މަހްލޫފް: އޭނާ ޖަލަށްލި މައްސަލަ އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި ވެސް އިސްތިއުނާފްކޮށްފައި --ފޮޓޯ/މިހާރު
21 އޯގަސްޓް 2016 - 20:02
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ޖަލަށްލި މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅައިފި އެވެ.
އިދިކޮޅު ފަރާތްތައް ހިމެނޭ ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފް 10 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ފުރަތަމަ މައްސަލާގައި ހަތަރު މަހާއި 24 ދުވަހު ހުކުމެއް އިއްވިއިރު ދެވަނަ މައްސަލާގައި އިއްވީ ހަ މަހުގެ ޖަލު ހުކުމެކެވެ.
ދިވެހި ސަރުކާރަށް ރައްދުވާ ގޮތަށް އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހަޅާފައިވަނީ މަހްލޫފްގެ އަނބިކަނބަލުންނާއި ވަކީލާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ނަމުގަ އެވެ.
އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހެޅިއިރު މަހްލޫފަށް ވަކިވަކިން އިއްވި ދެ ހުކުމްގެ މައްސަލަ ވެސް މަހްލޫފްގެ ފަރާތުން އޮތީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ދެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.
މީގެކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ މައްސަލާގައި އެމަނިކުފާނު ދޫކޮށްލަން އދ. ގެ ވޯކިން ގްރޫޕުން ނިންމި ނިންމުމަށް ސަރުކާރުން އަމަލުކޮށްފައެއް ނުވެ އެވެ. ސަރުކާރުން ބުނެފައިވަނީ ވޯކިން ގްރޫޕުގެ ނިންމުމަކީ އަމަލު ކުރުން ލާޒިމް ނިންމުންތަކެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުޒޫޤު
22 August 2016
މީގެކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ މައްސަލާގައި އެމަނިކުފާނު ދޫކޮށްލަން އދ. ގެ ވޯކިން ގްރޫޕުން ނިންމި ނިންމުމަށް ސަރުކާރުން އަމަލުކޮށްފައެއް ނުވެ އެވެ. ސަރުކާރުން ބުނެފައިވަނީ ވޯކިން ގްރޫޕުގެ ނިންމުމަކީ އަމަލު ކުރުން ލާޒިމް ނިންމުންތަކެއް ނޫން ކަމަށެވެ.
ފޮރިނަރ
22 August 2016
ހޭއަރައި ތިބޭތި ހަމަހުރީ ހުސް ވިއްސާރަ ކޯޓް މިމޫސުމަށް އެއްމެ ކަމުދާ ކޮޓް.
ކަޅުކޮއެ
22 August 2016
ތިޔަ ވޯކިންގުރޫޕަށް ކުރެވުނު ކަމެއް ނޭގުނު... ދެންމާ މޮޅު ކަމެއްކަމަށް އެތަނަކަށް އެބަލިޔޭ މިތަނުގަ ހައްޔަރުވާހާބަޔަކު މިހާރު އެވެރިންވެސް ތިބެނީ ޒާތަކަށް މޫނު ހަދައިގެން....
ކުޑަހުވަދޫ މީހާ
21 August 2016
ވަރަށް ރަގަޅު ކަމެއް.
ދިވެހިން
21 August 2016
ދިވެހި ކުޑަކުދިންގެ އެންމެމަތީ ކޯޓަކީ ވޯކިން ގްރޫޕް.
ބައުޒަރ
21 August 2016
ރިޔާޒުބޭ ބުނާގޮތުން ތިޔައީ އދ ގެ މަސައްކަތު މީހުން އުޅޭ ގްރޫޕެއް. ވާނެކަމެއް ހަރާމޯ