ޚަބަރު / ރާއްޖެ-ޗައިނާ

ޗައިނާއާ އެކު މަސައްކަތް ކުރެވޭނީ އަސްކަރީ މަރުކަޒެއް ހަދައިދީގެން: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާގެ އަސްކަރީ މަނަވަރެއްގައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭން ޗައިނާއާ އެކު އަސްކަރީ ގުޅުން ދެމެހެއްޓެން އޮތީ ރާއްޖޭގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ދީގެން ކަމަށާއި އެފަދަ ހުއްދައެއް އެއްވެސް ގައުމަކަށް ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އަސްކަރީ ދާއިރާއާ ގުޅޭ ގޮތުން ރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ދިވެހިރާއްޖެ އެއްވެސް ގައުމަކާ "ރުޅިއެއް ނޫން" ކަމަށެވެ. ނަމަވެސް އަސްކަރީ ގޮތުން ގުޅުން ބާއްވާ ގައުމުތަކަކީ އިންޑިއާ އާއި ސްރީލަންކާ ކަމަށް ވާއިރު އެއީ އަވައްޓެރި ގައުމުތަކަށް ވީމަ ބާއްވާ ގުޅުންތަކެއް ކަމަށް ވިދާޅުވި އެވެ. އަދި އެ ގައުމުތަކުގެ އަސްކަރީ މަރުކަޒެއް ހެދުމުގެ ފުރުސަތު ނުދީ ވެސް އެ ގުޅުން ބޭއްވޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ނަމަވެސް ޗައިނާއަކީ ރާއްޖެއާ ދުރުގައި އޮތް ގައުމަކަށް ވާއިރު އެ ގައުމާއެކު އަސްކަރީ ގުޅުން ބޭއްވެން އޮތީ އަސްކަރީ މަރުކަޒެއް ހަދަން ވަކި ސަރަހައްދެއް ދީގެން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ޗައިނާއަކީ ޕެސިފިކްގައި އޮންނަ ގައުމެއް. އެ މީހުންގެ އަސްކަރިއްޔާ އުޅެނީ މުޅިން އެހެން ހިސާބެއްގައި. އެހެންމީހާ އަޅުގަނޑުމެންނަށް ޕްރެކްޓިކަލީ ޗައިނާއާ އެކީ އަސްކަރީ ގުޅުންތަކެއް ހިންގާ ކަމަށް ވަންޏާ އަޅުގަނޑުމެން އެ މީހުންނަށް އެބަ ބޭސްއެއް ދޭންޖެހޭ،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

"އެކަމަކު އިންޑިއާ އަކީ އެ މީހުންގެ ގައުމެއްހެން، އިންޑިއާގައި ތިބެގެން އަޅުގަނޑުމެންނަށް އެހީތެރިކަމެއް ބޭނުންވާ ވަގުތެއްގައި ފޯރުކޮށްދެވޭ ގޮތަށް ތިބި ބައެއް އެއީ. އެހެންވީމަ އެ ހަގީގަތް ހިނގާ ސިޔާސީ ސަބަބުތަކަށްޓަކައި އޮޅުވައިނުލުމަށް،" މާރިޔާ ވިދާޅުވި އެވެ.

ދާއިމީ ގޮތެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ގޮތަށް ހަމަޖައްސައިފި ނަމަ، އިންޑިއާ އިން ރާއްޖެ އަށް އެއް ބިލިއަން ޑޮލަރުގެ މާލީ އެހީ ދޭން ހުށައެޅި ކަމަށް، ޖަޕާންގެ ބޮޑު ނޫހަކުން ބުނެފައިވާ ބުނުން މާރިޔާ ދޮގު ކުރެއްވި އެވެ.

Askaree gulhunthah varugadha kuraa nama Rajje ah 1 billion dollaru ge loan aai ehee!

Askaree gulhunthah varugadha kuraa nama Rajje ah 1 billion dollaru ge loan aai ehee!

The most trusted news source in the Maldives

Mihaaru

އަސްކަރީ ގުޅުންތައް ވަރުގަދަ ކުރާ ނަމަ ރާއްޖެއަށް 1 ބިލިއަން ޑޮލަރުގެ އެހީއެއް އިންޑިއާއިން ދިނުން--

އޭނާ ވިދާޅުވީ އެއީ ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަވައްޓެރި ގައުމަކަށް ވާއިރު އިންޑިއާ ސިފައިން ދާއިމީކޮށް ރާއްޖޭގައި ތިބެން ބޭނުންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އިންޑިއާއަކީ އަސްކަރީ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ވުމެވެ.

"އެހެންވީމަ އެ މީހުން މި ތަނަށް އައިސް މިތާ [އަސްކަރީ މަރުކަޒެއް] އަޅައިގެން އަޅުގަނޑަކަށް ނުފެނޭ އެއްވެސް ސަބަބެއް އެ މީހުންގެ އޮތް ކަމަކަށް. އެ މީހުން ރަށުގައި ތިބެގެން އެ ހުންނަ މަރުކަޒުތަކުން މިތަން ކަވާ ކުރެވޭ ވަރަށް ކައިރީގައި އޮންނަ ބައެއް އަޅުގަނޑުމެންނަކީ."

"ހއ. ތުރާކުނުން އައްޑު އަށް ދާން މާ ގިނައިރު ނަގާނެ އިންޑިއާ އިން އަޅުގަނޑުމެން މާލެ އައުމަށްވުރެ. އެހެންވީމާ އެ ކަހަލަ ވާހަކައަކީ ކޮންމެވެސް ސިޔާސީ ބޭނުމެއްގައި ބަޔަކު ބޭރަށް ނެރޭ ވާހަކައެއް."

ހެލިކޮޕްޓަރު މުހިންމު، އެއީ އިންޑިއާގެ ހިލޭ އެހީ

އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ވެސް މިނިސްޓަރު ރޭ ވަނީ ރައްދު ދެއްވައިފަ އެވެ.

މާރިޔާ ވިދާޅުވީ ހެލިކޮޕްޓަރަށް ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރަނީ އިންޑިއާ އިން ކަމަށް ވާއިރު އެއީ ދިވެހި ދައުލަތުން ހަރަދެއް ނުކޮށް ލިބޭ މުހިންމު ހިދުމަތެއް ކަމަށެވެ.

"މެޑިކަލް އިވެކުއޭޝަނެއް ހެދިއްޔާ އެކަމަށް ބޭނުންވާ ތެޔޮ ވެސް ދެނީ އިންޑިއާ އިން. ސާޗިން ރެސްކިއު އަށް ބޭނުން ކުރާއިރު ވެސް އޭގެ ހުރިހާ ތެލެއް އަޅައި ހުރިހާ ހަރަދެއް ކުރަނީ އެ މީހުން [އިންޑިއާ]. އެއީ އެ މީހުންގެ އެއްޗެކޭ ކިޔައިގެން އޮންނާތީ،"

އަމިއްލަ އަށް ހަރަދު ކޮށްގެން އެފަދަ ކަންކަން ބެލެހެއްޓޭ ވަރަށް ދިވެހި ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އެ ކަންކަން ކުރައްވާނީ އަވައްޓެރި ގައުމުތަކުގެ އެހީގައި ކަމަށް ވިދާޅުވި އެވެ.

"ފެނާއި ނަރުދަމާ ކަހަލަ އެތައް ބައިވަރު ކަމެއް ހުއްޓާ ހިނގާފާނެ ކާރިސާއަކަށް އެއްޗެހި ގެނެސް ބަހައްޓާކަށް އަޅުގަނޑުމެންނަކަށް އެފޯޑެއް ނުކުރެވޭނެ. ބޮޑެތި އިކްއިޕްމެންޓް ބަހައްޓައިގެން ތިބޭކަށް އަޅުގަނޑުމެންނަކަށް އެފޯޑެއް ނުކުރެވޭނެ،"

އެއީ ބޭރުގެ ގައުމުތަކަށް ވަކި ބާރެއް ދިނުން ނޫން ކަމަށާއި މިހާރު މުޅި ދުނިޔޭގެ ސަލާމަތީ ކަންކަން ވެސް ބަލަހައްޓަމުން އަންނަނީ ގައުމުތައް ގުޅިގެން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މި ޒަމާނުގައި އަޅުގަނޑުމެން ވިސްނައިގެން ނުވާނެ އަޅުގަނޑުމެންނަށް ހުރިހާ ޓްރެޓްސްއެއް އަޅުގަނޑުމެނަށް އެނގިގެން އަޅުގަނޑުމެނަށް އެ ގޮތަށް އެކަން ނުކުރެވޭނެ. އެއީ މުޅި ދުނިޔޭގެ އެއްވެސް ތަނެއްގައި ނުކުރެވޭ ކަމެއް."

ރާއްޖޭން އަމިއްލަ އަށް އެކަން ކުރަން ބޭނުން ކަމަށް ބުނެ މީގެ ކުރިން "ސިޔާދަތު" ބޭނުންކޮށްގެން ހިންގާފައި ހުރީ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެ މީހަކު ވެސް ބަލި ނުވާއިރު ބުނާނެ ތިމަންނަ ބޭނުމީ ސިޔާދަތޭ. ބަލިވެގެން މާލެ އަށް ގެންނަންވީމަ. ފްލައިޓް ޓިކެޓެއް ނުލިބި އެހެން އުޅޭ ވަގުތު ކޮންމެ މީހަކު ވެސް ބޭނުންވޭ ހެލިކޮޕްޓަރުގެ ހިދުމަތް ވެސް."

ހެލިކޮޕްޓަރު ދުއްވަން އިންޑިއާ އިން އެއްބަސްވި ގޮތަށް ދިވެހި ޕައިލެޓުންނާއި މެކޭނިކުން ތަމްރީނު ނުކޮށް ވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ދެ ގައުމުން ވެސް ދައްކާ ވާހަކަތަކެއް އެބަހުރި ކަމަށެވެ. އިންޑިއާ އިން ބުނަނީ ތަމްރީނު ކުރުމަށް ރާއްޖެ ސިފައިން މީހަކު ހަމަނުޖައްސަނީ ކަމަށް މާރިޔާ ވިދާޅުވި އެވެ. ނަމަވެސް ދިވެހި ސިފައިން ބުނަނީ އެކަން ކުރުމަށް މަސައްކަތްކޮށް ކާމިޔާބުނުވާ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖޭގައި ޖާސޫސެއް ނުކުރޭ: މާރިޔާ

އަސްކަރީ ކަންކަމާ މިހާރު ވިސްނަން ޖެހޭނީ ކުރީގައި ވިސްނި އުސޫލުން ނޫން ކަމަށް މާރިޔާ ވިދާޅުވެ އިންޑިއާ ސިފައިން ރާއްޖޭގައި ޖާސޫސް ކުރާ ކަމަށް ދައްކާ ވާހަކަ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެއީ "އުޑެއްބުޑެއް" ނޭނގޭ މީހުން ދައްކާ ވާހަކަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"މިހާރަކު ކޮންމެހެން މިލްޓްރީ ހެދުން އަޅައިގެން އިންޓެލިޖެންސްއެއް ނުހިންގާނެ.... ޔުނީފޯމް އަޅާލާފަ ތިމަންނަ މިހިރީ އިންޓެލިޖެންސްއޭ ނުއެއް ބުނާނެ. އަޅުގަނޑަށް ހީވަނީ މިއީ ސިޔާސީ ބޮޑެތި ވާހަކަތަކެއްހެން. ޓެކްނޮލިޖީކޮށް އެހާ އެޑްވާންސް ބަޔަކަށް ކޮންމެހެން މިތާ ސިފައިން ބައިތިއްޓައިގެން ޖާސޫސްކުރެޔޭ ބުނީމަ އެއީ ދެން ވިސްނާ އެ ވާހަކަ އެ ދައްކަވަނީ ވަރަށް އެހެން ކަހަލަ ގޮތަކަށްކަން."

76 ކޮމެންޓް, 210 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްޓޯބެރީ

30 November 2018

ބަލަ މިކަމާ ގުޅޭގޮތުން ޗައިނާ އެމްބަސީން ނެރުނު ނޫސްބަޔާންގެ ވާހަކަ މިހާރު ނޫހުން ނުގެނެސްދިނީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުވާލާ ގައުމު ވިއްކާލުމުގަ މިހާރު ނޫސް ވެސް ބައިވެރިވާތީތޯ؟

The name is already taken The name is available. Register?

އުޑެއް ބުޑެއް

30 November 2018

ބޭނުންވެދާނެ ހާލަތަކަށް ރާއްޖޭގައި 2 ހެލިކޮޕްޓަރ ބާއްވަން އެފޯޑް ނުކުރެވެންވީ ކީއްވެ؟؟ މީހުން ތަމްރީނުކުރީމަ ދިވެހި ސިފައިންނަށް އެއެއްޗެހި ސާވިސްކޮށް ބެލެހެއްޓޭނެ. ތެޔޮ އަޅަން ޖެހޭނީ އޮޕަރޭސަން އެއް ހިންގަން ޖެހުނީމަ. ކޯސްޓްގާރޑް އުޅަނދުފަހަރުވެސް ދުއްވަނީ ދައުލަތުން ތެޔޮއަޅައިގެން. ހެލިކޮޕްޓަރ ފިއުލް އަކީ ބާޒަަރުގައި ޕެޓްރޯލާއި ދާދި އެއް އަގެއްގައި ލިބޭ އެއްޗެއް. ތިކަހަލަ ވާހަކަ ދެއްކީމަ ދިވެހިން ގަބޫލުކުރި ޒަމާން މާޒީވެ ހިނގައްޖެ.

The name is already taken The name is available. Register?

ލައްޗޭ

30 November 2018

* ޗައިނާ ބޭނުންވަނީ އަސްކަރީ މަރުކަޒެއް. * އިންޑިއާ ބޭނުންވަނީ ދިވެހިރާއްޖެ. ސުވާލަކީ ތިޔަބޭފުޅުންނަށް ރަނގަޅީ ޗައިނާހޭ؟ އިންޑިއާހޭ؟

The name is already taken The name is available. Register?

ބަލި

30 November 2018

އެހެންވީމާ ދެ ހެލިކޮޕްޓަރު އާއިއިންޑިއާ ސިފައިން ފޮނުވާލާ

The name is already taken The name is available. Register?

މީ އަދުރޭޔެނޫން

30 November 2018

އެއްވެސް ރަސްމީ ސިފައެއްގައި ބުނިތައް ނުނީ ނިދާފައި އޮށްވާ ހުވަފެނުގައި އައިސް ބުނީ

The name is already taken The name is available. Register?

ކަލޯ2

30 November 2018

މިހާރު ހަނިމައިދޫވެސް ދެނީ. ސްވީޓް. ޗައިނާވީމަ ޑެޓްޓުރެޕް، އިންޑިޔާވީމަ މިނިވަންކަންވެސް އޯކޭ!

The name is already taken The name is available. Register?

ކޮބާ

30 November 2018

ޙެލްކޮޕްޓަރު ދިވެހި ސިފައިންނާ ހަވާލު ކުރާށޭ

The name is already taken The name is available. Register?

Haruge

30 November 2018

ޢުޑާ، ބުޑާ މާރިޔާ އަށް އެގުނުނަމަވެސް ވޭތުވެ ދިޔަ ދިހަ އަހަރު 2 ހެލިކްޕްޓަރުގެ ބޭނުން ކުރަން ޖެހިނުވަރުނޭގެ. ޑުނިޔެ، ބައިނަލް އަގުވާމީ އިންޓަނޭޟަނަލް ކޮމިއުނިޓީ މި ބަސްތަކަކީ މިހާރު ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަށް ރޭޕްކުރުމަށް ނުވަތަ ފޭރުމަށް ބޭނުންކުރާ ނާތަހުޒީބު ބައެއްގެ ލަފުޒުތަކެއް އެކަމަކު ލެލިކޮޕްޓަރު ބަލަހައްޠަން މަޔިންދާ ބޯޓު ބަލަހައްޓަން ސިފައިން ރާއްޖޭގައި ބައިތިއްބާކަށް ނުޖެޖޭ. ޗައެނާއިން ރާއްޖޭގައި ކުރަނީ ވިޔަފާރި. ޑޮގުނުހަދާ

The name is already taken The name is available. Register?

އިބުރާ

29 November 2018

އަޅެފަހެ! ރާއްޖެއިން އިންޑިއާ އަށް އެއްވެސް އެއްޗެއް ނުދީތަ އެމީހުން ރާއްޖެއަށް ބޮޑެތި އެހީތައް އެވަނީ؟ އުޑެއްބުޑެއް ނޭނގޭމީހުން ދައްކާވާހަކަ! އައްޗީޑި

The name is already taken The name is available. Register?

އިންސާފް

29 November 2018

އުޑެއް ބުޑެއް ނޭންގެނީ ކާކަށްބާ؟. ޑިފެންސް މިނިސްޓަރަކަސް މިލިޓަރީ އޮޕަރޭޝަން އަދި މިލިޓަރީ އިންޓެލިޖެންސްގެ ގެ އަލިފް ބާ ވެސް ނޭންގޭ. އިނގޭނަމަ ތިޔަކަހަލަ ދެއުޅި އެއްނުވާ ކަހަލަ ވާހަކަ ނުދައްކާނެ. އިންޑިއާގެ ނުބައި އެޖެންޑާ ފޮރުވަން އުޅުނަސް ތިކަމެއްނުވާނެ. އަޅުވެތިކަމަށްދާން އަހަރެމެން ހުރިހާ ދިވެހިންވެސް ދެކޮޅުކަން ސަރުކާރުން ދަންނަންވާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454