އައްޑޫ ސިޓީގެ މަތިން ނަގާފައިވާ ފޮޓޯއެއް:
31 ޖެނުއަރީ 2019 - 13:55
އައްޑޫ ސިޓީގެ ހަންކެޑެ ތަރައްގީ ކުރަން ހަދާފައިވާ އެގްރީމެންޓް 13 އަހަރު ފަހުން ބާތިލްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ހަންކެޑެ އެއްބަސްވުމުގައި 2006 ގައި ހަވާލުކޮށްފައިވީ ނަމަވެސް މިހާތަނަށް އެ ތަން ތަރައްގީ ނުވުމުގެ އިތުރުން އެ ބިމުން ސަރުކާރާއި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެއްވެސް މަންފާއެއް ނުލިިބި ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށެވެ. އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ހިންގަން ރާވާފައި ހުރި މަޝްހޫރުތަކުގެ ތެރޭގައި ހިމެނޭ ހަންކެޑެ އެއްބަސްވުން އުވާލީ އެހެންވެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ނިންމައި، އެންމެ ފުރަތަމަ އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ 2005 ގައި ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ ތޫނޑު 2،500 ޑޮލަރުން ޖޫރިމަނާކޮށް، އެ ކުންފުނި އަތުން ހަންކެޑެ ނަގައިފަ އެވެ.
އޭގެ ފަހުން 2008 ގައި އަލުން އަނެއްކާ ވެސް ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ ހަވާލުކޮށް އެތަނުގައި ސާމްޕާލް ރޫމެއް ވެސް ހެދި އެވެ. ނަމަވެސް އެ މަސައްކަތް ވެސް ފަހުން ހުއްޓުނީ އެވެ. ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ވެސް ހަންކެޑެ ތަރައްގީ ކުރަން 2013 ގައި ސަރުކާރުން ހަވާލުކުރި އެވެ. އޭރު އެ ކުންފުނިން ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭންތަކެއް ވެސް މީޑިއާތަކާ ހިއްސާކޮށް ހަންކެޑެ 2014 ގައި، ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިދުމަތަށް ހުޅުވައިލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ހަންކެޑެ ސަރަހައްދު ތަރައްގީ ނުވެ ދިގުލައިގެން ދިއުމާ ގުޅިގެން އައްޑޫސިޓީގެ ރައްޔިތުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
01 February 2019
ގަމަށް އަންނަ ހަމައެކަނި އިންޓަނޭޝަނަލް ފްލައިޓަށް ކަނެކްޝަންލިބޭގޮތަށް ތިމަރަފުށި Kadhdhoo ކޫއްޑޫ އާއި Kaadedhdhoo ޑެއިކީ ޝެޑިއުލް ފްލައިޓްގެ ރޫޓިން ގަނޑިތަކާއި އެކު ލިވޭނެގޮތް ހަދާ 4 މަސް ކުރިއަށް ޓިކެޓް ނުވަތަ ރިޒަވޭޝަން ލިބޭނެގޮތް ނަހަދާނަމަ ހަންކެޑެނޫން އެހެން ކެޑެއްވެސް ތިތާކު ނުހިންގޭނެ. * * މޯލްޑިވިއަން އަކީ ދެކުނުގެ ޓްއަރިޒަމްގެ ހަޤީގީ ބައިވެރިއެއްނޫން. އިތުރު ޑޮމެސްޓިކް ޓްރާންސްޕޯޓެއް އައްޑޫމީހުން ހޯދާންޖެހޭ. މިނޫން ހައްލެއްނެތް.
މާރަނގާ - އައްޑޫ ސިޓީ
31 January 2019
ވިޔަފާރިހަބަކަށްއައްޑޫވެގެންދާއިރު ބާލިން، ޕްކެޓް، ޕަޓަޔާ އަދި މެކްސިކޯގެ CANCUN ހޮޓާ ކޮންސެޕްޓަށް މުލަކާއި އައްޑޫތަރައްޤީނުކޮށްތިކަންނުވާނެ. * * އެހެންކަމުން ޝަންޤރިއްލާ ފިޔަވާ ހެރެތެރެ، ހަންކެޑެ، އިސްމަހެލާހެރެއިގަ ހަދާންވީ ބިލްޑިންގެއްގަ މަދުވެގެން 50 ކޮޓަރިހިމެނޭ 10-5 ބުރީގެ 100 ޓްއަރިސްޓްސިޓީހޮޓާ. ރިސޯޓްތައް ހުވަދުއާއި ތ ލާމްގައި ހަދަންވީ. http://www.top10hotels.com/?ufi=-1655011&gclid=EAIaIQobChMI2J6Kko2Y4AIVjHZgCh0nRAOzEAAYAiAAEgKCTfD_BwE
ދޯޕައްޓާ
31 January 2019
އިންތިހާބެއް ބޯމަތިވީމަ އަނެއްކާ ވަލުގަ ހިފާ ދަމަންފެށީ. ދެން އިވޭނީ ބިޑަށް އިއުލާންކުރިއަޑު، ދެންއިވޭނީ ބަޔަކާ ހަވާލުކުރާނީ، ދެން މޫސުން ގޯސްވެގެން މަސައްކަތް ނުފެށިގެން އުޅޭނީ އަނެއް އިންތިހާބާ ޖެހެންދެން، ދެންއިވޭނީ ކޯޓުމަރުހަލާއަކަށްދިޔަ ވާހަކަ، ދެން އަނެއް އިންތިހާބަށް އަނެއްކާ އިއުލާންކުރާނީ.
ޙިނި
31 January 2019
ދިވެހި ސަރުކާރުގެ އިސް ވެރިންގެ ނާގާބިލުކަން މީގެންވެސް ދައްކައިދެނީ
މާރަނގާ - އައްޑޫ ސިޓީ
31 January 2019
އައްޑޫގެ އެއްވެސްބިމެއް ތިހެންދޫކޮށްލުމަކީ މުސްތަޤުބަލަށްވަރަށްބޮޑަށް ނޭދެވޭއަސަރު ކުރާނެކަމެއް. * * ހަންކެޑެ އަދި ކައިރިހިސާބުތަކުގައި 10-5 ބުރީގެ ފްލޯއެއްގައިމަދުވެގެން 10 ކޮޓަރިހިމެނޭ 20 ސިޓީހޮޓާ ތަރައްޤީކޮށްދޭނެ އިންވެސްޓަރުންހޯދާ ޖަޕާން، ކޮރެއާ ނުވަތަ ތުރުކީކުންފުންޏަކާއި ހަވާލުކޮށް ބަރެސްދޫ ކޮންސެޕްޓަށް ހިންގުމަށް ސީދާ އައްޑޫ މީހުނަށް ދޫކުރުން މާރަނގަޅުވާނެ. ސިޓީއަށް ކުރިއެރުން ލިބޭނީ މިކޮންސެޕްޓުން.