ވެސްޓު ޕާކު ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ ޓްވިޓާ
30 ޖެނުއަރީ 2019 - 16:58
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ކެމްޕޭނު އޮފީސް ހިންގެވި ވެސްޓު ޕާކު ސަރަހައްދުގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނަގައި ސާފުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެތަނުން 10 ލޮރީގެ ކުނި ސިޓީ ނަގާފައިވާ ކަމަށެވެ.
"އެތަން އޮތީ މަދިރި ހެދޭ ގޮތަށް. އެ ތަން ސާފު ނުކޮށްފި ނަމަ އާންމުންނަށް ނުރައްކަލަކަށް ވާނެ ތީ އަޅުގަނޑުމެން ސާފުކުރަން މި ފެށީ،" މޭޔަރު ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން މި މަސައްކަތްކުރަން ޖެހުނީ ބިމާ ހަވާލުވެފައިވާ މީހުން އެ ތަން ސާފު ނުކުރާތީ ކަމަށެވެ.
ޝިފާ ކުރެއްވި ޓްވީޓެއްގައި، އެ ތަން ސާފުކުރަން ހޭދަވި ފައިސާއަށް ބިލް ކުރައްވަންވީ ކޮންފަރާތަކަށް ސުވާލުކުރައްވާފައިވެ އެވެ. އެގޮތުން، ޕީޕީއެމް އަދި އެ ޕާޓީގެ އިސް ބޭފުޅުން އުފައްދަވާ ޕާޓީ ޕީއެންސީގެ ނަން ފާހަގަކުރައްވާފައިވެ އެވެ.
West park sarahahdhu othy bodu gondakah hadhaafa @MaleCitymv @HousingGovMv @AslamAslamtey @EnvGovMv .10 lorry ge kuni . Bill kuranvi kaakahthoa? PPM D faction ? or PNC? pic.twitter.com/zobiWP8zAN
— Shifa Mohammed🎈 (@etna295) January 29, 2019
މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއް
އެ ބިން ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް އިރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އިން އެތަނުގައި ވެސްޓް ޕާކް ރެސްޓޯރަންޓް ހިންގި އެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ ތަން ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ނަގައި އެހެން ބަޔަކާ ހަވާލުކުރި އެވެ.
ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ ބިމުގައި ރެސްޓޯރަންޓެއް އަޅައި ތަރައްގީ ކުރުމަށް 2012 ވަނަ އަހަރު ސިޓީ ކައުންސިލުން އާމިރު މަންސޫރަށް ހަވާލު ކުރި ކަމަށެވެ. އެ ބިން ހައުސިން މިނިސްޓްރީއަށް 2017 ވަނަ އަހަރުގެ މޭ މަހު ނެގުމަށް ފަހު، އާމިރާ އެކު ހެދި އެއްބަސްވުން އާ ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޓޫރިސްޓް ހޮޓަލެއް އަޅަން އެ އަހަރުގެ އޮކްޓޫބަރު މަހު އާމިރަށް ހަވާލުކުރި ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ފަހުން އެ ބިމާ ހަވާލުވި ޓޫރިޒަމް މިނިސްޓްރީއާ އެކު އެއްވެސް އެއްބަސްވުމެއް ނެތުމުންނާއި ކުރީގެ އެއްބަސްވުންތަކާ އެއްގޮތަށް އެ ބިން ތަރައްގީކޮށްފައި ނުވާތީ، އެ ބިން ސިޓީ ކައުންސިލަށް ނަގަން އެޓާނީ ޖެނެރަލްއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިސަަ
30 January 2019
ސިޓީ ކައުންސިލްގެ މަސައްކަތެއްނޫންބާ ރަށުތެރެ ބެލެހެއްޓުމަކީ ޙަމަ ކުރީންވެސް ތިބިބައެއްނުތީ ކުރިންކީއްވެބާ ސާފުނުކުރީ
Wadde
30 January 2019
ލިބުނު މިނިވަން ކަމާއެކު މިދިޔަ ފަސްއަހަރު ހަނދާންނެތުނީތަ؟ ބަލަ އެޔާމިނުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރު ހަނިކޮށްފަ ހައސިންއަށް އެހުރިހާކަމެއް ދިނީމަ މާެ ސިޓީކައނސިލަކަށް އެއްކމެއްވެސް ނުކުރެވޭނެ އެންނު.. މިވެރިން ވިސްނާނީ ސިކުނޑިގެ އެއްފަޅިން..
ރަޓުޚަބަރެ
30 January 2019
އެބިން ސާފު ތިޔަކުރީ "މަދިރި ހެދޭތީ" އެއް ނޫން. ތިކަމުގެ ހަގީގީ މަގުސަދު ފާޅުވާން މާގިނަ ދުވަހެއް ވާނެހެން ހިއެއްނުވޭ. 2008 އިން 2011 އާ ދެމެދު މާލެތެރޭގަ ހުރި ތިފަދަ ބިންތަކާ ޕާރކްތަކަށް ވޭގޮތް ފެނުނު.
ޗަކޮއި
30 January 2019
މާލޭގައި 30 އަހަރުވެފައި އޮތް ފަރުބަދައެއްވަރުގެ ގޮނޑު ސާފުނުކުރެވުނުބަޔަކު އެތައް އެއްބަސްވުމެއް އޮތް ކޮންބައެއްގެ ބިމެއްކަން ނޭނގޭތަނެއް ގޮސް ސާފުކުރީ ކީއްކުރަން.