ހުޅުމާލޭގައި ރޭ މަރުވި ޒުވާން އަންހެނެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މުރަކަ 7، އާއިޝަތު ވިޝާމާ، 27 ގެ މައްސަލަ އެ އިދާރާއަށް ހުށަހެޅީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކަމަށެވެ. އޭނާ މިއަދު ހެނދުނު 9:30 ހާއިރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
"ބޭރު ފުރުން އަނިޔާއެއް ނެތް. ޓްރީ ޓޮޕް ހޮސްޕިޓަލުން އެ މައްސަލަ ހުށަހެޅުމުން ތަހުގީގުކުރަމުން މި އަންނަނީ" މީޑިއާ އޮފިޝަލް ވިދާޅުވި އެެވެ.
އެ މަރާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ވިޝާމާގެ ޖަނާޒާ، މިއަދުގެ މަޣުރިބު ނަމާދަށްފަހު ހުޅުމާލެ ވަގުތީ މިސްކިތުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.