ހިޔާ ޕްރޮޖެކްޓަށް ފޯމުލާން ބަޔަކު ކިޔޫ ހަދާފައި:
31 ޑިސެމްބަރ 2018 - 18:47
ކުރީގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުމުގެ މަޝްރޫއު އަދި ގުޅިފަޅު ޕްރޮޖެކްޓުގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ އިންސާފުވެރިކޮށްތޯ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކޮމެޓީއެއް އެކުލަވާލައްވައިފި އެވެ.
ފަސް މެންބަރުންގެ އެ ކޮމެޓީގައި ހިމެނެނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނާއި ސ. މީދޫ، ގްރީންވިލާ، ފާތިމަތު ސާއިރާ އާއި ގ. ދާސްތާން، ނުޒުހާ އަލީމާ އާއި މއ. އަންޑާޕޫލްއާގެ، އަހުމަދު ތަލާލާއި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން އަލީ ޝުހައިލެވެ.
ޑިސެމްބަރު، 19 ގައި، ރައީސް އެކުލަވާލެއްވި ކޮމެޓީގެ މަސައްކަތަކަށް ވާނީ ފްލެޓް ދޫކޮށްފައިވާ ގޮތް ރިވިއުކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ކޮމެޓީން ބެލުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ޝަރުތު ހަމަވޭތޯ ބެލުމާއި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަމާއި ޕޮއިންޓު ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ ބެލުން ހިމެނެ އެވެ.
ނުހައްގުން ފްލެޓް ދީފައިވޭތޯ ވެސް އެ ކޮމެޓީން ބަލައި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ކޮރަޕްޝަނަށްވާ ގޮތަށް ފްލެޓް ދޫކުރުމުގެ މަސައްކަތުގައި އުޅުނު މީހުންގެ މައްސަލަތައް ބަލައި އެމީހުންނާމެދު ވެސް ކޮމެޓީން ގޮތެއް ނިންމާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގުޅިފަޅު ޕްރޮޖެކްޓަށް ފައިސާ ދައްކައި، މިހާތަނަށް ވެސް ފްލެޓް ލިބިފައިނުވާ މީހުންނަށް ހައްގު ބަދަލު ދެވޭނެ ގޮތެއް ވެސް ކޮމެޓީން ހޯދުމަށް ނިންމާފައިވެ އެވެ.
ގެދޮރު ބަހާފައިވާ ގޮތް ރިވިއު ކުރުމުގެ އިތުރުން އަލުން ފްލެޓަށް އެދި ހުޅުވާލުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފްލެޓް ދޫކުރި ގޮތާ މެދު އާންމުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން ބުނެފައިވަނީ ފްލެޓް ދީފައި ވާނީ ހައްގުވާ މީހުންނަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންވަރު
02 January 2019
މާލެއިން ގޯއެއްޗެއް ބޭނުމެއްނޫން. ބޭނުމީ ރަށުއޮތް ގޯތި ހަދަންފައިސާ. އަދި ގޯތިހަދަންގެންނަ މުދަލުން ޑިއުޓީ މާފުކުރުން.
އަލިތަކުރު
02 January 2019
ފްލެޓް ދިނުމުގަ އެންމެ ބޮޑު އިސްކަމެއް ދޭންވީ އެއް ކެޓަގަރީ އަކީ މާލޭގަ ގިނަދުވަހު ކުލި ދައްކައިގެން އުޅުނު ފަރާތްތައް. ބައެއްމީހުން އެބަހުރި އެމީހުންގެ ފަނަރަ ނޫނީ ވިހި އަހަރު ދުވަހުގެ މުސާރައިގެ ދެބައިކޮށްފަ އެއްބައި މާލޭގެ ގެތަކުގެ ވެރިންނަށް ކުލީގެ ގޮތުގަ ދައްކާފަ.. ހެޔޮނުވާނެ އެމީހުންނަށް ފްލެޓް މަހްރޫމް ކުރާކަށް. މިކަން ބެލޭނެ ކައުންސިލްތަކުން މަޢުލޫމާތު ހޯދައިގެން.
ދިލް
02 January 2019
ތިކަންވާނީ ފޯމް ލީ އެންމެންގެ ލިސްޓެއް ހަދާ ކައުންސިލްތަކަށް ފޮނުވައިގެން އެމީހުންގެ ގެދޮރުވެރިކަމުގެ ހާލަތު ބެލިގެން. ޢެއީ ބައެއްމީހުން ރަށްވެހިރަށްނޫން ރަށުންވެސް ގޯއްޗާ ފްލެޓް ހޯދާ ލިބޭތާ ލިބިގަނެފަ އެބަތިބި. ޢަނެއްބަޔަކު ރަށުން ލިބުނު ގޯތި ދަރިންނަމަށް ޖައްސާ ދޮގުން ދަފްތަރުގަ ޖެހި ފްލެޓް ހޯދާފަ، އަނެއް ބަޔަކު އަނބި/ފިރިމީހާގޯތި ރަށުގަ،މާލޭގަ އޮއްވާ ގޯތި ނެތްމީހާއަށް ފްލެޓް. ޙައްޤުފްލެޓް ހޯދަން ތެދުވެރ ގޮތުގަހުރިމީހާ އަދި ވެސް ހަމަ ހާލުގަ.
ނާއިލާ
02 January 2019
މުނިސްޕަލްޓީގެ ދަފްތަރުން ގަ ނުޖެހިތިބި މީހުނައްވެސް އަންނި ސަރުކާރުގަ ފުލެޓް ދީފަ އެބަހުރި.ޕާޓީގަ އެންމެ ގަދަ އަށް ފައިސާ ގެން ގެން ގުޅޭމީހުނައް ވެސް ހުޅުމާލެއިން އަމިއްލަ ރަށުގަ ބޮޑެތި ގޯތި އޮންނަ މީހުނައްވެސް ބިންދީފަ އެބަހުރި .އިތުރައް އެވާހަކަ އެއް ދެއްކިއަސް ވާނެ ފައިދާ އެއް ނެތް .މައްސަލަ އަކީ ވަކި ސަރުކާރެއްގެ ވާހަކަ ދައްކާތީ .
ޑިމޮކްރަސީ
02 January 2019
އެހެންވިއްޔާ މިވީހަތަނަށް ދީފަ ހުރި ހުރިހާ ފްލެޓެއް ދީފަ ހުރީ އިންސާފުންތޯ ބަލަންޖެހޭނެ އެއީ އެންމެ ފަހުން ދޫކުރި 600 ފްލެޓް ވެސް ދީފަ ހުރީ މުޅިންވެސް ކައިރީގަ އަތްގާތްކޮށް ދޭން އުޅުނު ކުދިންނަށާއި އެކުވެރިންނަށް
އަމާ
02 January 2019
ޔާމީނު އެކަންޏެއްނޫން ފުލެޓާ ގޯތި ދޫކުރީކީ. ކުރިންވެސް ދޫކުރި ފުލެޓުތަކާ ގޯތިތައް ދޫކުރިގޮތް ބަލަންވެސް ޖެހޭނެ. ގޯތިތައްވެސް އޭރު ބެހީ. މާލޭން ދޫކޮށްލާނެ ތަނެއްނެތް މީހުންނަށާ، ރަށްރަށުގަ ދިރިއުޅޭ އެކްޓިވިސްޓުންނަށް. ފުލެޓުވެސް މާލޭގަ އަމިއްލަ ގެދޮރުހުރި މީހުންނަށް ދީފަހުރީ. ކާކު އެކަންކަން ބަލާނީ. ތިކޮމިޝަނަކު ނެތް އެވަރުގެ ހިތްވަރުހުރި މީހަކު. ހުސް ފޭލިއަރުން ތިބީ
ދޮން ބަބުރު ސޮރު
02 January 2019
އަމާއަށް ވެސް މިފަހަރު ނުހައްގުން ފުލެޓް ލިބުނުދޯ؟؟އެހެން ނޫނީ ކީއްވެގެން ތިހާވަރަށް ކަން ބޮޑުވާންވީދ
ޢަހުސަން
02 January 2019
މައުމޫންގެ ސަރުކާރުން ފެށިގެން ފްލެޓް ދިނުމުގައި ކޮރަޕްޝަން ހުރުމުގެ ސަބަބުން ފްލެޓް ނުލިބި އެންމެން ކޮއްފައިވާ ޚަރަދާއި، ދަރިން ބޮޑުވުމުގެ ސަބަބުން ޝަރުޠު ހަމަނުވާ މީހުންގެ ޙައްޤުތަކާއި ނުލައި ފްލެޓްގެ ވާހަކަ ދެއްކުމަކީ ސިޔާސީ ސްޓަންޓެއް. ޢެއްވެސް ރައްޔިތަކަށް ނިކަމެތިކަން ދޭތަން ބަލާކަށް ނުތިބެވޭނެ.މިއީ ވަރަށް ވާހަކަ.
ސުޓޯ
02 January 2019
އިބުރޭ ކޮމިޓީ ހަދަހަދަ ހުއްޓާ 5 އަހަރު ނިމޭނީ
ޢަލި
01 January 2019
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި މިހާރު ހަދަމުންދާ 7000 ފްލެޓް ރިޔާސީއިންތިހާބުގެ ކުރިން ވޯޓް ހޯދަންވެގެން ބެހީ އެއްވެސްކަހަލަ ހަމައެއް އުސޫލެއްނެތި އަދި އިންތިހާބު ނާކާމިޔާބުވުމުން ބާކީހުރި ފްލެޓްތައް ޕާޓީކުދިންނަށް ބަހާލީ. އެތަނުން މަދު ފްލެޓްތަކެއް ޕާޓީ ނޫން ބަޔަކަށްދިނީ ވެރިކަން ބަދަލުވުމުން އާ ސަރުކާރުން ގަވާއިދާ ޚިލާފަށް ދީފަހުރި ފްލެޓްތައް އަތުވިޔަ ނުދިނުމަށް ބާރުއެޅުމަށް.
ދޮން ބަބުރު ސޮރު
02 January 2019
މިކޮނެންޓަށް ޑިސްލައިކު ދިން އެންމެނަށް ނުހައްގު ފުލެޓް ލިބުނު
ޞަލާހު
01 January 2019
ކުންފުނިތަކުގެ ހިޔާ ޕްރޮޖެކްޓުން މީހުން ހޮވީވެސް އެންމެ ހައްޤުވެރިންތޯ ބައްލަވާދެއްވާ