06 ޑިސެމްބަރ 2018 - 11:07
ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިއަދު މިނިވަން ކޮށްފި އެވެ.
ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފް ދެވޭ ކުށަކަށް ނުވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާގެ އަދަބު ލުއިކޮށްދިނީ ބާކީ ފަސް އަހަރު އޮއްވަ އެވެ. އަދަބު ލުއިކޮށްދިނީ ހުކުމުގެ ބާކީ އޮތް މުއްދަތުން ތިން ދުވަސް ނޫން އެހެން ހުރިހާ ދުވަހެއް މައާފްވާ ގޮތަށެވެ.
އިއްބެ މިއަދު މިނިވަންކޮށް ދޫކޮށްލުމުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ އޭނާއަށް މަރުހަބާ ކިޔުމަށް މާލޭ ޖަލު ކައިރިއަށް ގޮހެވެ. އިއްބެ ދޫކޮށްލަން ނިންމުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްބެގެ އަދަބު ލުއިކޮށްދެއްވަން ނިންމެވީ 2016 ވަނަ އަހަރު ކްލިމެންސީ ބޯޑުން ދީފައިވާ ލަފަޔަށް ބިނާކުރައްވަ އެވެ.
އިއްބެގެ މިހާރުގެ އަންހެނުން ޒުއްރިއްޔާ އަބްދުއްޝުކޫރުގެ އުމުރުން 17 އަހަރުގައި އިއްބެ އޭނާއާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި 2012 ގައި ހައްޔަރުކޮށް އޭގެ އެއް އަހަރު ފަހުން ކުށް ސާބިތުވެ ޖަލު ހުކުމް އައުމާ ގުޅިގެން އިއްބެއަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ ކުށްވެރިއެކެވެ.
އިއްބެގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޒުއްރިއްޔާއާ ކުރި ކައިވެންޏަށް 10 މަސް ވީ ފަހުންނެވެ. ދެމަފިރިންނަށް މިހާރު ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ. އިއްބެ ފުރަތަމަ އަނބިމީހާ ކެންސަރު ބަލީގައި މަރުވެފައިވާއިރު އެ ކައިވެންޏަށްވެސް ކުއްޖަކު ހުރެ އެވެ.
ޒުއްރިއްޔާ އިއްޔެ ނެރުނު ބަޔާނުގައި ބުނީ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އޭނާ އާއި އިއްބެ ހައްޔަރުކުރި އިރު ހިޖުރީ ގޮތުން އޭނާ އަށް 18 އަހަރު ފުރިފައިވާ ކަމަށެވެ. ޒުއްރިއްޔާ ބުނާ ގޮތުގައި އެކަން ހިނގި އިރު ހިޖުރީ ގޮތުން އޭނާ އަށް 18 އަހަރު ފުރިފައި ވުމުން ހޯރަ އިއްބެއަކީ ކުޑަކުދިންނާ ބެހޭ މީހެއް ނޫނެވެ. އެކަމަކު ރާއްޖޭގައި ރަސްމީ މުއްދަތު ގުނަނީ މީލާދީ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަހަހަ
06 December 2018
ކޮއްކޮ ސަލާން ބުނި. ހަހާ
ހުކުރު އާދަނު ކުމުންދޫ
06 December 2018
ޅޮނުމަޑުރައީސް ރައީތުންގެއިހުސާސްތަކާކުޅެންނޫޅެ ފައިބާ
ނީރާ އަބޫބަކުރު
06 December 2018
ރާއްޖޭގެ އެއްވެސް ޤާނޫނެއް އިސްލާމީ ޝަރީޢަތާ ފުށުއަރާ ގޮތަކަށް ނުހެދޭނެޔޯ. އިސްލާމީ ޝަރީޢަތުގަ ބޮޑުމީހެއް ކަމަށްވަނީ މީލާދީގޮތުން 18 އަހަރު ވީމާބާ؟ ހޯރަ އިއްބެގެ މައްސަލައިގާ ދީނީ ޢިލްމުވެރިން ބަސްނުބުނެ ތިބެނީ ކީއްވެބާ؟ ބަލަ އެއީ ސިޔާސީ ދަޢުވާއެއްކަން ނޭނގޭ އެއްވެސް މީހަކު އެބަހުރިބާ؟ މިކަން އެންމެ ރަނގަޅަށްވެސް އެނގޭނީ ނިހާނު މެންނަށް ދޯ.
ފުންނާބު
06 December 2018
މަހަކު އެއް ފަހަރު ލަފާ ދެއްވާ 4 ލީޑަރުން ކޮބާތޯ؟ ރައްޔިތުން ހޯބޯ ލަވާއިރުވެސް ދޭނެ ލަފަޔެއް ނެތީތޯ؟
ހެއްވާ
06 December 2018
ބަލަ ވިކްޓިމްއަކީ އޭނާގެ އަތްބައްވީމިހާރު އޭގެކުރިން އެކުޑަކުއްޖާއާބެހުނުއިރުހުރީ އަތްބެއްގެމަޤާމަކުނޫން ދެންކީކޭކިާނީ ކޮންކަމެއްކުރިޔޭބުނާނީ ތާއީދުކުރިޔަސް ނޭންގުނަސް ތިދެން ބޮޑުވަރު
ޢަބްދުލް ޖަޒްބާތު
06 December 2018
ހޯރަ އިއްބެ މިނިވަން ނުވާންވީ އެއްވެސް ސަބަބެއް ނެތް. ވިކްޓިމް އަކީ މިހާރު އޭނާގެ އަނބި. އެދެމަފިރިންނަށް ދަރިޔަކު ލިބިފައިވޭ. ވިސްނާ ލައްވާ. ޒުއްރިއްޔާ އަށް އިންޞާފު ލިބުމަކީ 10 އަހަރު ވަންދެން އޭނާއާއި ކުޑަ ދަރިފުޅު ބިކަވުންތޯ. ކާކު ޤަބޫލު ކުރާނީ މިކަން. ޕްރޮސިކިއުޓް ކޮށް އަދަބު ދިނުމުގައި ދައުލަތުން ވިސްނާ ސަމާލުވާން ޖެހޭ ކިތައްމެ ކަމެއް ހުރޭ. މުޖުތަމަޢްގެ މަޞްލަޙަތަށްޓަކައި ދައުލަތުން ދަޢުވާ ކުރި ނަމަވެސް އިންޞާފު ލިބުމަކީދެމައިންގެޙައްޤެއް.
ގޫގުލާ
06 December 2018
ބޭންކެއް ފަޅާލާފަ 5މިލިޔަން ޑޮލަރ ވަގަށް ނެގުމަށްފަހު އެ އިންވެސްޓުކޮއްގެން 10 މިލިޔަން ހޯދާފަ ބޭންކަށް 6މިލިޔަން މި ދެނީ.. އެލާރިން ބޭންކަށް މިހާރު ފައިދާވިޔަސް އެ ވައްކަމުގެ އަދަބު ދޭން ނުޖެހޭނެ ތޯ؟
ގައިދީ
06 December 2018
ސަރުުކާރުގެނައި ބޭނުން ނިމިއްޖެ. ހޯރަ އިއްބެ މިނިވަންވެއްޖެ.ސިދާތާ ގަމާރުވެއްޖެ.އިސްލާމިކް މިނިސްޓަރ އާޝޯޚް ވެއްޖެ. ވަރަށް ސަލާމް
ގަސްވެއްޓި
06 December 2018
ކޮބާ ކުދިންނޭ ދެން އަނެއްކާ ފަށަމާބަހީ. ރައްޔަތުންނަށް އަތް ބަޔަކީ އެއީނުން.
ސޭކުބެ
06 December 2018
އިސްލާމްދީނުގަ އެބަ އޮތް ކުޑަކުދިންނަށްވާގޮތް. ބާލިޣުނުވާ ކުއްޖާ ކުޑަ. ހިޖުރީ ގޮތުން 15 ނުފުރޭ ކުއްޖާވެސް ކުޑަ. އެހެން ނޫނީ އެކުއްޖާ ކުޑައެއްނޫން. ދެން އެހެން ޤާނޫނެއް ބަލާކަށް ނުޖެހޭ. ދެން އޮތީ ޒިނޭ ކުރި މީހާގެ ހުކުމް. އެހުކުމަށް އަދަބު ދޭންޖެހޭ. އެންމެ ރަގަޅު ރަޖަމް ކުރުން ކަމުގަވިއަސް..
ދީދީ
06 December 2018
ސިޔާސީ މީހުން ވާނީ ސިޔާސީ މީހުނަށް. އިބޫއެއް މައުމޫނެއް، ޔާމީނެއް ކިޔާނެ ކަމެއް ނެތް.