31 ޖެނުއަރީ 2019 - 10:54
ސައްހަ ނޫން އެމެރިކާ ޑޮލަރުތަކެއް މާރުކުރި މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާއްމުކޮށް އާއްމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ފުލުހުން އިއްޔެ އާއްމު ކުރި ވީޑިއޯއިން ފެންނަނީ ދޮރެއް ހުޅުވާލާފައި ވަދެ ސިޑިއެެއްގެ ކައިރީ ހުރެގެން ފޯނުން ވާހަކަ ދައްކާ މީހަކާއި އޭނާގެ ފަހަތުން ވަންނަ އެހެން މީހެކެވެ. އެ ދެ މީހުން ހޯދަނީ ސައްހަ ނޫން ޑޮލަރު މާރުކުރި މައްސަލައެއްގައި ކަމަށް ވީޑިއޯއާ އެކު ޖެހި އިއުލާނުގައި ފުލުހުން ބުންޏެވެ. ނަމަވެސް އެ ދެމީހުން ހަރަކާތްތެރިވާތަން ވީޑިއޯއިން ފެންނަނީ ކޮން ސަރަަހައްދެއްގައި ކަމެއް ނުބުނެ އެވެ.
ބެލެވޭ ގޮތުގައި އެ މީހުން ހަރަކާތްތެރި ވަނީ މާލޭގެ ސަރަހައްދެއްގަ އެވެ.
އެ ދެ މީހުން ހޯދިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުންނާ ނުގުޅޭތީ އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަމްނަމް
31 January 2019
އެއީ މާލެކަން ޕޭވްމަންޓްްއިން އިނގޭ. އަދި ޓްރިޕް އެޑްވައިޒާ ގެ ސްޓިކާރ އިން އެއީ ގެސްޓް ހައުސްއެއްކަމަށް ޝައްކު ކުރެވޭ
އީމާން
31 January 2019
މުޖުތަމައުގެ އެއްބާރުލުން ކުރިއަރާފައި ތިބި އެމެރިކާފަދަ ގައުމުތަކުގައި ވަރަށް ބޮޑު. ފުލުހުންނަށް މިމީހުން ހޯދޭއިރު އިތުރު ބަޔަކަށް ގެއްލުން ދިނުމުގެ ފުރުސަތު އޮވެދާނެތީ ފަރުދީ ޒިމްމާ އެހެން ގައުމުތަކުންވެސް ނެގުމުގެ ގޮތުން މައުލޫމާތު ހިއްސާކުރޭ.
ގައްލީޝާ
31 January 2019
ޑޮލަރު މާރުކޮށް ދޭތަންތަނުން އެކަންކޮށްދޭއިރު ބަލައިލުމެއްވެސް ނޯންނަނީތަ؟ ވަގުޑޮލަތޯ ދެނެގަންނާނެ ވަރަށް ގިނަގޮތްތަކެއް ހުރޭ ދޯ. ވަގުން ވައްކަން ކުރަން ތައްޔާރުވާ ވަރަށް އަހަރުމެން އަހަރުމެންގެ ވަޒީފާއަށް ފަރުވާތެރިވެ އެމަސައްކަތް އިޚުލާސްތެރި ކަމާއެކު ކުރާނަމަ މިކަހަލަ ކަންތައް ވުން ދުރުވާނެ.
ރަދީފްސް ޑޭޑް
31 January 2019
ވަގުޑޮލަރޭބުނީމާ ހިތަށް ވަންނަނީ މުޙައްމާގެ ނަން.
ސަބީން
31 January 2019
މީ ކޮންވާހަކައެއް ފުލުހުން ނައް އަބަދުވެސް އެއްބާރުލުންދޭންޖެހެނީ އާންމު ރަްޔިތުންތަ. ޢެމީހުން ނުކުމެހޯދިއްޔާ ކީއްވާނީ ބޮޑުމުސާރަ ނަގައި ޕޮލިހުންނައް ކަނޑައެޅިގެން ފެނުނަސް އަޅާނުލާ ދާކަންކަންވެސް ޖެހެނީ އާންމުންތަ ރިޕޯޓުކުރަން..އިރަކޮޅަކުން ރިޕޯޓްކުރާމީހާގެ ފޯނައް އެގުރުޕަކުން ގުޅައި އިންޒާރު ދޭތަން ފެންނަނީ ..މީކޮންޖަހަލަބައެއް..އަދިވެސް މާރާމާރި މަދީތަ ހިނގާލޭ ..ތީ ވަރައް ނުރައްކާ ކަމެއް
ރަދީފް
31 January 2019
ލަދު ކޮބާ؟؟ ވަގު ޑޮލަރު ހަދައިގެން މާރުކުރިއިރު މިމީހުން ހިތުން މިކުރެވެނީ ވަރަށް ސަޅިކަމެއް.ހިފާހައްޔަރުކުރުމަށް ފަހު ހައްގު އަދަބު ދިނުމަށް ގޮވާލަން.
ބަބުރުކަލޯ
31 January 2019
ބަލަ ރަދީފޫ! ލާރިޔާޖެހުނީމާ ލަދެއް ނޯންނާނެ.