ސަރުކާރު ހިންގެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފައްދަވައި އެތަނަށް މިއަދު މެންބަރުން އައްޔަން ކުރައްވައިފި އެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް
- ކުރީގެ އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ
- ޖުވައިރިޔާ ސައީދު
- އަލްއުސްތާޒާ މަރްޔަމް ރިފްނާ
- ޒުރުވަތު ޢަބްދުލް މާޖިދު
އެ ކޮމިޓީގެ މަގުސަދަކީ ސަރުކާރުގެ އޮފީސްތަކުން ރައީސަށް ހުށަހަޅާ އެކި މައްސަލަތަކުގެ ތެރެއިން އެމަނިކުފާން އެ ކޮމިޓީއަށް ފޮނުއްވާ މައްސަލަތައް ދިރާސާކުރުމާއި އެ މައްސަލަތަކާމެދު އަޅަންވީ ފިޔަވަޅުތަކާއި، އަމަލުކުރަން ފެންނަ ގޮތުގެ ލަފާ އެރުވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ކުރީގެ ސަރުކާރުގައި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާބެހޭ ކަންކަން ނިންމުމުގައްޔާއި، ސަރުކާރަށް ކުރިމަތިވާ އެހެނިހެން ކަންކަމުގައި އެ ކޮމިޓީގެ ލަފާ ރައީސް ބޭނުންފުޅު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.