ކަރެކްޝަނަލް ސާވިސްގެ ބައެއް އިސްވެރިންނާއި މުވައްޒަފުން: ކަރެކްޝަންސްގެ އިސް ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ ޝަރުތަށް ބަދަލު ގެންނަން މަޖިލީހަށް ވަނީ ހުށަހަޅާފައި -- ފޮޓޯ/މިހާރު
10 ޑިސެމްބަރ 2018 - 13:52
ކޮމިޝަންޑް އޮފިސަރަކު ކަމަށް ނުވިޔަސް، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު މިހާރު އޮންނަ ގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް ނުވަތަ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރެވޭނީ ކަރެކްޝަނަލް ސާވިސްގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން މީހެކެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކޮމިޝަންޑް އޮފިސަރަކު ކަމަށް ނުވިޔަސް، ކޮމިޝަނާ އޮފް ޕްރިޒަންސް ނުވަތަ ޑެޕިއުޓީ ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރެވޭ ގޮތަށެވެ. އެ ދެ މަގާމަށް ވެސް ބޭފުޅުން އައްޔަން ކުރާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސެވެ.
މީގެ އިތުރުން ކަރެކްޝަންސް އިން ބަލަހައްޓާ އާންމު ޖަލުތަކާއި ރިމާންޑް ޖަލުތަކުގެ ޑައިރެކްޓާ އޮފް ޕްރިޒަންސްގެ މަގާމަށް މީހުން އައްޔަން ކުރުމުގައި ވެސް ކޮމިޝަންޑް އޮފިސަރަކަށް ނުވިޔަސް، އެ މަގާމަށް އައްޔަން ކުރެވޭ ގޮތަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އިއްވައިފަ އެވެ.
ކަރެކްޝަންސްގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ސަރުކާރުން ބިލް ހުށަހަޅާފައި ވާއިރު، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ. އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝިހާން އެ މަގާމުން ދާދިފަހުން ވަނީ ވަކި ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކި
10 December 2018
ތި މުވައްސަސާގެ ތިބޭ މުވައްޒަފުންގެ ކުޑަކަމުދާތަކެތި ވެސް ޓެސްޓް ކޮށްބަލަ ގާނޫނެއް ހަދައިގެން ވަރަށް ކަންކަން އިނގޭނެ އޭރުން. ޖަލުގަތިބޭމީހުންގެ ވެސް . ޙަބޭހަށް ޗެކްކޮށްފަ އެއްޗިއްސާ މީހުން ވައްދާފަ އެކަމަކު ގިނަ ގައިދިން އަތުގަ ފޯނު އޮވޭ މަސްތުވާތަކެތި މާލެއަށްވުރެ ތިޔާގި ކޮށް ޕިއޯކޮށް ލިބޭ
ރާވެރިބެ
10 December 2018
ހެހެހެހެހެ ... މީ ހިތްހެޔޮ ވުމަކީ ... މިއަދު ޕްރައިވެޓަކަށް ސިޔާސީ ސޮރެއް ވައްދާފަ މާދަމާ ކޮމިޝަނަރުކަން ދިނީމާ ދެންތިބި މުވައްޒަފުންގެ ހައްގުތައް ނިގުޅައިގަނެވި ސިޔާސީ ދަނޑި ޖަލުތަކުގެ ގޮޅިތަކަށް ކޮއްޕީމާ އެއޮތީ އަދުލާ އިންސާފު އާރާ ފުރި ބާރުވެ .. ހައްގުތައް ޖަލުގެ ބާގަނޑުތަކުން ބޭރުވާން ފަށާފަ ...
ބޮސްގެ ބޮސް
10 December 2018
ރުކުމާ ބޭނުން މީހަކު ލާން ކުރާކަމެއް!
އަލީބަލީ
10 December 2018
ރަގަޅު ނިންމުމެއް. އެތާ މިހާރު އެތިބަ މީހުންގެ ތެރެއިން ރަގަޅު މީހަކު ލިބެން ނެތިއްޔާ ތިޔަހެން ހެދުމުގެ ފުރުސަތު އޮންނަންވާނެ.
ޞުނެލި
10 December 2018
ވާނުވާ އިނގޭނެހެން ލިޔެދީފާނަންތަ
ޝާމް194
10 December 2018
ތިއީ ފަހަތަށް އެޅޭ ފިޔަވަޅެއް. ކަސްޓަމްސް އަދި އިމިޤިރޭޝަން ގައި ހުރި މައްސަލަތައް ހައްލު ނުވާ ސަބަބަކީ ވެސް ތިހެން އޮންނާތީވެ، އެއްވެސް ވަރަކަށް ފިލްޑްގައި ނޫޅެ، ފިލްޑްގެ ޑިސިޕްލިން ނެތް، ޓެކްނިކަލް ނޮލެޖް ނެތް މީހުން، މިފަދަ ލޯއެންފޯސްމެންޓް އެޖެންސީތަކުގެ އިސްވެރިންނަށް ހަމަޖެއްސުމުން ތަން ހަލާކުވެގެން ދާނީ.
ޝާމް195
10 December 2018
ހާދަހާ ރަނަގަޅު ނިންމުމެކޭ ވަރައް ސަޅި
ޖުމާ
10 December 2018
މިއީ އެހާ ރަނގަޅު އިސްލާހެއްނޫން. ކަރެކްޝަނަލް ސަރވިސްއަކީ ޕްރޮފެސަނަލް ވަކިކަހަލަ ތަމްރީނުތކަެއް ހަދައިގެން ތިބޭ ބަޔަކު ތިބެންޖެހޭ ތަނެއް، ވީމާ ކުރަންވީ ކަމކީ އެތނުގެ ކެޕޭސިޓީ ބިލްޑުކޮށް ޕްރޮފެޝަނަލް ތަމްރީދު ދޭންވީ. މިގޮތަށް ހަމަ ވެރިކަމަށް އަންނަބަޔަކު ބޭނުންވާ ތަންކޮޅެއް ބަދަލުކޮށްގެން، ސިޔާސީ މީހުން ޖަލުތަށް ހިންގަން ހަވާލު ކުރެވޭ ގޮތަށް ހެދުމަކީ ވަރަށްބޮޑު ގޯހެއް.
ޔާނު
10 December 2018
ތިޔަ ބުނާ ޕްރޮފެޝަނަލް ސަރވިސް އެއް ނުފެނޭ، ފެންނަނީ ހުސް ކޮރަޕްޝަނާއި ފަސާދަ.
ތަމްރީނު
10 December 2018
ތަމްރީނު ހެދި ހެދީނުން ވީގޮތް ފެނިއްޖެ! ދެން ތަމްރީނު ހެދުން ހުއްޓާލާ!
ޖުލައި
10 December 2018
ހޯރަ އިއްބެވެސް ދޫކޮށްލީ ރައީސް ކަރެކްޝަން އަކުންނޫން. ދެން ވިސްނަވާ ތަމްރީނެއް ނެތް ސިޔާސީ ވެރިން ޖަލުތަކަށް ލެވޭނެ ނަމަ ވާނެގޮތް
ރައްޔިތުމީހާ123
10 December 2018
އަހްމަދު ޝިހާންގެ ނަން ޕްރެސިޑެންސީ ވެބްސައިޓްއަށް އަލުން އައީ ކިހިނެއް ދެން؟
އަލީ ހަމީދު
10 December 2018
އެތަނުން އޮފިސަރެއްނޫން ގޮތަކަށް ބޭރުން މީހެއް ލުމަކީ އެހާ ބުއްދިވެރިކަމަަކަށް ނުވެދާނެ. ޝަރުތު ތަކެއް ހުންނަންޖެހޭނެ ސަލާމަތީ ހިދުތަމަތްތަކުގައި 15 އަހަރުގެ ތަޖުރިބާ ހުރުން / އެއްވެސް ކޮރަޕްޝަން އަދި އިންސާނިއްޔަތާއި ހިލާފު ކަމެއްގައި އެއްވެސް ވަރެއްގެ އަދަބެއް ލިބިފައި ނުވުން / ކްރިމިނަލް ބެކްގްރައުންޑް / ހިންގުމުގެ ދާއިރާ އާއި ގުޅޭ މާސްޓަރސް ލެވަލް ނުވަތަ ޑިގްރީ ލެވަލް ކޯހެއް ފުރިހަމަކޮށްފައި ހުރުން
އަލީ ހަމީދު
10 December 2018
ވަރައް ރަނަގަޅު ނިންމުމެއް ކުރިޔަށް
ދެބަންދިހާރު
10 December 2018
ކަނޑުކޮސް ކޮށްފި