އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ހުކުރު ނަމާދަށް ފަހު ދުއާކުރަނީ. ދުއާކުރި މަންޒަރު ކަވަރުކުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ތިން ނޫސްވެރިއަކު ގެންދިޔަ.
19 އޯގަސްޓް 2016 - 15:13
އިސްލާމީ މަރުކަޒު ސަރަހައްދުން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ނޫސްވެރިންނަށް ނަސޭހަތްދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
ހުކުރު ނަމާދު ކަވަރުކުރަން ގޮސް އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ސަންގު ޓީވީގެ ދެ ކެމެރާމަނުންނާއި ރާއްޖެ ޓީވީގެ ކެމެރާމަނެކެވެ. އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވި އެވެ.
މި ތިން ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިސްލާމީ މަރުކަޒުގައި އިދިކޮޅު ފަރާތްތަކުން ކުރި ދުއާ ކަވަރުކުރަން އުޅުމުން ކަމަށް ވެ އެވެ. ސަންގު ޓީވީން ބުނީ އެތަނުގެ ދެ ނޫސްވެރިން ހައްޔަރުކުރީ ހުކުރު ނަމާދު ނިންމައި ސަލާން ދިންތަނާ ކަމަށެވެ.
ކޮންމެ ހުކުރު ނަމާދަކަށް ފަހު އިދިކޮޅު އިއްތިހާދުން އަންނަނީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އިސްލާމީ މަރުކަޒު ގޯތި ތެރޭގައި ދުއާކުރަމުންނެވެ. މިއަދާއި މިދިޔަ ހުކުރު ދުވަހު ވެސް ދުއާކުރި މީހުން ހުއްޓުވާފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ އިސްލާމީ މަރުކަޒު ގޯތިތެރޭގައި ބަޔަކު ދުއާކުރަނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށެވެ. އަދި އެއީ ބަދު ދުއާއެއް ކަމަށާއި އެކަމުގައި ބައިވެރި ނުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކކ
20 August 2016
ދުންފަތާއި ސިގިރެޓި ހުއްޓުވުމުގެ ޤާނޫނު ތަންފީޒު ކޮށްގެންވެސް އާމްދަނީ ލިބޭނެ ކޮންމެ މީހަކު 500ރ އިން ޖުރިމައިނާ ކުރީމަ ފުދޭވަރުގެ ބޮޑު އެއްޗެއް ލިބޭނެ. ސައިކަލް ސްޓިކާޔަށް ވުރެން ގިނައިން ލިބޭނެ!
ޙާމިދު
19 August 2016
މާގިނަދުވަހެއް ނެތް ވަގުތުކުޑަތަންވެއްޖެ،ގާނޫނު އަރާ ފުލުހުންނާވެސް ހަމަކުރާނެ ...އަނިޔާވެރިން ގާފިލުކަމުގައި ނުތިބެ ހެޔޮމަގު އިހްތީޔާރު ކުރޭ.....
ޢަބްދުﷲނާފިޒު
19 August 2016
"ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ނޫސްވެރިންނަށް ނަސޭހަތްދީ ދޫކޮށްލައިފި"، ނޫސް ވެރިން ގެންދިޔައީ ކީއްވެގެންބާ! ކޮން ނަސޭހަތެއްބާ ދިނީ! "ސަންގު ޓީވީން ބުނީ އެތަނުގެ ދެ ނޫސްވެރިން ހައްޔަރުކުރީ ހުކުރު ނަމާދު ނިންމައި ސަލާން ދިންތަނާ" ކަމަށެވެ. އަނެއްކާ ނޫސްވެރިން ހުކުރު ނަމާދު ކުރުން ހުއްދަ ނޫނީބާ! އާނ ނޭގެނެ މިސަރުކާރުން މަނާ ކޮށްފާނެ ފިރިހެނުން އެމީހުންގެ އަނބިންގާތުގަ ރޭކުރުންވެސް، މީ ވަރަށް ޒާތެއްގެ ސަރުކާރެއްވިއްޔަ.
އައިއެފް
19 August 2016
ނޫސްވެރިންގެ ވާޖިބަށް ހުރަސް އަޅާ މީހުންނަށް ކުރެވޭނެ ދައުވާއެއް ނެތްތަ. އަބަދުވެސް އިވެނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ކޯޓައް ގެންދާ މަންޒަރު. ކެމެރާކުރުމަކީ ބޮޑުވެގެންވާ ކުށެއްތަ.
ޝައްކު
19 August 2016
ތިވައްތަރަށް ދެއްކުން ތެރިކަން ނުދެއްކިޔަސް ކޮންމެ އިރަކު ކޮންމެ ތާކު އަދި ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުވޭ. ތިބައެއްގެ ބޭނުމާއި މަގްސަދުވެސް އެފަރާތަށް މޮޅަށް ދެނެވޮޑިގަންނަވާ. ދުއާކުރުމަކީ ދުއާކުރާކަން ވަކި ބަޔަކަށް އަންގަން ކުރަން އޮންނަ ކަމެއްނޫން. ޢަދި ވަކި އަދަދެއްގެ ބަޔަކު ބައިވެރިވާކަން ދައްކަން ޖެހޭ ކަމެއްވެސް ނޫން.
ސިސްޓަމެޓިކް
19 August 2016
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ނޫސްވެރިންނަށް ނަސޭހަތް ދީ ދޫކޮށްލިކަން އެއީ މިސަރުކާރުގެ ރަނގަޅު ކަމެވެ. ތީ ސިންގަޕޯރ ނަމަ އެމީހުންނަށް ޖައްސާނެ އިސްލާމީ މަރުކަޒު ފާޚާނާ ތައް ސާފުކޮށް އަދި ފޮޅާ ސާފު ކުރަން އެއްމަސްދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން. އެހެން ކަންކަން ކުރާނަމަ މިގައުމުގައި މިއޮތް ވައިލްޑް ޔޫތް ސޮސައިޓީގެ ކިބައިގައި ސިސްޓަމެޓިކް ސްޓޭންޑަރޑް ހުންނާނެއެވެ.
ސެލްފިޝް
19 August 2016
އިދިކޮޅު އިއްތިހާދެއް ހަދައިގެން އެމީހުންނަށް ރާއްޖޭގެ ވެރިކަން ނުލިބިގެން ދީން ވެސް ހަތިޔާރަކަށް ހަދައިގެން ދީންވެސް އެއީ އެމީހުން މީޑީއާ ގެ ފަލަސުރުޚީ ހޯދާ ޓޫލް އަކަށް ހަދައިގެން އެމީހުން އެކުރާ ކަންކަމުން އެމީހުންނަށް މިގައުމަށް މިސަރުކާރުން ކޮށްދެވޭ ކަންކަމުގެ މިންވަރުގެ އެންމެ އިސް ސައްްތަ އެއްވެސް ނުކުރެވޭނެއެވެ. ލުކް ބެކް ދެއާރ ޓްރެކް ރިކޯރޑްސް. ފުލް އޮފް ކަރަޕްޝަން އެން ލޫޓެޑް ނެޝަނަލް ސޭފް. އެހެން ބުންނަސް އެއީ ދެބަސް ވެވޭނެ ކަމެއް ނޫނެވެ. ބުނަން އިނގޭހާ ވެސް އެއްޗަކީ މިބައި މީހުންނަކީ އެއީ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ހެޔޮ އެދޭ މައިނޯރިޓީ އެއް ނޫނެވެ. ދޭއާރ ސެލްފިޝް.
ޖކހގ
19 August 2016
ސެލްފިޝް މީހުން އޮޅިފަކާ އެއް ނެތް. ދައުލަތަކުން 3.5 ބިލިއަން ގެއްލުނީ ސެލްފިޝް ކަމުން
ވެއްޓެނީ
19 August 2016
ތިޔަކުރާ ކޮމެންޓް ތަކުގެ ލައިކްސް ބެލީމާ ވެސް މައިނޯރިޓީއަކީ ކޮބައިކަމެއް ނޭގޭ ހެއްޔެވެ؟
މައިކް
19 August 2016
ދީން ހަތިޔާރޭ؟ އަދިވެސް އެހެން ބަޔަކުތަ ދީން ހަތިޔާރަކަށް ހަދަނީ؟ 2013ގަ ވެރިކަމަށް އަންނަންވެގެން، އިސްލާމް ދީނޭ ލާދީނީއޭ ނަސޯރާއިންނޭ ގޮވީ ކޮން ބަޔެއްތަ؟