ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ލަންކާ އަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނައިބު ރައީސް ފައިސަލްއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
03 ފެބުރުއަރީ 2019 - 09:39
ސްރީ ލަންކާގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.
ލަންކާގެ މިނިވަން ދުވަހަކީ މާދަމާ އެވެ.
ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ މިއަދު ހަވީރު ބައްދަލުކުރައްވާނެ އެވެ. އަދި ދެ ގައުމުން ގުޅުން ބަދަހި ކުރާނެ ދާއިރާތަކާ މެދު ލަންކާ ސަރުކާރާ އެކު ރައީސް މަޝްވަރާތައް ބާއްވާނެ އެވެ.
މީގެ އިތުރުން ލަންކާގެ ރައީސާއި ބޮޑުވަޒީރާ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަންކާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެކަމަކު އަމިއްލަފުޅު ދަތުރުފުޅެއްގައި އެމަނިކުފާނު ވަނީ މިދިޔަ މަހުގެ ކުރީކޮޅު އެ ގައުމަށް ވަޑައިގެންފަ އެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރައީސް އެންމެ ފުރަތަމަ ރާއްޖެ އިން ބޭރަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތީ އިންޑިއާ އަށެވެ. އޭގެ ފަހުން ޔޫއޭއީ އަށެވެ. ލަންކާ އަކީ އެމަނިކުފާނު ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާ ތިންވަނަ ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައި
03 February 2019
ހުސް ބޭކާރު .ކަންތައް މިއޮތީ ވާ ސަރުކާރެއް
ާްުލޮނުފެން
03 February 2019
މީކޮމިޓީތައްގިނަވުމުގެ އެޑްވާންޓޭޖަކީ، ކޮންމެހެންރައީސްނުޖެހޭނެ ގައުމުހިންގަން މިގައުމުގަހުންނާކަށް، ގައުމުހިންގާނީ ކޮމިޓީތަކުން
ދާދޭ
03 February 2019
ދެން ކިޔަންވީނުން ލަންކާއަށް ދިވެހިރާއްޖެ ވިއްކާލަން ދަނީޔޭ. މޮޔަވެފައިވާ ބައެއްތަ މިރާއްޖޭގައި މިއުޅެނީ.
ރައީސްބޭބެ
03 February 2019
ފޮރިން މިނިސްޓަރ ހާދަވަރަކޭ މިކުރަނީ. ކިހާ ވަރެއް ހަރަދު ވެއްޖެބ< ދަތުރުފުޅުތަކަށް؟؟؟ ހުއްޓާނުލާ ހުސް ދަތުރު..............
ޗީފް މިނިސްޓަރ
03 February 2019
ނޮވެންބަރ 17ގެ ފަހުން ގައުމު ހިނގަމުން ދަނީ އޮޓޯމޯޑްގަ.
ކަރީމު ދާދާ
03 February 2019
ހަދަންވާގޮތާއި ތަފްސީލު އެގެނީ ކަރީމުދީން ބާސާ އަށް ތަ ؟ އެހެންވެއްޖެއްޔާމު ގޮނޑި ފުރަން ވަޑާގަން ނަވަންވީނުންތަ ތިގޮތައް ވާހަކަނުދައްކާ،
މޫސާ ހަލީލް
03 February 2019
ކޮންވާހަކައެއްތަ ދައްކާނީ މީނަ މިއުޅެނީ އަމިއްލަ ގައުމުގައިވެސް ދައްކާނޭ ވާހަކައެއް ނޭގިގެން
kaira
03 February 2019
ކޮންމެހެން ޖެހޭތަ ބޭކާރު ވާހަކަ ދައްކަން
ކަރީމުއްދީން ބާޝާ
03 February 2019
ލަންކާއަށް ގޮސް ޑުރޯންއެރުވިކުދިން ދޫކޮށްލަން ބުނާނީއެއްނޫން. އެމީހުންނަށް ހައްގުއަދަބު ލިބެންޖެހޭނެ.
މެދުހެންވޭރު
03 February 2019
އެކުދީން ދޫކޮށްލަން މަސައްކަތް ނުކުރިއަސް ތިބޭފުޅުން އަޑުގެނެތްތަނަށް ބަވާނެ! ރަގަޅު އެއްގޮތެއްވެސް ނޯންނާނެ އަހަރުމެން ދިވެހީންނަކަށް! ވަރަށް ވެދުން.
ހަބޭސްބޭބެ
03 February 2019
އެކުދިން ދޫކޮށްލަން ރައީސް އެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަން ޖެހޭނެ. ވެދާނެ ނޭގިގެން ކުރި ކަމަކަށް. ރައީސްގެ މިދަތުރުފުޅުގެ އެންމެ އިސްކަމަކަށް މިކަން ވާންޖެހޭނެ.