މެމްބަރު ޔާމީން: އޭނާ މިއަދު ވަނީ އަލަށް އުފައްދާ އެމްޓީޑީއަށް ސޮއި ކުރައްވާފައި --ފޮޓޯ/މިހާރު
12 ޑިސެމްބަރ 2018 - 16:50
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ޕީޕީއެމުން ވަކިވެ، އަލަށް އުފައްދާ ޕާޓީއެއް ކަމަށްވާ މޯލްޑިވްސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް މިއަދު ސޮއިކޮށްފި އެވެ.
ޔާމީން އެމްޓީޑީއާ މިއަދު ސޮއި ކުރެއްވީ އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމަށް ޕީޕީއެމުން އޭނާއަށް ޓިކެޓް ދީފައި ވަނިކޮށެވެ. އެކަމަކު އިއްޔެ ޔާމީން ވަނީ އޭނާ ޕީޕީއެމްގެ ޓިކެޓް ދޫކޮށްލެއްވިކަން ހާމަ ކުރައްވައިފަ އެވެ.
އެމްޓީޑީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އޭނާ މަޖިލިސް އިންތިޚާބުގައި ދެން ވާދަ ކުރައްވާނީ އެމްޓީޑީގެ ފަރާތުން ކަމަށެވެ. އެކަމަކު ވާދަ ކުރާނެ ދާއިރާއެއް އަދި ނުނިންމަވާ ކަމަށް ވިދާޅުވި އެވެ.
ޔާމީން 2014 ގައި މަޖިލީހަށް ހޮވި ވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގަ އެވެ. އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ 2015 ވަނަ އަހަރު އެވެ.
އެމްޓީޑީ އަށް ޔާމީން ސޮއި ކުރެއްވިއިރު، އެ ޕާޓީ އުފައްދަން ބޭނުންވާ 3،000 ސޮއި މިހާރު ވަނީ ހަމަކޮށްފަ އެވެ. އެކަމަކު އެ ޕާޓީ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީކޮށެއް ނުދެ އެވެ.
އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާލާމަންނަ
13 December 2018
ދެން ސިޔާސީ ކެރިއާ ތިނިމުނީ. ދެން ލަލަލާ. ހެ ހެހެ
ހަންދަރުޙަސަން
13 December 2018
ލަނޑަޔާވާނީ ލަނޑަޔާއެވެ މި މައްޗަށް ފާރަވެރިވާން ޖެހޭނެ އެވެ
ރޯޒް ރައީސް
13 December 2018
ޔާމީން އެޕާރޓީއަށް ސޮއިކުރީ އަނެއްޔާމީނުއަށް ދަންނަވާފައޭ.
ހުއްބުލްވަތަން އަސްލު
13 December 2018
މެޑަމް ފާތުމާ ނުވަތަ މަހާ ރެހެންދިއަށް ސިޔާސީގޮތުން އެހީތެރިކަން އެންމެބޮޑަށް ބޭނުންވި ވަގުތު އެހީތެރިނުވުމީ ކުރިން ދެއްކި ވާހަކަ ތަކުގައި އެވެސް އަސާސެއް އަދި އިހުލާސްތެރިކަމެއް ނެތްކަމުގެ މިސާލެކެވެ. ޗޮކުލެޓް ބަންދުކުރަން ކުޑަކަކޫޖެހީ އެހެންގޮތެއް ނެތިގެންކަން މިހާރު މާބޮޑަށްވެސް ޔަގީންވެއްޖެއެވެ. އެއީ މާޒީއެވެ ނަމެވެސް ތާރީހުގައި އެކަން އެގޮތަށް ލިޔެވިބިންވަޅު ނެގިއްޖެއެވެ. ވެދުމާ ސަލާމް
އަހުމްދު
13 December 2018
ވެލިދޫ ދާއިރާއަށްވެސް ހުރި ހުތުރެއް! މުޅިދާއިރާގެ ނަންވެސް ކިނލަބުކޮށްފި! އަލްހާނު ހިންގެވިމަގުން ތިޔަހިންގަވަނީ! މިވަރުންދަންޏާއަދި އިތުރު ޕާޓީއަކަށް ވެސް ސޮއި ކުރާނެ! ޒުވާން ބޭބޭފުޅުންނަށް ވޯޓްދޭން މީހުން ޖެހިލުންވަނީ މިކަހަލަ އަމިއްލަ އެދުމައިގެން އުޅޭމީހުންގެ ސަބަބުން!
.ދެފުށްދެގޮތް
13 December 2018
.ތީބާ އަދިވެސް ޔާމީނަށް އެއްމެ ތެދުވެރި މީހަކު ކަމަށް ބުނާ މީހައިގެ ތެދުވެރިކަމަކީ؟!!!!!!
އިޙްސާސް
12 December 2018
ޔާމީނަކަށް ވެލިދޫ ދާއިރާއަކުން ފުރުސަތެއް ނެތް. އެމްޑީޕީ އާއި އެމްޑީއޭ އުޅެނީ މާކުރީގައި. ޕޕއމ އިންވެސް ޔާމީނަށް ވޯޓުނުދޭނެ.
އެއްމިލިއަންދެރުފިޔާ
12 December 2018
މޯލްޑިވެސް ޓިޕިކަލް ޑަސްްޓްބިން ޕާޓީ އަށް ކުނިކޮޅެއް ސޮއެކޮށްފި....
ފޮނިޓައްޕު ހަސަނު
12 December 2018
މިހާރު ޔާމީނުގެ ދަރުބާރު ފެކްޝަނުގައި ތިބޭނީ މަޖްލިސްގެ ދެތިން މެމްބަރުންތާ. ޔާމީނު އަބްދުލްގައްޔޫމަށް މިދާވަރުން ދާނަމަ ނިހާނާއި އަދުރޭވެސް ދޯކާދޭނެ.
ފައިފުހި
12 December 2018
ހިއްސާ ވިއްކައިގެން ފައިދާނނުވާ ކުންފުންޏެއް އެމްޓީޑީސީއަކީ.