އިބްރާހިމް މުއާޒް ޕީޕީއެމްގެ ޕްރެސްއެއް ދެއްވަނީ. --ފޮޓޯ:މިހާރު
27 ޑިސެމްބަރ 2018 - 00:01
"ފިނިފެންމާ" ލޯންޗުކޮޅު ގޮވުމުގެ ހާދިސާއާ ގުޅޭ ގޮތުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މީޑިއާގައި މިރޭ ދެއްކެވި ވާހަކަތަކީ ރޯބުހުތާން ދޮގެއް ކަމަށާއި އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
މޫކައި ހޮޓެލްގައި މިރޭ ކުއްލިއަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ދެއްކެވި ވާހަކަތަކާ ގުޅިގެން، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އުފެދިފައިވާ ސްލޫކީ ކޮމިޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން މުއާޒްގެ މައްސަލަ ބަލާ ތަހްގީގު ކުރުމަށް ހުށަހަޅާފައިވާ ކަަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މުއާޒް ވަނީ މިރެއިން ފެށިގެން ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމުންނާއި، ޕީޕީއެމްގެ މެމްބަރު ކަމުން އޭނާ ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރައްވައިފަ އެވެ.
ރައީސް ޔާމީން ދިފާއުކުރެއްވުމުގައި މިދިޔަ ފަސް އަހަރު އެންމެ ބުރަކޮށް އުޅުއްވި އިބްރާހިމް މުއާޒު އަލީ ކުއްލިއަކަށް އެމަނިކުފާނާ ދެކޮޅުވެ، "ފިނިފެންމާ" ލޯންޗުކޮޅު ގޮވުމުގެ ހާދިސާގައި އެހެން ވާހަކަތަކެއް މިރޭ ވަނީ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ އެ ދުވަހުގެ ހާދިސާ ހިނގުމުގެ ކުރިން "އާދަޔާ ހިލާފު ބައެއް ކަންކަން" ހިނގާފައިވާ ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި މުއާޒް ވިދާޅުވީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ބަދަލުގައި އިއްޒުއްދީން ފާލަމުގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ޔާމީން ބޭނުންފުޅުވުން ކަމަށެވެ. އެކަމަކު ޔާމީން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ވަޑައިގަތުމުން، އާންމުކޮށް ނޫސްވެރިންނާ ބައްދަލުކުރައްވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިކަން މުއާޒް ފާހަގަކުރެއްވި އެވެ.
މި އޮތް ހުރިހާ ދުވަހު ޔާމީން ދިފާއުކުރެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރެއްވުމަށް ފަހު ކުއްލިއަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސަލާމަތްވާނެ ގޮތަށް ވާހަކަ ދައްކަވަމުން، މުއާޒް ވިދާޅުވި ގޮތުގައި، އެ ދުވަހު ވީއައިޕީ ލޯންޖުގައި ހުންނެވުމުގެ ބަދަލުގައި ޔާމީން ސީދާ ވަޑައިގެންނެވީ ލޯންޗުކޮޅަށެވެ. އަދި ލޯންޗުކޮޅަށް ވަޑައިގެންނެވި އިރު، ޔާމީންގެ މޫނުފުޅުން ތާޒާކަމެއް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ލޯންޗަށް ވަޑައިގެން، ޔާމީން އިންނެވީ އާންމުކޮށް އިންނަވާ ސީޓުގައި ނޫން ކަމަށާއި އެ ސީޓުގައި އިންނެވީ ފާތުމަތު އިބްރާހިމް ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ. އަދި އެ ދުވަހު ޔާމީން އިންނެވީ އަނބިކަނބަލުންނާ ޖެހިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޕީޕީއެމް އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާއާ ގުޅިގެން ބޭއްވި މުޒާހަރާތަކުގައި "ގަރާރު" ހުށަހަޅުއްވަމުން ގެންދެވި މުއާޒް ވިދާޅުވި ގޮތުގައި، ފިނިފެންމާ ލޯންޗުގައި ހިނގި ހާދިސާއާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ކުރި ސުވާލަކީ ލޯންޗުން އަލިފާން ފެނުނުތޯ އެވެ. އަލިފާނުގެ އެއްވެސް "ކުލައެއް" އަދި "އަސަރެއް" އެތަނުގެ ތެރެއިން ފެނިވަޑައިނުގެންނެވި ކަމަށް ވިދާޅުވެ، ފުލުހުންނަށް ބަޔާން ދެއްވި ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
30 December 2018
ރޯ ބުހުތާން ވާހަކަ ދެއްކީ ކޮންމުއާޒެއްކަމެއް ނޭންގުނު. ކުރީގަ ސޮޕޯކްސް ޕާސަން ދެއްކީ ތެދުވާހަކަތޯ އެވެ؟. އޭރު ތެދު މިހާރަު ދޮގު. މިހާރު ސްޕޯކްސް ޕާސަނެއް ނޫން، ޟުއާޒު. މުއާޒަކީ ވަރަށް ޑީ ގުރޭޑުގެ މީހެއް، . އަސްލުގައި ލޯންޗްގެ ހާދިސާއަކީ ޖެއްސި ގޭމެއްކަން ވަރަށް ސާކުކޮށް އޭރުވެސް ގިނަބަޔަކަށް އެނގޭ. މީ އަދުރެމެޓިކަލް ފޮމިއުލާއެއް، ކޮްންމެ ކޮންމެ މީހަކަށް ނޭނެގޭނެ.
އައްލާބެއްޔާ
27 December 2018
ތިވާހަކަ ދެއްކީމާ އަދީބު އެޕާރޓްމަންޓް އަށް ފައިސާ ދައްކާނެތަ؟ މުއާޒްކައިރިން އަހާލަން މުއާޒް ހިފައިގެން މިހާރު ތިޔައުޅޭ އެޕާރޓްމަންޓްއަށް ފައިދާ ދެއްކީ ކާކުތޯ؟
ސޯދު
27 December 2018
ގައުމުގަ އޮތް ހުރިހާ ލާރި އެއްއޮތީ ބުރޯ އަތުގަ އެހެން ވީމަ މުއާގަނެލީ..ޔާމިން ބަހަން ދިން ލާރިތައްވެސް މުއާ ކާލީ
އަހަންމަ
27 December 2018
ޔާމީނު ދިފާޢެއް ނުވޭ ޔާމީނުގެ މައްސަލަތައް ވަނީ ބަލަން ފަސާފަ ދިފާޢުވީކަން ނުވަތ ނޫންކަން އެނގޭނީ ކޯޓުން އެ މައްސަލަތައް ބަލާ ހުކުމް ކަނޑައެޅީމަ
އިންގޯލްޑްވީޓްރަސްޓް
27 December 2018
މިއަދު މުޅިދުނިޔެވެސް އީމާންވަނީ ފައިސާއަށް. ވަގަށްނެގިއަސް ފޭރުނަސް މަކަރާއިހީލަރުން ހޯދިއަސް ފައިސާވާނީ ފައިސާއަށް.
ޕެރަސައިޓްސް
27 December 2018
އަތުން ފައިން މަސައްކަތް ކުރަން ނޭނގޭ ނުވަތަ ބޭނުންނުވާ މީހުން އުޅޭނީ އަބަދުވެސް ކޮންމެވެސް މީހެއްގެ ތައްޕާހުން އެމީހަކަށް ވައިޖަހައިގެން. އެހެން މީހަކު ތަންކޮޅެއް ގިނައިން ގެންގުޅޭހެން ހީވަންޏާ ދުއްވައިގަންނާނީ އެމީހަކާ ދިމާލަށް.
ނީނި
27 December 2018
ބަލަ އެވީޑިއޯއިން އެފެންނަ އަލިފާން ކަމަށްވާނަމަ ލޯންޗް އެތެރޭގެ ތިބި އެއްވެސް މީހަކަށްވެސް ، އޭގެ މީހެއްގެ ހެދުމެއްގެ ތަންކޮޅެއްވެސް އަސަރެއް ނުކުރީ ކީއްވެ. ލައިވްކޮށް ފެނުނު މަންޒަރާއި ފަހުން ވީޑިއޯގެ މަންޒަރު ތަފާތުވާން ޖެހޭތަ؟ އެފްބީއައި ރިޕޯޓް ކޮބާ ؟ ކިހާދުވަހަކު އޮޅުވާލައިގެން ތިބެން ބޭނުންވަނީ؟
އާންމު އާދުމީ
27 December 2018
އެއޮތީ ސަރުކާރު ބަދަލުވެފަ. ދެން ފބއ ރިޕޯޓު ނުނެރެވިގެން އުޅޭ ސަބަބެއް އެނގޭތަ؟
ސަރީފު
27 December 2018
މީނަގެ ވާހަކަ ގަބޫލު ކުރަން ހެޔޮ ނުވިޔަސް ލޯންޗު ގޮވި ދުވަހު ދެއްކި ފުޓޭޖުގައި އަލިފާން ނުފެނި ފަހުން ދައްކަން ފެށި ފުޓޭޖުގައި އަލިފާން ފެންނަ ވާހަކަ މަވެސް ދެއްކިން. "މިހާރު" ގައި އިން ފުޓޭޖަކީ ޓީވީއެމް އިން ލިބިފައިން އެއްޗެއްނަމަ އެއީ އެޑިޓެއްކަމާށް ވެދާނެ.
މަރުމޯލު
27 December 2018
ގަރާރު ބޭގަރަށްވީމާ ދެން މިހާރު ދައްކަވާ ވާހަކަ! 1 ފެބުރުއަރީ 2018 ގެ ފަހުން ޕީ.ޕީ.އެމުގައި ޔާމީނަށް ވައިއަޅުވަން އުޅުނު އެކަކުގެ ވާހަކައެއްވެސް ގަބޫލެއް ނުކުރާނަން! ކީއްވެތަ ކުރިން ތިޔަ ވާހަކަ ނުދެއްކީ! ތީ ފަހަގަ ދުވާ ވާހަކަ ދެއްކިމީހާ!
ތުއްތޫ
27 December 2018
މި ކަލޭ ގެ އަށް އަދި ކިރިޔާ ރަނގަޅަށް ތަރުޖަމާ ކުރެވުނީ