ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މަޖިލިސް ކެމްޕެއިން އިފްތިތާހު ކުރުމަށް މާލޭގައި ރޭ ބޭއްވި ހަފްލާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
18 ޖެނުއަރީ 2019 - 23:51
އެމްޑީޕީއަށް ވެރިކަން ލިބުނީމާ މި ފަހަރު ވެސް ޖުމްހޫރީ ޕާޓީ "މަގުމައްޗަށް ނެރެ އެއްލައިލީ" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބުކުރަން ކޮންމެ ބަޔަކާ އެކު ވާހަކަ ދައްކަން ވެސް ތައްޔާރުވެއްޖެ ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައި މިއަދު އެމްޑީޕީން ޕްރައިމަރީ ބޭއްވުމާ އެކު، މިރޭ ކުރެއްވި ދެ ޓްވީޓެއްގައި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް ގާސިމް ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
MDP ah verikan libunemaa mifaharuves JP magumahchah nere ehlaaleemaa JP ah mi jehunee mifaharuves Salaam jahan . Majilihuge godithakah kuri mathi lumugai JP aa eku gulhigen Majilihuge godithakah kurimathi lumah hurihaa bayakaa vaahaka Dhahkan JP thahyaaru vehjain . InShaa Allah
— Qasim Ibrahim (@qasimibrahim) January 18, 2019
ދެ ވަނަ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ "ޖޭޕީއާ އެކު ގުޅިގެން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތި ލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެއްޖައިން" ކަމަށެވެ. މީގެ މާނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އޭގެ ތެރޭގައި ހިމެނުން ކަމަށް ވެދާނެ އެވެ. އެކަމަކު ސީދާ އެގޮތަށް ވިދާޅުވެފައެއް ނެތެވެ.
ގާސިމްގެ ފުރަތަމަ ޓްވީޓްގައި ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޖޮއިންޓް ޕާލިމެންޓް ގްރޫޕް އުވާލާނެ ކަމަށް އެމްޑީޕީން ބުންޏަސް ހައިރާންނުވާ ކަމަށެވެ.
"ސުވާލަކީ މިހާރު [އެ ގްރޫޕް] އެބަ އޮތްހޭ؟" ގާސިމް އެއްސެވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލިހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ނިންމުމަކީ އެއްބަސްވުމާއި އަހުދަށް ވެސް ހިލާފު ވުމެވެ.
J PG MDP in Roolhaalaafaane kamah buneemaa Hairaaneh nuvey . Suvaalakee mihaaru eba oiy hey .??? Ithurah Roolhaakah Majilihah hurihaa godiakah kurimathi lumah MDP in ninmee maa ehbasvumaa vaudhaa Ahudhaa khilaafu ve e ninmee noonthoa .??? Qasim
— Qasim Ibrahim (@qasimibrahim) January 18, 2019
ގުޅިފައިވާ ކޯލިޝަނަކުން ނުކުމެ ޔާމީން ބަލިކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރި ނަމަވެސް އެމްޑީޕީން މިހާރު އަމަލްކުރަމުން ގެންދަނީ އެއްބަސްވި ގޮތާ ހިލާފަށް ކަމަށް، ކޯލިޝަންގެ އެހެން ބައިވެރިން ބުނެ އެވެ. ރައްޔިތުންގެ މަޖިލިހަށް ވެސް ކުރިމަތިލާން އެއްބަސްވެފައި އޮތީ، ޕާޓީގެ ނިސްބަތުން ބަހާލައިގެންނެވެ. އެކަމަކު އެމްޑީޕީން މިއަދު ޕްރައިމަރީ ބޭއްވީ ހުރިހާ ދާއިރާއަކަށް ވާދަކުރާ ގޮތަށެވެ.
ގާސިމް މިރޭ ޓްވީޓްތައް ކުރެއްވުމުގެ ކުރިން ވެސް އެމްޑީޕީ އަށް މި ފަހުން ގެންދެވީ ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަމާޒުކުރައްވައި، ބަހުގެ ހަމަލާތައް ދެއްވުމުން ގިނަ އެވެ.
ނަޝީދު ވިދާޅުވަމުން ގެންދަވަނީ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމަށެވެ. އެއާ ހިލާފަށް ގާސިމް ވިދާޅުވެފައި ވަނީ އެއް ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ ދިނުމުގެ ނުބައި ތަޖުރިބާ ދިވެހިން ކޮށްފައިވާ ކަމަށެވެ. އެެހެންކަމުން ގައުމަށް އެންމެ ރަނގަޅުވާނީ އެއްވެސް ޕާޓީއަކަށް މަޖިލިހުގެ މެޖޯރިޓީ ނުދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
20 January 2019
ކޯޗެއްތޯ ނުލިބިގެން މި އުޅެނީ. ކޯޗެއްތޯ މަދުވެގެން މި އުޅެނީ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ހޯދަދިނީމެވެ. އަނބިކަނބަލުންނަށް މިނިސްޓަރުކަންވެސް ދިނީމެވެ. ޕާޓީގެ އާދައިގެ އެކްޓިވިސްޓުންނަށް މަތީ މަޤާމުތައްވެސް ދިނީމެވެ. އެވަރުންވެސް ހިތެއް ނުފުރުނެވެ.
ދަހިވާކަށެއް ނުވާނެ
20 January 2019
ގާސިމަށް މަދުވެގެން ތިއުޅެނީ ކޮން ކަމެއްބާ؟ ރާއްޖެއާސް ޑިމޮކްރަސީ ގެނެވުނު ފަހުން އައި ފުރަތަމަ ވެރިކަން ވައްޓާލީ މަނިކުފާނާއި މަނިކުފާނުގެ އަރިހުގައި ތި ތިބި އައްވާނުން. ދެން ގައުމަށް ވެގެން ދިޔަ ގޮތް ހަނދުމަ ނެތުނީ ދޯ؟ ތި ބުނާ ޔާމީނެއްނޫންތޯ ހުރިހާ ރަށް ތަކަޢި ބިންތަކާއި އަދި މާމިގިލި އެއަރޕޯރޓް ފުނޑާލީ. ތި ބުނާ ޔާމީނެއްނުންތޯ ޖަލު ގޮޅިގައި ބާއްވާ، ނޭވާހޮޅިއަށް އެޅިފައި އޮތް އިރުވެސް ކޯޓަށް ވައްދާ ހުކުމް ކުރީ. ދެއްވާ ރިޒްގަށް ފުރަގަސް.
ޢަބްދުﷲނާފިޒް
19 January 2019
ސޭޓުގެ މަސްލަހަތު (ވިޔަފާރީގެ ގޮތުން) އޮންނަ އެންމެ ފުޅަ ދެދާއިރަ ސޭޓަށްދޭން ކޯލިޝަންގަ އެއްބަސްވެފަ ވޭތޯ, ސޭޓުވެސް ބޮޑާނުހާކާ 87 ގޮނޑިއަށް ވާދަކުރީމަ ނިމުނީނު, އެޔެއްނޫން ވެގެން ތިއުޅޭގޮތަކީ, އަނެއްކާ އަނެއް ބަޣާވާތްކުރެވޭނެ ގޮތެއް ރާވަން ތިޔައުޅެނީ, ސަކަރާތްޖަހަން ނޫޅެއްޗޭ ސޭޓާ,
ވަރުވާ
19 January 2019
ޤާސިމް އަކަށް ނޭނގޭތަ މި ދައުރު ނިމުނީމާ، ރމ ރައީސަކަށް އަރާނީ އަންނިކަމެއް. ޤާސިމް ބާކީކޮށްލާނެ.
ވަކިވޭ
19 January 2019
ގާސިމުއާއި ގުޅިގެން މަޖިލީހަށް އެމްޑީޕީއިން ވާދަ ނުކުރަންވީ ސަބަބު މިއޮތީ ފެންނަން. ގާސިމަށް ނޫނީ ޖޭޕީއަށް އެހާ ތާއީދާއި ޔަގީންކަން އޮތްނަމަ އަމިއްލަޔަށް ހުރިހާ ގޮނޑިއަކަށް ވާދަ ކޮށްބަލަ. އެމްޑީޕީއިން ގާސިމާއެކީ ގޮނޑިތަކަށް ވާދަކޮށްގެން ޖޭޕީއަށް ލިބޭ ގޮނޑިތައް މާދަން ގާސިމް އެހެން ކަމަކާ ބޮޑާހާކައިގެން ޔާމީނާއި ގުޅޭ ދުވަހަކުން ގެއްލުން ވާނީ އެމްޑީޕީއަށް. އެމްޑީޕީއިން ހެދީ ރަނގަޅަށް. އެއީ އެމްޑީޕީގެ އާންމު މެމްބަރުންވެސް ބޭނުންވާ ގޮތް.
ރޯމިއޯ-
19 January 2019
ހިތައް އަރާ ވިޔަފާރިވެރިން ކީއްވެތޯ އެހާވަރަށް ސިއްރުގަޔާއި ފާޅުގައި މަޖިލީސް މެމްބަރުން ހޮވަން އެހާވަރަކަށް ހަރަދު ކުރަނީ ؟ ކޮންމެ މަޖިލީސް މެމްބަރަކު ފަހަތުގައި ވިޔަފާރިވެރިޔަކު ހުންނަން ޖެހޭތޯއެވެ އޭ ހަމަ އެހާ ފައިދާހުރި ކޮބާތޯ ؟ ބައެއް ވިޔަފާރިވެރިން ރައްޔިތުންގެ ހަޢްޤު ހޯއްދަވާދެއްވަން އުޅުއްވާ ވާހަކަ ވިދާޅުވާއިރު، އެބޭފުޅުންގެ މުއައްޒިފުންގެ ހައްޤުތައް ހޯދާދޭން އެހާވަރަށް ވަކާލާތު ނުކުރައްވަނީ ކީއްވެބާއޭ ހިތައްއަރާ! ؟
ބާރު
20 January 2019
ގައުމުގެ ވެރިމީހާވެސް ވޯޓުލައިގެން ބޭރުކޮށްލެވޭނެ ބާރު މަޖިލީސް މެމްބަރުންގެ އަތުގަ އޮވޭ. އެހެންވީމަ އެއީ އަސްލު ބާރުހުރި މަގާމުތަކެއް. ބޮޑު މަހުޖަނުން ހަރަދުކުރަނީ މި ބާރު ހޯދަން. އަދި ގައުމު ހިންގާ ސިޔާސަތު (މިސާލަކަށް ޓެކްސް) އެމީހުންނަށް ފައިދާވާގޮތަށް ކަނޑައަޅަން.
އައްލާބެއްޔާ
19 January 2019
ސޭޓައްވެސް އެމްޑީޕީއަށް ވެސް ތިތިބީ އޮޅިފަ! ކަލޭމެން ދާއިރާތައް ކޭކުފަޅާހެން ފަޅާފަ މިއީ މަގޭގައި ބުންޏަސް ރައްޔިތުން އެގޮތައް ވޯޓްލާން ނެތިން! ވަރަށް ސަލާން!
ތިލަދުންމަތި
19 January 2019
ޔާމީނާ ދެކޮޅަށް ދެއްކި އެއްވެސް ވާހަކައެއް 2 މަސް ވީއިރުވެސް ސާބިތުކުރެވުނީކީ ނޫން! ޕޮލިހުން 100 މިލިއަން ރުފިޔާ ފްރީޒްކޮށްފީމޭ ކިޔާފައި ޔާމީނު ފަލީހަތްކުރިއެއް ކަމަކު ފްރީޒްކުރީ ޔާމީނުގެ ފައިސާ ނޫންކަން ސާބިތުކޮށްދެވުނީކީ ނޫން. ނައިބު ރައީސް 5 ވަރަކަށް އަހަރުން 17 މިލިއަން އެއްކުރިއިރު ޔާމީނު 30 އަހަރުން 100 މިލިއަން އެއްނުކުރެވޭންވީ ސަބަބެއް ނެތް. ވީމާ ރައީސް ޔާމީނުގާތުން އެބަޖެހޭ ހެޔޮވިސްނޭ ގާސިމުކަހަލަ ލީޑަރުން މާފު އެދި ބައިއަތު ހިފާ, ޚާއްސަކޮށް ބަރުލަމާނީ ނިޒާމު ގައުމަށް އަޔަ ނުދިނުމާ, ހިންދުކަރައިގެ ނުފޫޒުން ގައުމު ސަލާމަތްކުރަން އުޅެން.
ޟީނުންނާ.
19 January 2019
ރައޔިތުންނަށް ހެޔޮ އެދެންޏާ 5 އަހަރު ވަންދެން ސަރުކާރަށް އެއްބާރުލުންދީ ވައުދު ފުއްދަން ބާރުއަޅާ ވެރިކަން ދަމަހައްޓާނެ.
ރައްޔިތުންގެ ބަސް
19 January 2019
ތިއީ އިތުބާރުކުރަން ހެޔޮވާވަރުގެ މީހެއްނޫން. ލިބުނު އަނިޔާގެ ސަބަބުން ދެއުދަރެސް ފެނުޖެހި ގޮތްހުސްވެފައި ހުއްޓާ އެމް.ޑީ.ޕީމެމްބަރުންނާއި ލީޑަރޝިޕުންކުރި ބުރަ މަސައްކަތުން ސަލާމަތްވެ ބިމުގައި ފައިހަރުލާއިރަށް ފިޔަފޮޅާލައިފި. އިދިކޮޅުގައި ތިބި ގިނަމީހުންނަކީ އެމީހުނަށް ލިބުނު އަނިޔާއާއި ދެކޮޅަށް އެމް.ޑީ.ޕީ އިން ތެދުވެ ސަލާމަތްކުރެވުނު މީހުން. މިއަދު އެމް.ޑީ.ޕީ އާއި ދެކޮޅަށް ނިކުންނަން ލަދުގަންނަންޖެހޭ. ބޮޑެތި މަގާމުތައް ލިބުނީ ހިތަކަށް ނޫން.
އިމްތިޔާޒް
19 January 2019
އެމް.ޑީ.ޕީ އެކަނި ކުރި މަސަތްކަތެއް ނުން އެއީ..