރުގެ މައްސަލައެއް ތަހުގީގު ކުރެވޭފަދަ މީހެއްނޫން

މާލޭމީހާ

19 November 2018

ހެހެ. އިތުބާރ ގެއްލި ނަޒާހަތްތެރިކަމެއް ނެތް މީހެްތީ. ކޮމިޝަން ތިއޮތީ ވަކި އަތަކަށް ބުރަވެފަ

މަރޭމިތުރާ

19 November 2018

މަރާމަރުތަށް ބަލައި އެޅި ފަސްތައް ނަގަންވީ! މަރާމަރުތަކުގެ ގާތިލުންތައް ހާމަވެސްކުރަންވީ!

އިންޓެގްރިޓީ

19 November 2018

ތި ކޮމިޝަނުން ކުރ ާކަމެއްވެސް ރައްޔިތުން ގަބޫލެއް ނުކުރާނެ. އެއީ ތިތާކު ނެތް ކްރެޑިުބިލިޓީ އޮތް ފަރާތެއް. ތިތަން ތަނަށް ލާން ޖެހޭނީ ދުވަސްވީ ބޭފުޅުން. ކޮފީތަކަށް އަރާ ޒުވާން ސޮރުމެންނެއް ނޫން. މިސާލަކަށް ޑރ. އަބްުދުއްސަތއްތާ ޔޫސުފް، ކެނެޑީ، އަނީސާ އަހްމަދު ފަދަ އިންޓެގްރިޓީ އާސްމާނުގަ ޖެހިފަ ތިބޭ ބޭފުޅުން ތި ކޯއްޗެއް؟ ރައީސް ތި އެޅުއްވީ ކަތި ފިޔަވާލެއް. ރައީސަށް އިތުބާރު އެބަ އޮތް އަދިވެސް. މިކަން ރަގަޅުކުރެއްވުން ވ މުހުންމު!

އިންޑިޔާއިން

19 November 2018

އަފުރާޝީމްގެ މައްސަލަ ރަނގަޅަށް ބައްލަވާތީ. ހިތްވަރު ހުންނަންޖެހޭނެ

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454