06 ޖެނުއަރީ 2019 - 12:59
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް، ޝަޒައިލް ޝިޔާމް މިއަދު އައްޔަންކުރައްވައިފި އެވެ.
މިއީ އާ ސަރުކާރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އެމްއާރުއެމްގެ ސްލޮޓުގައި ކުންފުންޏެއްގެ އެމްޑީއަކަށް އައްޔަންކުރެއްވި ފުރަތަމަ ބޭފުޅާއެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ޅިޔަނު، ޝަޒައިލް ވަނީ 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްްގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. އޭޕްރީލް 12، 2017 ވަނަ ދުވަހު މަގާމުން ވަކިކުރެއްވިއިރު އޭނާ ހުންނެވީ ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
އޭނާ މަގާމުން ވަކިކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރެއްވުން ހުއްޓާލައްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގަތުމުންނެވެ.
މޯލްޑިވް ގޭސްގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ބޯޑަށް ވެސް މެމްބަރުން އައްޔަންކޮށްފައިވެ އެވެ. އެއީ މ. ބަނަފްސާ، އިބްރާހިމް ވަހީދު، ކ. ކިނބިދޫ، ކަންމަތީގެ، މުހައްމަދު ނާޝިދު އަދި ފުވައްމުލަކު މުރާކި، މުހައްމަދު އާތިފެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަޒްމީ
06 January 2019
ނުކިޔަވާ ހުރެގެން ނެއް ނޫން ކޮންމެ ސަރުކާރެއް އަޔަސް މި ބައިގަނޑު.. ހުރިހާ ޖަރީމާއެއް ހިންގާފަ އެ ސަރުކާރެއް ބަލިކަށި ވާއަތަށް އެޅީމަ ނިކުމެ ދެން އަންނަން އޮތް ސަރުކާރަކާ ގުޅޭނެ.. އަބަދުވެސް ޖަރީމާގަ
މުރާދު
06 January 2019
ޝަޒައިލް އަކީ ކާކުކަން އެނގިލައް ވައިގެން ވާހަ ދެއްކުން ވަރައް ރަނގަޅު ތައުލީމޭ ކިޔައިގެން އަނގަނުހުޅުވާ ތި މިނިސްޓްރީތަކުގަ ނުހުނާނެ އެއައް ވުރެ ވަކި މަތީ ތައުލީމެއް ހުރި މީހަކު
ބަސްފޮތް..
06 January 2019
ކާކު ކަން ކޮންބައެއް ކަން ނޭނގިގެން ނޫޅެން.. ޔާމީނުގެ ކަރަޕްޝަނުގެ ހަޑި އެންމެ ގަދަޔަށް އުނގުޅިފަ ތިބި މީހުން..ހުރިހާ ކޮޅަކުން ކާނެ ސައުދުގެ ގަބީލާ..ގއ ވިލިނގިލީގެ ބިމެއް އޮތިއްޔާ ބަފައިބެއަށް ދީފަ.. ސައުދު ކައިރީގަ އުޅޭތަ ފަސްބައިސާފު މީހަކު؟؟
ަިއައްޔަ
06 January 2019
ޝަޒައިލް އަކީ ނުކިޔަވާ ހުރި މީހެއްތަ ކަލޭމެން ހަސަދަވެރި ވިޔަސްތީ ބޮޑުވަރު
ބުރަދާ
06 January 2019
ޝަޒައިލްއަކީ އައިޓީ ދާއިރާއިން މާސްޓަރސް ހާސިލުކޮށްފައިވާ މީހެއް. ނަމަވެސް މިފަދަ ކުންފުނިތަކަކީ އައިޓީ ކިޔަވައިގެން ތިބެއްޖެހޭ ތަނެއް ކަމަށް ޤަބޫލެއްނުކުރަން. ހޮޓެލް ސުކޫލު ހަދައިގެން ހުރެ، އެޓަރނީ ޖެނަރަލަކަށް އައްޔަށް ކުރުން ކަހަލަ ކަމެއް.
ހިތާމަވެރި
06 January 2019
އަހަރެމެން ހީކުރި އައު ސަރުކާރުން މިކަހަލަ ކަންކަމުން ދުރުވާނެ ކަމަށް. ނަމަވެސް ހިތާމައަކީ ކުރިން ވެފަ ހުރި ގޮތަށް ބައެއް ކަންކަން ވަމުން ދާތީ. ސިއާސީ މީހެއްގެ ގާތް މީހެއް ވީމަ، ބޮޑެތި މަގާމުތައް ދެވިގެނެއް ނުވާނެ. ކިޔަވައިގެން ތިބި ވަރަށް ގާބިލް ޒުވާނުން މި ގައުމުގައި އެބަތިބި.
ޜީޓެ
06 January 2019
ގުޑް ލަކް ގާރލްސް
ހުރިހާތާކުން
06 January 2019
ހުރިހާތާކުން ކަނީ.
ތިމާވެށި
06 January 2019
ހަމަ އެއް ބައެކެވެ. ޕީއެޗްޑީ ޒުވާނުން ބޭކާރު ވެފައެވެ.
ފިޝަރީޒް މިނިސްޓްރީ
06 January 2019
މަރުހަބާ ޝަޒައިލްއަށް!!!
ހައިދަރު
06 January 2019
މިހާރު އެނގޭނެތާ ޔާމީނުގެ ކޮރަޕްޝަން ގޮސްފައިވާ ހިސާބު، ތަޖްރިބާ ހުންނާނީ ލިބިފައި، މާލޭގެ ގޭސްގެ ކަންތަށް ރަނގަޅު ކުރަންޖެހޭ، ގޭސްހޮޅި ގުޅޭނެ ގޮތެއް ހޯދަންޖެހޭ، އެއިރުން މަގުމަތިތޮތް ނުޖެހި، ހަރަދު ކުޑަވާނެ، މިޒަމާނުގައި ގޭހަކީ ފެންހޮޅު ގުޅާހެން ގޭސްހޮޅި ގުޅައިގެން ހިދުމަތް ހޯދާ ޒަމާނެއް، އެހެން ޤައުމުތަކުން މިފަދަ ޓެކްނޮލޮޖީ ގެނެސް ހަރުދަނާ ކުރަންޖެހޭ،