ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ އެއްބަސްވުން ޕްލޭނިން އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (ކ)، އާއި އެމްޓީސީސީގެ އާ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބަދަލުކުރައްވަނީ.
14 ޑިސެމްބަރ 2018 - 11:52
ހދ.ކުޅުދުއްފުށީ ބަނދަރު ބޮޑުކުރަން ހިންގާ 126 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.
ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމަން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގައި ދަތުރުވެރިންނަށް ހާއްސަ ބައެއް ހެދުމާއި އާ ނެރެން ކެނޑުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ފެރީ ޓާމިނަލެއް ވެސް ހަދާ ގޮތަށް ވަނީ ހިމަނައިފަ އެވެ.
ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ފެރީ ޓާމިނަލްގައި ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ޓިކެޓް ވިއްކަން ޓިކެޓް ކައުންޓަރަކާއި އޮފީސް ބަޔަކާއި ރީޓެއިލް ފިހާރަ އާއި ނަމާދުކުރާ ތަނަކާއި މަދާސް ރޫމެއްގެ އިތުރުކުން ކެފޭއެއް ވެސް ހިމެނޭ ކަމަށެވެ.
މި މަޝްރޫއުގައި ބަނދަރުމަތީގައި މަސް މާރުކޭޓެއް ހަދަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. މަސް މާރުކޭޓާ އެކު މަސްވެރިންނަށް ފާހާނާ އާއި ސްޓޯރެއްގެ އިތުރުން ފައިސާ ކައުންޓަރެއް ވެސް ހަދަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މޫދު ކުޅިވަރަށް ހާއްސަކޮށްގެން ވޯޓަ ފްރޮންޓް ޒޯނެއް ވެސް ބަނދަރުގެ އާ ތަރައްގީގެ ތެރޭގައި ހިމެނެ އެވެ.
މިއީ އާ ސަރުކާރުން ކުޅުދުއްފުށީގައި ފަށާ ފުރަތަމަ މަޝްރޫއު އެވެ.
ސަރުކާރުގެ ބަޖެޓުން އަންނަ އަހަރު ކުޅުދުއްފުށީގައި ކުރަން ކަނޑައަޅާފައިވާކަންކަމުގެ ތެރޭގައި މަގު ހެދުމާއި ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމާއި ކަސްޓަމްސް ނޯތު ރީޖަންގެ ހެޑް އޮފީސް އިމާރާތް ކުރުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
16 December 2018
ދުންތަރިއައް ނޭގެނީބާ އެމްޓީސީސީ އަކީޙިއްސާވިއްކައިގެން ހިންގާ ވިޔަފާރިކުންފުންޏެއްކަން ކޮމެންޓްކުރައްވާއިރު ރަގަޅައްބައްލަވާ
ދުރުމި
15 December 2018
މިސަރުކާރު އައިފަހުން ހުރިހާކަމެއް ކުރަނީ އައްޑުއަށާއި ކުޅުދުއްފުއްޓަށް ކޮބާ އެހެން ރައްތަށް ގދ ތިނަދޫ މީހުންނަށް މިހާރު އިގޭނެ ރައިސްޔާމިންގެ މުހިއްމުކަން އައްނިވެސް ދިޔައީ އަށްޑުވަށް ދެން ހދ އަތޮޅަށް މިސަރުކާރުގެ ރައިސްޔާއި ނައިބުވެސް ދިޔައީ ހަމަ އައްޑުއަށް މިއީ ލައްކަވާހަކަ.
ހެއްވާ
15 December 2018
އައްޑު އަށް ކޮން ކަމެެއްބާ ؟
ޑެން
15 December 2018
2012 ގައި އެމްޑީޕީގެ ވެރިކަން ވެއްޓުމުން މި ޝާހް އުޅުނު މޮޔަވެގެން އިސްލާމީ މަރުކަޒު ކައިރީގައި.
ތަންމަތި
15 December 2018
ބަލަ ވޯލްޑް ބެންކާއި އޭޑީބީން ހިލޭ އެހީ ހޯދަންވީ ދަރަނިދައްކަން ބަޖެޓް ފޫބައްދަން، ދިގުމުއްދަތަށް ދައްކާގޮތަށް ނަމަވެސް އެތަންތަނުން ލޯނު ނަގައިގެން އެތެރޭގެ ދަރަނިދައްކަންޖެހޭ، ކުދި މެދުފަންތީގެ ހުރިހައި ވިޔަފާރިތަށް އިނދެޖެހިއްޖެ، ކޭޝްފްލޯ ހުސްވެއްޖެ، ޓެކުސް ޕޭޔަރުން ނިކަމެތިވެއްޖެ، ބަނގުރޫޓް ވެއްޖެ، ތިޔަ 126 މިލިއަން ރުފިޔާވެސް ދާނީ ކޮންމެވެސް ލަންކާގެ ކޮންސްޓްރަކްޝަން ކުންފުންޏަކަށް، އެމްޓީސީސީއަކަށް ނުވަންނާނެ
ފައިނުލާ
15 December 2018
މިމީހުން މިފަދަ ޕްރޮޖެކްޓްތަކުގައި ސޮއިކޮށް ފޮޓޯއެއް ނަގާލާއިރު ނުވިސްނޭ 126 މިލިއަން ހޯދާނެގޮތް، ބަލަ ތިޔަ 126 މިލިއަން ގެ ޕްރޮޖެކްޓެއް ނުހިންގިޔަސް އަދި ބޮލަށް އުޑު ނުވެއްޓޭނެ، މިހާރު އިސްކަންދޭންޖެހެނީ ދަރަނިދައްކަން، ހާއްސަކޮށް އެތެރޭގެ ދަރަނިދައްކަން، ތިޔަ 126 މިލިއަނުން ކުރާނެ ފައިދާނެއްނެއް، އެތަނުގައި ހިއްކާފައިވާ ބިންވެސް އަދިއޮތީ، އެއާޕޯޓްގެ ޓާމިނަލްވެސް އަދި އޮތީ، ބަނދަރު ހެދިދާނެ އަންނަ އަހަރުވެސް، މިއަހަރު ނުޖެހޭ ތިޔަ ބަނދަރު ހަދަން
ހިބަޅި
15 December 2018
ޔާމީނުގެ ސަރުކާރެކޭ އިބޫގެ ސަރުކާރެކޭ ކޮބައިތޯ ތަފާތަކީ؟ އަހަރެންނަނަށް ހަމަ ނުފެނޭ، އެއްކޮޅުން އަބްދުﷲ ޝާހިދު މިބުނަނީ މުސާރަދެވޭވަރަށްވެސް މާލިއްޔަތުގައި ފައިސޭނެތޭ، ދެން އަނެއްކޮޅުން މިދަނީ އިންޑިއާއަށް ގައުމު ވިއްކާލާފައި ފައިސާހޯދަން، ދެން މިފެންނަނީ 126 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އެންމެ ރަށަކަށް އަމާޒްކޮށް ހިންގޭތަން، މިއީ ތަންކޮޅެއް ބޮޑުވަރު، މިއީ ތަޖްރިބާނެއް މާލީކަންކަމާ ބެހޭ މިނިސްޓަރުންލީމަ ވާގޮތް،
ދުންތިރި
15 December 2018
މިކަހަލަ ޕްރޮޖެކްޓް ހިންގައިގެން ދައުލަތް ބޭރުގެ ގައުމުތަކަށް ދަރާވިކެނީ، ކުޅުދުއްފުއްށީގެ އެއާޕޯޓް ފުރަތަމަ ހަދާ ނުނިމޭ، މިހާރު ބަނދަރު އެފެށީ، އެމްޓީސީސީއަށް 126 މިލިއަން ދޭންޖެހޭ ސަބަބެއްނެއް، ސަރުކާރުގެ ކުންފުންޏެއް، އެތަނުގެ މުއައްޒަފުންނަށް މުސާރަދީގެން އެތަނުގެ މެޝެނަރީޒް ބޭނުންކޮށްގެން ދިވެހިން ލައިގެން ތިޔަ މަސައްކަތްކުރެވޭނެ، ކުޅުދުއްފުށިން މީހުން ނަގާނީ، ނުޖެހޭ ބޭރުގެ ބަޔަކަށް ޕްރޮޖެކްޓްދޭކަށެއް
ސީތާ
15 December 2018
އަހަރެންނަކީ އިބޫނަމަ ފުރަތަމަ މިއަހަރު ބަލާނީ އަދުލު އިންސާފް ހަމައަކަށް އެޅުވޭތޯ، ޕްރޮޖެޓް ހިންގަން ފަށާނީ ފައިސާލިބުނީމަ، ފައިސާހޯދައިގެން، ތިޔަ ބަނދަރު ހަދަން ފައިސާހޯދަން ބޭރުގެ ގައުމުތަކަށް ދެވިދާނެ، ޖަޕާނުގައި އެދެވިދާނެ، މެލޭޝިއާގައި އެދެވިދާނެ، ޔޫރަޕްގެ ގައުމުތަކުގައި އެދެވިދާނެ، ތެޅިގެން ފޮޅިގެން އަވަހަށް ބަލަންޖެހެނީ ޕްރޮޖެކްޓްތަކުގައި ސޮއިކުރެވޭތޯއެއްނޫން، 126 މިލިއަން ތިޔަކަމަށް މާބޮޑު
ދުއްތުރާ
15 December 2018
މިއީ ގައުމު ދަރާ މައްސަލައަކީ، މިއީ އިންޑިއާއަށް ސަލާންޖަހަންޖެހޭ މައްސަލައަކީ، މިއީ ކޮރަޕްޝަން އުފެދޭ މައްސަލައަކީ، މިއީތޯ މިއަދު މިއަހަރު އެންމެ މުހިންމުކަމަކީ، 2 ބިލިއަން ރުފިޔާ އޮތީ އެތެރޭގެ ދަރަނިތަށް، އާންމު ކުދި ވިޔަފާރިތަކަށް ސަރުކާރު އޮތީ ދަރާ، 126 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާއި ޕްރޮޖެކްޓް ހަވާލުކުރުމުން އެތަނުން ޕްރޮޖެކްޓްދޭނީ ބިދޭސީ ބަޔަކަށް، ދެން ކުޅުދުއްފުށީގެ ބަނދަރުން ދައުލަތުގެ ބަޖެޓަށް ފައިސާ އިތުރުވާނެތޯ؟
ކުޅުދުއްފުށި
15 December 2018
މީ ވާނެ ކަންކަން ބާ؟