'ގައުމީ ވިންދު' ޕާޓީ އުފެއްދުމުގެ ހުއްދައިގެ ލިޔުން އޮގަރު ރަމީޒާ، އީސީގެ ނައިބު ރައީސް އަމްޖަދު މިއަދު ހަވާލު ކުރައްވަނީ.---ފޮޓޯ: އީސީ
06 ޑިސެމްބަރ 2018 - 13:26
'ގައުމީ ވިންދު' ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.
އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މި ފަހަރު ދިނީ ގ. ރާވެހި މުހައްމަދު ރަމީޒް (އޮގަރު ރަމީޒް) އަށެވެ.
ރަމީޒަކީ، ޕީޕީއެމްގައި ކުރިން މަސައްކަތް ކުރެއްވި އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނާ ގާތް ބޭފުޅެކެވެ.
'ގައުމީ ވިންދު' ޕާޓީ އުފެއްދުމުގެ މަސައްކަތަށް އީސީން ހުއްދަ ދިން އިރު މޯލްޑިވްސް ތާޑްވޭ ޑިމެކްރޭޓްސް ގެ ނަމުގައި އެހެން ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިދިޔަ މަހުގެ 29 ގައި އެ ކޮމިޝަނުން ވަނީ ދީފަ އެވެ. އެ ހުއްދަ ދިނީ، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީން ދިނުމުން، ޕާޓީ ރަޖިސްޓަރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހަ ޕާޓީއެއް މިހާރު ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އަދި ޑީއާރުޕީ އެވެ. މީގެ ތެރެއިން، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ހިންގާ އިއްތިހާދުގެ ބައިވެރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ބަލާމީހާ
06 December 2018
މައުމޫނަށް ހެދުނު އެންމެ ބޮޑު އެއްގޯހަކީ ރައްޔިތުންކުރެން އަހާނުލާ ސިޔާސީ ޕާޓީ އުފައްދަން މަޖިލީހަށް ހުށަހެޅުއްވިކަން. މީހަމަ ސީދާ އަންނިގެ އުނދަގޫ ބޮޑުވެގެން ކޮށްފައިވާކަމެއް . ޕަޓީނެތަސް ޑިމޮކްރެސީކޮށް ވެރިކަންހިންގޭނެ. މިހާރުއެޔޮތީ އެކަކަށް ދެ ދައުރަށްވުރެ އިތުރު ވެރިކަން ނުކުރެވޭ ޤާނޫނުހަދަފައި. ދެންހަމަ މިޕާޓީތައް އުވާލަންފެނޭތޫ ރައްޔިތުންނާ ސުވާލުކުރަން ވޯޓެއްނަގަންވީ . ބައިއަޅާއުޞޫލުން ވެރިކަން ކުރުމަކީ ރައްޔިތުންގެ އަދި ޤައުމުގެހަލާކު.
ބަޢާވާތް
06 December 2018
ވަރަށް ބަޢާވާތްކުރަން ބޭނުންކުރާކަހަލަ ނަމެއް.
ބަނާނާ ޕްރެޒިޑެންޓް
06 December 2018
ރަޢްޖޭގައި ސިޔާސީ ޕާރޓީއެއް އުފައްދަންޏާ އެޕާރޓީއަކަށް ކިޔަންވީ ނިގޫ ފިތިފަ ތިބޭ މީހުންގެ ޕާރޓީ. އެޕާރޓީން ރައީސަކު ހޮވާފަ ބެހެއްޓީމާ، އެހެންމީހުން ބުނާހާގޮތަކަށް ކަންކޮށްފަ އެޅިހާ ބަތަކަށް ރިހަކިޔައިގެން ހުއްޓަސް ކިޔާނެ އެއްޗެއް ނޯންނާނެ. އެއީ ނިގޫ ފިިތިފަ ތިބޭ ޕާރޓީން ވެރިކަމަށް އަންނާނީވެސް ހަމަ ނިގޫފިތިފަ ހުންނަމީހެއް. އެމީހާ ނާންނާނެ އހެން މީހުންނަށް ދަޅަދައްކައިގެން.
ސަހަރުދެޔޯ
06 December 2018
ސިޔާސީ ޕާޓީ ކީއްކުރަން، ބާތުޑޭ ޕާޓީވެސް ބާއްވާނެ ކަމެއްނެތް
ޙައްބޯރާސް
06 December 2018
ޢެކަމު ދެން ހިތާނީ ޕާޓީ އޯކޭ ވާނެ ދޯ. ސީޒަން ޖެހުނީ މިޔޮއް.
އަބުހަރީ
07 December 2018
ހިތާނީ ޕާޓީ އޯކޭ. އެނޫން އެއްޕާޓީއެސް ބާއްވައިގެންނުވާނެ.
ފޮނިޓައްޕު ހަސަނު
06 December 2018
ތި ޕާޓީތަކެއް ބޭނުމެއް ނުވޭ. ތިޕާޓީތަކެއް ހަދައިގެން ރައްޔިތުންނަށް ވި ފައިދާއަށް ވުރެން ލިބުނު ގެއްލުން ބޮޑީ. ރައީސް މައުމޫނު އެ ހިންގެވި ފަދަ ސަރުކާރެއް ރާއްޖެއަށް ބޭނުންވަނީ.
ޜަސްކަން
06 December 2018
ވަރައް ފަހަކާ ޖެހެންދެކަ އޮތީ ރަސްކަން. ޢެދުވަސްވަރު ވަރައް އުފަލުގާ ދިވެހިން އެޅުފަހުރީ ގަޅި އެކަމަކު އުފަލުގާ ދިވެހިން އުޅުނީ. ޢޭރު ރަސްގެފާނުގެ ދަރި އެކަނި ބޭރުން ކިޔަވާނީ ވެސް. ޢެކަމަކު މިހާރު ހިޔެއް ނުވޭ މީހުން މަޑުން ތިބޭނެ ހެނެއް ބައުތުންމާލު އެއްމެ މީހަކަ ދީގެނެއް.
ޏ.ސިޓީ
06 December 2018
މޮޅެތި ނަންތަށް ކިޔާފަ ގައުމު ދަވާލާނެ ގޮތެއް ހޯދަނީ.. އުމަރު ނަސީރު ޕާރޓީއެއް ނުހައްދަވަންތޯ؟
ބަންޑާރީ
06 December 2018
އުމަރު ރައްޔިތުންމަތިން ފޫހިވެއްޖެ.
ޢަލީމް
06 December 2018
ދިވެހިރާއްޖެއަށް ދެޕާޓީއަށްވުރެ ގިނައިން ބޭނުމެއްނުވޭ. ޢަންނަދައުރުގަ މިގޮތަށް ނޫނަށް އިސްލާހު ގެންނަން ގޮވާލަން. ކޯލިޝަނަކީ ދިވެހިން ބޭނުން އެއްޗެއްނޫން.
ހަސްނަ
06 December 2018
ދެޕާޓީއޭ؟ އެއްޕާޓީއެއްވެސް ބޭނުމެއްނޫން މިތާކަށް. އެއީ ދޭދޭ ފަރުދުން ޖައްސާ ގައުމުތައް ހަލާކުކުރާ އެއްޗެއް
ޙައްބޯރާސް
06 December 2018
ޢާން ދޯ
ފޮސްކަލޯ
06 December 2018
ފޮސްކަލޯވެސް ހަދަންވީ ޕާޓީއެއް...އަފަގެ ޕާޓީއަށްކޭނެއި "ގައުމީ ވެޅެންސާލި ޕާޓީ"....ޕާޓީ ކުލަ ހިކި ކައިށިކުލަ..ޕާޓީގެ އިސްވެރިޔާ އަލްފާޟިލު ހަސަން ފޮސްކަލޯ /ކައްލަބާގެއާގެ ސ.މީދޫ ކުބުސްތަޅާމަގު
ބަބުރުކަލޯ
06 December 2018
ފޮސްކަލޯ ޕާޓީއަށް ވަންނަން ބޭނުން.
ޓާޒަން / ބ.ހިތާދޫ
06 December 2018
މިކަމުން މިއިނގެނީ "ޤައުމީ ވިންދަކަށް" ދިވެހިންގެ ވިންދުނޭންގޭކަން. ދިވެހިން އިތުރު ސިޔާސީ ޕާޓީއެއް ބޭނުމެއްނުވޭ. ދިވެހިން ބޭނުންވަނީ ބާތުޑޭ ޕާޓީއާ ސައިޕާޓީތައް މިހާރު.
އުނބުށެން
06 December 2018
މިއީ ސިޔާސީ ޕާޓީ އުފެއްދުމުގެ މޫސުމެއް ތާއެވެ. މިހާރުވެސް ހީވާގޮތުން ދެތިން ޕާޓީއެއް އުފެއްދުމުގެ މަގުމަތީގައި އެބައުޅެއެވެ. އަމިއްލަ ގޭގެ ސިޓިންގރޫމްއެއީ ޕާޓީ އޮފީސް ކަމަށް ހަދައިގެން ދައުލަތުން ދޭ ފައިސާ ނަގައިގެން ހިތުހުރިގޮތަކަށް ހޭދަނުކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައިވަންޏާ ރަނގަޅެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ބަލާ މިންގަނޑު 10 ހާހަށްވުރެވެސް މަތިކުރަންވީއެވެ.