ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭރު: އެތަނުގައި ޑްރޯން އެރުވި ހަތަރު ދިވެއްސަކު ވަނީ ހައްޔަރުކޮށްފައި.
03 ފެބުރުއަރީ 2019 - 07:44
ޑްރޯން އަރުވައިގެން ސްރީ ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ވީޑިއޯކުރި ކަމުގެ ތުހުމަތުގައި ޒުވާން ހަތަރު ދިވެއްސަކު ލަންކާގައި ރޭ ހައްޔަރުކޮށްފި އެވެ.
ލަންކާ ފުލުހުންގެ މީޑިއާ އިން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 19 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުން ކަމަށެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބުނީ މިއަދުގެ ވަގުތެއްގައި މި މީހުން ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި މީހުން ހާޒިރުކުރާނީ ނިގަމްބޯ ކޯޓަށެވެ. ބަންދުގެ މުއްދަތު އިތުރުކުރަން ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްލަން ކޯޓުން އަމުރުކުރާނެ އެވެ. އަދި ޑްރޯން އެރުވީ ހުއްދަތައް ނަގައިގެން ނަމަ ކޯޓުން އެ މީހުން މިނިވަންކުރާނެ އެވެ. ނަމަވެސް ފުލުހުން ބުނީ ޑްރޯން އެރުވީ ހުއްދަ ނުނަގާ ކަމަށެވެ.
ލަންކާގެ ޑްރޯން ގާނޫނު ބުނާ ގޮތުން ކެމެރާ ހުއްޓަސް އަދި ނެތަސް، 200 ގްރާމަށް ވުރެ ބަރު ކޮންމެ ޑްރޯނެއް ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. މިކަން އޮންލައިންކޮށް ކުރެވޭނެ އެވެ. ޑްރޯން އަރުވަން ޖެހޭނީ ދުވާލުގެ ވަގުތު، ސާފުކޮށް އޮންނަ އިރު އެވެ. އެއްވެސް އެއާޕޯޓަކާ އަށް ކިލޯމީޓަރަށް ވުރެ ކައިރިން ޑްރޯން އެރުވުމަކީ ލަންކާގައި މަނާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަންނެތް
04 February 2019
މީ ދިވެހިންގެ މައްސަލަ އަކީ ތިމާ ނޫން އެހެން އިންސާނަކާމެދު ރަޙުމެއް ހަމްދަރުދީ އެއް ނެތް ޢެހެން އެއްވެސް ގައުމެއްގެ މީހުން މިގޮތެއް ނޫން
ސާދާސީދާ
04 February 2019
الحمدلله . ހުރިހާ ތަނެއްގައި ވެސް ގައްޑާވަންޏާ ވާނީ ތިހެން. ޖަލުގައި ބައިތިއްބާ. މި ދިވެހި ޤައުމު ފަސާދަކުރަން ފޮނުވާނެކަމެއްނެތް!
ހުސެން
04 February 2019
ޑުރޯން ފަދަ ބޭނުން ކުރާ ގޮތުގެ ސަބަބުން އެހެން މީހުނަށް ނުރައްކާ ކުރިމަތިވެދާނެ އިލެކްޓްރޯނިކް ސާމާނުތައް ބޭނުން ކޮންމެ މީހަކަށް ލިބެން ހުންނަ މިޒަމާނުގައި އާޓިލަކްގައި ބަޔާންކޮށްފައި އެވާފަދަ ޤާނޫނުތައް މިރާއްޖޭގައި ވެސް ހެދުން މުހިންމެވެ. ވަރަށް މުހިންމު ވަރަށް ގިނަ ޤާނޫނުތައް އަދިވެސް މިރާއްޖޭގައި ނެތްކަން ފާހަގަކުރެވެއެވެ. އެއަރ ޕޯޓެއްގެ ކައިރީގައި ޑްރޯންއެރުވުމަކީ ރާއްޖޭގައި ކަމަކަށް ނުވިޔަސް ތަރައްގީ ވެފައިވާ ތަންތަނުގައި ބޮޑު ކުށެކެވެ.
މަމޮޅޭމެން
04 February 2019
ދިވެހިންތައް މަމޮޅޭ ވެގެން ގޮސް އެއްވެސް ކަމަކަށް އިޙްތިރާމެއް ބެލުމެއް ނެތް.
.ޑުރޯން
03 February 2019
.ތިމީހުން ވާނީ މި ސަރުކާރަށް ތާއީދު ކުރާ ބަޔަކަށް ބޭރުގައުމުތަކުން މި ސަރުކާރަށް ތާއީދުކުރާތީ އެމީހުންގެ މޮޅުކަން ދައްކާލީ ކަމަށް ވާނީ މިހާރު ރަނގަޅުވާނީ އެއްވެސް އަދަބެއް ސަދަބެއް ނެތިގެން އުޅެންޏާ އެފެންނަނީ ޑިމެކޮރެސީގެ ރިވެތި ނަމޫނާ.
އައްޔަބޭ
03 February 2019
މީސްތަކުންނޭ، ބައްލަވާލައްވާ، މިކަހަލަ ވާހަކަ ދައްކާ ދިވެހިން އުޅެޔޭ ލޮލް
ގެޓަގުލް
03 February 2019
ނޫނޭ ތިވާނީ ނިމިދިޔަ ސަރުކާރުގެ ޒުވާނުން ކޮޅަކަށް
ހުސެން
04 February 2019
ކަމެއްވާއިރަށް ސަރުކާރޭ ނުކިޔާ ނުވަތަ ހަމައެކަނި އެކަމެއްގެ ނެގެޓިވް ސައިޑަށް ނުވިސްނާ، ބިނާކުރަނިވި ޚިޔާލެއް ދިނުން ރަނގަޅުވާނެ،
20 ދުވަސް
03 February 2019
ދިވެހިން ވެއްޖެއެއްނުން ތަންތަނަށް ގޮސް އުޅެން ދަސްކުރަން
ސަންފަދި
03 February 2019
ޑޮރޯންއެރުވުމަކީ މިލިޓަޓީ އެއަފޯސް، ހައިސެކިރިޓީ ތަންތަން ކީއްކުރަން މިހާރު ޕްރައިވެޓް ޕްރޮޕަޓީ އަދި އާއްމު ގިނަތަންތަނުގައިވެސް ހުއްދަނުދެވޭކަމެއް. މިހާއާންމުކަމެއްނޭގި މިރާއްޖޭގެ ކަނޑުތޮށި ހުރަސްކުރާތީވެސް ހައިރާންވޭ. މާބޮޑަށް ފޮނިވަނީ ތިއަކީ އެހެންބަޔަކު ނުދެކޭއެއްޗެއްވިއްޔާ. ތުނބުޅިބޭގެ އީދުސޯޓު ވިއްޔާ
ޯޮޮޮރީތި ރާއްޖެ
03 February 2019
ކޮންމެތާކު އުޅުނަސް ގައުމުގެ އަގު ހިފަހައްޓަންވާނެ.
ސާއިދު
03 February 2019
ތަހުޒީބު މަޑުމައިތިރި އަދި ސާފުތާހިރު ބަޔަކަށް ދިވެހިން ވާންޖެހޭ. އެއަރޕޯޓަށް ދަނީ ފުރާކަށްނޫންތަ. ނުވަތަ ޑްރޯން އަރުވާ ފްޓްސެލް ބޯޅަކުޅެންތަ. ދުނިޔޭގެ ގައުމުތަކުން ދިވެހިންނަށް ދޭ އިމްތިޔާޒްތަށް ގެއްލެނީ ތަހުޒީބާއި ދުރުވާތީ. އޮން އެރައިވަލް ވިސާނަގާ ކެޓަގަރީ އަކީ ނާތަހުޒީބް މީހުން. ސީދާ އިމިގްރޭޝަނަށް ދެވުމަކީ ޕްރެސްޓީޖެއް.
ހުސެން
04 February 2019
އެންމެން އެއްގޮތެއްނުވާނެ، ތަހުޒީބު ޤައުމުތަކުގައިވެސް ތަހުޒީބު ނޫން މީހުން އުޅޭނެއެވެ. އެއީ މައްސަލައެއް ނޫނެވެ.
Mohamed Abdul Rahman
03 February 2019
ލަންކާ އެއާޕޯޓުގައި ޑްރޯން އެރުވި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި - މީގެ ރަނގަޅު ގޮތަކީ: ލަންކާ އެއާޕޯޓުގައި ޑްރޯން އެރުވި ހަތަރު ދިވެހިއްން ހައްޔަރުކޮށްފި
އޯކޭތަ
05 February 2019
ޢެހެންތަ