ޕާކްކޮށްފައި އޮތް ޕިކަޕުގައި ސައިކަލެއް ޖެހި ސައިކަލް ފުނޑުފުނޑުވެފައި--
19 ޖެނުއަރީ 2019 - 10:31
މާރުކޭޓް ސަރަހައްދުގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި އެ އެކްސިޑެންޓު ހިނގީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލަކުން ޖެހިގެންނެވެ. ބާރު ސްޕީޑުގައި ދުއްވި ކަމަށް ބެލެވޭ ސައިކަލްގައި އިނީ އަނިޔާވި ކުއްޖާ އެކަންޏެވެ.
އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
"ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ،" ފުލުހުން ބުންޏެވެ.
ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ އަނިޔާގެ ތަފްސީލެއް ނުލިބުނެވެ.
މުދަލާ އެކު ޕާކްކޮށްފައި އޮތް ބޮޑު ޕިކަޕުގައި ޖެހުނު އެއާބްލޭޑް ސައިކަލްގެ ހުންގާނު ވަނީ ފުނޑުފުނޑުވެފަ އެވެ.
މިދިޔަ ހަފްތާގައި ވެސް މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. އެ އެކްސިޑެންޓުގައި ޒުވާނަކަށް އަނިޔާވީ އިންޑަސްޓްރިއަލް ޒޯންގައި ޕާކްކޮށްފައި އޮތް ޓެކްސީއެއްގައި ސައިކަލަކުން ޖެހިގެނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަތަނގޭ
19 January 2019
މިގައުމުގަ ފުލުފުލުގަ މަރުތަކާ އަނިޔާވެރި އެތަށްކަމެއް ވަމުންމިއޮއްދަނީ ހޭވެސް އަހާލާނެމީކުނެތް..
10010
19 January 2019
ހެއްވާ ކަމަކީ ނުގަވައިދުން އެކްސިޑެންޓް ވުމުން ވެސް އާސަންދަ، ވަޅި ހިފާގެން ވަޅި ޖަހން ދުވާ މީހުންނަށް އަނިޔާ ވިޔަސް އާސަންދަ
ކިޔު5
19 January 2019
އިންސަނިއްޔަތުކަމަކީ އޮންނަ ކަމެއް. ކިތަންމެ ނުލަފާ މީހަކަށްވިޔަސް އިންސާނަކަށްވީތީ ކުރަންޖެހޭ ކަންތައްތަކެއްވޭ!
ޓްރެފިކްއިސްކުރު
19 January 2019
މުދާއަރުވާފަ މަގުމެދުގައި ޕާކުކޮށްފައި އެއޮށް ފެންނަ ބޮޑު ޕިކަޕް ކުއްވެރިއެއްނުވޭ. އަޖައިބެއް. އެކުއްޖާ ބާރަށް ނުދުއްވައެކޭ ނޫން. މަގުމަތީގައި ހުރިހާ ބަޔަކުވެސް އުޅެންވާނީ ގަވާއިދަށް. ބާޒާރުމަތީގައި އެއޮއް ދަމާ އަތްގާޑިޔާ ފެންނަ ބަޔަކުއުޅޭތަ؟ ދޯންޏަކަށް ދަޅުކޭހެއް ހިފައިގެން ވެސް ދެވެނީ އެ ޓްރޯލީ ނުވަތަ ގާޑިޔާ އަށް ލައިގެން. ރަޖިސްޓްރީ ނަންބަރެއް އެއްޗެއް ހުންނަނީކީ ނޫން. އެއެއްޗެހިތައް ވެސް ޕާކުކުރާނީ ޕޭވްމެންޓްގަ ނޫނީ މަގުމަތީ. ފުލުހުންނިދާފަ.
އަހޫ
19 January 2019
ތިހުރިހާ ކަމެއް ހައްލުނުރަން ޖެހެނީ ފުލުހުންތަ. ތިމާގެ ޒިންމާއެއް ނޯވޭތަ. އަޖާބުވެއްޖެ ތިބޭފުޅާގެވާހަކަ ހުރިގޮތުން.
ހުތާ
19 January 2019
ފުލުހުންނަށް މިކުޑަ މާލޭގައި ބާރު ސްޕީޑުގައި ދުއްވަާ ވެހިކަލްތަކާއި އެހެންމީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުންހޮޅިން އަޑުނެރެގެން ދުއްވާ ސައިކަލުތައް ހުއްޓުވައި ފިޔަވަޅުނޭޅޭ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.
ފޮނިޓައްޕު ހަސަނު
19 January 2019
އެހެންމީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބުނީ ނަސީބެއް. ތިފާޑަށް ސައިކަލް ދުއްވާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ.
ބަނާނާ ޕްރެޒިޑެންޓް
19 January 2019
ހުރިހާވެސް މައްސަލައަކީ ފުލުހުންގެ ބާޖިބް އަދާކުރުމުގައި ފަސްޖެހުން. ބްރިޖް ސަރަޙައްދުގައި އަބަދު ފުލުހުންތިބޭއިރު, ފީނޯ ސައިކަލްގައި ކުޑަކުދިން ބެލްޓް ނާޅުވާ ކޮޅަށް ބަހައްޓައިގެން ބާރަށްދާއިރުވެސް އަޅަނުލާ. ހެސްކިޔާފަ ބާރަށް ދުއްވާ މީހުންނާއިމެދުވެސް ފިޔަވަޅުނާޅާ. ޤައުމެއްގެ ރައްޔިތުންގެ އަޚްލާގާއި އަމަލްހުންނަގޮތް ވަރަށް ރަނގަޅަށް ދައްކުވައިދޭ އެއްޗަކަށް މަގުމަތީގެ ޑިސިޕްލިންވާއިރު, ދިވެހިންނަށް ލިބޭނީ ހަމަ ބޮޅެއް.
އަދުރޭބެ
19 January 2019
ބުރިޖުބަލަހައްޓަން ފުލުހަކު އިންނާނެ އެއަރކޯންކުރި ކުޑަ ފޮށްޓެއްގަ ޔޫޓިއުބުން ޓްރެފިކް ކޮންޓްރޯލް ކުރަން ދަސްކުރަން. ދެން ރަށުތެރޭ މަގުމަތީ އެތަންމިތާ ކޯން ބަހައްޓާފަ ފީތާ ދަމާފަ ގޮސް އެމީހުން ތިބޭނީ ކޮފީމޭޒުދޮށު ސަރުކާރު ބަދަލުވާ ދުވަހެއްގެ އިންތިޒާރުގަ. އެއްކަމެއް ވެސް ރަނގަޅެއްނުވޭ.
މަރޭމިތުރާ
19 January 2019
[ގޯހީ ހެލްމެޓް އެޅުމުގެ އުސޫލެއް ނެތީމާ! ގޯހީ މިކަމަށް ސަރުކާރުން އިސްނުނެގީމާ!]........... އަޅުގަނޑު މިކަމުގައި ވަރަށް ބޮޑައް ސަރުކާރު ކުއްވެރިކުރަން، ސަބަބަކީ ގައުމެއްވިއްޔާ ރައްޔިތުންނަށް އޮންނަ ރައްކާތެރިކަން ހާއްސަކޮށް މިކަމުގައި ނެތުން. މިއީ ބާރައް ދުއްވާމީހާގެ ހަމައެކަނި ކުށަކައް ނޫން ހަދަންވީކީ. ހެލްމެޓް އެކްސްކިއުޒުކޮށްގެންް ތިބިހާހިނދު ރައްޔިތުންނަކަށް ސަލާމަތެއްނެތް.
ވޯލް
19 January 2019
މާލޭގައި ނުކަތާ ވަރށް އުޅަދު ގިނަ، މާލޭގައި އިތުރު އުޅަނދު ރަޖިސްޓްރީ ނުކޮށްދޭންވީ.
ބޯބުރާންތި އަށް ޖަވާބު
19 January 2019
ހެލްލެމެޓުން ބާރަށް ދުއްވުން ހުއްޓޭ؟ މައްސަލައަކީ ގަވާއިދުތައް ތަންފީޒު ނުކުރެވުން. އެއްކަމެއް ދެ ކަމެއްގައެއް ނޫން. އަސްލު މައްސަލަ ބާއްވާފަ ކޮންމެވެސް އެހެން ކަމެއް މިނެގެނީ.
އަކމެޑް
19 January 2019
އެއޮތްދާ ބާރުމިނަކުން މަށަށް ހީވަނީ ސުވަރުގޭގެ ދޮރު ބަންދުކުރާތީ ދާހެން. އާ އެހެންޏާފަހެ ހާދަ މުހިއްމު ވީމަތާ އެހާ ބާރަށް ދާނީ.
ކާހިނު
19 January 2019
ބާރަށް ދުއްވާ މީހުން ހިފަހައްޓާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަންވީ. ޖޫރިމަނާ ދައްކަންދެން ސައިކަލު ޓޯކޮށްފަ ބައިންދާ ގޮތަށް
ފެއިލިއާ
19 January 2019
ތިހާދިސާގަ ކުށެއްނެތް މީހަކަށް އަނިޔާ ނުވިކަމަށްޓަކާ އުފާކުރަން.