04 ފެބުރުއަރީ 2019 - 10:32
ސްރީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި ޑްރޯން އަރުވައި، ވީޑިއޯކުރިކަމުގެ ތުހުމަތަށް އިއްޔެ ރޭ ހައްޔަރުކުރި ހަތަރު ދިވެހިން ދޫކޮށްލައިފި އެވެ.
ހުއްދަ ނެތި އަދި މަނާ ސަރަހައްދެއްގައި ޑްރޯން ދުއްވި މައްސަލާގައި މި މީހުންގެ މައްޗަށް ދައުވާ ނުކޮށް މިނިވަން ކުރީ ރޭގެ ވަގުތެއްގައި ކަމަށް ވަނީ އެނގިފަ އެވެ. މި ޒުވާނުން މިނިވަންކުރަން، މިހާރު ސްރީ ލަންކާގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަދި ލަޔަން ސިޓީގެ ސްޓޫޑެންޓް ކޮމިޓީން ވަނީ މަސައްކަތްކޮށްފަ އެވެ.
ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 19 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެކެވެ. އެނގިފައިވާ ގޮތުގައި އެއީ ލަންކާގައި ކިޔަވަން ތިބޭ ބައެކެވެ.
ލަންކާގެ ޑްރޯން ގާނޫނު ބުނާ ގޮތުން ކެމެރާ ހުއްޓަސް އަދި ނެތަސް، 200 ގްރާމަށް ވުރެ ބަރު ކޮންމެ ޑްރޯނެއް ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. މިކަން އޮންލައިންކޮށް ކުރެވޭނެ އެވެ. ޑްރޯން އަރުވަން ޖެހޭނީ ދުވާލުގެ ވަގުތު، ސާފުކޮށް އޮންނަ އިރު އެވެ. އެއްވެސް އެއާޕޯޓަކާ އަށް ކިލޯމީޓަރަށް ވުރެ ކައިރިން ޑްރޯން އެރުވުމަކީ ލަންކާގައި މަނާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެނގޭ
04 February 2019
ލަޔަންސިޓީޔަކީ ކަޓުނަޔެކަ އެއަރޕޯޓާޖެހިގެން އޮންނަތަނެއް. ލަޔަންސިޓީގައި ތިބޭނީ އެއަރކްރާފްޓް އިންޖިނިއަރިންގްހަދާކުދިން. ލަޔަންސިޓީގައި ޑްރޯނެއް ވަކިވަރަކަށް މައްޗަށް އަރުވައިފިނަމަ ހީވާނީ ހަމައެއަރޕޯޓުން އަރުވައިގެން އުޅޭހެން. އެހެންވީމާ ތިއީ އެދުވަހު ސިފައިންތަކެއް އަޅާފައި އޮތުމުން ކަންތައްގަނޑު ބޮޑުކޮށްލި ކޮށްލުމަކަށް ވާނީ.
ނުޒުފާ ޖ
04 February 2019
މަނާ ކަންތައް ކޮށްގެން ކީއްކުރަން ދޫކުރަނީ؟ ހައްޔަރުކޮށް އަދަބުދޭންޖެހޭ.
ޝައިޚް.
04 February 2019
ދިވެހިންދޯ.؟ އެއްވެސް ތާކު، އެއްވެސް ކަމެއްގަ ގާނޫނެއް ބެލުމެއް ނޯންނާނެ، މީދެން ވަރަށް ފޮނި ބޮޑާ ބައެއް،
ގައްލީޝާ
04 February 2019
ބައެއް ދިވެހިންނަކަށް ނޭގެނީ ކަންނޭގޭ އެހެނިހެން ގައުމުތަކުގަ ގާނޫނު ހަދަނީ ތަންފީޒު ކުރަން ކަމެއް.
މަރޭމިތުރު
04 February 2019
ދިވެއްސަކު ބޭރުގައެމެއްގެ ޖަލައްލިޔަސް އެބަޔަކަށް ނަމާދުކުރަން ބޭނުންވާ ތަކެއްޗާއި، ކެއެންބުއިމަށްދެނީ އިސްލާމުންގެ ކާނާތޯބެލުމާއި، ބަލިވެއްޖެނަމަ ޑޮރ، އަށް ދެއްކޭނޭ އިންތިޒާމް ހަމަޖައްސައި ދިނުމަކީވެސް ރާއްޖޭގެ އެންބަސީތަކުގެ ޒިއްމާއެއް! ބައެއްފަހަރު މިޒިންމާ ހަނދާން ނައްތައިފައިތިބެނީ. ޝުކުރިއްޔާ އާސަރުކާރަށް.
މަރޭ
04 February 2019
މިއީ ވަރަށްވެސް ރަނގަޅަށް ސަރުކާރުން ކޮށްދެއްވިކަމެއް! ބޭރުގައި ތިބޭ މީހުންނަށް އެގައުމަކުން ނޫނީ ދެން ކޮންބައެއް އަޅާލާނީ!ބޭރުގައި ހުންނަ ރާއްޖޭގެ ހުރިހާ އެމަބަސީތަކަށް ގޮވާލަން ރާއްޖޭގެ ރައްޔިތުންނަށް ދިމާވާކަންކަން ގާތުންބެލުމައް. މައްސަލައެއްގައި ޖަލައްލިޔަސް ބެލުމަށް. އަދި އެބަޔަކަށް ލިބެންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް!
އަހްމަދު
04 February 2019
ރައީސްގެ ހެޔޮފުޅުކަން.
ބޯއި ކޯ
04 February 2019
ރައީސް ދެން ވަޑައިގަނަނާވާ ބޭރުގައުމެއްގަ އުޅޭ ދިވެހިން އެދުވަހު ތަނެއް ފާޅާލާފަ ވައްކަން ކުރާނީނުން އެދުވަހުން އެދުވަހު ސަލާމަތްވާނެ ކަމަށް ހީކޮށް.
ހުދުހޯރަ
04 February 2019
ދޫކޮށްލީމަ އޭގެ މާނައަކީ އަނެއްކާ އެކަން ކުރާށެކޭނޫން. ކޮންމެ ފަހަރަކު ސަލާމަތެއްނުވާނެ.
12345
04 February 2019
މިރާއްޖޭގަވެސް ތިގާނޫނު ހަދަން ގޮވާލަން. ދިވެހިން ނޫނަސް އެތައް ފަތުރުވެރިން ރާއްޖެއައިސް ޑްރޯން އަރުވާ ހަދާ އެއަރޕޯޓްތަކު ކައިރީގަވެސް..
މަގޮލާ
04 February 2019
ރާއްޖޭގައި ޤާނޫނު ހެދިދާނެ ކިތައްމެ ވަރަކަށްވެސް ، އެހެންންމަވެސް ތަންފީޒެންކުކުރެވޭނެ