ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓު ބައްދަލުވުން މިއަދު ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
19 ނޮވެމްބަރ 2018 - 18:18
ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހައި ކަންތައްތަކުން ދުރުވެ ތިއްބެވުމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ބޭއްވި މި ސަރުކާރުގެ ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.
ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުވެ ތިއްބެވުމަށް، އެމަނިކުފާނުގެ ކެބިނެޓުގެ ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ބައްދަލުވުމުގައި ވެސް އިލްތިމާސް ކުރެއްވިއިރު، މި ސަރުކާރު ވެރިކަމަށް އައީ ކޮރަޕްޝަނާއި ރިޝްވަތާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރާނެ ކަމުގެ ވައުދާ އެކު އެވެ.
އަދި މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވިދާޅުވި ގޮތަށް، އެމަނިކުފާނު ވަނީ ދައުލަތުގެ އެކި އެކި މަގާމުތަކުގައި ތިބި މީހުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކައި، ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ކޮމިޝަނެއް އުފައްދަވައިފަ އެވެ.
ކެބިނެޓުގެ މިއަދު ބައްދަލުވުމުގައި، ރައީސް ވަނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަން ވީ އެންމެ ބާރުމިނެއްގައި ފުރިހަމަކޮށް ކުރިއަށް ގެންދެވުމަށް ހުރިހާ ވަޒީރުންނަށް އިލްތިމާސް ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އެންމެހައި ކަންތައްތައް ދެނެގަތުމަށްޓަކައި، ދައުލަތުގެ މި އަހަރުގެ ބަޖެޓާއި އަންނަ އަހަރުގެ ބަޖެޓާއި އިދާރާތަކުގައި ތިބި މުވައްޒަފުންގެ ތަފްސީލާއި އިދާރާތަކަށް ހިނގާ ގަވާއިދާއި އުސޫލުތަކުގެ އިތުރުން މެނުއަލްތަކާ ގުޅޭ މައުލޫމާތު ވެސް ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގައި ހިއްސާ ކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓު ބައްދަލުވުން މިއަދު ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މީގެ އިތުރުން ހިނގަމުން އަންނަ އަދި ރޭވިފައިވާ މުހިންމު މަސައްކަތްތައް ނުވަތަ އިދާރާތަކުން ހިންގާ ޤައުމީ މަޝްރޫޢުތަކުގެ މަޢުލޫމާތާއި، ކޮމިޓީތަކުން ހޯއްދެވި ހޯއްދެވުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، މައްސަލަ ޙައްލުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާ މެދު ވެސް މިއަދުގެ ޖަލްސާގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިސްޓަރބްޑް
20 November 2018
ފުރަތަމަ ބައެއް ވަޒީރުން ރިހެބިލިޓޭޓްކޮށްގެން ނޫންތޯ ތިކަންވާނީ؟ ކޮންމެވެސް ޝޭޚަކު ހަފްތާއަކު 1 ފަހަރު ވަޒީރުންނަށް ދަރުސް ދެއްވުމުން ވަރަށް އިފެކްޓިވްވެދާނެ. އެކަމު އެ ޝޭޚުގެ ފަތިފުއްވެސް ނުބަލާ އެކަމެއް ނުވާނެ. ނޫނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޕްރޮ އުގެއިލް ލައްވާ މޮޅު އީޖާދެއްކޮށްގެން ތިކަން ބެލޭނެ ގޮތެއްވެސް ހެދިދާނެ.
ޝޮކްތެރަޕީ
20 November 2018
އެމްޑީޕީގެ މޮޅުކަމަކީ ވައްކަން ކޮއްފަ. ކޮރަޕްށަން ހިންގާފަ. އެހެން މީހުންގެ ބޮލައްކަޑާލުން. ހެޔޮވިންނޭ މީހުންނަ އެގޭނެ އެމްޑީޕީއަކި ކޮންކަހަލަ ބައެއްކަން.
ވޯޓު
20 November 2018
މަންޑޭލާ ކަލެއަށް ހާދަހާވާއެގެޔޭދޮތަ ކަންކަން އިބޫ ނިންމާނެހާގޮތެއް ތިއައީ ހަމަމީދާކޭ އުބެއް ތިޔައް އެގޭނީ މިރާއްޖޭގަ ފިތުނަފަސާދަ އުފައްދަން ރަގަޅު އެއްގޮތް ނުވެމެ އޮންނާނެ ތިޔަބައިގަނޑަކަށް އަދިމިއުޅެނީ ވެރިކަން ރަގަޅަށް ނުފެއްޓި މިހާރު ގޯސް ތިއަވީ އިބޫ
އެނޮން
20 November 2018
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކެބިނެޓްއެކުލަވާލާފަ ތިހެން ވިދާޅުވީމަ އަންނަނީ ހިނި. ތިންގަޑިއިރު ކިއޫގަ ހުރެގެން ވޯޓުލީ ވަރަށް ބޮޑު އުންމީދަކާއެކު. ދިސް ޖަސްޓް މައިޓްބީ ދަ ލާސްޓްޓައިމް އެނީ އޮފް ޔޫ އާ ގޮއިންޓު ފޫލް މީ އިންޓު ވޯޓިންގ
ކަލޯގެއާ
20 November 2018
ކޮރަޕްޝަނަކީ ދޮންވެ ފައްކާވެފަ އޮންނަ ޑިމޮކްރަސީ އެއްގެ އެއް އަސާސް އޭ! ރައީސްވެސް ތިޔަހެން ހަދަން ނޫޅުއްވަމާ ބަހީ!
މަތިން ތިރިއަށް
20 November 2018
ރައީސް އިބޫވެސް ތީގެ ހިމެނޭ ގޮތަށް ތިއިލްތިމާސް ކޮށްދެއްވާ. އަޅުގަޑުގެ ވަރަށްބޮޑު ކަންބޮޑުވުމެއް ރައްޔަތުން މަނިކުފާނު އިންތިހާބުވިތަނާހެން ސައުދީއަށް ވަޑައިގެން ރައްޔަތުންނަށް ސިއްރު ބައްދަލުވުމެއްބޭއްވުމަށްފަފު ކުރީގަ ވައުދުވި ގޮތަށް ގަތަރާއި އީރާނާއި ގުޅުން ގާއިމުކުރުމުގެ ވާހަކަ އަޑުނީވޭތީ. ސައުދީން މަނިކުފާނަށް އަދި ރ ނަޝީދަށް އެރުވީ ކޮން "ހަދިޔާ" އެއްތޯ؟
ހައްގުނ
20 November 2018
އެންމެން ވެސް ވަރަށް ދުރުގައި މިތިބެނީ، އެސައިންމެންޓް ހަދަނީ ފައިސާ ދީގެން، ވަޒީފާ ހޯދަނީ މަޖުލިސް މެމްބަރުން މެދުވެރިކޮށްގެން، ޑްރައިވިން ލައިސަންސް އަކީ ގަނެވިއްކާ އެއްޗެއް. އައިޑީކާޑު ނިންމާލަނީ ރައްޓެއްސެއް މެދުވެރިކޮށް ފޯނުން، މަޖުލީހަށް ވަންނަނީ ވޯޓު ގަނެގެން، ވަޒީރުންގެ މަޖުލީހަށް އަންނަނީ ރިސޯޓު މެދުވެރިކޮށް، ރައީސްގެ މަގާމަށް އަންނަނީ އޮޅުވާލައިގެން އެންޓި ކެމްޕޭން ކޮށް ވޯޓު ގަނެގެން. ވަރަށް ދުރުގައި އެންމެން ވެސް މިތިބެނީ.
ސhawwa
20 November 2018
އަލީ ވަހީދު ހުރީ ކަރަޕްޝަނާއި ވަރަށް ދުރު، އެހެން ހުރެފައި ފުންމާލީ ސީދާ ވަޒީރުންގެ މަޖުލިހަށް.
ޓާޒަން / ބ.ހިތާދޫ
19 November 2018
ކޮރަޕްޝަނަކީ ކޯންޗެއްކަން ކިޔަވަން ބައެއް ޅަވަޒީރުން އެބައެބަޖެހޭ އިންޑިޔާއަށް ފޮނުވަން. ތިތާއެބައުޅޭ ކޮރަޕްޝަނާ ހަދިޔާއާ ވަކިކުރަން ނޭންގޭވަރު ތުއްތު ކުދިން.
ކިއްލިބާއްޝާ
19 November 2018
ކެބިނެޓުގަ ތިޔަ އިންނެވި އަލީ ވަހީދު ކުރެން އައްސަވާ އެހާ އަތްމަތި ތިޔާގިވީ ކިހިނެއްތޯ. އޭނަ ތިޔަތާ ބައިންދައިގެން ކޮރަޕްޝަންގެ ވާހަކަދެއްކެވީމަ މޭނުބައިކުރޭ.